ފައިސަލް ނިއު އަށް ސޮއި ކުރުމަށް ފަހު އެ ކްލަބްގެ ޗެއާމަން އަހްމަދު މުބީނާ އެކު: އޭނާގެ ޓްރާންސްފާ ފީ އަށް ނިއު އިން ވަނީ 100،000ރ. އަށް ވުރެ ބޮޑު އަދަދެއް ހޭދަކޮށްފަ --- ފޮޓޯ: މެންދުރު އޮންލައިން
03 ޑިސެމްބަރ 2025 - 08:21
ބުރު ސްޕޯޓްސްއާ އެކު މި ސީޒަނަށް ނުކުތް ތަޖުރިބާކާރު ކީޕަރު މުހައްމަދު ފައިސަލް ނިއު ރޭޑިއަންޓަށް ސޮއި ކޮށްފި އެވެ. ގައުމީ ޓީމުގެ އެއްވަނަ ކީޕަރު، ނިއު އަށް ސޮއި ކުރީ މި ސީޒަނުގެ ނިޔަލަށެވެ. ކުރިން ބުރަށް ވެސް އޭނާ ސޮއި ކުރީ މި ސީޒަނުގެ ނިޔަލަށެވެ. ކޮންޓްރެކްޓްގެ ބޮޑުބައެއް އޮއްވައި ނިއު އިން އޭނާ ސޮއި ކުރުވީ ޓްރާންސްފާ ފީގެ ގޮތުގައި 100،000.ރ އަށް ވުރެ ބޮޑު އަދަދެއް ދެއްކުމަށް ފަހު އެވެ.
ކުޅުންތެރިން ކްލަބް ބަދަލު ކުރުމުގައި ޓްރާންސްފާ ފީ އާއި ދެ ކްލަބްގެ ދެމެދުގައި މުއާމަލަތް ކުރުމެއް ނޯވެ އެވެ. ގިނަ ކުޅުންތެރިން ކްލަބް ބަދަލު ކުރަނީ ކޮންޓްރެކްޓް ހަމަވުމުން ނުވަތަ ކްލަބުން ދޫކޮށްލަން ބޭނުންވުމުން އެއްވެސް ޓްރާންސްފާ ފީއަކާ ނުލަ އެވެ. ދެ ކްލަބްގެ ދެމެދުގައި މުއާމަލާތްކޮށް އެންމެ ބޮޑު ޓްރާންސްފާ ފީ އެއްދައްކައި، ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ އަގު ބޮޑް ޓްރާންސްފާގެ ރެކޯޑް ވެސް އޮތީ ނިއު އަތުގަ އެވެ.
ރާއްޖޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވީބީ ސްޕޯޓްސްގައި ހުއްޓައި ޑިސެމްބަރު 2012 ގައި ނިއު އިން އޭނާ ސޮއި ކުރުވީ ޓްރާންސްފާ ފީގެ ގޮތުގައި މިލިއަނަކާ ގާތްކުރާ ވަރުގެ އަދަދެއް ވީބީ އަށް ދިނުމަށް ފަހު އެވެ.
އަނިޔާގެ ސަބަބުން މިދިޔަ ދެ އަހަރު ފައިސަލް ހުރީ ކުޅުމާ ދުރުގަ އެވެ. އޭނާ އަށް އަނިޔާވީ 2023 ގައި ސާފް ޗެމްޕިއަންޝިޕް ކުރިމަތިވެފައި ވަނިކޮށެވެ.
ފައިސަލް މީގެ ކުރިން ވެސް ވަނީ ނިއު އަށް ކުޅެފަ އެވެ. ނިއު އަށް 2017 ގައި އޭނާ ކުޅުނީ ބަދަލު ކީޕަރުގެ ގޮތުގަ އެވެ. އޭރު ނިއުގެ އެއްވަނަ ކީޕަރަކީ މަޝްހޫރު އިމްރާން މުހައްމަދެވެ.
ފައިސަލްއަކީ، މި ސީޒަނުގައި ނިއު އަށް ސޮއި ކުރި "ޓޮޕް" ކެޓަގަރީގެ ތިންވަނަ ކީޕަރެވެ. އެ ޓީމުން ސީޒަން ފެށީ ޕާކިސްތާނުގެ ގައުމީ ކީޕަރު ސާގިބް ހަނީފާ އެކު އެވެ. މިދިޔަ މަހުގައި އޭނާ އަށް އަނިޔާވުމާ ހަމައަށް ސާގިބް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނިއު އާ އެކު އޭނާ ކުޅުނު ފުރަތަމަ ފަސް މެޗުގައި ގޯލެއް ވަނަ ނުދީ ހިފެހެއްޓި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އޮކްޓޯބަރު މަހު ޕާކިސްތާނުން، ކުޅުނު ދެ މެޗުގައި ވެސް އެ ގައުމުގެ ގޯލް ބެލެހެއްޓީ ސާގިބެވެ. އެ ދެ މެޗުގައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއްދައްކައި ކޮންމެ މެޗަކުން ޕޮއިންޓެއް އެ ގައުމަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
މިދިޔަ މަހު ސާގިބަށް އަނިޔާވެ ކްލަބާ ވެސް ގައުމީ ޓީމާ ވެސް ދުރަށްދާން ޖެހުނެވެ. އޭނާގެ އޮޕަރޭޝަން ޓްރީޓޮޕްގައި ކުރި އެވެ. އޭނާ އަށް އަލުން ކުޅެން ނުކުމެވޭނެ ދުވަހެއް ނޭނގެ އެވެ.
ކީޕަރުންނަށް އަނިޔާވުމުން، ޓްރާންސްފާ ބޭރުން ވެސް އިތުރު ކީޕަރެއް ސޮއި ކުރުވެން އޮންނަ އުސޫލުގެ ތެރެއިން ނިއުއިން ދެން ގެނައީ ލަންކާގެ ގައުމީ ޓީމުގެ ދެވަނަ ކީޕަރު ކަވީޝް ލަ
ޕްރިޔާ އެވެ. ދިވެހި ޕްރިމިއާ ލީގުގެ ފަހު ދެ މެޗުގައި ނިއުގެ ގޯލް ބެލެހެއްޓީ ކަވީޝް އެވެ.
މި އަހަރު އޭޕްރީލްގައި ސީޒަން ފަށަން، އެފްއޭއެމުން އިއުލާން ކުރުމުން ވިކްޓަރީން މާޗް މަހު ކަވީޝް ސޮއި ކުރުވި އެވެ. އެކަމަކު ސީޒަން ނުފަށައި މަޑުޖައްސާލަން ފީފާއިން އެންގުމުން، ކްލަބްތަކުގެ ހަރަކާތް ވެސް ހުއްޓުނެވެ. އެހެންވެ ވިކްޓަރީން ވެސް އޭނާ ދޫކޮށްލި އެވެ.
ލީގުގެ ދެވަނަ ބުރު ފަށާނީ މި މަހު 12 ގަ އެވެ. މިހާރު ވަނީ ސީޒަންގެ ދެވަނަ ޓްރާންސްފާ ޕީރިއަޑް ފެށިފަ އެވެ، ނިއުއިން ވެސް ބުނީ ބައެއް އެހެން ކުޅުންތެރިން ވެސް އެ ކްލަބަށް ސޮއި ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުރާއަބީރު
05 December 2025
ބައެއް ކޮމެންޓްތަކުގައި ނުހައްގު މުއްސަނދިކަމުގެ ވާހަކައާ ސަޕޯޓު ނުކުރުމާ ގުޅުވާފައިވާތީ، ޓީމަށް ސަޕޯޓުކުރުމަށް ބުނެފައިވާތީ، މިއީ ޖޯކެއް ނޫނެވެ. ކުޅިވަރުގައިވެސް ހަމަތަކެއް ހުރެއެވެ. ވާދަވެރިކަމުގެ ރޫހުގެއްލޭގޮތަށް ބައެއް ކުލަބުތަކަށް ނުހައްގު މުއްސަނދިކަން އަންނަ އިރު އަނެބައި ކުލަބުތައް ނުފޯރާފަ. މީހުންނަށް ފަންޑު ކުރެވެންވާނީވެސް ވަކި ހުދޫދެއްގެ ތެރޭގައި ނޫނީ ފުޓުބޯޅަ ހަލާކުވާނެ. ވާދަވެރިކަން ނެތިއްޔާ ފުޓުބޯޅައެއް ނުއޮންނާނެ.
ކަމެއްނެތޭޓީމަކު
04 December 2025
ކިތަންމެ އަގުބޮޑުކޮށް މީހުން ގެނަޔަސްވާނީ ބަލި.. ސްޒޭންމެންލައިގެން މަހަށްދިއުންވެސް ތިއަށްވުރެ ފައިދާވާނެ..
އިންޒިމާމުލް ހަގު
04 December 2025
މީމައްސަލައަކީ: ކުއްލިއަކަށް ނުކުރެވޭ ވަރުގެ ބޮޑު ޚަރަދުތަކެއް ކޮށްފާނެ، ދެން ފެންނާނީ ކުޅުންތެރީންނަށް މުސާރަ ނުދެވި ކުލަބު ބަގުރޫޓުވާތަން
ާދުރުމި
03 December 2025
ނުހައްގުން މުއްސަދި ވުމަކީ ކުށެއް ކަމަށް ވަނީ ކަނޑ އަޅާފައި . އިއްޔެ ބޮޑު ދަރަނީގައި އޮތް ޓީމެއް މިވަރަށް ހަރަދު ކުރާގޮތް ތަހްގީގު ކުރާނެ ފަރާތެއް ހަމަ ނެތީ؟؟؟
ބޮޑު ތޮއްޑޫ
03 December 2025
މިލިޔުމުގަ އެބޮތް ވަރަށް ބޮޑު ކުށެއް. ==> ""ރާއްޖޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް"" <== .މި ވަގީއްޔާއަކީ އަކީ ތެދު ނޫން މައުލޫމާތެއް. ތެދު ވަގީއްޔާ އަކީ ރާއްޖޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ މޯނިންސަން މޫސާ މަނިކް. މި ކުށް އިސްލާހުކޮށް މި ހަބަރު އަލުން ޝައިޢު ކުރަން އެދިލައްވަން. ޝުކުރިއްޔާ
ކައްޕިނޭޗެއާމަން
03 December 2025
ސުޒޭނުއަށް ޓީމުގެ ކުޅުންތެރިން ބަދަލުކުރާވަރަށް މީނަ ގޮތްކިޔާދޭތީމ ކުރިންދުވަހުވެސް އެފްއޭއެމްގެ ސީނިއަރ ވައިސް ލައްޕިހުރީ ލަދުން. ކައްޕި ޗެއާއަކަށް ގެނޭ. އެހެންނޫނީ ދެންނުދާނަން ދަނޑަށްވެސް
މުބީންއައުޓް
03 December 2025
މުބީނާ އުޅޭގޮތުން ނިއުއަށް ސަޕޯޓްކުރުން ހުއްޓާލައިފިން. އަމިއްލައަށް ބުރަކަށީގައި ޗެއާމަން ބޮޑުކޮށްޖަހައިގެން ތީ ދެން ފުކެއް ބޮޑުވަރު.
ޔަމްލިޚާ
03 December 2025
ނެތޭ ކުރެވޭކަށް ސަޕޯޓެއް މުބީނެއް ހުރީތީ
ޠަވިސއ
03 December 2025
ކަލޭ ސަޕޯޓް ކުރަނީ މީސްމީހުންނަށްދޯ. ޓީމަކަށް ނޫން އެހެންނު..
ޑަވި
03 December 2025
ސަޕޯޓަރުން އެންމެ Gina ޓީމް އެކަމް ދަނޑު އޮންނަނީ ފަޅުކޮއް