30 ނޮވެމްބަރ 2025 - 12:25
އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ކެޕްޓަން ކަމުގައި ކުޅޭ އިންޓަ މަޔާމީ، އީސްޓާން ކޮންފަރެންސްގެ ޗެމްޕިއަންކަން ހޯދައި، ކެރިއަރުގެ 47 ވަނަ ތައްޓާ އެކު އެމްއެލްއެސް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އީސްޓާން ކޮންފަރެންސް ޕްލޭއޮފް ފައިނަލްގައި އިންޓަ މަޔާމީ ވަނީ މިއަދު ހެނދުނު ނިއު ޔޯކް ސިޓީ އެފްސީއާ ވާދަކޮށް 5-1 އިން މޮޅުވެފަ އެވެ. ސްޕެއިންގެ ސެލްޓަ ވިގޯގެ ލޯނު އެއްބަސްވުމެއްގައި މަޔާމީއަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ޓަޑެއޯ އަލެންޑޭ ވެސް ހެޓްރިކެއް ހެދި އެވެ.
މެސީ އަށް ގޯލެއް ނުޖެހުނު ނަމަވެސް އޭނާ ވަނީ އާޖެންޓީނާގެ މިޑްފީލްޑަރު މަޓެއޯ ސިލްވެޓީ ޖެހި ލަނޑު އެސިސްޓް ކޮށްދީފަ އެވެ. އެ ޓީމުން ދެން ލަނޑު ޖެހީ ވެނިޒުއޭލާގެ މިޑްފީލްޑަރު ޓެލަސްކޯ ސެގޯވިއާ އެވެ. މެސީ އާއެކު ބާސެލޯނާ އަށް ކުރިން ކުޅުނު ޖޯޑީ އަލްބާ ވަނީ މި މެޗުގައި ދެ ގޯލު އެސިސްޓް ކޮށްފަ އެވެ. އަލެންޑޭ މަޔާމީގެ ފުރަތަމަ ލަނޑު ޖެހީ ސާޖިއޯ ބުސްކެޓްސް ދިން ބޯޅައެއްގަ އެވެ.
ކޮންފަރެންސް ފައިނަލަށް އިންޓަ މަޔާމީ ދަތުރުކުރީ ސެމީ ފައިނަލްގައި 4-0 އިން މިދިޔަ ހަފުތާގައި ސިންސިނާޓީ ބަލިކޮށްގެންނެވެ. އެ މެޗުގައި މެސީ ވަނީ ގޯލެއް ޖަހައިފަ އެވެ. މަޔާމީ ސެމީ އަށް ދަތުރު ކުރީ ޕްލޭއޮފްގައި ނާޝްވިލްއާ ދެކޮޅަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްގެންނެވެ.
އެމްއެލްއެސް ކަޕް ފައިނަލްގައި އިންޓަ މަޔާމީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12:30 ގައި ނުކުންނާނީ ޖަރުމަނާއި ބެޔާން މިއުނިކްގެ ލެޖެންޑް ތޯމަސް މުލާ ކުޅެމުން އަންނަ ވެސްޓާން ކޮންފަރެންސް ކާމިޔާބު ކުރި ވެންކޫވާ ވައިޓްކެޕްސްއާ ދެކޮޅަށެވެ.
އެމްއެލްއެސް ރެގިއުލާ ސީޒަންގެ ސަޕޯޓާސް ޝީލްޑް (އީސްޓާން އަދި ވެސްޓާން ކޮންފަރެންސް ލީގު އެއްކޮށް) ޓޭބަލްގައި ވައިޓްކެޕްސް އަށް ވުރެ އިންޓަ މަޔާމީ ކުރީގައި އޮތުމުން، އެމްއެލްއެސް ކަޕް ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ އިންޓަ މަޔާމީގެ ޗޭސް ސްޓޭޑިއަމްގަ އެވެ.
އީސްޓާން ކޮންފަރެންސް ޕްލޭއޮފް ފައިނަލް ކާމިޔާބު ކޮށް މެސީ މިވަނީ އިންޓަ މަޔާމީއާ އެކު ތިންވަނަ ތަށި އުފުލާލައިފަ އެވެ. އެންމެ ފުރަތަމަ 2023 ވަނަ އަހަރު މަޔާމީއަށް ބަދަލުވެ، މެސީ ވަނީ ލީގްސް ކަޕް ކާމިޔާބު ކޮށްފަ އެވެ. އަދި މިދިޔަ އަހަރު އެ ޓީމު ވަނީ ސަޕޯޓާސް ޝީލްޑް ވެސް އުފުލާލައިފަ އެވެ.
- ބާސެލޯނާ: 35
- ޕީއެސްޖީ: 3
- އިންޓަ މަޔާމީ: 3
- އާޖެންޓީނާ: 4
- އާޖެންޓީނާ 20 އަހަރުން ދަށް: 1
- އާޖެންޓީނާ 23 އަހަރުން ދަށް: 1
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަދުވެތި
30 November 2025
އިންޓަސުކޫލް ގުރޭޑް 5 ގެ ފެންވަރުގެ ލީގެއްގަ މިގޮތަށް އުޅެވޭނީ.
ލެއްގިކޮމިޝަނަރ
30 November 2025
ރޮނާލްޑޯއޭ ކިޔާމީހަކު އެބައުޅޭ އިންޓަސުކޫލް ގުރޭޑް 2 ގެ ފެންވަރުގެ ލީގެއްގަ މިގޮތަށް ނޫޅެވިގެން.
ބެކަމް
30 November 2025
ދެން ދިވެހި ލީގުގަ ކުޅުންތެރިއެއް މާމޮޅަށް ކުޅެފިއްޔާ އެވަނީ ވޯލްޑްކަޕަށް؟
މަސަރޯނާ
01 December 2025
ދިވެހި ލީގު އެއީ ޔޫކޭޖީ ފެންވަރު. ފުޓްބޯޅައޭ ކިޔާފަ އަގަނުތަޅާ ދެން ތި ޔޫކޭޖީ ފެންވަރު ފުޓްބޯޅަ އޮންނަ ގައުމުން
ބަހޫބަލީ
02 December 2025
ލެއްގިކޮމިޝަނަރ.. މިހަބަރުގަ ރޮނާލްޑޯ ވާހަކައެއް ނެތް ދޯ.. އެހެން ނޫނަސް ކުރިން ދުވަހު ރޮނާލްޑޯ ޖެހި ދުނިޔޭގެ ފެންވަރުގެ އޯވަހެޑް ކިކް ދުށިންތަ. ޕެސީ އަކަށް ނުޖެހޭނެ، އެވަރުގެ ހުނަރެއް ނެތީމަ، ދެން ރޮނާލްޑޯ އަށް ހަސަދަ ލިޔަސް ބޮޑުވަރު.