ޓެރަރިޒަމްގެ ކުށުގައި ޖަލަށް ހުކުމް ކޮށްފައި ހުންނެވި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގޭބަންދުގައި ބަހައްޓާފައި ހުންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މިރޭ އަލުން ޖަލަށް ގެންދަނީ. -- ފޮޓޯ: ނިޝާން އަލީ /މިހާރު
23 އެޕްރީލް 2017 - 21:42
ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމަށް ފަހު ގޭބަންދުގައި ބަހައްޓާފައި ހުންނެވި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަލުން ޖަލަށް ގެންގޮސްފި އެވެ.
އިމްރާން ޖަލުގައި ހުންނެވި އިމާރާތް މަރާމާތުކުރުމަށް ކަމަށް ބުނެ އޭނާ ގޭގައި ބަހައްޓާފައި ހުންނަތާ އަހަރެއްހާ ދުވަސް ފަހުން މިރޭ ޖަލަށް ގެންދިޔައީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފައި ވަނިކޮށެވެ.
ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ބެލުމުގެ ދަށުން އިމްރާން މިރޭ ގެއިން ނެރެގެން ގެންދިޔައިރު، ހިނިތުންވެ ވަޑައިގެން ހުންނަވައި، އެތަނުގައި އެއްވެފައި ތިބި މީހުންނަށް އަތުގެ އިޝާރާތުން ސަލާން ކުރެއްވި އެވެ.
މޭ، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި "މޭޑޭ" މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، އިމްރާން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މިއަދު ހައި ކޯޓުގައި އޮތީ ދަށު ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުން އެ މައްސަލާގައި ބޭއްވި ފަހު ޝަރީއަތެވެ. އިސްތިއުނާފު ނިންމާފައި ވަނީ މައްސަލަ ހުށަހެޅިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އުޅުއްވާ ގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ
އިމްރާން ގޭބަންދަށް ބަދަލުކުރި، ހަތިޔާރު ގެންގުޅުމުގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ގޭބަންދަށް ބަދަލުކުރި އެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ނާޒިމް ވެސް ވަނީ އަލުން ޖަލަށް ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޅުވެރިން
24 April 2017
ޢަޒުމޭ؟ ބަލަ ޢަޒުމެއްގެ ވާހަކައެއް ނެތޭ މިކަމުގައެއް! ޓެރަރިޒަމް ހިންގައިގެން 12 އަހަރަށް ޖަލަށްލާފައޭ ތިޔަހުރީ. ދެންވެސް ފަސާދަ އުފައްދަން ނޫޅެ ތިޔަތަނުގައި މަޑުން ހުރެވޭތޯ ބެލީމާ އެނިމުނިއްޔޭ! ކޮން ޢަޒުމެއްގެ ވާހަކައެއްތަ؟ އަދިވެސް ޢަޒުމް އާކުރަންވީ އިތުރަށް ޓެރަރިޒަމް ހިންގަން އުތަ؟
ފުންނަޒަރު
24 April 2017
އަންނި އަށް އެނގޭ ދަގަޑު ކެނޑޭނީ ދަގަޑުންކަން
ހޭލާ
24 April 2017
މީހުން މަރާމީހުންނާއި ވައްކަން ކުރާ މީހުންނާއި މާރާމާރީ ހިންގާ މީހުންނާއި މަގުފޭރޭ މީހުންނާއި މަސްތުވާތަކެތި ބޭނުން ކުރާ ބޮޑުންނާއި ވިޔަފާރިކުރާ މީހުންނާއި އެމީހުންގެ އޭޖެންޓުން މިނިވަން ކަންމަތީއެވެ. ސިޔާސީ ލީޑަރުން ފުރިހަމަ އަށް ގާޑުކުރެވި ހުރަގޭގައެވެ. މިރާއްޖޭގެ ރައްޔިތުން ބޭނުންވަނީ މި ގޮތް ހެއްޔެވެ.؟
އުމަރު
24 April 2017
މުޖުރިމުން ދޫވެފައި، ސިޔާސީ މީހުން ގާޑުކުރެވިފައި ނުރައްކަލީ ކޮންބައެއްތޯ؟
ނާޅި
24 April 2017
ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުޞާދުގައި ޚާލިޤުލް ކައުނައިނި ވާކަން ނޭގެނީހެ ޢަޖައިބެކޭ
ޕިސް ޕިސް ޕިސް
24 April 2017
އަންނި ހުރީ ޖަލުގައޭ؟ އަޖައިބެއް . އެ ސޮރު އަހަރަމެނަށް ދޮގު ހަދާފަ ފިލައިފި. ރައްޔިތުންނަށް ޓަކައި ހުންނާނަމޭ ކިޔާފަ
ފފ
24 April 2017
ޑރ އަފުރާޝީމުގެ މަރުގެ ހާދިސާ ފޮރުވަން މިރާއްޖޭގައި ވަރަށް ގިނަކަންކަން މިހާރުގެ ސަރުކާރު ތެރެއިން އެބަުރެވޭ ރޭވިގެން، ސަރުކާރުތަކުންވެސް ބަޔެއްފަހަރު ހައްދުފަހަނަޅަ އަޅާ އަމަލުތައްވެސް ހިންގާނެ، ބުއްދިވެރިން އެކަންކަން ބަލާ ދިރާސާކޮށް ހެއުމަގަށް އަޅުވަން އުޅޭނެ!
ވާގިއެދޭ
24 April 2017
ﷲ ގެ އިރާދަފުޅުން މި ވެރިކަން ނިމޭނޭ، ޝައިޚް އަށް ކާމިޔާބު ލިބޭނެ. ޝައިޚް އާއި ޢާއިލާ އަށް ކެއްތެރިކަން ދެއްވާށި
އަލީ
24 April 2017
އޯ ގަދަ! މި ސަބަބައްޓަކައި، ޔާމިން އައް މަ ވޯޓް ލާން ވަރައް ވިސްނަން! ދިވެހިންގެ ބޯކައިލައިގެން، ވަގުތުތައް ބޭކާރު ކުރަން، ބާރުއަޅާ އެކަކައްވެސް މަ ސަޕޯޓެއް ނުކުރާނަން!
މުސްލިމްމީހާ
24 April 2017
ޝެއިހު އިމްރާން އަށް ދެ ދުނިޔޭގައިވެސް ކާމިޔާބު ދެއްވާށި..އާމީން