10 ނޮވެމްބަރ 2025 - 09:56
ފްރާންސްގެ މީހަކު އޭނާ ދިރިއުޅޭ ގޭގެ ގޯތިތެރޭގައި ހުރި ސުވިމިން ޕޫލެއް ތަޅާލައި ކޮންނަނިކޮށް 800،000 ޑޮލަރުގެ އަގުހުރި ރަން ފެނިއްޖެ އެވެ.
ފްރާންސްގެ ނޫސްތަކުން މި ހަފުތާގައި ރިޕޯޓްކުރި ގޮތުގައި، އެ އެއްޗެހި ފެނުނީ މިދިޔަ މެއި މަހު އެވެ. އަދި އޭނާ ވަނީ އެކަން ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ވެސް ކޮށްފަ އެވެ.
އެއީ ގަދީމީ ސައިޓަކުން ފެނުނު ތަކެތި ކަމަށް ނުވާތީ، އެ އެއްޗެހި އޭނާގެ އަތުން ނަގާފައި ނުވާ ކަމަށް ފްރާންސްގެ އިދާރާތަކުން ބުންޏެވެ.
އެތަނުން ފެނުނީ ފަސް ގަނޑު ރަނާއި ރަނުގެ ފައިސާ ފޮތިތަކެކެވެ. އެ އެއްޗެހި ހުރީ ޕްލާސްޓިކް ކޮތަޅެއްގެ ތެރޭގަ އެވެ.
ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި، އެއީ ގަވާއިދާ އެއްގޮތަށް، މީގެ 15 ނުވަތަ 20 އަހަރު ކުރިން ގަނެފައި ހުރި ރަނެވެ. އެ ފަސް ގަނޑު ރަނުގެ ހުރި އެއަށް ހާއްސަ ނަންބަރުތައް ޓްރޭސްކޮށް، އެއީ ވަގަށް ނަގާފައިވާ ތަކެތި ނޫން ކަން ފުލުހުން ވަނީ ކަށަވަރުކޮށްފަ އެވެ.
ފްރާންސްގެ ގާނޫނުގައިވާ ގޮތުން، މިގޮތަށް ކޮންނަނިކޮށް ފެންނަ އަގުހުރި މުދަލުގެ ވެރިޔަކު ނުވާ ނަމަ، އެ އެއްޗެއް ލިބޭނީ އެ ހޯދި މީހަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުން
10 November 2025
މަށަށް ފެނުނު ރަން ނުނަގާބެހެއްޓީ ނަގައިފިނަމަ ސަރުކާރަށް ދޭންޖެހޭތީ.މާވަހަރުވެސް ދޫކޮށްލީ.
އެރީކް
10 November 2025
މާވަހަރެއް ފެނުނަސް މިތާންގަ ސަރުކާރަށް ބައިއަޅަންޖެހޭ..ގޯތި ތެރެއިން އަގުބޮޑު އެއްޗެއް ފެނުނަސް ސަރުކާރަށް.
މިއައު
10 November 2025
އެމެރިކާއިން އައިސްފާނެ ޑިމޮކްރަސީ ގެންނަން ތިތަނަށް. އެކަމު ތަންކޮޅެއް ކުޑަދޯ. އިރާގަށްވެސް ޑިމޮކްރަސީ ގެނައެއްނުން
މެނާން
10 November 2025
ނުނޭ ކަލޭމެންގެ އަރަބިން ތިތަނަށް ދާނީ އޭތިކޮޅު ހޯދަން