ރައީސް އޮފީހުގެ ޔޫޓިއުބު ޗެނަލް މިހާރު ފެންނަ ގޮތް.
23 ސެޕްޓެމްބަރ 2025 - 12:26
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ހެކްކޮށް ކްރިޕްޓޯ ކަރަންސީގެ ވިޔަފާރިއާ ގުޅޭ ސައްހަ ނޫން މައުލޫމާތުތަކެއް ބްރޯޑްކާސްޓްކުރުމުން ޔޫޓިއުބުން އެ ޗެނަލް ރިމޫވްކޮށްފި އެވެ.
ރައީސާއި ނައިބު ރައީސް އަދި ފަސްޓްލޭޑީ ބައިވެރިވެވަޑައިގަންނަވާ ހަރަކާތްތައް ބްރޯޑްކާސްޓްކުރާ ޔޫޓިއުބް ޗެނަލް ހެކްކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވެވި ޖަލްސާއެއް ދައްކަމުން ދަނިކޮށެވެ.
ހެކްކުރުމަށް ފަހު އެ ޗެނަލުން ދެއްކި ކޮންޓެންޓްތަކަކީ ޔޫޓިއުބްގެ ގައިޑްލައިނާ ހިލާފް އެއްޗިއްސަށް ވާތީ ޔޫޓިއުބުން އެ ޗެނަލް ވަނީ ރިމޫވްކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ޔޫޓިއުބް ޗެނަލަށް ވީ ގޮތެއް ސައިބަ ސެކިއުރިޓީގެ ޓީމުން ބަލަމުން އަންނަ ކަމަށެވެ.
"ވީގޮތެއް ސާފުކޮށް ދަންނަވަން އެނގޭނީ އެ ބޭފުޅުންގެ މަސައްކަތް ނިމުނީމާ،" ހަލީލް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުން ފެށިގެން ހުރިހާ ރައީސުންނާއި ނައިބު ރައީސުންގެ ރަސްމީ އިވެންޓުތަކުގެ ވީޑިއޯތައް ހުންނާނެ އެވެ.
އެ ޗެނަލްގައި ހުރި ކުރީގެ ކޮންޓެންޓުތަކަށް މި މައްސަލައިގެ ސަބަބުން ވީ ގޮތެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިކަވަރ ކުރެވޭނެ
24 September 2025
ފުލުހުން މިކަމުގައި ދަނީ ހަރަކާތްތެރި ވަމުން. މިއީ އީމެއިލްގެ ކްރެޑެންޝިއަލް ނުވަތަ ސެޝަން ހައިޖެކް ކުރުމަށްފަހު ކޯށްފައިވާ ކަމަކާ ވައްތަރީ. ވީޑިއޯތައް ހުންނާނެ ޗެނަލް އެކްޓިވް ނުވާނީ. ދެން ރަސްމީކޮށް ވިކަންކަން ޔޫޓިއުބަށް އެންގުމުން، މި މައްސަލަ ހައްލުވެގެން ދާނެ. ކޮމެންޓު ކޮށްފައިވާ ބޭފުޅަކު އެބުނަނީ ރަނގަޅަށް. މިއީ އީމެއިލް އަށް އެކްސެސް ވެވިގެން އެކަހަލަ ގޮތަކަށް ވެފައި އޮތް ކަމެއް. މިއީ އޮފީސްތަކުގައި ހިނގާއުޅޭ ކަމެއް.
raajje
23 September 2025
ޔޫޓިއުބުޗެނެލްތަކުގެ ލޮގިންއަށް މިބޭނުންކުރަނީ ޖީމެއިލް އެކައުންޓު، ތިއުޅެނީކީ ހެކުކުރެވިގެނެއްނޫން، ތިކަންތިކުރާނީ ކުރިންތިތާ ވަޒީފާގާއުޅުނު މީހެއްގެފަރާތުން ނުވަތަ ތިޔަޗެނަލުގެ ލޮގިން މައުލޫމާތުއެނގޭމީހެއް މެދުވެރިކޮށްއެމައުލޫމާތުލިބިގެން، އިރުއިރުކޮޅާމީހުންބަދަލުވާތަނެއްގަ މިކަންކަން ގިނަފަހަރު ނުބެލެހެއްޓޭނެ، ޖީމެއިލް ނުވަތަ ޔޫޓިއުބުޗެނަލަކީ ތިހެން ހެކުކުރެވޭނެއެއްޗެއްނޫން، ކޮންމެވެސްއެކުސެސްއެއްލިބުނީމަ ދެން ޕާސްވޯޑުއެއްޗެހި ބަދަލުކޮށްލެވޭނެ
ޙަމްނާ އަލީ
23 September 2025
އެ ޔޫޓިއުބުން ރިކަވާ ކުރާނެ.
ހަލީލޫ
23 September 2025
ގާސިމް ސަލާމަބުނި
ސަބަބުވެރި މީހާ
23 September 2025
ވީގޮތް ތިއޮތީ ނިކަން ރީތިކޮށް ބުނެފައެއް ނުންރަ. ހެކް ކޮށްފަ ގަވާއިދާ ޚިލާފް އެއްޗެއް އަޕްކުރީމަ ޗެނެލް ރިމޫވް ކުރީއޭ
ތަމުސީލު
23 September 2025
އެ ޗެނަލުން ލައިވްކުރަމުންދިޔަ ޑިވައިސުން އެވަގުތު އެހެން ސައިޓަކަށް ވަދެވުނީމާ އެ ސައިޓުން ޔޫޓިއުބު މައުލޫމާތު ދަމައިގަނެ ވަގަށް ނެގީކަމަށް ވައްތަރީ. އަހުރެންގެ އެކައުންޓުތައް މިގު ތާޓީ ތުރީގެ ޒަމާނުގައި އެގޮތަށް ހެކުކުރި.
ނޫސްފެންޑާ
23 September 2025
ކޮންޓްރޯލް ވެފަ ހުންނާނީ. ތާހިރުވެއްޖެ؟