އދ. ގެ ކޮމެޓީ އޮން ދި އެލިމިނޭޝަން އޮފް ނޭޝަނަލް ޑިސްކްރިމިނޭޝަންގައި ރާއްޖޭގެ ވަފުދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އޭޖީ އޮފީސް
21 ނޮވެމްބަރ 2025 - 08:52
ބިދޭސީންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރާ މަސައްކަތް ފުޅާކުރާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނީ 2022 ވަނަ އަހަރު ރާއްޖެ އިން ހުށަހެޅި 13-15 ވަނަ ޕީރިއޮޑިކް ރިޕޯޓު، ޖެނީވާގައި އޮތް އދ. ގެ ކޮމެޓީ އޮން ދި އެލިމިނޭޝަން އޮފް ނޭޝަނަލް ޑިސްކްރިމިނޭޝަން ކޮމިޓީ އަށް ރިވިއުކުރަން ރާއްޖޭގެ ސެޝަންތައް އިއްޔެ އާއި އޭގެ ކުރީ ދުވަހު ބާއްވާފައިވާ ކަމަށެވެ.
އެ ސެޝަން ފެށުމަށް، މިދިޔަ އަންގާރަ ދުވަހު ބައްދަލުވުމުގައި އުޝާމް ވިދާޅުވީ އެ މުއާހަދާގައި ބަޔާންކުރާ ކަންކަން ކަށަވަރު ކުރުމަކީ ރާއްޖޭގެ ގާނޫނީ ޒިންމާއަކަށް ވުމުގެ އިތުރުން ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ އަސާސްތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ.
ރާއްޖެއަކީ އެއް ބަހަކުން ވާހަކަ ދައްކާ އަދި އެއް ދީނަކަށް ތަބާވާ ގައުމަކަށް ވާއިރު، އެ މުއާހަދާގެ އުސޫލުތައް ރާއްޖޭގެ މައްޗަށް ހިނގަނީ، ރާއްޖޭގައި އުޅޭ އެހެން ގައުމުތަކުގެ މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން ކަމަށް ވާތީ އެކަންކަން ކަށަވަރު ކުރަން ހުރި ގޮންޖެހުންތައް ބަލައިގަނެ، ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ޒަމާނީ ތަރައްގީއާ އެއްގޮތަށް ކުރިއަރުވައި، އެ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ ކަންކަން ފުޅާކުރާނެ ކަމަށް ވިދާޅުވި އެވެ.
ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭ އދ. ގެ ޕީރިއަޑިކް ރިވިއު އަށް ރާއްޖެ އިން ހުށަހެޅި ރިޕޯޓުގައި ވަނީ ނަސްލީ ތަފާތު ކުރުންތައް ނައްތާލަން ކޮށްފައިވާ މަސައްކަތްތައް ހިމަނައިފަ އެވެ. އެ މުއާހަދާގައި ބަޔާންކޮށްފައިވާ ހައްގުތައް ލިބިދިނުމާއި ރާއްޖެ އިން ތަންފީޒު ކުރުމަށް ހުށަހަޅާފައިވާ ކަންކަމާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ހިމަނާފައިވެ އެވެ.
އެ ރިވިއު ސެޝަނަށް ފަހު ރާއްޖެ އިން ހުށަހެޅި ރިޕޯޓާއި ރިވިއު ސެޝަންގައި ރާއްޖެ އިން ކޮމިޓީއާ ހިއްސާކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް، އޮބްޒަވޭޝަންތަކާއި ރިކޮމެންޑޭޝަންތަކެއް ހިއްސާ ކުރާނެ އެވެ.
އދ. ގެ އެ ބައްދަލުވުމުގައި ރާއްޖޭގެ ގިނަ އިދާރާތަކުން ވަނީ ބައިވެރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިތަނުގަ
23 November 2025
ކޮމެންޓްތައް ހުރީ ބިދޭސިންނާ އިދިކޮޅަށް މީގެންވެސް ހާމަވާކަމަކީ ބިދޭސީންގެ ހައްގުތައް ހިމާޔަތްކުރަންޖެހިފަވާ މިންވަރު ގިނަ މީހުން ބިދޭސީން ފިލާފާނެތީއޭ ބުނެ 3 މަހުގެ މުސާރަ ޕެންޑިންގަ ބާއްވާ އެމީހުންގެ ކޮންޓްރެކްޓް ހަމަކޮށް ފުރާއިރު އެނުދެއެވެ ގިނަމީހުން ބިދޭސީން ގެންގުޅެނީ އަޅުންގެ ގޮތުގައެވެ މިތަނުގައިވެސް 11 މަސްދުވަހުގެ މުސާރަ ނުލިބޭ މީހަކު އެބަހުއްޓެވެ 8 މަހުގެ މުސާރަ ނުދީ އެކަކު ފޮނުވާލައިފިއެވެ 6 މަހުގެ މުސާރަ ނުދޭ 2 މީހުން އެބަތިއްބެވެ
އައްބާސް
21 November 2025
މީދެން ބޮޑު ނޮހޮރޮއްޕާނެއްނު
ޝެލަރީ
21 November 2025
ކޮބާފިލީމަ އަހަރެމެންނައްވާ ގެއްލުން އެއްމެއްނަކީ މުސާއާ އިނާޔަތް ނުލިބޭތީ ފިލާމީހުނެއްނޫން ފިލާގެން ހަތަރު ފަސްއަހު އުޅެފާ ފުރަންވީމަ އަހަރެމެން ޓިޕޮޒިޓް ކުރިލާރީން ފުރުވާލަދެ އަހަރެމެން ގާތުހޭވެސް އަހާނުލާ ކޮބާ މަށައްވީގެއްލުން
މަ ބުނީ
21 November 2025
ބިދޭސީންގެ ޙަންގުތަށް ކަށަވަރުވާނީ އެކިއެކި އިންތިޚާބުތަކުގައި އެބޭފުޅުއްނަށްވެސް ވާދަކުރެވިގެންނެވެ ! އެއިރުން މިހާރު އިންތިހާބު ތަލުގައި ލިބޭއެއްޗަކަށްވުރެ ބޮޑު ފައިދާއެއް ނިކަމެތިރައއޔިތުމީހާއަށް ލިބިދާނެއެވެވ! އަދި ޑިޕޮލޮމެޓިކު އިނާޔަތްޔަށް ލިބުމެކީވެސް ވަރަށްމުހިތްމުކަމެކެވެ ! އެބޭފުޅުން ރާއްޖެ ވަޑައިގަންނަވަނީ ޓްއަރިސަޓުނއގެ ގޮތުގައެވެ ! ފުރާވަޑައިގަނއނަވަނީ މަހުޖަނުންގެ ގޮތުގައެވެ އަގުވަޒަމްކުރުން ވަރަށްމުހިތްމެވެ ޑިޕޮލޮމެޓިކުޕާސްޕޯޓުއޯކޭ.
ކަރަަންފޫ
21 November 2025
އެބޭފުޅުންގެ ހައްގުތައް މިގައުމުގާ ކުޑައެއްނޫން. ކޮންހާވާހަކައެއް.
ކޮރަލް
21 November 2025
ދިވެހީންނަށް ވުރެ ބިދޭސީން ނަށް ލިބޭ ހައްގުތައް ގިނަ އެވެ. ބިދޭސީއަކު މަސްތުވާ ތަކެތި ބޭޏުން ކުރާތީ ވީޑިއޯ ހިފައިގެން ދިޔައީމަ ބުނީ އޭނަ ބޯން ހުއްޓާ ގުޅުމަށެވެ. މައްސަލަ ނުބެލި އެވެ. އޭނަ ރަށްފޮނުވާލަން ދިޔައީމަ ބުނީ މިސިންގް އަށް ލާފަ އެޕރޫވް ވީމަ އެއަށް ފަހު ޑިޓެންޝަންގަ ޖާގަ ހުރި ނަމަ ބަންދު ކުރާނެ ވާހަކަ އެވެ. އެމީހާ ބޮއިގެން ކަމެއް ވެއްޖެނަމަ ޒިންމާ ވާން ޖެހެ އެވެ. އެކަމު މައްސަލަ ބަލާ ނުދިނެވެ.