މާފުށި ޖަލުން 33 ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުނޭ.
14 ސެޕްޓެމްބަރ 2025 - 19:01
ސްކޭމް މައްސަލަތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، އެ ތަނުން 33 މޯބައިލް ފޯނާއި އިތުރު ސާމާނު އަތުލައިގެންފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އެ އިދާރާ އަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރި ތަހުގީގުގައި އެނގެނީ އެފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންގެ ބައިވެރިވުން އޮންނަ ކަމަށެވެ.
އެހެންވެ، ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި އެ ތަން ބަލައިފާސްކޮށްފައިވާއިރު، ފުލުހުން ބުނީ އެތަނުން އެކި ބްރޭންޑުތަކުގެ 33 ފޯނާއި އިޔާޕޮޑާއި ހެޑްސެޓާއި ފޯނު ޗާޖުކުރާ ކޭބަލާއި ސިމްކާޑު ފެނިފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާ އިން ބުންޏެވެ.
ފުލުހުން ބުނީ ސްކޭމް މަދުކުރުމަށް ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުން ކަރެކްޝަންސްއާ ގުޅިގެން އެފަދަ އިތުރު އޮޕަރޭޝަންތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހގ.
15 September 2025
ތިއީ އެތަނުގެ މުވައްޒަފުން އެތަނަ ވައްދަދޭއެއްޗެހި
ބޭކާރު
15 September 2025
ތިހުރިހާ ކަމެއް ކުރުމުގެ ބަދަލުގަ ފޯނު ސިގްނަލް ޖޭމްކޮއްލަނިކޮއް ކިތަންމެ ފޯނެއް ޖަލައްވެއްދިއަސް ސްކޭމެއްވެސް އަދި އެހެންކަމެއްވެސް ތިތާތިބި ގައިދީންނަކައް ނުކުރެވޭނެ. އެކަންނުވެގެން އުޅެނީ ކީއްވެތަ؟
ކޭކޭ
16 September 2025
ޖަލު މުވައްޒަފުންނަށް ލިބޭލާރި މަދުވާތީ
ހުސަ
15 September 2025
މާފުށި ޖަލަށް ވައްދާ ފޯނުތައް ވައްދަނީ އެތަން ބަލަހައްޓާ މުވައްޒަފުންގެ އިހުމާލުން! މިކަން މިމީހުންނަށް ނުހުއްޓުވުގެން އުޅެނީ ގިނަފައިދާތަކެއް ގާޑުންނަށް މިކަމުން ލިބޭތީ! ކޮންމެ ފަހަރަކު ފުލުހުން ގެންގޮސް އެބުރަ މަސައްކަތް ފުލުހުން ލައްވާ އެބަކުރުވާ! ޖަލު ބަލަހައްޓަން ބޮޑު މުސާރަދީ އެތައްބަޔަކު ވަޒީފާގައި އެބައުޅޭ! ފުލުހުންގެ ޔުނިފޯމް ފަދަ ޔުނިފޯމް އަޅައިގެން އެތާ އެބައުޅޭ ހަރާން ކުރާކަމެއް! ބޮޑު މީހާ ހުންނަނީ ތިމާވަރުގެ މީހެއްނެތްކަމަށްހެދިގެން!
ކޮރަލް
15 September 2025
33 މޯބައިލް ފޯނާއި އިތުރު ސާމާނު އަތުލައިގެންފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. މިދައްކަނީ ޖަލެއްގެ ވާހަކަ އެވެ. ބަންދު ކޮށްފަ ހުރި ބައެކެވެ. ބަޔަކު އެހީ ނުވަނީސް އެތަނައް ފޯން ވަންނާނެ ގޮތެއް ބުނެ ބަލާށެވެ. ވަސީލަތް ތައް ބޭނުން ކޮށްގެން ފޯން ތައް ވެއްދި ބަޔަކު ހޯދަ ބަލާށެވެ.
ބަޑިތަކުރު
15 September 2025
ތިޔަހާ ގިނަ ފޯނު އަތުލާއިރު އެކަމަށް މަގުފަހިކޮށްދިން މީހުން އަތުލައި ނުގެނެވިގެންއުޅެނީ ކީއްވެބާވައެވެ. ފޯނުއަތުލިޔަސް އެކަމަށް މަގުފަހިކޮށްދިންމީހުން އަތުލައި ނުގެނެވޭނަމަ ތިޔައީ ނިމުމެއް އޮތްކަމެއް ނޫނެވެ.
އަސަތަގަ
15 September 2025
ތިއީ ވިޔަފާރިއަށް ކުރާކަމެއް. އަނެއްކާ ދެން ޑިއުޓީގަ ތިބޭ އޮފިސަރުން ފޯނެއް ވައްދަ ދޭން 5000 ރުފިޔާގެ މަގުން
އިހްސާސް
15 September 2025
މިއީ ބަލައިގަނެވޭނެ ކަމެއްނޫން. ޖަލު އޮފިސަރުން ބައިތިއްބުމުގެ ބޭނުމެއް އެބައޮތްބާ؟ ފުލުހުން ތިޔަ ތަކެތި އަތުލައިގަތަކަސް ނުވާނެ. ވެއްދިގޮތްވެސް ބަލާ..
ނުއްރާހި
15 September 2025
ބަލަގަ ތިއަޖަލު ޖޭމަރު ކުރާވާހަކަ ދައްކާމީހާ ކޮބައި
ބޮކިއަލިބެ
14 September 2025
މަބުނީ ޖަލު ބަލަހައްޓަން މުސާރަދީފަ ހެސްކިޔާފަ ފާޑުފާދުގެ ސާމާނުދީފަ ތަމުރީނުކޮށްފަ މީހުންތިބޭ. ޖަލުގައި ކުރެވޭނެ ކަންކަމާއި ގެންގުޅެވޭނެ ތަކެތި ވަޒީފާގައި ތިބޭމީހުނަށް ކިޔައި ނުދެނީބާ ނޫނީ ނޭގެނީބާ. އޮޕަރޭސަނެއް ކޮށްގެން އެމްއާރްއައި ހަދައިގެން އެކްސްރޭނަގައިގެން ތިމާމެންގެ މަސްއޫލިއްޔަތު އަދާނުކުރެވޭކަން ބުނެދިނުން، ބޮޑުޖޯކެއްނުން. ވަރަށްބޮޑު އޮޕަރޭސަނެއް މިހިންގީ.
ފަރުވާނެތް ބަލި- ކަރަޕްޝަން
14 September 2025
މާފުށީ ޖަލު ބަލަހައްޓާ މީހުން ތިކަމެއް ނުހުއްޓިދީ. މިހާރުވެސް އެކައުންޓްތަށް ފުރިފަދޯ. ކޮންގޮތަކަށް ބަލަހައްޓާތީތަ ތި މައްސލަ ހައްލު ނުވަނީ. ފޯނު ސިގްނަލް އެ ސަރަހައްދަށް ނުިލިބޭގޮތްވެސް ހެދޭނެ ނޫންތޯ. ޖަލު ބަލަހައްޓާ ކުދިންނަށް އިތުރު ފައިސާ ލިބޭނމަގު ހުޅުވާފަ ތި ބާއްވަނީ. ރިހެބް ބަލަހައްޓާ މީހުްނަށްދޯ ކަމެއް ނުކުރެވުނީ. އެތަން އިހަކަށްދުވަހު ފާސްކުރިއިރު އެންމެ ފޯނެއްވެސް ނުފެނުނު. ޖަލަށް ފޯނު ވެއްދުން ހުއްޓުވާ ކުންފުންޏެއް ހަދަން ފެންނަނީ
ޖަލު
15 September 2025
ސިގުނަލް ކަނޑާލީމަ ދެން އެތާ އޮފިސަރުންނާއި އޮފީސްތަކަށް ކޮންޓެކްޓު ކުރާނީ ކިހިނެތް؟
އައިސަން
15 September 2025
ސިގްނަލް ބުލޮކް ކުރިޔަސް ޓެލެފޯނުތަށް މަސައްކަތް ކުރާނެ.