ށ. ފޯކައިދޫ ކައުންސިލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
14 އޮކްޓޯބަރ 2025 - 20:27
ށ. ފޯކައިދޫގެ އިސްލާމީ މަރުކަޒުގެ ބިންގާ މިއަދު އަޅާފައިވާއިރު، އިތުރު ގިނަ މަޝްރޫއުތަކެއް ފަޓަވައި ދެއްވަނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފޯކައިދޫގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އެޅީ ރައީސް ށ. އަތޮޅަށް މިހާރު ކުރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ރަށަށް ވަޑައިގެންނެވެ.
އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ށ. ފޯކައިދޫ އިސްލާމީ މަރުކަޒުގެ ބިންގާ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަޅުއްވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ފޯކައިދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއުގެ ދަށުން
- ހަތް ސަތޭކަ މީހުންގެ ޖާގައިގެ ނަމާދުކުރާ ހޯލެއް ހަދާނެ.
- ތިންސަތޭކަ މީހުންގެ ޖާގައިގެ މަލްޓ-ިޕާޕަސް ހޯލެއް.
- ތިން ކްލާސް ރޫމާއި ލައިބްރަރީއެއް.
އެ ޕްރޮޖެކްޓުގެ އަގަކީ 25.41 މިލިއަން ރުފިޔާ އެވެ. އެ ތަން ނިންމުމަށް ދީފައި ވަނީ އެއް އަހަރާއި ނުވަ މަހެވެ.
ށ. ފޯކައިދޫ ކައުންސިލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
- ސިއްހީ މަރުކަޒު ތަރައްގީ ކުރުން.
- ފުޓްސަލް ދަނޑަކާއި ހޭންޑްބޯޅަ ދަނޑެއް.
- ސްކޫލްގެ އާ އިމާރާތެއްގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުން.
- އަންނަ އަހަރު އެ ރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއް ފެށުން.
- މޫދަށް އެރޭ ސަރަހައްދު ތަރައްގީ ކުރަން އެމްޓީސީސީއާ މިހާރު ވަނީ ހަވާލުކޮށްފައި.
- ބޮޑެތި މަގުތައް ހެދުމަށް ސޮއިކުރުން
- ފޯކައިދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy