މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިދިޔަ މަހު ބޭއްވި ބައްދަލުވުމުގައި، ތިން މެމްބަރަކު މައިކަށް ގެއްލުން ދެނީ.-- ފޮޓޯ: ދައުރު
20 އޮކްޓޯބަރ 2025 - 13:13
މީޑީއާ ރެގިއުލޭޓްކުރާ ބިލް ފާސްކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ހިނގި ހަމަނުޖެހުންތަކާ އެކު މައިކަށް ދިން ގެއްލުމުގެ އަގު ނަގަން އިމްތިޔާޒާއި ސުލޫކް ކޮމިޓީން މިއަދު ނިންމައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ މަހުގެ 15 ގައި ބޭއްވި ޖަލްސާގައި، މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި މައިކްރޮފޯނަކަށާއި ދެ މައިކްރޮފޯނުގެ ބޭސްއަށް ވަނީ ގެއްލުންވެފަ އެވެ.
އެހެންވެ، ކޮމެޓީން މިއަދު ނިންމާފައިވަނީ ގެއްލުނު މައިކަށް ހިނގާނެ ހަރަދު ހޯދުމަށް އިދާރީ ކަންކަމަށް ހުށަހެޅުމަށެވެ. އަދި އެ ތަފްސީލު ލިބުމުން ދެން ބާއްވާ ބައްދަލުވުމުގައި މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހަޅުއްވައި، ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު ތާއީދުކުރެއްވި އެވެ.
ކޮމެޓީގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްވެފަ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުން ހޫނުވީ، މިޑިއާ ރެގިއުލޭޓްކުރާ ބިލާ ގުޅޭ މަޝްވަރާތައް ކުރިއަށްދަނިކޮށް، ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މައިކް އޮންކުރުމަށްފަހު ވާހަކަދައްކަވަން ފެއްޓެވުމުންނެވެ. އެއާއެކު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ވަނީ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އެކަން ހުއްޓުވައިފަ އެވެ. އަދި އެ ވަގުތު ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު، މައިކުގެ ވާގަނޑުގައި ހިފަހައްޓައި އިމްރާނަށް ދަމައިނުގަނެވޭ ގޮތަށް ހިފަހައްޓަ އެވެ.
އެނގިފައިވާ ގޮތުގައި، މައިކަށް ލިބުނު ގެއްލުން، މައުރޫފާއި އިމްރާން އަދި ސަމީރު އަތުން ހޯދުމަށް ވާހަކަދެކެވުނެވެ. ނަމަވެސް، އެކަމުގައި ގޮތް ނިންމާނީ ގެއްލުނު މައިކުގެ އަގު އެނގުމުން ކަމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން
21 October 2025
ކަލޭމެންނަށް އޯކޭ ރައްޔިތުންންށް ކިތަންމެ ގެއްލުމެއް ލިބުނަސް, މައިކު ކަންތަކާއި މިދައުރު ނިންމާލާ
އަލީ ފ
21 October 2025
ދައުލަތުގެ މުދަލަކަށް ގެއްލުން ދިނުމުން ބަދަލު ތޯ ހޯދަންވީ ޝަރުއީ ގޮތުން އެކަމަކަށް އޮންނަ ހުކުމުން މަޖްލީން މެންބަރުން ވީތީ ޤާނޫން އަރާހަމަކުރުން ހަމަ ނެތީތޯ...
ގޮނުއަނގަ
20 October 2025
ތީ ވަރަށް ރަނގަޅު ކަމެއް. މަޖިލީހުގައި ތީގެ ކުރިން ތަކެއްޗަށް ގެއްލިން ދިން މައްސަލަވެސް ބެލެން ޖެހޭނެ. ދައުލަތުގެ މުދަލަށް ގެއްލުން ދީފައިވާއިރު އޭރު މަޖިލިސް ރައީސަކަށް އިންނެވި ރައީސަކު މައްސަލަ ނުބެއްލެވީތީ އެކަންވެސް ބަލާދިނުމަށް ދަންނަވަން. މުދަލަށް ގެއލުންދީ އަލިފާން ޖެހި މައްސަލަވެސް ބަލަންޖެހޭނެ. ހަމަ ހިންދާލައިގެން ތިބޭކަށް ނުޖެހޭނެ.
ޤައުމީ މަސްލަޙަތު
20 October 2025
ތި މައިކު ހަރުކުރަން ދާނޭ ޚަރަދާ، މައިކު ނެތުމުން އެދުވަސްތަކަށްވާ ބަދަލާ، ޖޫރިމަނާވެސް ޖެހޭނެ މައިކުގެ އިތުރުން ތިއަގަށްލާން. އަދި އެވެސް ޖެހޭނީ އެފެންވަރުގެ، އެ ބްރޭނުޑުގެ މައިކަކަށްވާން. އަދި އިންސްޓޯލް ކުރަން ގެންނަ ބަޔަކީވެސް އެ ފުރަތަމައިނުން އިންސްޓޯލްކުރި ފެންވަރުގެ ބޭރު ކޮންޓްރެކްޓަރު ބަޔަކަށްވާންޖެހޭނެ. އެފަދަ ދެމީހުންގެ ދެކޮޅު ޓިކެޓުގެ އަގުވެސް ލާންޖެހޭނެ. އެހެންޏާފަހެ މިހިރީ ރައްޔިތުންގެ މުދަލޭ!! ތިގޮތަށް ގަސްތުގަ ގެއްލުމެއް ނުދެވޭނެ.
އެދުރު1
20 October 2025
އެބަ ރަގަނޅުވޭ މަޖިލީހާއި މުޒާހަރާ ތަކަކީ މުދަލަށް ގެއްލުންދީ ކުށްތަކަށް އަރައި ގަންނަން ދޭ ލައިސެންސްއެއް ނޫ. މިއަދު މޑޕ ން ނޫސް ބަޔާނެއް ނެރޭނެ މިވެސް ސިޔާސީ ކަމަކޭ ކިޔާފަ
ޑރ ވާންޗޯ
20 October 2025
ތިޔަ މައިކުގެ ދިފާއުގަ އަޅުގަނޑަށް މަޖްލިސްއަށް ތަދައްހުލުވެވިދާނެތޯ؟.
ފޮޓޯއެއް އެބަ ފެނެއެއްނު
20 October 2025
ތި ފޮޓޯއިން މައިކް ފެލާލާ މީހާ ފެންނަން ތިހުރީ
ވާވާރަގަޅު
20 October 2025
މީ ޖިނާއި މައްސަލައެއް ނޫން؟؟ ތިޔަ ތަނުގައި މީހަކު ކުރާ ކަމަކުން ފުރާނަ ދިޔަޔަސް ފުލުހުން ނުބަލާނެތާ
ލާޓު
20 October 2025
މަށަށް ހީވަނީ އެމީހުން މައިކަށް ގެއްލުންދެނީ ނޫންހެން. ހީވަނީ އޭގާ އިން މަދިރިއެއް މަރާލަން މަސައްކަތްކުރަނީހެން.
ޗިޗަންޑާ ދޮންތުއްތު
20 October 2025
ތިޔަ މައިކަށް ލިބުނު ގެއްލުން ބެލުމުގެ ގޮތުން ފުރަތަމަ އުފައްދާންވީ ކޮމިޝަނެއް. އަދި އެކޮމިޝަންގެ މަސައްކަތް ހިނގާނުހިނގާގޮތް ބެލުމަށް ކޮމެޓީއެއް. މިބުނެވިދިޔަ ކޮމިޝަނުގާ ފިރިހެނުންނާ އެއްވަރަށް އަންހެނުން ހިމެނެންޖެހޭނެ.