ސުޕްރީމް ކޯޓު: އަދާވަތްތެރިންނާއި މަސްލަހަތު ފުށުއަރާ މީހުންގެ ހެކިބަސް ނުނެގޭ ގޮތަށް އޮތް މާއްދާ އުވާލަން ވަނީ ހުށަހަޅާފައި -
30 އޮކްޓޯބަރ 2025 - 10:51
ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލައެއްގައި އަދާވަތްތެރިންނާއި އެ މައްސަލައެއްގައި މަސްލަހަތު ފުށުއަރާ މީހުންގެ ހެކިބަސް ނުނެގޭ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި އޮތް މާއްދާ އުވާލަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ހެއްކާ ބެހޭ އުސޫލުތައް ބަޔާންކޮށް 2022 ވަނަ އަހަރު ފާސްކުރި ހެއްކާ ބެހޭ ގާނޫނަށް ބައެއް ބަދަލުތައް ގެންނަން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން މަޖިލީހަށް ބިލެއް ވަނީ ހުށަހަޅައިފަ އެވެ. އެ ބިލުގައިވާ ގޮތުން ގާނޫނުގައި މިހާރު އޮތް ހަތަރު މާއްދާއެއް އުވާލަން ވަނީ ނިންމައިފަ އެވެ.
އޭގެ ތެރެއިން އެއް މާއްދާއަކީ ހެއްކާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާ އެވެ.
އެ މާއްދާގައި ބުނެފައިވަނީ ހެކިބަސް ދޭ މީހާއަކީ މައްސަލައިގެ ހަސްމަކާ ފުށުއަރާ މަސްލަހަތެއް އޮތް ނުވަތަ މައްސަލައިގެ ހަސްމަކާ އަދާވާތްތެރިކަމެއް އޮތް މީހަކު ކަމުގައިވާ ނަމަ އެ މައްސަލައެއްގައި އެ މީހެއްގެ ހެކިބަސް ނަގައިގެން ނުވާނެ ކަމަށެވެ.
މި މާއްދާ އުވާލުމާ އެކު، މަސްލަހަތު ފުށުއަރާ މީހުންނާއި އަދާވަތްތެރިންގެ ހެކި ބަސް ވެސް ޝަރީއަތަށް ބަލައިގަތުމުގެ ފުރުސަތު އޮންނާނެ އެވެ. ނަމަވެސް، އެކަމުގެ އުސޫލުތަކެއް ގާނޫނުގައި ހިމަނައިފައެއް ނެތެވެ.
މިފަދަ ހެކިންގެ ހެކިބަސް ބަލައިގަތުމަށް ގާނޫނުން މަނާވެފައިވާ އޮތް ދޮރު އާ އިސްލާހާ އެކު ހުޅުވިގެންދާއިރު، ކޯޓުތަކުން މިކަމުގައި އަމަލުކުރާނެ އުސޫލުތައް ހުކުމްތަކުން ކަނޑައަޅާނެ ކަަމަށް ބެލެވެ އެވެ. ފާސިގުންގެ ހެކިބަސް ބަލައިގަތުމާ ގުޅޭ ގޮތުން ވެސް ސުޕްރީމް ކޯޓުން މީގެ ކުރިން އުސޫލުތައް ކަނޑައަޅާފައި ވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި އުވާލަން ކަނޑައަޅާފައިވާ އަނެއް މާއްދާއަކީ 75 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައިވަނީ އެހެން މީހެއްގެ ހައްގަކާ ބެހޭ ގޮތުން މަރު ބަލީގައިވާ މީހަކު ވާ އިގްރާރަކީ، ސައްހަ އިގްރާރެއް ކަމުގައި ބެލޭނެ ކަމަށެވެ.
މި މާއްދާ އުވާލުމުން އޭގެ ނަތީޖާއަކަށް ވާނީ މަރު ބަލީގައި މީހުންވާ އިގުރާރު ޝަރީއަތުން ބަލައިނުގަތުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަދީބު
30 October 2025
ދެން ކޮން 100/100 އިސްލާމް ޤައުމެކޭ ކިޔާކަށް؟ ސީދާ އިސްލާމީ ޝަރީޢަތާ ޚިލާފު މުޑުދާރުކަމެށް!
ކަނީން
30 October 2025
މުގައުމާ ދޭތެރޭ ބިރުވެތިވާ ހިސަބަށް ގޮއްސި!
ކުރުނބާ
30 October 2025
ފާސިގުންގެ ހެކިބަހޭތޯ؟ ދިވެހިރާއްޖޭގަ އުޅޭތަ ފާސިގެއް :ޕ
ސާފުކޮށް
30 October 2025
ޔާމީން އާ ދެކޮޅަށް އަދީބުގެ ހެކިބަސް
ހޮޓްކިންގ
30 October 2025
ތިޔަ ހުޅުވަނީ ވަރަށް ނުބައިދޮރެއް. އިސްލާމީ ފިޤުހުގައި ޢަދާވާތްތެރިންނަކީ އޭނާގެ އަދާވާތްތެރިޔާއާއިމެދު ހައްޤުބަސް ބުނާނެ މީހެއްނޫންކަމާއި ދެންވެސް އިސްކުރާނީ އަނިޔާވެރިކަން ކަމާއި ދުޝްމަނު ކަންކަމުގައިބެލޭނެ ކަމަށް އެބައޮތް. ވީއިރު ކޯއްޗެއް ތި ހަދަނީ؟
ނަންނުކިޔާ
30 October 2025
"ނުކިޔާ ރަނަކަށް، ނުދޭވަލީއަކަށް ރަދުންނާއި ހިޔަލަ ކައިވެނިކޮށްދީފީމެވެ." މިއެކޭ މި އިސްލާޙެކޭ ހުރި ތަފާތަކީ ކޮބައިބާއެވެ؟
ފަރުފުރޭތަ ހަސަނު
30 October 2025
ވަގާއި ދެކޮޅަށް ވަގުހެކި ބަލައިގަތުމުގެ އުސޫލު.
އޮނަރަބަލް ހުސްގޮނޑި
30 October 2025
ކޮންޓްރެކް އުސޫލުން އަގަށް ދޮގު ހެކިދުމާއި އަދާވާތްތެރިންނާއި ދުސްމަނުންގެ ހެކި ބަލައިގަތުމަށް އުސޫލުގެ ތެރޭން މިއުޅެނީ ވޯޓު ހޯދަން ބޭނުންކުރި ޕީޕީއެމް ހުސްގޮނޑި ޖަލަށްގެންދަން.
އަބުދުލް ޤާދިރު
30 October 2025
މި އިސްލާޙު ގެނައުމުގެ ބަދަލުގައި ފެންނަނީ ވަލިއްޔުލް އަމުރު، ކުށްވެރިއެއް ކަމަށް ވިދާޅު ވެއްޖެނަމަ އެ މީހަކަށް ހުކުމްކޮށް ޖަލަށް ލާންޖެހޭކަމަށް ޤާނޫނެއް ފާސްކުރަން.
ސިކުނޑި
30 October 2025
ހަގީގަތުގައި މިހާރު އެ ހުޅުވިގެންދަނީ ދޮގުހެކި ދިނުމަށް ހިތްވަރުދޭ ދޮރެއް! ވަރަށް ނުރައްކާތެރިކަމެއް! އަދާވާތްތެރިކަމެއް އޮންނަ މީހަކު ތެދުބަހު ހެކިދީފާނެކަމަށް ސަބަބުވެރި އިންސާނަކަށް ނުވިސްނޭތީ ތިޔަ މާއްދާ ހިމަނާފައިއޮތީ! މިކަން މިތަށް އޮއްވާ ރައިސް ޔާމީނު މައްސަލައިގައި އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތީ ކޮން ހަމަޔަކުންތޯ؟ މިގާނޫނު އެއްކޮށް އުވާލާފައި ވަލިއްޔުލަމްރު ކަނޑައަޅާ މީހަކު ކުށްވެރިވާގޮތަށްހެދުން މާރަނގަޅުވާނެ!