ފަލާހު ވިދާޅުވީ، ހުކުރު ދުވަހުގެ ރޭގެ ބޮޑު އެއްވުމަށް ވަރަށް ގިނަ ބަޔަކު ޖަމާވާނެ ކަމަށް.
ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗު ސަރަހަހައްދުގައި ބާއްވާ ޖަލްސާ އަށް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދައުވަތު ދިނުމުގެ ހަރަކާތް މިއަދު ފެށުމަށް ހާޒިރުވި އެ ޕާޓީގެ ބައެއް އިސްވެރިން.
08 ނޮވެމްބަރ 2025 - 12:42
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާ އިން ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ވަރަށް ބޮޑަށް ސާފުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާ އަށް އާންމުކޮށް ދައުވަތު ދިނުމުގެ ހަރަކާތެއް ފެށުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ރަސްމިއްޔާތަށް ފަހު، މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޖަލްސާ އަށް ސަޕޯޓަރުން ދާނީ މިހާތަނަށް ރައީސް ކުރައްވާފައިވާ މަސައްކަތްޕުޅުތައް ބަލައިގަނެ، އެ ކަަމަށް ތާއީދު ކުރާތީ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބާއްވާ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވާތީ އެއީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ އިތުރު މައުލޫމާތު ލިބި ޔަގީންކަން އިތުރު ވާނެ ކަމެއް ކަމަށެވެ.
ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗު ސަރަހަހައްދުގައި ބާއްވާ ޖަލްސާ އަށް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދައުވަތު ދިނުމުގެ ހަރަކާތް ފެށުމަށް މިއަދު ބޭއްވި އިވެންޓުގައި އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން މީޑިއާއާ ވާހަކަ ދައްކަވަނީ.
"ދިވެހިރާއްޖޭގެ ތާރީހުގައި ޕްރައިވެޓް ސެކްޓާއާ އެންމެ ގިނަ މަޝްރޫއުތައް އެއް ދުވަހެއްގައި ހަވާލުކުރީ މި ވެރިކަމުގައި އިއްޔެ ނޫން އޭގެ ކުރީ ދުވަހު. އެހެންވީމާ ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގި އޮޅުންފިޅުވާކަށް ނޫން. ރައްޔިތުން އެ އަންނަނީ އެ މީހުންނަށް މި ވާނުވާ އެނގޭތީ ކަން ހިނގާ މަގު އެނގޭތީ މި ވެރިކަން ދާ މިސްރާބު ރަނގަޅު ކަމަށް ގަބޫލު ކުރެވޭތީ އާ އުންމީދަކާއި އާ ރޫހަކާއި އާ ދިރުމަކާ އެކީގައި އާ މުސްތަގުބަލަކަށް އުންމީދު ކޮށްގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުން ބޭނުންވާ ތަރައްގީއާ ހަމައަށް ޕީއެންސީގެ ސަރުކާރުގައި ރައީސް މުއިއްޒާ އެކު ހާސިލްވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗު ސަރަހަހައްދުގައި ބާއްވާ ޖަލްސާ އަށް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދައުވަތު ދިނުމުގެ ހަރަކާތް ފެށުމަށް ހާޒިރުވި އެ ޕާޓީގެ ބައެއް އާންމު މެމްބަރުން.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް މުއިއްޒު މިހާރު ދަތުރުފުޅު ކުރައްވާފައިވާއިރު، ރައްުޔިތުން ބޭނުންވަނީ އެއްތަނަކަށް ޖަމާވެ، ތާއީދު ހާމަކުރަން ކަމަށެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ، މި ވެރިކަމަށް މި މަހުގެ 17 ވަނަ ދުވަހު ދެ އަހަރު ފުރޭއިރު، ހުރިހާ އެންމެން އެއްތަނަކުން އެއްވާން ވަރަށް ގިނަ ސަޕޯޓަރުން އެދޭ ކަމަށެވެ.
ހާއްސަކޮށް ރައީސް މުއިއްޒު ވަރަށް ގިނަ ރަށްރަށަށް މިދިޔަ ދުވަސްތަކުގައި ވަޑައިގެން، ތަރައްގީގެ އެކިއެކި މަޝްރޫއުތައް ފައްޓަވައި ދެއްވައި ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވާފައިވާތީ އެންމެން އެކުގައި އެއްތަނަކަށް ޖަމާވެ އެ މަނިކުފާނަށް ޝުކުރު އަދާކުރަން ގިނަ ބަޔަކު ބޭނުންވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗު ސަރަހަހައްދުގައި ބާއްވާ ޖަލްސާ އަށް މިއަދު ދައުވަތު ކާޑު ބަހަނީ.
އޭނާ ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ ބާއްވާ އެއްވުމަށް ވަރަށް ގިނަ ބަޔަކު ޖަމާވާނެ ކަމަށާއި މިއަދުގެ ބޭނުމަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އެންމެންނަށް "ދައުވަތު ކާޑެއް" ދިނުން ކަމަށެވެ.
"މިހާ ގިނަ ރައްޔިތުން ދިރިއުޅުއްވާ ތަނެއްގައި ސީދާ އަތްޕުޅަށް [ދައުވަތު ކާޑު] ނޭރުވޭ ރައްޔިތުން ވެސް ތިއްބަވާފާނެ. އެހެން ނަމަވެސް އަޅުގަނޑުމެން ޕީއެންސީގެ ލީޑަޝިޕްގެ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ހާއްސަ އެދުމެއް މި ބައްދަލުވުމަށް މި ޖަލްސާ އަށް ހުރިހާ ލޮބުވެތި ދިވެހި ރައްޔިތުން ވަޑައިގެންނެވުމަކީ،" ފަލާހު ވިދާޅުވި އެވެ.
"އެ ދައުވަތު ޕީއެންސީގެ ފަރާތުން ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އެބަ އަރުވަން."
ޕީއެންސީން ބޮޑު ޖަލްސާއެއް މި ބާއްވަނީ ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖއަދުރޭ
13 November 2025
ހުކުރު ދުވަހުގެ ރޭ ސާފުވާނީ ކޮރަޕްޝަން އާންމު ވެފައި އޮތް މިންވަރު ދިވެހިން ތިބިގޮތް ބަލަން ވޯޓެއް ލާން ކެރޭނެތަ، އަދުރޭ؟؟
ޢަރުތަ
12 November 2025
ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައި ކަން ހުކުރު ދުވަހުގެ ރޭ ވަރަށް ބޮޑަށް ސާފުވާނެ: އަބްދުއްރަހީމް، އަދިވެސް މިމީހުން ބޮޑެއް ނުވޭ އުތަ، ބަލަގަ ދިވެހިން ތިބީ ކިހިނެއްކަން ކޮން ލީޑަރެއްގެ ފަހަތުގައިކަން ސާފުވާނީ، 2028 ގަ ބާއްވާ ރިޔާސީ އިންތިޚާބުގަ، އޭގެ ކުރިން ތިޒާތުގެ ކޮއްކޮޓާރު ހިސާބު ނުޖަހަބަލަ އަބަދައްރަހީމޫ، މީގެ ކުރިންވެސް ތިޒާތުގެ ހިސާބެއް ޖެހީމު އެކަމަކު ގޮވީ އަތަށް، ހިސާބުގަޑީގަ ކުލާހުގަ ނީދެ ފާޚާނާއަށް ދާންށޭ ކިޔާފަ މަކަރު ހެދީދޯ.
އަބްދޯ1
10 November 2025
މަނީމަނީ ޔޭސް ސަރ ކިޔާމީހުން ތިބި ގޮތް ހާމަވެގެންދާނެ
ސަމްބޮޑީ
09 November 2025
ނުވާނެ ދޮންކަލޯ. މިއަދުވެސް މީހަކު ގުޅާފަބުނި ޕީ.އެން.ސީ ގެ ޖަލްސާއަށް ދާން ބުނެފިޔޯ. ފްލައިޓުގަ ރިޓާރން ޓިކެޓް ދޭނަމޭ ބުންޏޯ. އެހެންވީމާ މުހުތާދެއް އޮތް މީހަކުވެއްޖީޔާ މި ފުރުޞަޠުގެ ބޭނުންހިފާނެ. އެކަމަކު ދިވެހިންގެ ތިބިގޮތެއް ސާފެއް ނުވާނެ. އިޚްލާޞްތެރިކަމާއެކު އަންނާނެ ސަޕޯރޓް އޮތީޔާ
ސިޔާސީ ވަހުތާނުން.
09 November 2025
އެންމެ ޗާލުރީތި ކުލަތަށް ދައްކާލެވޭ ބޯވަތަށް ގިނައިން ފެންނާނެކަމަށް މިބަލަނީ. ގަބޫލްކުރާ އަމިއްލަ ފިކުރެއްވެސް ނެތް ބަޔަކަށް ވާނީ މި ބޯވަތަށް.
ާއުނިމާ
09 November 2025
ރައްޔިތުން ގަނެގެން، ވަޒީފާ ދީގެން، ބިރުދައްކައިގެން ރައްޔިތުން ތިބި ގޮތެއް ސާފެއް ނުވާނެ !
ޖީޖީ ހަދީދް
09 November 2025
ދިވެހިން މިތިބީ ވ ބޮޑަށް ފެޑްއަޕް ވެފަ.. ބޭނުމީ ސިޔާސީ 3 ވަނަ ފިކުރެއް ޕޕމ، މޑޕ ލައިގެން ގައުމު ދަވާލުން ނޫން ކަމެއް ނުވި
ކުރޮޅި
09 November 2025
ފައިސަލެއް ވަޑައެއް ނުގަންނާނެ. ނުވެސް ދާނެ. މިހާރު ބަފަޔާވެސް ރުޅިހަދައިގެން އުޅެނީ.
ހައްޕު
09 November 2025
ނާރާނެ މައްޗަކަށް. ތިރިއަށް އެހެރަދަނީ....ތިރިއަށް ދާނީ.
ވޯޓެއްނަގާ
09 November 2025
ތިއީ މިހާރު ދުވަހުން ދުވަހަށް ގާނޫނޫ ފާސްކޮށް އަދި މަސްދުވަހުން އިންތިހާބު ބޭއްވިދާނެ ބައެއްކަން ކަށަވަރުވެފައިވާ ބައެއް. ތެދުވެރިކަމާއިއެކު ކަމެއް އިތުރަށް ސާބިތުކޮށްދޭން ބޭނުންނަމަ ގާނޫނެއް ފާސްކޮށްގެން، އިންތިހާބީ މަގާމުތަކުގެ އިތުބާރުގެ ވޯޓެއް ނަގާބަލަ.