19 އޮކްޓޯބަރ 2025 - 10:59
ރޮނާލްޑް އަރައުހޯ ފަހު ވަގުތު ޖެހި ގޯލުން 2-1 އިން ޖިރޯނާ ބަލިކުރި މެޗުގައި އަމަލުކުރި ގޮތުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކަށް ރަތް ކާޑެއް ދައްކައި، ކުރިއަށް އޮތް އެލްކްލެސިކޯ މެޗަށް ސަސްޕެންޑް ކޮށްފި އެވެ.
ޕެޑްރީގެ ގޯލުން ބާސާ ލީޑު ނެގިތާ މާ ގިނައިރެއް ނުވެ ގިރޯނާ ވަނީ އަކްސެލް ވިޓްސެލްގެ ގޯލަކުން ނަތީޖާ އެއްވަރުކޮށްފަ އެވެ. ފަހު 10 ވަރަކަށް މިނިޓަށް އެރި އަރައުހޯ ބާސާ މޮޅުވި ލަނޑު ޖަހައިދިނީ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގަ އެވެ.
އެ ގޯލު ޖެހުމުން މެޗު އޮފިޝަލް ކައިރީ އަތް ޖެހުމުން ފްލިކަށް ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް، އެ ކާޑު ދެއްކުމުން އަމަލުކުރި ގޮތަކުން އޭނާއަށް ދެވަނަ ރީނދުލަކާ އެކު ރަތް ކާޑު ދެއްކި އެވެ.
ނާ ބުނީ އޭނާ އަތް ޖެހީ ކައިރީ ހުރި މިޑްފީލްޑަރު ފްރެންކީ ޑި ޔޯން އަށް ކަމަށާއި އެއީ ޓީމަށް ހިތްވަރުދޭނިނުމުގެ ގޮތުން ކަމަށެވެ.
"އެއްވެސް ހާލަތެއްގައި ރެފްރީއާ ދިމާލަކަށް ނޫން،" ފްލިކް ބުންޏެވެ.
މި ނަތީޖާއާ އެކު ބާސެލޯނާ ވަނީ އެއް މެޗު އިތުރަށް ކުޅެގެން 22 ޕޮއިންޓް ހޯދައިގެން އެއްވަނައަށް ޖެހިލައިފަ އެވެ. ދެވަނައިގައި އޮތީ މިހާތަނަށް އަށް މެޗު ކުޅެގެން 21 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ.
ރެއާލް މެޑްރިޑް މިރޭ ގެޓަފޭއާ ދެކޮޅަށް ނުކުންނާނެ އެވެ. މި މެޗުން މޮޅުވެގެން ރެއާލަށް އަލުން ލީގުގެ އެއްވަނަ ލިބޭނެ އެވެ.
މި މެޗަށް ފަހު ލީގުގައި ރެއާލާއި ބާސާ އަށް ވެސް އޮންނާނީ ދެ ޓީމު ކުރިމަތިލާ އެލް ސްލެސިކޯ މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަގީގަތް
19 October 2025
ރެއާލުން ހުރީ ރެފްރީ ގަނެފަ.
ޕާޕާ ޕެރޭޒް
19 October 2025
ޢެއީ ފެށުނީއްސުރެ އަހަރެމެންގެ ސޮރެއް. އެސޮރު ހުރިއްޔާ އަހަރެމެނަށް ދެރަގޮތެއް ނުވާނެ.