ރައީސް ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނުގެ ރައީސް ޑރ. މަހްމޫދު އައްބާސްއާ އެކު--
12 ސެޕްޓެމްބަރ 2025 - 21:15
ސުލްޙަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކޮށް މިނިވަން ދައުލަތް ގާއިމްކޮށް، ތަންފީޒު ކުރުމާގުޅޭ ގަރާރު ކަމަށްވާ "ނިއުޔޯކް ޑެކްލެރޭޝަން" އދ. އިން ފާސްކުރުމަށް ރާއްޖެއިން ވޯޓު ދީފި އެވެ.
އެ ޑެކްލަރޭޝަނަކީ މިދިޔަ ޖުލައި މަހުގެ 28 އިން 30 އަށް ސައުދީ އަރަބިއްޔާ އާއި ފްރާންސްގެ ރިޔާސަތުގެ ދަށުން އދ. ގައި ބޭއްވި ކޮންފަރެންސަށްފަހު ހުށަހެޅި ގަރާރެކެވެ.
އެ ގަރާރު ބަލައިގެންފައި ވަނީ މިއަދު ބޭއްވި އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޖަލްސާގަ އެވެ.
އެ ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން ރާއްޖެ ހިމެނޭ ގޮތަށް 142 ގައުމުގެ ތާއީދާއެކު އެވެ. އެއާ ދެކޮޅަށް 10 ގައުމުން ވޯޓުދީފައިވާއިރު 12 ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.
The New York Declaration on the Peaceful Settlement of the Question of Palestine and the Implementation of the Two-State Solution has been endorsed by the @UN General Assembly today.
— Dr Mohamed Muizzu (@MMuizzu) September 12, 2025
The Maldives supports this declaration, and it's call for collective action to advance peace…
އެ ގަރާރުގައި ފާސްކުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓްގައިވަނީ އެ ގަރާރަކީ ފަލަސްތީނުގެ މައްސަލަ ހައްލުކުރަން މުހިންމު ގަރާރެއް ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރުމުގައި ކަމަށް އެ ޕޯސްޓްގައިވެ އެވެ.
އެ ގަރާރުގައި، ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި ދެމެހެއްޓެނިވި ހައްލެއް ހޯދައިދީ ފަލަސްތީނުގައި މިނިވަން ކަމާއި އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް ގޮވާލައިފަ އެވެ.
އެ ގަރާރު ފާސްކުރުމުގެ ކުރިން އިޒްރޭލުން އިއްޔެ ވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ހުރަސްއެޅޭ ގޮތަށް ގުދުސްއާ ޖެހިގެން، ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއްގައި ޔަހޫދީން އާބާދުކުރުމުގެ މަސައްކަތް ހަލުވިކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ދައުލަތެއް އުފެއްދިޔަ ނުދޭނެ ކަމަށް ބުނެ އިންޒާރުތައް ދީފަ އެވެ.
އިޒްރޭލުން 1967 ވަނަ އަހަރުން ފެށިގެން ހުޅަނގު އައްސޭރިން ހިފައި ޔަހޫދީން ވަޒަންވެރިކޮށްފައިވާ ހުރިހާ ސަރަހައްދުތަކަކީ، އިޒްރޭލުގެ ޕްލޭނިން އެޕްރޫވަލް އޮތް ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ތަންތަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާދަނު33
13 September 2025
އެސަމިޓުބޭއްވީ ފްރާންސާއި ސައުދީ ގުޅިގެން. ރާއްޖޭން ހަމައެކަނި ބަޓަނަށް ފިތާލީ.. މީދެން ބޮޑު ހެޑިންއެއްހަދާވަރުކަމެއްނޫން. އަދިވެސް ޢައްޒާގައި ޤަތުލްއާންމުކުރިޔަށްދަނީ..
ޝަޖޫ
13 September 2025
ރާއްޖޭގެ ވޯޓަކީ ޓައި-ބްރޭކިން ވޯޓެއް ތޯ؟
ނާޑުވާ
13 September 2025
އިދިކޮޅަށް ވޯޓް ދިނީ އެމެރިކާ އާ އިޒްރޭލުގެ އިތުރުން އެމެރިކާގެ ޕަޕެޓުން ކަމަށްވާ. އާޖެންޓީނާ ހަންގެރީ މައިކްރޮނޭޝިއާ ނައުރު ޕަލާއު ޕަޕުއާ ނިއުގިނީ ޕެރަގުއޭ ޓޮންގާ
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
13 September 2025
މިއީ މުސްލިމުންގެ ހައިސިއްޔަތުން މިއަދު އަހަރެމެން ލަދު ގަނެ ދެރަވާންޖެހޭވަރުގެ ކަންކަމެވެ. ވޯޓެއް ލީތީ މިއަދު ދައްކަންވީ އަޑުހަރުކޮށް އެވާހަކައެއް ނޫނެވެ. ފަސްދޮޅަސްހާހުން ހަތްދިހަހާހުން މިއަދު ގާޒާގައި ޝަހީދުވެދިޔަ މުސްލިމުންގެ ފުރާނައިގެ އަގަކީ ކޮބާހެއްޔެވެ؟ އެކަމަށް ޒިއްމާ ނަގަންޖެހޭނީ ކޮންބައެއް ހެއްޔެވެ
ސައިބޯނި ބޮކި
12 September 2025
އަވަހެއްނު ކްރެޑިޓް ނަގަން އުޅުނުލެއް. އދ އަކީ އެމެރިކާ... ތިހެން ކިތައް ބަޔާން ނެރެފައި އެވަނީ. ވީކަމެއް ދައްކަބަލަ. އިޒްރާއީލް ރައްޔިތުކަން އޮންނަ ފަތުރުވެރިން ދިވެހިރާއްޖެއަށް ނުވަދެވޭ ގޮތަށް ޢަމަލުކުރަން ރައްޔިތުން މުޒާހަރާކޮށް ބުނީމާ، ހަމައެކަނި އިޒްރާއީލް ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް ދުތުރު ނުކުރުމަށް ބުނިމީހުން ތިފާޑަށް އުޅުން ބަލައެއް ނުގަނެވޭ.
ޗަކްމީ
13 September 2025
ޑުއަލް ޕާސްޕޯޓް ގެންގުޅޭ މީހުން ދެނެގަންނާނެ ގޮތް ކަލޭ މުއިއްޒަށް ކިޔައިދީބަލަ. އޭރުން އެނގޭނެ އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ އެންމެން. އޭރުން އެމީހަކު އެހެން ގައުމެއްގެ ޕާސްޕޯޓުގައި އެތެތެވާއިރު އޭނަޔަކީ އިޒްރޭލްގެ ވެސް ރައްޔަތެއްކަން އެނގޭނެ.
ފެކްޓްް
13 September 2025
ޗަކްމީ އެވެ. ކަލޭ ކޮމާޝަން މަތިންދާބޯޓެއްގައި ދަތުރެއް ކޮށްފިނަމަ އޮޅުވައެއް ނުލެވޭގޮތަށް ބޯޑަރ ކޮންޓްރޯލް ސިސްޓަމަށް އެނގޭނެއެވެ. ރާއްޖޭގައިވެސް ބޭނުންކުރަނީ އެމެރިކާގެ ބޯޑިންގ ކޮންޓްރޯލް ސިސްޓަމް ކަމަށް ކިޔާ އުޅެއެވެ. ކުރި ކަމެއް ނުކުރަންވީމާ ދުނިޔެމައްޗަށް އިރު އަރާގޮތްވެސް އެއީ ބޮޑު ކަމަކަށް ވެއެވެ. ކަމެއް ކުރަންވީމާ ގަދަބާރުން ކަންކަން ކުރަން މުއިއްޒަށް ކިޔާދީ މަޝްވަރާކުރީ ކާކު ހެއްޔެވެ. "ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ"