އދރައީސް ޑރ. މުހައްމަދު މުއިއްޒު ރަށަކަށް ވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް
13 އޮކްޓޯބަރ 2025 - 08:11
ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށަށް އެ މަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ.
މިއަދު ފުރަތަމަ ވަޑައިގަންވަނީ ނޫމަރާއަށެވެ. އެ އަށް ފަހު ކަނޑިތީމުގެ އިތުރުން ގޮއިދު އަށް ވަޑައިގަންނަވާނެ އެވެ. މިރޭގެ ޖަލްސާ އޮންނާނީ ބިލަތްފަހީގަ އެވެ.
އެ ތިން ރަށުގެ އިތުރުން މި ދަތުރުފުޅުގައި ރައީސް މުއިއްޒު ދެން ވަޑައިގަންނަވާނީ ފޭދޫ، ފީވައް، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދުއަށެވެ.
ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.
އަދި ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވުމާއި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހު ކުރުން ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މިއީ، އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި މި ރިޔާސީ ދައުރުގެ ތެރޭގައި ދެ ފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް ށ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
އެ މަނިކުފާނު އެންމެ ފަހުން ވަޑައިގަތީ މި މަހު ހަވަނަ ދުވަހު އދ. އަތޮޅުގެ ރަށްތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްމާއިލް އުޝާމް
13 October 2025
މި އަތޮޅަށް ވަރަށް ކަންކަން ދެން ވާނެ. ޔަގީން ތަރައްގީ އަންނާނެ
އަސްލަމް ވަހީދު
13 October 2025
އަހަރުމެންގެ އަތޮޅު. ވަރަށް އުފާވެރި ހަބަރެއް.
ފޮނިފޮނިޓައްޕު ކުމާރު
13 October 2025
މިތާ މުސާރަދީގެން ކޮމެންޓުކުރާ ބައެއް ފަރާތްތައް އެބަކިޔާ މީނާ ދެތާކު އެއްފައެއްނުޖަހައޭ. އެފަރާތްތަކަށް ބުނެލަންއޮތީ ރައީސަކު ނުޖެހޭނެ ކޮންމެހެން ފަޔަށް ހިނިއަރައިގެން އުޅޭ މީހަކު އުޅޭގޮތަށް އުޅޭކަށް.
ޢެއާޕޯޓު
13 October 2025
މަޖްލިސް އިންތިހާބާ ދިމާކޮށްފައި އެމްޓީސީސީ އާ ހަވާލުކުރި ބިލެތްފަހި އެއަރޕޯޓުގެ މަސައްކަތް ކިހާ ހިސާބަކަށް ގޮއްސިތޯ؟
ސަބަބު
13 October 2025
އެހެންމނީހުން އިންތިހާބަކާ ޖެހުނީމާ މިހެން ދަތުރުކުރަނީ. އެކަމަކު ރައީސް މުއިއްޒު ފެށުނީތްސުރެން މިއުޅެނީ ރައްޔިތުންނާ ގާތުން.
އާދަންހަލީމްް
13 October 2025
މިހާ ޖޯޝުގަ މަސައްކަތް ކުރާ ރައީސަކު އަދި ރާއްޖޭގެ ރައީސަކަށް ނާދޭ.
ޣާޟަޜެ
13 October 2025
އެހެންވެދޯ ތާކުންތާކު ޖެހޭ އެއްވެސް ޕުރޮޖެކުޓެއް ނުފެއްޓިގެން އެއުޅެނީ ........... އޭޓީއެމް ބެހެއްޓުން ފިޔަވާ އެވެސް އެބަހައްޓަނީ އޭގެ މުއާމަލާތް ކެޑުނީމަ މި ޖަމާނުގާ މީހުން އަތުގާ ފައިސާނުބަހައްޓާނެ އޮން ލައިން ޓުރޏަސްފާކުރާނީ
ޖީހާންް
13 October 2025
ވަރުބަލިކަމެއްނެތި ރައީސް މުއިއްޒު ކުރައްވާ މިންނެތްމަސައްކަތަށް ފަށްފަށުން ޝުކުރު އަދާކުރަން.
ސާލިހްް
13 October 2025
އަމާން ދަތުރަކަށް އެދެން ރައީސް.
ކައްޒާބުދޮންބެ
13 October 2025
އިތުރު ވައުދެއްނުވެ ރަށަށް އާދެވޭތޯ ބަލާތި.
ގަރީބީ
13 October 2025
ވައުދެއްނުވާނެ..ފަޅެއް ފަޅުރަށެއް ދީފަ އަންނާނީ..