އިފުރާ ވިކްޓްރީގެ ޖާޒީގައި: އޭނާގެ ހާލު ސީރިއަސް. -- މިހާރު ފައިލް ފޮޓޯ
22 ސެޕްޓެމްބަރ 2025 - 21:06
ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގައި ހިމެނުނު ގޯލްކީޕަރު އިބްރާހީމް އިފްރާހު އަރީފް (އިފުރާ) އަށް ސްޓްރޯކެއް ޖެހި އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރުންގެ ތެރޭ ހިމެނޭ އިފުރާ އަށް ޖެހުނު ހެމޮރެޖިކް ސްޓްރޯކުގެ ސަބަބުން ސިކުނޑި އަށް ވަނީ ލޭ އެޅިފައިވާ ކަމަށް އާއިލާ އިން މައުލޫމާތު ދިން މީހަކު ބުންޏެވެ. ލޭތައް ނެގުމަށް މިއަދު ހަވީރު ވަނީ ސާޖަރީއެއް ވެސް ހަދައިފަ އެވެ.
"ސާޖަރީ ހެދި ނަމަވެސް، އަދިވެސް އެއްކޮށް ލޭތައް ނުނެގޭ،" އާއިލާ މެމްބަރަކު ބުންޏެވެ.
އެެހެންވެ އިފުރާ މިވަގުތު އޮތީ ސިކުނޑީގެ ދުޅަ ތިރިކުރުމަށްޓަކައި މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގަ އެވެ.
އިފުރާ (18) 23 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު
ވެލެންސިއާ އިން ކެރިއަރު ފެށުމަށް ފަހު، މާޒިޔާގައި ވިދާލި އިފުރާ އަކީ، އެ ދުވަސްވަރު ރާއްޖޭގެ އެންމެ އުއްމީދީ ކީޕަރެވެ. އޭނާ ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. އަދި 23 އަހަރުން ދަށުގެ ޓީމާ އެކު އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް، އަދި އޮލިމްޕިކް ކޮލިފައިންގައި ވާދަކުރި އެވެ. މީގެ ތެރެއިން އޮލިމްޕިކް ކޮލިފައިންގައި އޭނާ ދެއްކި މޮޅު ކުޅުން ގިނަ ބަޔެއްގެ ހަނދާނުގައި ހަރުލާފައިވެ އެވެ.
އިފުރާ ސީނިއާ ޓީމުގައި އެންމެ ފުރަތަމަ ހިމެނުނީ 2007 ގަ އެވެ. އޭގެ ފަހުން ގިނަ އަހަރުތަކެއްގައި ގައުމީ ސްކޮޑުގައި މަގާމް ދެމެހެއްޓި އެވެ. އޭނާގެ ކެރިއަރުގެ އެންމެ ހާއްސަ ކާމިޔާބަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުމެވެ. އިފުރާ އަކީ އެ ފަހަރު ތަޖުރިބާކާރު ދެ ކީޕަރުން ކަމަށްވާ އިމްރާން މުހައްމަދާއި، ހަސަން ރަމީޒް (ޓިމޮޓީ) ގެ ފަހަތުން ޓީމުގެ ރިޒާވް ކީޕަރެވެ.
އިފުރާ ވަނީ ނިއު ރޭޑިއަންޓާއި، ވިކްޓްރީ އާއި، ބީޖީ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް އަށް ވެސް ގިނަ އަހަރުތަކެއް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނޫސަންގު
23 September 2025
ކޮންމެ އަހަރަކު އެއްފަހަރު ލޭ ޓެސްޓެއް ހެދުން މުހިންމު. ހަކުރު ކޮލެސްޓްރޯލް. އަދި ޕްރެޝަރ ގަވައިދުން ޗެކް ކުރުން. ގަވައިދުން ކަސްރަތު ކުރުން. ޒުވާން ޢުމުރަށް ވިއަސް މިކަން ކުރުން މުހިންމު. އަވަސް ޝިފާއަކަށް އެދެން.
ތޯމަސް
23 September 2025
ބުރަދާއަށް އަވަސް ޝިފާ އަކަށް އެދެން
އިންފަންޓީނިޔޯ
23 September 2025
އިފްރާ އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! أمين
އިންފަންޓންކުއްތާ................
23 September 2025
އިފްރާ އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! أمينވަރަސް ސަލާމް.............ސުކުރަން...ސުކުރަން..ކުަްަްތާ................................
ސަނައްޓޭ
23 September 2025
އަވަސް ޝިފާއެއް ދެއްވާށި
އައްޔަ1
23 September 2025
އިފްރާހު އަށް އަވަސް ޝިފާައަކަށް އެދެން.