ރައީސް މުއިއްޒު މިއަދު ރ. އުނގޫފާރަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން މަރުހަބާ ކިޔަނީ. --ފޮޓޯ: ރައީސް އޮފީސް
21 ޖެނުއަރީ 2025 - 23:33
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކުރީ އެއްވެސް ބަޔަކަށް ވިޔަފާރީގެ ފައިދާއެއް ހޯދައި ދިނުމަށް ނޫން ކަމަށް ވިދާޅުވެ، ވޭޕާ އެކު ދުންފަތް މަނާ ނުކުރުމާ ގުޅިގެން ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ޖަވާބު ދެއްވައިފި އެވެ.
ރ. އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ވޭޕް މަނާކުރުމާ އެކު ދުންފަތް މަނާ ނުކުރި ސަބަބާ މެދު ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. އެހެންވެ، ރާއްޖޭގައި ވޭޕް މަނާކުރި ގޮތަށް ދުންފަތު މަނާ ނުކުރެވުނު ސަބަބު އެ މަނިކުފާނު ވިދާޅުވެ ދެއްވި އެވެ.
ރައީސް ވިދާޅުވީ، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ދުންފަތުގެ އިސްތިއުމާލު ކުރަމުންދާ ކަމަށާއި އެހެންވެ، އެއީ އެއްފަހަރާ މަނާ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"[ދުންފަތް] އެއްކޮށް މަނާކޮށްލުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ފަދައެއް ނޫން. ދެ ކަންތައް އެއްފަހަރާ ކުރެވޭނެ ކަމަށް އަޅުގަނޑަކަށް ނުވިސްނޭ. ރައްޔިތުން ތިބީ ވަރަށް ބޮޑަށް އާދަވެފައި ދުންފަތުގެ އިސްތިއުމާލުކުރަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި ކަމުގައި މިއީ ޖީލެއް ސަލާމަތް ކުރުމުގައި ކުރިއަށް އޮތް މުސްތަގުބަލާއި ކުރިއަށް އޮތް ޖީލުގައި އެކަން އަށަގަންނަމުން ދިޔަލެއް ބާރުމިނުގައި އެެކަން ދޫކޮށްލެވިފައި އޮތް ނަމަ ދެން އަތުނުޖެހޭ ހިސާބަށް ދިއުން ހުއްޓުވުމަށް އަޅުގަނޑުމެން ކުރި ކަމެއް،"--- ރައީސް
ރައީސް ވިދާޅުވި ގޮތުގައި ވޭޕަށް ޓެކްސް އިތުރުކޮށް، ދައުލަތަށް ލިބޭ އާމްދަނީއެއްގެ ގޮތުގައި ބަލައިގަންނަން އެ މަނިކުފާނު ބޭނުންފުޅެއް ނޫނެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އެ ދާއިރާ އިން ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރު ކުރަން، ދުންފަތުގެ ބާވަތްތައް ގަނެގެން އެ އިތުރުވާ ޓެކްސް އެ އަށް ބަރޯސާ ވެގެން ދައުލަތުގެ އާމްދަނީ ކަލްކިއުލޭޓްކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު އަނގޮޅިތީމުގައި.---ފޮޓޯ: ރައީސް އޮފީސް
ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ވޭޕް މަނާކުރުން ފަދަ ކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ވޭޕް ބޭނުން ކުރުމަކީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް ދެވި ހިފާފައިވާ ކަމެއް ކަމަށާއި ފިޔަވަޅެއް ނޭޅި ނަމަ އަތުނުޖެހޭ ހިސާބަށް އެކަން ދާނެ ކަމަށެވެ.
"މި ކަމުގައި މިއީ ޖީލެއް ސަލާމަތް ކުރުމުގައި ކުރިއަށް އޮތް މުސްތަގުބަލާއި ކުރިއަށް އޮތް ޖީލުގައި އެކަން އަށަގަންނަމުން ދިޔަލެއް ބާރުމިނުގައި އެެކަން ދޫކޮށްލެވިފައި އޮތް ނަމަ ދެން އަތުނުޖެހޭ ހިސާބަށް ދިއުން ހުއްޓުވުމަށް އަޅުގަނޑުމެން ކުރި ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ދުންފަތާ ދުރުހެލިވާން ބޭނުންވާ މީހުންނަށް ހާއްސަ ކޮށްގެން ސިއްހީ މަރުކަޒުތަކާ ގުޅިގެން ޕްރޮގްރާމުތައް ހިންގަމުން އަންނަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ސިޔާސަތަކީ ބޮޑެތި ބަލިތައް ޖެހި، އެ ބަލީގައި ފުރާނަ އަށް ނުރައްކާވުމުގެ ކުރިން އެފަދަ ބަލިތައް ޖެހެން މެދުވެރިވާ ސަބަބު ނައްތާލުމެވެ.
އެހެންވެ، ރާއްޖޭގައި ވޭޕް މަނާކުރެއްވީ ހެޔޮ ނިޔަތެއްގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުއިޒް
23 January 2025
މިހާރު މިޖެހެނީ މެންޗެސްޓަރ އޯ ކިޔާ ފާޑެއްގެ ސިނގިރެޓެއް ބޯން. ސިނގިރެޓް ޑިއުޓީ ބޮޑުނުކުރި ނަމަވެސް ތިވާހަކަތައް ގަބޫލު ކުރެވުނީސް. އަދި ފަހުން ދުންފަތް އޮޅަން ބޭނުންކުރާ ސާމާނު އެތެރެކުރުން މަނާކުރީމަވެސް އެނގިއްޖެ ވަކިބަޔަކަށް ފައިދާ ކުރުވަން ކުރާކަމެއް ނޫންކަން. ހަހަހަ. ދައްކާ ހޮޅިވާހަކަ ތިއީ…
ބޭޗާރާ
23 January 2025
ރައީސްުއޮފީހުގެ މަތީފަޑީގެ މުވައްޒަފަކު ބުނީ ގައުމުދަތިހާލުގައި އޮތުމުން ގަރުދިޔަޔާ ބަތާކާށޭ. މިހާރު މީހުން އެބަކިޔާ ގަރުދިޔަޔާ ބަތާކައިފާ ރަށުބިޑިބޯށޭ.
ގުނައިދު ޝަރީފް
22 January 2025
ބޮޗޭ ރުޅިގަދަވެދާނެތީ.
އެކކަލޯ
22 January 2025
އިޚްލާސްތެރިކަމުގެ ޒައްރެއްގެ މިނވަރުވެސް ނެތް. ފުދިއްޖެ ފުޑިއްޖެ.
ފިލްޓާ
22 January 2025
ދުންފަތުގެ ބިޑި ސުއްޓާ ފަދަ ހަރަދު ކުޑަ ބާވައްތައް ހުއްޓުވާފަ ހަމަ އެކަނި ސިގިރެޓް ބޯން ބާރު އެޅުން ފަދަ ގޮތަކަށް ކަންކަން ކުރީމާ މަގުސަދާ ނިޔަތް ކޮންމެ ގޮތަކަށް އޮމާންކޮށް އޮތަސް، އާދައިގެ ރައްޔިތުންގެ އިގުތިސާދާ ކުދި ވިޔަފާރި ޖަގަހަ ތަކަށް ފުނޑިގެންދާކަން އެބައެނގެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދެއްވެސް ނުވޭ.
ސޭކު
22 January 2025
ޑިއުޓީ ދައްކައިގެން 100ރ އަށް ގަތް ސިނގިރޭޓް މިހާރު ، ޑިއުޓީ ނުދައްކާ 150ރ އަށް މިޖެހެނީ ބޯން ، ކިހާބޮޑު ފައިދާއެއް އެލިބޭ ބަޔަކަށް ލިބެނީ ، މީހަމަ ޖަރީމާ އެއް
ސުހާނާ
22 January 2025
ސިނގިރެޓް ނުގަތީމާ އެ ފައިދާއެއް އެމީހުނަކަށް ނުލިބޭނެއެއްނު.
ކުސޭ
22 January 2025
ނުގަތީމަ ނިމުނީ ސިމްޕަލް
ވަންޒޫޗޫ
22 January 2025
އަހަންނަށް ފެނޭ ތިޔަބާރުމިނުގަ ސީޝާވެސް އެއްކޮށް އެތެރެކުރުން މަނާކުރަން. އެބޭނުންކުރުންވެސް މަނާކުރަން. އަދި، އެބޭނުންކުރީމަ ކުރާ ޖޫރިމަނާވެސް އަތުލެވޭނެ ރަނގަޅުގޮތެއް ހަދަން. ތިންހަތަރުފަހަރު ޖޫރިމަނާކުރީމަ އެނުދައްކަންޔާ 10 ވަރަކަށް ދުވަހަށް ނަމަވެސް ޖަލަށްލާ ގޮތަށް ބާއްވަން. އޭރުން ޖޫރިމަނާވެސް ދައްކާނެ. މިހާރު ވޭޕް ބޭނުންކުރީމަ ކުރާ ޖޫރިމަނާވެސް ނުދައްކަންޔާ ޖަލަށްލާގޮތަށް ހަދަންވީ! އޭރުން ހައްލެއް ފެންނާނި!
އަހަންމަދާ
22 January 2025
ފުރަތަމަ ފޯމް ފުރިމީހުން ޕިއްޒާ ކާން ތިއްބާ ރެޑްކޮށް ހިފާފަ ތިބީ އެމީހުން ޖަލައްލާބާލަ
މަޒިއްޔާ
22 January 2025
އަހަރެން މީ މުއިއްޒު އަށް ތާއީދު ކުރާ މީހެއްވެސްނޫން. އެކަމަކު މުއިއްޒުގެ މި ނިންމެވުމަށް މަވެސް ތާއީދު ކުރަން. ކެފޭ ގަނޑަކަށް މިހާރު އެރޭކަށް ނޯވޭ ތި ދުމުގެ ސަބަބުން
އަހަންމަދާ
22 January 2025
ފާދަކަށް މިކަން ކުރީމަ ކޮންތާއީދެއް. ރޫޓް މީހުންނަށް ހުރިހާ މޮޅެއް.
އެކަލޯ 1
22 January 2025
މަމީ ވޯޓްވެސް ދިންމީހެއް އެކަމަކު އިޚްލާސްތެރިކަމެއްނެތް ނިޔަތް ގޯސްކަމަށް ފެންނާތީ މަ ދުވަހަކުވެސް ތާއީދެއް ނުކުރާނަން
މަޖާޒީ
23 January 2025
ސިގިރެޓްބޯމީހާ ނުބުއީމާ އެނިމުނީ. ކެފޭއަށްވެސް ނުދިޔައީމާ އެނިމުނީ
ނައުޝޫދް
22 January 2025
ސަރުކާރުން މީގަ އަމަލު ކުރީ ހަމަ އެންމެ ރަނގަޅަށް، މަޑުމަޑުން ގޮސް މަވެސް މިކަމުން ދުރުވާން މި ވިސްނަނީ. ބޭކާރު ހަރަދު ކުރުމަށްވުރެ މާ ރަނގަޅުވާނެ މިކަން ހުއްޓާލިއްޔާ
ގަސަމް
22 January 2025
މިކަމަކީ ކިތަންމެހާވެސް ރަނގަޅުކަމެއް. ބަޔަކަށް މިކަން ހަޖަމް ނުވެގެން އުޅެނީ ސިޔާސީ ވިސްނުން އިސްކުރާތީ
ސަނީހާާ
22 January 2025
މަޔެއްގެ އިހްސާސް އެނގޭނީ މަޔަކަށް. ތުއްތު ދަރިން މިފަދަ ވަބާތަކުން ސަލާމަތްވެގެން ދިޔުމަކީ ހާދަހާ ބޮޑު ހިންހަމަޖެހުމެކޭ.
އެކަލޯ 1
22 January 2025
މިކަމުގެ ސަބަބުން ވައްކަމާ ފޭރުމާ މީހުން ބިތްޖެހިފައި މާޔޫސްވެފަ ތިބޭ މަންޒަރު ފެންނާތީ ހާދަ ހިތާމައެއް ކުރަމޭ.