21 ނޮވެމްބަރ 2025 - 19:41
ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ޓެނިހުގެ ޓީމު އިވެންޓްގައި އެންމެ ބޮޑު މުބާރާތް ޑޭވިސް ކަޕްގެ އޭޝިއާ އޯޝޭނިއާގެ ގުރޫޕް ޑީގެ އެއްވަނަ ރާއްޖޭން ހޯދައިފި އެވެ.
ޑޭވިސް ކަޕްގައި ރާއްޖޭން ވާދަކުރަން ފެށީ 2022 ގަ އެވެ. މިއީ ގުރޫޕްގެ ހުރިހާ މެޗަކުން މޮޅުވެ ރާއްޖޭން އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ.
ރާއްޖެ ހިމެނެނީ ޑޭވިސް ކަޕްގެ ފަސްވަނަ މަރުހާލާގަ އެވެ. އޭޝިއާ އޯޝޭނިއާގެ ފަސްވަނަ މަރުހަލާގެ ގުރޫޕްގެ މެޗުތައް ކުރިއަށް ދަނީ ބަހްރޭނުގަ އެވެ.
ގުރޫޕް ޑީގެ އެއްވަނަ ރާއްޖޭން ކަށަވަރު ކުރީ މިއަދު ތަޖިކިސްތާން ބަލިކުރުމަށް ފަހު އެވެ. ވާދަވެރި މެޗު ރާއްޖޭގެ އަބްދުﷲ ފާއީހް ފަޒީލް (ފާއީ) އާއި އަހްމަދު ސާއީ ވާހީދާއި ދާއޫދު ޝަހީބާއިމުހައްމަދު ކައިސާން އިއްޒަތު ރަޝީދު އަދި އާދަމް އާލް ނިޔާޒު ހިމެނު ޓީމުން މެޗު ކާމިޔާބު ކުރީ 2-1 ސެޓުންނެވެ.
ފުރަތަމަ ގާމްގައި ދާއޫދާ ދެކޮޅަށް ކުޅެ ތަޖިކިސްތާނުގެ އިސްކަންދަރު އިސްމޯއީލް ގޭމް ކާމިޔާބު ކުރި 6-7، 6-4، އަދި 6-4 ންނެވެ.
ދެވަނަ ގޭމްގައި ފާއީ ނުކުމެ ރާއްޖެ އަށް ހަމަހަމަ ކޮށްދިނެނެވެ. އެ ގޭމްގައި އަހްމަދުޖޫން ކާސިމީއާ ދެކޮޅަށް ފާއީ ކާމިޔާބު ހޯދީ ސީދާ ދެ ސެޓުން، 6-3، 6-3 ންނެވެ.
ތިންވަނަ ގޭމަކީ ޑަބަލްސް ގޭމެކެވެ. ރާއްޖޭގެ ޑަބަލްސް ޕެއާ ފާއީ އާއި ސާއީ އެ ގޭމް ކާމިޔާބު ކުރީ އިސްކަންދަރާ ގާސީމީގެ ޕެއާގެ މައްޗަށެވެ. ސެޓްތައް ދިޔައީ 1-6، 6-2، 6-4 ންނެވެ.
ރާއްޖޭގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ މައްޗަށް އަދި ދެވަނަ މެޗުގައި މަކޯއޯގެ މައްޗަށް ވެސް ކުރީ ހޯދީ 2-1 ގޭމުންނެވެ.
ގުރޫޕްގެ އެއްވަނަ ހޯދުމުން ރާއްޖެ ދެން ވާދަކުރާނީ ގުރޫޕް އޭ ގެ އެއްވަނަ ނޮދަން މެރިއާނާ އައިލެންޑްސްއާ ދެކޮޅަށެވެ.
އޯޝޭނިއާ ބައްރުގެ ކުޑ އެ ގައުމާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗު އޮންނާނީ މާދަމާ އެވެ. އެ މެޗުން މޮޅުވެއްޖެނަމަ އަންނަ އަހަރުގެ ޑޭވިސް ކަޕްގެ ހަތަރުވަނަ މަރުހަލާ އަށް ނުވަތަ ޑިވިޝަނަށް ރާއްޖެ ޕްރޮމޯޓް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަސްވެރިކަން
22 November 2025
ދިވެހިން ދެކޭ ހުވަފެނެއް ތިޔައީ. މިތަނަކު ވިދާ ޓެނިހެއްނެތް. މީގެކުރިންވެސް އޮތްހިސާބުގަ ތިޔަކަންތައް އޮތީ. ކޯޓުތަކުގެ ވިޔަފާރި ފުޅަލީ
ފިން
22 November 2025
ކޯޗުންގެ ހުރިއެއްޗެއް ކުޅުންތެރިންގެ ހުންނާނީ. ވަކިމީހަކު އެކަޑަމީއެއްހެދިޔަސް އޭނަގެ ކަމެއްނުހުރޭ ކުޅުންތެރިންގެ. ސަރޓިފައިޑް ކޯޗުންތިބޭނަމަ ކުޅުންތެރިން މޮޅުވާނެ.
ެިރިޒާ
22 November 2025
އީރާންގެ ކޯޗެއް.
ލާމުން
21 November 2025
ރާއްޖޭގެ ޓެނިސް ކޯޓުތައް އެއްބަޔަކު ހިމާޔަތްކުރާތާ ގަރުނުތަކެއްވެއްޖެ. ތިތަންތަން މިނިވަންވާނެބާ
ގަދަ
21 November 2025
ޑޭވިސްކަޕް ލިބުނީ ރާއްޖެއަށް؟
ރިސޯޓުގަ އެކަނި
21 November 2025
ރާއްޖޭގައި ހުރޭތަ ޓެނިސްކޯޓުތަކެއް ކުޅެލަންދެވޭނެ؟
ޝިއުނާ
21 November 2025
ޝުކުރިއްޔާ ރައިސް މުއިއްޒް
މަނީމަނީ
21 November 2025
ސާައި އާއި ފާއިހް ނޫން ބަޔަކު ނެތީތަ ރާއްޖޭގައި ޓެނިސްކުޅެވޭ. ޢެކަޑީމީތައް ހަދައިގެން ފައިސާނެގުން ނޫން ކަމެއް ނޯވޭ.
ފެޑެރާ
21 November 2025
ފާއި އާއި ސާއި ނެތްނަމަ ތިވަރުވެސް ނުވީސް. ޢެސޯސިއޭޝަނުން ކީއްތަ މިކުރަނީ ކުޅުންތެރިން އުފައްދަން.
ކިހިނެއްވާނީ
21 November 2025
ކިހިނެއް ޕްލޭއޮފް އިން މޮޅުވާނީ .ރިޓަޔަރކޮށްފައި ތިބި ކުޅުންތެރިން މި ޖެހެނީ އެސޯސިއޭޝަނުން އެވަރެއްނެތިގެން ގެންގޮއްސް ތިބޭ ކުދިންނަށް ނުވެގެން އަރާ މޮޅުކޮށްދޭން