ބީއެމްއެލް ބޯޑު ޑިރެކްޓަރުން. ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ގެދޮރުއެޅުމަށް ދޭ ލޯނުގެ އަދަދު އިތުރުކޮށްފި -- ފޮޓޯ: މިހާރު
25 ސެޕްޓެމްބަރ 2025 - 23:36
ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތު ކުރުމަށް އިތުރު ރަހުނަކާ ނުލައި ބީއެމްއެލް އިން ތިން މިލިއަނާ ހަމައަށް ލޯނު ދޫކުރަން ނިންމައިފި އެވެ.
އެ ގޮތަށް ނިންމުމުން އެ އިމާރާތް ކުރާ ތަން ފިޔަވައި އިތުރު ތަނެއް ރަހުނު ކުރާކަށް ދެން ނުޖެހޭނެ އެވެ.
ބީއެމްއެލްގެ ބޯޑުން އެ ގޮތަށް ނިންމާފައިވާ އިރު އެއީ އިތުރު ރަހުނަކާ ނުލައި ނެގޭ ލޯނެކެވެ. ކުރިން ރަހުނަކާ ނުލައި ރަށްރަށުގެ ގެދޮރު އިމާރާތް ކުރުމަށް ދެނީ އެއް މިލިއަންގެ ލޯނުތަކެވެ. އަދި އޭރު ވެސް ސިޓީތަކަށް ތިން މިލިއަނާ ހަމައަށް ބީއެމްއެލް އިން އައީ ދެމުންނެވެ.
ބީއެމްއެލް އިން ބުނީ، ހުރިހާ ރަށަކަށް އިތުރު ރަހުނަކާ ނުލައި ތިން މިލިއަނާ ހަމައަށް ލޯނު ދޭން ނިންމީ، ރަށްރަށުގައި އިމާރާތް ކުރުމަށް ބޮޑު ހަރަދެއް ދާކަން ފާހަގަކުރެވިފައިވާތީ ކަމަށެވެ.
ފަސް ޕަސެންޓުގެ އިންޓްރެސްޓްގައި ދޫކުރާ އެ ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.
އެ ލޯނުގެ އިތުރުން މިދިޔަ އަހަރު އެ ބޭންކުން ވަނީ ހޯމް އިކުއިޓީގެ ނަމުގައި ވެސް ލޯނެއް ތައާރަފްކޮށްފަ އެވެ. އެ ލޯނު ދޫކުރަނީ ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމައަށެވެ.
ހޯމް އިކުއިޓީ ލޯނު ދޫކުރަނީ 50،000ރ. އަށް ވުރެ މަތީ އަދަދަކުން ލޯނު ނަގާ މީހުންނަށެވެ. މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މިހާރު ހޯމް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އެ ލޯނު ދޫކުރާނީ 10 ޕަސެންޓުގެ ރޭޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮކި
26 September 2025
މިވެސްވާނީ ހަމަ ޖަމަލުފޮޑިއަށް.....
ޢެޑްމުންޑޯ
26 September 2025
ލޯނެއް ނަގަން އުޅުނީމާ މިއެގެނީ އެލޯނު ހޯދަން ކުރަންޖެހޭ ބުރައުދަގޫ މަސައްކަތް ، މުޅިގައިން ހަންގޮސް ފައި ހުންނަ އިރު ލިބުނަސް ލިބޭނީ ، ކިހާރީތި ސުރުޚީތަށް ،
ގޮނުއަނގަ
26 September 2025
ހައުސިން ޑިވެލޮޕް މެންޓް ބޭންކުން ދޫކުރާ ލޯނު ހުއްޓުނީތޯ. އެލޯނަށް އެދުނު މީހުންގެ ފޯމުތަކަށް ޖަވާބެއް އަދި ނުލިބޭ. މިއަށް ޖަވާބެއް ނިލިބި ތިޔާ އުޅެންހަދައިގެ ދެމީދާ ފަހައި ދުވުނު ބަޅަލަށް ވީވަރު ވެގެން ވަރުބަލިވެގެން އޮޢްވައި ފުރާނަ ނޮގޮއްސިއްޔާ ކިތަންމެ ހާވެސްބރަނގަޅު.
ޢިބޫ
26 September 2025
ތިލޯނަށް ސަރުތު ހަމަވާ މީހަކު ހުނާނެބާ؟، ލޯނޭކިޔަކަސް ސަރުތު ހަމަވާ ގޮތެއްވެސް ކިޔާދެންވާނެދޯ.
ހޒބޒވ
26 September 2025
ކޮންމެ މީހަކަު މީގައި ޖެހި އުމުރު ލޮކުއެޅިފައި