ރައީސް ޑރ. މުހައްމަދު މުއިއްޒު: މިއަދު ތަންފީޒުކުރަން ފެށި ތިން ކަމަކާ އެކު އެއްބާރުލުން ދިން ފަރާތްތަކަށް ރައީސް ވަނީ ޝުކުރު ދަންނަވާފައި.
01 ނޮވެމްބަރ 2025 - 12:00
މިއަދު ތިން ކަމެއް ތަންފީޒުކުރަން ފެށުމާ އެކު އެކަންކަމަށް އެއްބާރުލުން ދިން ފަރާތްތަކާއި އެ ކަންކަމުގެ މަންފާވާނެ ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.
މިއަދުން ފެށިގެން ސަރުކާރުން ތަންފީޒުކުރަން ފަށާފައި ވަނީ 2007 އިން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާނެ ހުރިހާ ދިވެހިންނަށް ދުންފަތް މަނާވާ "ޖެނެރޭޝަނަލް ބޭން" އާއި ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަ ދިނުމާއި ކައުންސިލުތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާވިސް މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒްކޮށް މުސާރައަށް ހެޔޮ ބަދަލު ގެނައުމެވެ.
ރައީސް ވަނީ އެ ތިން ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކާއި އެއްބާރުލުން ދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެ ކަންކަމުގެ ސަބަބުން ފައިދާކުރާނެ ފަރާތްތަކަށް މަރުހަބާ ދެންނެވި އެވެ.
މިއަދު ނޮވެމްބަރ 1، 2025 ގައި 3 ކަމެއް ތަންފީޒުކުރަން މިވަނީ ފެށިފައި:
— Dr Mohamed Muizzu (@MMuizzu) November 1, 2025
1. 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން.
2. ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން…
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެ އިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ "ޖެނެރޭޝަނަލް ބޭން" އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލާ އެކު 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ވެސް މަނާވާނެ އެވެ.
އެ ގާނޫނަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާ ނަމަ ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ސަރުކާރުން ދެން ތަންފީޒުކުރި ސިވިލް ސާވިސް މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމާ އެކު 8 ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް އާއި ޑިއުކޭޝަނަލް ސާވިސް އާއި ހެލްތު ސާވިސް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ސާވިސް އަދި ލީގަލް، ކަލްޗާ އެންޑް ސޯޝަލް ސާވިސް އާއި ޕްރޮޓެކްޓިވް ސާވިސް އާއި ސައިންސް އެންޑް ބިލްޓު އެންވަޔަރްމަންޓް ސާވިސްގެ އިތުރުން ސްކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް އެވެ.
ޕޭ ފްރޭމްވޯކްގައި ފަންނުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ އެ ފަންނެއްގެ ފަންނުވެރިކަމަށާއި އުފުލަންޖެހޭ ބުރަ އަދި މަސައްކަތްކުރަންޖެހޭ މާހައުލު ފަދަ ކަންކަމަށް ބަލައިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އެ ދާއިރާތަކުގައި ހިމެނޭ މުވައްޒަފުންނަށް މި މަހުގެ މުސާރަ ލިބެނީ އެ ބަދަލުގެ ދަށުންނެވެ.
އޭގެ އިތުރުން ކަށިމިޔަރުގެ މަސްވެރިކަމަށް ވަކި އުސޫލެއްގެ ދަށުން ހުއްދަ ދީ މިއަދުން ފެށިގެން ވަނީ ތަންފީޒުކުރަން ފަށައިފަ އެވެ.
"ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވައިދު" އަށް ގެނައި ތިން ވަނަ އިސްލާހުގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ހިފުމާއި ބޭނުމާއި ނެގުން އަދި މެރުން މަނާ ބާވަތްތަކަށް ބަދަލު ގެނެސްފަ އެވެ.
އެންމެ ފަހުން ގެނައި ބަދަލުގައި ބުނީ ކަށިމިޔަރުގެ ބާވަތްތައް ފިޔަވައި މިޔަރުގެ އެހެން ބާވަތްތައް ހިފުން މަނާވާނެ ކަމަށެވެ. އެއާ އެކު، ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދު އަދި ރާއްޖޭގެ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖް ކުރުމުގެ ޕްލޭނެއް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.
އެ ޕްލޭނުގައިވާ ގޮތުން ކަށިމިޔަރުގެ މަސްވެރިކަމާއި އޭގެ ވިޔަފާރީގައި ހަރަކާތްތެރިވެވޭނީ މިނިސްޓްރީން ދޫކުރާ ލައިސަންސެއް ނެގުމަށް ފަހުގަ އެވެ. އަދި އެ ލައިސަންސް އެންމެ ގިނަ ވެގެން ދޫކުރެވޭނީ 40 އުޅަނދަށެވެ. އެ އަދަދަށް ވުރެ އިތުރަށް ހުށަހަޅައިފި ނަމަ، އެ ފަރާތްތައް ހުށަހެޅި ތަރުތީބުން ނަން ނޯޓުކޮށް ދަފްތަރު ކުރާނެ ކަމަށެވެ. އަދި ލައިސަންސް ދިނުމުގައި އިސްކަންދޭނީ، ލައިސަންސް ހޯދުމަށް ހުށަހަޅާ ތަރުތީބުންނެވެ.
ރާއްޖޭގައި މީގެ ކުރިން ފުޅާ ދާއިރާއެއްގައި މިޔަރުގެ މަސްވެރިކަން ކުރިއަސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 އިން ފެށިގެން އެކަން ވަނީ މަނާކޮށްފަ އެވެ. އަލުން ކަށިމިޔަރު މަސްވެރިކަމަށް ހުއްދަ ދީފައި މިވަނީ އެކަން ނުކުރުމަށް ރާއްޖެ އާއި ބޭރުގެ ޖަމިއްޔާތަކުން ވެސް ގޮވާލާފައިވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުންމު އަފީފް
02 November 2025
4 ކަމެއް ފެށިއްޖެ. ތިޔަ ލިސްޓަށް ޓީޗަރުންގެ ޖިންސީ ގޯނާ ކުރުން އާންމު ވި ވާހަކަ އިތުރު ކޮށްލާ
ޚަޒާ
02 November 2025
ކޮންމެ ކަމެއްގައިވެސް އޮޅުވާލުން ނޫންކަމެއް ނުކުރޭ މުސާރަ ބޮޑު ކުރުމަކީ މަނިކުފާނުގެ ނިންމުމެއްނޫން މިކަމަކީ ރައީސް އިބޫގެ ވެރިކަމުގައި ޢަމަލުކުރަންފަށާ ވަރަށްގިނަ ދާއިރާ ތަކުގެ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށް ޢަމަލުކުރަން ފަށާފައިވާ ކަމެއް. މަނިކުފާނު ތިކުރެއްވި ކަމަކީ ބޮޑުނުކުރެވިހުރި ދާއިރާތަކަށް އެކަން ތަންފީޒްކުރުން މީ މާކުރިންވެސް ނިފައިވާ ކަމެއް. ދެރައީ ކުރިން އޮތްގޮތް ނޫންގޮތަށް ބޮޑެތި ބަދަލުގެނެސް ގެނައުމުން ލިބޭ އެއްޗެއް މަދުވުން.
ހޭލަ
02 November 2025
ކުރިން ޓީޗަރުން ނަރުހުން ޑޮކްޓަރުންނަށް މުސާރަ ބޮޑުކޮށް، ފުލުހުންނާއި، ސިފައިންނާއި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން 2023 ގައި އެކުލަވާލި 2024 ގެ ބަޖެޓުގައި އޮތީ ހިމަނާފަ. އޭރު ބަޖެޓު ހަދާފައި އޮތީ އާސަރުކާރަށް އެއްކަމެއް ވެސް ނުކުރެވޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި.
ރަމަ
02 November 2025
މިސަރުކާރު އައިއިރުވެސް ޕޭހާމަނައިޒް ކުރެވި ސަރުކާރުގެ ގިނަ މުވައްޒަފުންވަނީ ޕޭފްރޭމް ވޯރކްގެ ތެރެއިން ސްކޫލެއްގެ ޓީޗަރުން ޕްރިންސިޕަލުން ޑޮކްޓަރުން، ނަރުހުން ހުރިހާ އިދާރާއެއްގެ ޓެކްނިކަލް ސްޓާފުން ޕަބްލިކް ހެލްތް މުވައްޒަފުން ހިމެނޭހެން މުސާރަ ބޮޑުކޮށްދީފަ! މިކަން ނުކުރެވިވަނީ ހަމައެކަނި އިދާރީ މުވައްޒަފުންނަށް އެކަނި ނިމިދިޔަ ސަރުކާރުން ނިންމާފައޮތީ 2024 ޖެނުއަރީ އެކަކުންފެށިގެން ދެންތިބި މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް!
ދޫލަ
02 November 2025
ނައިބު ރައީސް ވިދާޅުވީ މުސާރަބޮޑުކޮށްދީގެން ރައީސް ވަނީ ތާރީޚުގެ ތެރެއަށް ވަދެފައި ކަމަށް.
ދޮޅި ހުސޭނު
01 November 2025
މި ތިން ކަންތައް ފެށުމުން ހަތަރެސްކަން ހަމަވީ. ބަލަ މިއީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމެއް ނޫންތަ؟؟؟ އެހެން ނޫނީ ކީއްކުރަން ކުރާ ވެރިކަމެއް. މީހަކު އަޖައިބު ހައިރާނެއް ނުވާނެ؟؟ އެވަރުންވެސް އެ އުޅެނީ ފަލަ ސުރުހީ އަޅައިގެން ތާއީދު ހޯދޭތޯ!!
މަރުދޮޅި ހުސޭނު
01 November 2025
ސިޔާސަތު ތަންފީޒުކުރުން ކަމަށްވިޔަސް އެކަމެއް ކުރުމަށްފަހު ޕަބްލިކްއަށް އެންގުމެއްނެތި ގޮސްނިދާފަ އޮންނަންތަ ޖެހޭނީ؟. ބޮޑެތިހަރަދު ހިގާކަންތަކަކީ ބުރަމަސައްކަތަކުން ކުރެވޭކަންކަން އެކަމުގެ އިހުސާސް މަރުދޮޅިންނަށްކުރާނީ ނެގެޓިވްކޮން.
މިއޮތީ
01 November 2025
ކަނޑައެޅިގެން ތަންފީޒު ނުކުރެވޭނެ ކަންކަން ކޮށްގެން ރައީސް މިއުޅެނީ ރައްޔިތުންގެ ރުހުން ހޯދަން. ރައްޔިތުން އެހާ މޮޔަ ވާނެ ކަމަށް ހަމަ ރައީސްއަށް ހީކުރެވުނީތޯ؟؟؟ ދުންފަތާ ބެހޭ ޤާނޫނެއް އޮތަސް ނެތަސް ދެންވެސް ކަން ހިނގާނީ ކުރިންވެސް ކަން ހިނގި އުސޫލުން. ރައްޔިތުންނަށް މާ ރަނގަޅަށްވެސް އެކަން އެނގޭ
R.ކާޕެންޓަރ
01 November 2025
އަޅުގަނޑުމެންވެސް ރައީސްއަށް ހިފެހެއްޓުމެންނެތި ހައްދެންނެތް މިންވަރަށް ޝުކުރު ދަންނަވަމެވެ. ބިލިޔަން ރުފިޔާއިން ނަފާ ވި ވެރިކެން މިނޫނީ އުފަ ންނުވެއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް ބަނގުރޫޓުވިކަށް އެއީވެސް ނަސީބެއްކަމަށް ދެކޭށެވެ. ލެއްތެރިންނަށް އާހިރަތް މާ ނަފާ ބޮޑުވާނެކަށްވެސް ހަނދުމަކޮށްދެންވިތައީސް އަކީ ތިއައީއެވެ. ހަމަ ޝުކުރިއްޔާއެވެ. ސާބަހެވެ.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
01 November 2025
މިއީ އަމިއްލައަށް މެޑަލް ޖެހުން ނޫން ދެން ކޮން ކަމެއްތޯ؟؟؟ ވެރިކަން ހަވާލު ކުރީމަ ކުރަން އެނގުނު ކަމަކީ ރަށްރަށަށް ބުރު ޖަހާފަ ސޯޝަލް މީޑިއާގައި ފޮނި ކެނޑުން. މި ވެރިކަން ސިފަ ކުރެވެނީ ކަނޑުގައި އޮޔާދާ ލަކުޑި ބުރިއެއްގެ ސިފާގައި. އެއްވެސް މިސްރާބެއް ހަރުދަނާ ކަމެއް ނެތް. ދެން އޮތް ތިން އަހަރުވެސް މިގޮތަށް ބޭކާރުވާނެތީ ޤައުމަށް ހެޔޮ އެދޭ މީހެއްގެ ހައިސިއްޔަތުން ވަރަށް ހިތާމަ ކުރަން.
ބިއްލޫރިޓަނަލް
01 November 2025
މިިނިމަމް ވޭޖް އަދި ސަރވިސް ޗާޖް އަށް ހެޔޮ ބަދަލެއް ގެނެސްދިނީ ކުރީ ސަރުކާރުން. ސަރުކާރު ހިންގަނީ ދިވެހި މަސައްކަތްތެރިންނާ ވިޔަފާރިވެރިން ދައްކާ ޓެކްސް ފައިސާ އިން. ކޮބާތޯ ޕްރައިވެޓް ސެކްޓަރ ގައި މަސައްކަތް ކުރާ މީހުންނަށް ހެޔޮގޮތެއް ހޯދާދޭން މަނިކުފާނު ކުރައްވާ މަސައްކަތަކީ؟
އިއްޒަތު
01 November 2025
2023 ވަނަ އަހަރުގެ ކުރީކޮޅުގައިވަނީ ޓީ ޗަރުންނާއި، ޕްރިން ސިޕަލުންނާއި. ނަރުހުންނާއި ޑޮކްޓަރުންނާއި ހެލްތް ވޯކަރުންނާއި ލެބެ ޓެކްނީޝަނުންނާއި ޓެކްނިކަލް ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފަަ 1 ޖެނުއަރީ 2024 ގައިއޮތީ އޭރު މުސާރަ ބޮޑުނުކޮށްތިބި އެންމެންގެ މުސާރަ ބޮޑުކުރާގޮތަށް ނަމަވެސް މަނިކުފާނު މިކަންވެސް މިކުރީ ވަރަށް ބޭއިންސާފު ގޮތަކަށް ކުރިން އޮތް ގޮތަކަށްނޫން! މުވައްޒަފު ގެއަށް ގެންދަން ލިބޭ ފައިސާ ވަރަށްބޮޑު ތަނުން މަދުވާގޮތަކަށް!
އުދުހޭ
01 November 2025
މުސްކުޅިން ބުނެއުޅޭ އެކަކުންޏެއް ހަރުކޮންނާނީ އެކަކުންޏެއްގެ ވަރުންނޭ.