އަލޯރާއިން ވިއްކާ ފަރުނީޗަރުތަކެއް.
10 އެޕްރީލް 2017 - 08:22
އޮފީސް ފަރުނީޗަރު ގަންނަ ނަމަ އެންމެ ފުރަތަމަ ވެސް އަންނާނީ އަލޯރާގެ ނަމެވެ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެތަނުން ގަންނަ ފަރުނީޗަރަކީ ހިތްގައިމު އަދި އެހާމެ ފެންވަރު ރަނގަޅު ފަރުނީޗަރެވެ. މިއީ ގިނަ ބަޔަކު އެއްބަސްވާނެ ހަގީގަތެކެވެ.
އަލޯރާ އޮފީސް ފަރުނީޗަރު، ހުޅުވީ 2005 ވަނަ އަހަރު އެވެ. އަލޯރާ އޮފީސް ފަރުނީޗަރުގެ ޝޯރޫމް ހުންނަ ހިސާބަކީ އޮފީސްތައް ގިނަ ހިސާބަކަށް ވެފައި ގިނަ އިން މީހުން ދަތުރުކުރާ ހިސާބެކެވެ.
އަލޯރާ އިން ވިއްކާ އޮފީސް ގޮނޑި އާއި މޭޒު: މިތަނުން ވިއްކާ ތަކެއްޗަކީ ވަރަށް މަގުބޫލް އުފެއްދުންތަކެއް.
މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި، އޮފީސްތަކަށް ހާއްސަ އެންމެ ބޮޑު ފަރުނީޗަ ޝޯރޫމެވެ. މި ޝޯރޫމްގެ ހާއްސަ ކަމަކީ މި ޝޯރޫމްގައި އޮފީސް ފަރުނީޗަރު ނޫން އެހެން އެއްވެސް އެއްޗެއް ނުވިއްކާ ކަމެވެ.
އަލޯރާ އޮފީސް ފަރުނީޗަރު، ފާއިތުވި 12 އަހަރު ކަސްޓަމަރުންނަށް ތަފާތު ވައްތަރުގެ ފަރުނީޗަރު ފޯރު ކޮށްދިނުމުގައި މަޝްހޫރުކަން ހޯދައިފައިވެ އެވެ. މި ޝޯރޫމްގައި ވިއްކާ ހުރިހާ ބްރޭންޑްތަކަކީ ހަމައެކަނި ޕޭން އޯޝަން އިންޓަނޭޝަނަލަށް ވިއްކުމުގެ ހުއްދަ އޮންނަ ބްރޭންޑް ތަކެކެވެ.
އަލޯރާއިން ވިއްކާ ފަރުނީޗަރުތަކެއް.
އަލޯރާ ފަރުނީޗަރަކީ ކަސްޓަމަރުންނަށް ރަނގަޅު، ފަސޭހަ އަދި އަވަސް ހިދުމަތެއް ފޯރު ކޮށްދިނުމުގައި މަގުބޫލުކަން ހޯދާފައިވާ ތަނެކެވެ. އަދި މި ތަނުން އޮފީސް ސެޓަޕް ހެދުމުގައި އެހީވެދެ އެވެ.
ރާއްޖޭގައި އަލޯރާ އޮފީސް ފަރުނީޗަރުގެ އުފެއްދުމެއް ނެތް އޮފީހެއް މަދުވާނެ އެވެ. އަދި މިތަނުގެ އަމާޒަކީ އެންމެ ކޮލިޓީ ރަނގަޅު ފަރުނީޗަރު ރާއްޖޭގެ ހުރިހާ އޮފީހަކަށް ވެސް ފޯރުކޮށްދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy