ކެމަރޫންގެ ރައީސް ޕޯލް ބިޔާ އާއި އަނބިކަނބަލުން ޗަންޓަލް މިދިޔަ މެއި މަހު، ގައުމުގެ 52 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި: ކެމަރޫން މިނިވަންވި ފަހުން ބިޔާގެ ޕާޓީން ނޫނީ އެ ގައުމުގައި ވެރިކަން ކޮށްފައެއް ނެތް. -- ފޮޓޯ: އޭއެފްޕީ
28 އޮކްޓޯބަރ 2025 - 09:29
ކެމަރޫންގެ ވެރިކަމަށް މީގެ 43 އަހަރު ކުރިން ވަޑައިގެންނެވި ޕޯލް ބިޔާ 8 ވަނަ ދައުރަކަށް، އުމުރުން 92 އަހަރުގައި އިންތިހާބުކުރުމާ އެކު އެކަމާ ދެކޮޅަށް ގައުމުގައި އަޑު އުފުލަން ފަށައިފި އެވެ.
ކޮންސްޓިޓިއުޝަނަލް ކައުންސިލްގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ބިޔާ އަށް އިންތިހާބު ކާމިޔާބުވީ 53.7 ޕަސެންޓް ވޯޓުންނެވެ.
މި ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް، އިދިކޮޅު ލީޑަރު ޗިރޯމާ އިއުލާނުކުރައްވައި އެކަމާ ދެކޮޅަށް މުޒާހަރާއަށް ނުކުންނަން ގޮވާލުމާ އެކު އެތައް ބަޔަކު ވަނީ އިޖާބަދީ މަގުތަކަށް ނުކުމެފަ އެވެ. އެއްވުންތައް ރޫޅާލުމަށް ސަލާމަތީ ބާރުތަކުން މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ނަތީޖާ އިއުލާނު ނުކުރަނީސް، ހަފްތާ ބަންދުގައި ވެސް މިފަދަ މުޒާހަރާތަކެއް ކޮށްފައި ވާއިރު ހަތަރު މީހަކު މަރު ވެސް ވި އެވެ.
ބިޔާ ވެރިކަމަށް އަލުން ވާދަކުރެއްވުމަށް ނިންމެވުމާ އެކު ވެސް ކެމަރޫންގައި މަސްރަހު ގޯސްވި އެވެ.
އުމުރާއި ސިއްހަތު ވެސް ރައީސްކަމަށް ތަން ނުދޭ ކަމަށް ބުނެ ބިޔާގެ ދުވަސްވީ އެތައް ސަޕޯޓަރުންނެއް އޭނާއާ ފެޔަށް ވަނީ ޖެހިފަ އެވެ. އޭގެ ތެރޭގައި ބިޔާގެ ވަރަށް ވަރުގަދަ ދެ ސަޕޯޓަރުންގެ ގޮތުގައި ތިއްބެވި އިސް ދެ ބޭފުޅަކު ވެސް ހިމެނެ އެވެ. އެއީ އެހެން ޕާޓީއެއްގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވަން ނިންމެވި އެމްޕްލޯއިމަންޓް މިނިސްޓަރު އީސާ ތިޝިރޯމާ ބަކަރީ އާއި ކުރީގެ ބޮޑުވަޒީރު ބެލޯ ބޫބާ މައިގާރީ އެވެ.
ބިޔާގެ، ކެމަރޫން ޕީޕަލްސް ޑިމޮކްރެޓިކް މޫވްމަންޓް (ސީޕީއެމް) ނޫން ބަޔަކަށް، 1960 ވަނަ އަހަރު ކެމަރޫންއަށް މިނިވަންކަން ލިބުނު ފަހުން ވެރިކަމެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުޅަގުގެވިޔަފާރިތައް
28 October 2025
ސިންގަޕޫރު މިނިވަންވީއްސުރެ ވެރިކަންކުރަނީ އެއްޕާޓީން. އެހެންޕާޓީއަކަށް ނުލިބޭ.
ފެންތަށި
28 October 2025
ފޮޓޯއިން ހީވަނީ އަސްލު ވެރިކަން ކުރަނީ އަންހެނުންހެން. ތިޔަ ރައީސަކީ މިހާރު ބޮލެއް.
ބިނަ
28 October 2025
ބިޔައީ އަނބިކަނބަލުން
ތޯއްޗެއް.
28 October 2025
ލޮބުވެތި ޒަޢީމް ބެއްޔާ ވެސް ހުރިނަމަޔޭ އަހަރެމެން މިހާރު ހިތަށް އެބަ އަރާ. ޢުމުރުން 90 އަށް ވުރެ މައްޗަށް ގޮސްފައި ހުއްޓާ ކޮވިޑްގެ ކުރިން މެލޭޝިޔާ މީހުން ނަށް އެއްޗެއް ވިސްނި މަހާތީރު ވެސް ގެނައި ގޮތަށް. ތިޔަ ރަށު މީހުން ވެސް އެހެން މީހަކު ގެނައުމަށް ފަހު ހިތާމަ ކުރަންޖެހި އަނބުރާ ތިޔަ ބޭގަނޑު ގެންނަން ޖެހިދާނެ ތޯއްޗެއް . އެއަށް ވުރެ ރަނގަޅުވާނީ ތިޔަބޭބެ ފޫހި ފުޅުވެގެން ދޫކޮށްލަންދެން ކެތްކޮށްލިއްޔާ ކަންނޭނގެ.
ކަބީލާ.
28 October 2025
ސާބަހޭ އިއްޒައްތެރި ރައީސް.