ދެއްވަދޫ: ދެއްވަދޫ ރަސްގެފާނުގެ މަގުބަރާ އެ ރަށަށް ބަދަލުކޮށްދޭން ވަނީ އެދިފައި.
20 އޮކްޓޯބަރ 2025 - 11:39
މާލޭގެ ހުކުރު މިސްކިތުގައި ހުރި ދެއްވަދޫ ރަސްގެފާނުގެ މަގުބަރާ ގއ. ދެއްވަދޫއަށް ބަދަލުކުރަން އެ ރަށުގެ ރައްޔިތުން އެދޭ ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބުނެފި އެވެ.
ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު މިއަދު މަޖިލީހަށް ހާޒިރުވުމުން ދެއްވަދޫ ހިމެނޭ ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުالله ޝިހާބު ވަނީ ދެއްވަދޫ މަގުބަރާއާ ގުޅޭ ގޮތުން ސުވާލުކުރައްވައިފަ އެވެ.
ދެއްވަދުއަށް އުފަން އަސަދުالله ވިދާޅުވީ ދެއްވަދޫ އަކީ ރަސްކަލެއް ނިސްބަތްވާ ރަށެއް ކަމަށާއި އެ ރަސްކަލުގެ ޒިޔާރަތް ދެއްވަދޫގައި ހުންނަން ރައްޔިތުން އެދޭ ކަމަށެވެ. ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ހުރި ދެއްވަދޫ ރަސްގެފާނުގެ މަގުބަރާ ދެއްވަދޫއަށް ބަދަލު ކުރެވޭނެ އުސޫލެއް އޮންނާނެތޯ ނުވަތަ އެފަދަ އުސޫލެއް ހެދޭނެތޯ މެންބަރު އެއްސެވި އެވެ.
"އަޅުގަނޑު ވިސްނާލަން ޖެހޭނީ ތިކަމާ އިނގޭތޯ،" އެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.
ނިކަމެތިންނަށް އަޅާލެއްވި ރަސްކަލެއްގެ ގޮތުގައި ފާހަގަކުރެވުނު ދެއްވަދޫ ރަސްގެފާނު އަވަހާރަވެފައިވަނީ 1112 ވަނަ އަހަރު ޝައުބާން މަހު ހަވަނަ ދުވަހު އެވެ. އެމަނިކުފާނުގެ ފަސްދާނު ލައްވާފައިވަނީ ހުކުރު މިސްކިތުގެ ގޯތި ތެރޭގަ އެވެ.
އެމަނިކުފާނަކީ ޝާހީ އާއިލާއަކުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. ނަމަވެސް، ވެރިކަމުގައި ހުންނެވި ސައްޔިދު ރަސްގެފާނު އަވަހާރަވިއިރު އެމަނިކުފާނުގެ ދަރިކަލެއް ނެތުމުގެ ސަބަބުން ދެން ވެރިކަމާ ހަވާލުވާނެ ބޭފުޅަކާ މެދު އޮތް ވާދަވެރިކަމުގެ ތެރެއިންނެވެ.
ދެއްވަދޫ ރަސްގެފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފަނޑިޔާރެއްގެ މަގާމުގަ އެވެ. އެމަނިކުފާނު ވެރިކަން ކުރެއްވީ މީލާދީން 1702 ވަނަ އަހަރާއި 1711 ވަނަ އަހަރާ ދެމެދު އެވެ. އަވަހާރަވިއިރު ދަރިކަލެއް ނެތުމުގެ ސަބަބުން އެ ދަރިފަސްކޮޅުގެ ވެރިކަން އިތުރަށް ކުރިއަށް ގޮސްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާލޭ މީހާސް
22 October 2025
މާލޭގައި މާލެ ރައްޔިތުން ނޫނީ ވަޅުނުލުމަށް ޕެޓިޝަނެއް ހަދަން މާލޭ މެންބަރުންނަށް ގަވާލަން
ސަހަރޯ އިނގޭތޯ
22 October 2025
މާލޭގެ ސަހަރާތަކުގައި ވަޅުލާފައި ތިބި ދެއްވަދޫ ރައްޔިތުންގެ ގަބުރުތައް ވެސް ގެންދަންވާނީ.
ދޮންހުސޭނު
21 October 2025
ތިޔަކަލަހަ ކަންކަމަށް މީހުންގެ ބުއްދި އެނބުރޭގޮތަށް އަދި ވަކިވެގަތުމުގެ ރޫހު އުފެދޭން މަގުފަހިވާ ބީދައިން ކަންކަން ކުރާތަން މިފެންނަނީ ފަހުޒަމާނުގެ ނުދަންނަ ރަސްގެފާނާއި އެރަސްގެފާނުގެ ހިރިޔާފާތުރައިގެ ދަށުންނެވެ. މިއީ މިހާރު ފެންނަ ބޮޑު މަންޒަރެވެ.
އައްލާ ބެއްޔާ
20 October 2025
ކޯޗެއްތޯ ދެއްވަދޫ އަށް ބަދަލު ކުރަން އުޅެނީ؟ މީގެ 300 އަހަރު ކުރިން މަރުވެފައިވާ މީހެއްގެވާހަކަ ތިދައްކަނީ. ކަށިވެސް މިހާރު ހުންނާނީ ހަލާކުވެ ވެއްޔަށް ވެފައި. ގަބުރު ކޮނެ ނަގައިގެން އެކި ރަށްރަށަށް ގެންގޮސް ހަދަން އެއްގޮތަކަށް ވެސް ފުރުސަތު ދީގެން ނުވާނެ. ތި ފުރުސަތު ދީފިއްޔާ ދެން ފެންނާނީ މާލޭގައި ވަޅުލާފައި ވާ ރަށްރަށުގެ މީހުންގެ ގަބުރު އެރަށްތަކަށް ފޮނުވަދޭން މެމްބަރުން ސަރުކާރުގައި އެދޭތަން. ބައެއް މެމްބަރުން އަދިވެސް މިއުޅެނީ ސްޓޯން އޭޖްގައި
އަފްރާސިޔާބު
20 October 2025
ރަނގަޅުކަމެއް. އުތީމު ދަރިކޮޅުގެ ރަސްކަލުން އުތީމަށް. ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަލުން ދިޔަމިގިއްޔާ މުލީގޭ ދަރިކޮޅުގެ މީހުން މުއްޔަށް. ހުރާ ދަރިކޮޅުގެ މީހުން ހުރަޔަށް. ރަސްގެތީމު މީހުން ރަސްގެތީމަށް. ރަސްދޫ ދަރިކޮޅުގެ މީހުން ރަސްދުވަހަށް ބަދަލު ކުރުން. މިކަން މާބޮޑަށް ލަސްވެއްޖެ ކަމަށް ފެންނަނީ.
ގައްބަރުސިންގ
20 October 2025
ގަބުރު ގެންދާއިރު މާލޭގައި ތިބި އެ ދަރިކޮޅުގެ މީހުންވެސް އެ ރަށްރަށް ގެންދަންވީ. ކޮންމެހެން ގަބުރެއް ގެންގޮސްގެން ނިންމާލާނެ ކަމެއް ނެތް.
އަފްރާސިޔާބު
22 October 2025
މާލޭގައި ތިބިއްޔާ ގެންދާނަން. މާލެ ހުސްކުރެވޭތޯ މިއުޅެނީ. މާލޭގައި ދިރިއުޅޭ މީހުން އިހުއުޅުނު ގޮތަށް އާސާރީ ކަންކަން ކުރިއަރުވާނީ.
ނަސައްދާ
20 October 2025
މެމްބަރު ކޮށްދެއްވަންވީ ކަމަކީ ދެއްވަދޫ އެންމެން ތިނަދޫއަށް ބަދަލުކޮށްދޭންވީ. އޭރުން ދެއްވަދޫ ރަސްގެފާނު ދެއްވަދޫ އަށް ކޮށްދިން ޚިދުމަތަށްވުރެ ބޮޑު ޚިދުމަތެއް ކޮށްދެވުނީ. ރަށުގެ އާބާދީ 1600 ބޯހިމެނުމުގައި ރަށުގައި އުޅެނީ 300 މީހުން. ރަށް ފުރިފައި ގޯއްޗެއް ދޭނެ ބިމެއް ނެތް ހިއްކޭނެ ފަޅެއް ނެތް.
އެކޮއި
20 October 2025
އެމަނިކުފާނު އެތާއޮތީތޯ ނުވަތަ އެ ކަށިކޮޅުގެ ބޭނުމުގައި އުޅެނީބާ؟ ތިކަން ކޮށްފިނަމަ ފިތުނަ ފަސާދަ އުފެދުންނޫންކަމެއްނުވާނެ. މީހާ މަރުވެ އެތައްޒަމާނެއްފަހުން އޭނާގެ ރަށަށް އޭނާގެ ކަށިތައް ގެންދިޔަތަނެއް އިސްލާމީ އުންމަތުގެ އެއްވެސް ހިސާބަކުން އެއްވެސް ތަނަކުން ފެނިފައިނުވޭ. ތީ ކުރަން ހެޔޮވާވަރުގެ ކަމެއްކަމުގައި ނުދެކެން. ތިޔަ މެމްބަރަށް ތިއަށްވުރެ ސަޅިކަމެއް ކޮށްލަން ޚިޔާލެއް ނައީބާ؟
އަފްރާސިޔާބު
20 October 2025
އަސްލުގައި އެގޮތަށޭ ގައުމިއްޔަތު ދިރުވޭނީ. އެރަށެއްގެ ބަޔަކު އެނިސްބަތްވާ ރަށަކަށް ބަދަލުކުރުން.
ގައުމީދޫ.
20 October 2025
ރަަސްކަންކުރީ ދެއްވަދޫގަތަ؟ މަރުވީ ދެއްވަދޫގަތަ؟ ކުރިން ވަޅުލާފައި އޮތީ ދެއްވަދޫގަތަ؟ މައްޔިތާ ވަޅުލާނީ އެ މައްޔިތަކުގެ ބަލަދުވެރިން ރުހޭތަނެއްގައި . ދެން މާ ފަހު ޒަމާނެއްގައި އެ މައްޔިތަކު ނިސްބަތްވާ ރަށެއްގެ ނުވަތަ ގައުމެއްގެ ބަޔަކު ބޭނުންވެގެން އެހެންތަނަކަށް ބަދަލުކުރެވޭތަ؟ މަޖްލީހަށް މެމްބަރުން އިންތިޚާބުކުރުމުގައި ރައްޔިތުންވެސް ވިސްނާލަން އެބަޖެހޭ!
ހިއްތަލަ
20 October 2025
މެންބަރެއްކަމަކު ބޭނުންބޭނުންހާ ސުވާލެއް މަޖުލީހަކު ނުކުރެވޭނެ. އޯލެވެލް ނިންމިއްޔާ އެނގޭނެ މީގާ ދީނީ މައްސަލަތަކެއްވެސް ހުރެދާނެކަން. ހިތަށްއަނަންނަހާ އެއްޗެއް މަޖުލީސްތެރޭގާ ކިއުމުގެބަދަލުގާ ކަންއޮތްގޮތް ދަންނަބޭކަލެއްގެ ގާތުގާ ކީއްތަ ވާނީ އަހައިލިއްޔާ. އެހެންނޫނީ ވާނެގޮތަކީ މާދަމާ އެހެންމެންބަރަކު ޓޫރިޒަމް މިނިސްޓަރު ހާޒިރުކޮށް ސުވާލުކޮށްފާނެ ސކސ ޓުއަރިޒަމް މިތާ ކަންއޮތްގޮތެއް ބަލާލެވިދާނެތޯ.
ކައްދަ އާދަނު
20 October 2025
އާދަނު ބުނާނީ މީހުންގެ ގަބުރު ކޮނެެގެން ނުގެންދާށޭ. ރައްޔިތުން ގާތަށް ގޮސް އެމީހުން ބުނާހާ ކަމެއް ކޮށްދެން ހެޔޮ ނުވާނެ. މާދަމާ އެމީހުން ބުނެފާނެ އެ މީހުންގެ ރަށް ކަފުޖަހާފަ މާލެ ކައިރިއަށް ގެނެވޭނެ ގޮތެއް ނެތްހޭ. ރައްޔިތުން ވަރަށް ބޭނުންވާ ކަމެކޭ. ދެންވެސް އެވީ އެކަން ކުރަން އުޅެންތޯ؟
ދާއޫދު
20 October 2025
ރައީސްކައިރީގާ ބުނުން އޮންނަނީ. ބުނެފިއްޔާތަ އެކަން އެމަނިކުފާނު ކޮށްދޭނެ.