ރިޕޯޓް / ޓެރަރިޒަމް

ވަކި ބައެއްގެ ވާހަކަ ޓެރަރިޒަމަށް، އަނެއް ބަޔަކަށް "މިނިވަންކަން"!

ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އޮފީސް ހުންނަ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ފުލުހުން މިދިޔަ މަހު ފާސްކުރާއިރު އެތަނުގެ ބޭރުގައި އެސްއޯ ފުލުހުން ފޯރިމަރަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

އަނިޔާވެރި ހަމަލާތަކެއްގައި މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު "ކަތިލާނެ" ކަމަށް ފުލުފުލުގައި އިންޒާރު ދިންއިރު ފުލުހުން "އަޅައެއްނުލި" އެވެ. އެއީ، ސަރުކާރަށް ފާޑުކިޔާ މީހަކަށް ވާތީ ހެއްޔެވެ؟ ސަރުކާރާ އިދެކޮޅު ފިކުރުގެ މީހުންނަށް ރައްކާތެރިކަން ހޯދައި ދިނުމަކީ ފުލުހުންގެ ގާނޫނީ ޒިންމާގެ ތެރޭގައި މިހާރު ނުހިމެނޭ ކަމެއް ހެއްޔެވެ؟ ކުރާ ޓުވީޓެއް ނުވަތަ ފާޅުކުރާ ހިޔާލެއް ޓެރަރިޒަމަށް ވެ، ޖަލު ގޮޅިއަށް ލާން ޖެހެނީ ހަމައެކަނި ސަރުކާރާ އިދިކޮޅު މީހުން ހެއްޔެވެ؟

ރައީސް އަބްދުﷲ ޔާމީން ތަކުރާރުކޮށް ވިދާޅުވާ ގޮތަށް އެމަނިކުފާނުގެ ވެރިކަމުގައި، ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާ ގޮތަކީ މިއީ ހެއްޔެވެ؟

މި ޝަކުވާތަކަށް ނިމުމެއް ނެތެވެ. މި ސުވާލުތައް ސޯޝަލް މީޑީއާގައި އަދިވެސް ކެކިއަރަނީ އެވެ؛ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ.

ޔާމީން ރަޝީދަށް ތަކުރާރުކޮށް، މަރުގެ އިންޒާރު ދިން އެތައް ބަޔަކު އަދިވެސް ފާޅުގައި އޭނާ އަށް ފާޑުކިޔަނީ އެވެ. އެކަމަކު ވެސް ޔާމީނަށް އިންޒާރު ދިނީ ކީއްވެތޯ އެންމެ ކުޑަމިނުން ފުލުހުން ސުވާލު ވެސް ކޮށެއް ނުލަ އެވެ. ޔާމީނަށް ދިން އިންޒާރުތަކާއި އެއީ ކޮން ބައެއްކަން ވެސް އެހެރީ ސާފުކޮށް ފެންނާށެވެ.

ޔާމީން ރަޝީދު: އޭނާ އަށް ހަމަލާދީ މަރާލީ ފުލުފުލުގައި އިންޒާރު ދިނުމަށް ފަހު.

ޔާމީންގެ މަރުގެ ތަހުގީގުގައި، އޭނާ އަށް އިންޒާރު ދިން މީހުންނާ ސުވާލުކުރަން ނުޖެހޭތޯ އެތައް ބަޔަކު ސުވާލު އުފައްދައި ތަހުގީގާ މެދު ކަންބޮޑުވުން ފާޅުކުރަނީ މިހެންވެ އެވެ.

އެކި ގޮތްގޮތަށް ދޭ އިންޒާރުތަކާ މެދު ފިޔަވަޅު އެޅުމުގައި ފުލުހުން ތަފާތުކުރާ މައްސަލަ ބޮޑެވެ. އެއް މިސާލަކީ، ސޯޝަލް މީޑިއާ އެކްޓިވިސް އަހްމަދު އަޝްރަފް (ޝުމްބާ)ގެ މައްސަލަ އެވެ. އޭނާ ހައްޔަރުކޮށް، ޝަރީއަތަކާ ނުލައި އަހަރެއްހާ ދުވަހު ޖަލުގައި ބަންދުކޮށްފައި ހުރީ ސޯޝަލް މީޑިއާ މެދުވެރިކޮށް، ސަރުކާރުގެ ސަޕޯޓަރަކަށް އިންޒާރު ދީގެންނެވެ.

މެސެޖަކުން ދިން އެ އިންޒާރާ ގުޅިގެން އެހާ ބޮޑު އަދަބެއް ޝުމްބާ އަށް ލިބެމުން ދާއިރު، އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ފަރާތުން ވެސް ވަނީ ހަމަ އެ މޭރަމުން، އެހެން ބަޔަކަށް އިންޒާރު ދީފަ އެވެ. އޭގެ ތެރޭގައި ޔާމީން ރަޝީދު ވެސް ހިމެނެ އެވެ. މި އިންޒާރުތައް ދީފައި ވަނީ ސޯޝަލް މީޑިއާގައި ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓް ޓެގްކުރުމަށް ފަހު އެވެ. މާނައަކީ ފާޅުގައި ދިން އިންޒާރުތައް ފުލުހުންނަށް ވެސް ފެންނާނެ އެވެ. އެކަމަކު މައްސަލައެއް ނުބަލަ އެވެ.

ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތައް ޓެރަރިޒް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެ އިދިކޮޅު އެތައް ބަޔަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް ޖަހާފައިވެ އެވެ.

އިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި، ސަރުކާރާ ދެކޮޅު ފިކުރުގެ މީހުންނަށް އިންޒާރު ދީގެން މައްސަލަ ހުށަހެޅިއަސް ފުލުހުން ތަހުގީގެއް ނުކުރެ އެވެ. އިންޒާރު ދިނީ މިވެނި މީހެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުށަހެޅި މައްސަލަތައް ވެސް ވަނީ ފިޔަވަޅު ނާޅައި ދިގު ދަންމާލައިފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް އިންޒާރުދީގެން ހުށަހެޅި މައްސަލަތައް ހިމެނޭ ކަމަށް އެމްޑީޕީން ބުންޏެވެ.

އެއާ ހިލާފަށް، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކަށް އިންޒާރުދީގެން ހުށަހަޅާ މައްސަލަތައް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް މީހުން ހައްޔަރުކޮށްފައި އެބަ ހުއްޓެވެ.

ފުލުހުންގެ އިސް މަގާމެއްގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވީ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް އިންޒާރެއް ދީގެން ހުށަހަޅައިފި ނަމަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ޖެހޭ ކަމަށެވެ. އެކަމަކު އެފަދަ މައްސަލަތަކުގައި އެ މީހަކު ހައްޔަރުކޮށް މިވެނި ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް އެއްވެސް އުސޫލެއްގައި ލިއެވިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޒާރު ދިނުން ފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންނަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭ ދަރަޖައަށް ކަންކަން ވަނީ ވެއްޓިފަ އެވެ. މުޅި މުއައްސަސާގައި ސިޔާސީ ކުލަ ޖެހި، މިނިވަންކަން ގެއްލިފައިވާ ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް މީހަކަށް މަރުގެ އިންޒާރު ދޭ ކަމަށް ރައްދުވާ ފަރާތުން ހުށަހަޅައިފިއްޔާ ހަމަހަމަކަމާ އެކު ބަލަން ޖެހޭނެ. އެކަމަކު ނުބަލާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން މިދަނީ. އެއީ، ފުލުހުންގެ ތެރޭގައި އެއްފަރާތަކަށް ޖެހުމުގެ ސަގާފަތެއް ގާއިމްވެފައި އޮތީމަ. ޕްރޮފެޝަނަލިޒަމް ނެތެމުން ގޮސް އާއްމުން ކަންބޮޑުވާ ދަރަޖައިގައި. މިއީ ވަރަށް ދެރަ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޔާމީން ދިރިއުޅުނު ގެ ކައިރި ބަންދުކޮށްގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޭނާ ވިދާޅުވި ގޮތުގައި ޔާމީނަށް އިންޒާރު ދިން މައްސަލަ ބަލައިދޭން ހުށަހެޅުމުން އުސޫލެއްގެ ގޮތުން އެ މައްސަލާގައި ވަށައިގެން ތިބީ ކޮން ބައެއްތޯ ބަލަން ޖެހެ އެވެ. އަދި އެ އިންޒާރުތަކާ ގުޅިގެން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި ހިމާޔަތް ދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޔާމީން ކޭސްއަކީ ހުށަހެޅި ހިސާބުން ސީރިއަސް ކޭސްއަކަށް ފުލުހުން ހަދަން ޖެހޭނެ މައްސަލައެއް. އޭގެ ފަހުން މައްސަލަ ގަވާއިދުން މޮނިޓާކުރަން ޖެހޭނެ އެއްވެސް ކަމެއް އެނގިފައިވޭތޯ. ސޯޝަލް މީޑިއާ އިން އިންޒާރު ދެނީ ކޮން ޔޫޒާ އައިޑީއަކުންތޯ، ކޮން އައިޕީ އެޑްރެސްއަކުންތޯ؟" އޭނާ ވިދާޅުވި އެވެ.

"މި ލެވެލަށް އެ މައްސަލާގައި ފުލުހުން ފިޔަވަޅު އެޅި ކަމެއް ފެންނާކަށެއް ނެތް. ފިޔަވަޅު އެޅި ނަމަ އެ ބަޔަކާ ދޭތެރޭގައި ތަހުގީގު ހިންގަން ޖެހޭނެ. ހާޒިރުކޮށް ބަޔާން ވެސް ނަގަން ޖެހޭނެ. މިގޮތަށް ތަހުގީގު ހިންގިފައި ނެތް ނަމަ، ފުލުހުން ޖަވާބުދާރީ ވާން ޖެހޭނެ. މަރުގެ ނުރައްކާ އޮތް ކަމަށް ޔާމީން ހުށަހަޅާފައި އޮއްވައި ފިޔަވަޅު ނާޅައި އޮތުން އެއީ ފުލުހުންގެ ވަރަށް ބޮޑު އިހުމާލެއް. ޒިންމާ ވެސް ވާން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ "އިހުމާލު" ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން މިއޮތީ ޔާމީނަށް އިންޒާރު ދިން މައްސަލައިގަ އެވެ. ސިޔާސީވެ ވަކި ބައެއްގެ މައްސަލަ ނުބަލައި ދޫކޮށްލާ ނަަމަ އެއީ ފުލުހުންގެ މިނިވަންކަމާއި ހަމަހަމަކަމާ މެދު ސުވާލު އުފައްދަން ލިބޭނެ ފުރުސަތެކެވެ. އެ މުއައްސަސާގެ އަމަލުތައް އެގޮތަށް ރައްޔިތުންނަށް މާނަކުރެވޭ ނަމަ، އިސްލާހުކުރަން ޖެހެ އެވެ. ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަން ގާއިމްކޮށްދޭ މުއައްސަސާ އެއްފަރާތަކަށް ޖެހުމަކީީ ރައްޔިތުންނަށް އޮތް ނުރައްކަލެކެވެ. އެ ނުރައްކާ އޮތީ އިއްޔެ ޔާމީނަށެވެ. މާދަމާ އެހެން މީހަކަށެވެ.

130 ކޮމެންޓް, 188 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 82%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔޯބުރޯ

03 May 2017

ހިޕޮކްރިޓްސް

The name is already taken The name is available. Register?

ބޯހަރު ސީދީ

02 May 2017

ސީދީބެ ބުނެލާން އޮތީ މުޅި ޤައުމު ބޮޑު ވަރިހަމަޔަށް ވެއްޓި ޣާފިލުވީއެވެ. އެހެން ނޫންނަމަ ކަންކަން މިހިސާބަކަށް ނުދާނެއެވެ. އިންސާނުންގެ ބަދަލުގައި ތެލި ސަމުސާ ސަރަފޯސް ފަދަ ތަކެތި ދެފައިޖަޙާ ހިނގާ އުޅޭން ފެށުމުން ވާނީ މިހެންނެވެ.

The name is already taken The name is available. Register?

ވިސްނާ

02 May 2017

މި ސަރުކާރު ކަމުނުގޮސްގެން އުޅެނީ ވަކި ރާއްސެއްގައި ވިހާފައި ހުރި މީހަކަށް ނުބަލައި، ފިޔަވަޅު އަޅާތީ ކަމަށް ވެއެވެ. އެކަމަކު މި ލިޔުުމުން އެނގުނީ ދިމާ އިދިކޮޅެވެ. މި ސަރުކާރު ކަމުނުގޮސްގެން އުޅެނީ ވަކި ރާއްސެއްގައި ވިހާފައި ހުރި މީހަކަށް ނޫނީ ފިޔަވަޅު ނާޅާތީއެވެ. ވަކި ނަވަކަށް ނާރަންޏާ އަމާންކަން ނުލިބޭތީއެވެ. ވަކި އިރެއްގައި ނުފޮޅެންޏާ ވަހެއް ނުދުވާތީއެވެ.

The name is already taken The name is available. Register?

ސަލީމް

02 May 2017

ނުލަފާ ބައެއްގެ އަތްދަށުވެފަ މިތިބީ.

The name is already taken The name is available. Register?

އަލިބެއްޔާ

02 May 2017

ފުލުހުންނަކީ އަބަދުވެސް އަޅުގަނޑު އިޙްތިރާމް ކުރާބައެއް އަދި އިތުބާރު ކުރާބައެއް އެހެން ނަމަވެސް މުޅި މުޢައްސަސާ ވަނީ ހައްދު ފަހަނަ އެޅި ސިޔާސީ މީހުންގެ އަތްދަށުވެފަ. ވަރަށް ހިތާމަހުރި

The name is already taken The name is available. Register?

ފުލުހުންނަށް ހެޔޮއެދޭ މީހާ

02 May 2017

ދިވެހި ފުލުހުންނޭވެ. މި ސިޔާސީ މީހުންގެ ކުޅިގަނޑުގައި ތިޔަ ބޭފުޅުން ނުޖެހޭށެވެ. ޤާނޫނީ އިމުން ބޭރުން އަމުރު ކުރަންޔާ ނޯ ސަރ ވެސް ބުނާށެވެ. ނޯ ބުނަން ނޭނގެންޏާ އެބައެއްގެ ނާޖާއިޒު ފައިދާ ނެގުންއެއީ ވަރަށް އެކަށީގެންވާ ކަމެކެވެ. ތި މުއައްސަސާގަ ތިބި ކުދިންނަކީ ކޮންމެ ވެރިކަމެއް އަޔަސް ވެރިކަން ކުރަންތިބި ވެރިންނާއި ރައްޔިތުންގެ ހިމާޔަތުގަ ތިބޭނެ ކުދިންނެވެ. އެހެންކަމުން ޤާނޫނު ނަގަހައްޓާ އިމާންދާރު ބައެއްގެ ގޮތުގަ ނިކަން ތިކުދިން އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ދައްކާލާށެވެ. އަދި މިފަދަ ކަލްޗަރ އެއް ބިލްޑްކޮށް ކޮންމެ ކޮންމެ ކަމަކު ކިޔަން ނުކެރޭވަރު ކުރާށެވެ. ތީކީ ކޮންމެ ސަރުކާރެއް ވެރިކަމަށް އައިސް ކުޅެންގެންގުޅޭ ޕަޕެޓުތަކެއް ގޮތުގަ ދެކޭކަށް އަޅުގަނޑެއް ބޭނުމެއް ނޫނެވެ.

The name is already taken The name is available. Register?

ރަގީބު

02 May 2017

ކައުންސިލް އިންތިހާބުގަ ބޮޑުތަނުން ނޫނެކޭ ބުނަން ރައްޔިތުން ނައް މިވްީ ފުރުސަތު ލިބިފައެވެ.....މިކަން ނިންމަން އެބަޖެހެ އެވެ.

The name is already taken The name is available. Register?

5ލާރި

02 May 2017

ރާޢްޖޭގެ ވެރިކަމާ ސިޔާސީ ކަންކަން މިހާބޮޑަށް ކިލަނބުވީ ކިޔަވައިގެން ތިބި ޒުވާނުންނާ އެނޫން މީހުން މިކަމަށް ކުރިމަތި ނުލާތީ! އެފަރާތްތަކަށް އިންތިޚާބުތަކުގައި ވާދަ ކުރުމަށް ގޮވާލަން.

The name is already taken The name is available. Register?

ކަނޑުކޮސް

02 May 2017

މި ސަރުކާރު ކަމުނުގޮސްގެން އުޅެނީ ވަކި ރާއްސެއްގައި ވިހާފައި ހުރި މީހަކަށް ނުބަލައި، ފިޔަވަޅު އަޅާތީ ތޯއެވެ. ނުވަތަ ނޫންތޯއެވެ. ކީކޭ ބުނާނީ!!

The name is already taken The name is available. Register?

އަބުރު

02 May 2017

ކަނޑުކޮށްގެ ކޮމެންޓަށް ހަމަ އެއްޗެއް ބުނެނުލާ ނުހުރެވޭނެ. ކަނޑުކޮށް ހަމަބިމަށް ތިރިވެލަފަ ތަނެއްގައި އިށީދެލައިގެން އިނދެ އަމިއްލަ ސިކުނޑިން ވިސްނާލާފަައި ކޮމެެއްޓެއްކޮއްލަބަލަ. މި ސަރުކާރުން ކުށްކުރާމީހުންނާއި މެދު ކަންކުރަނީ ހަމަ ހަމައަށްތޯ. ސަރުކާރަށް ސަނާ ކިޔާ މީހަކު ކުށްވެރިވޭތޯ؟ މީހެއްގެ މައްޗަށް ކަންކަން ތުހުމަތުކޮށް ފުލުހުންގެ އިދާރާއަށް މީހުން ދަމަންފަށަނީ ސަރުކާރަށް ފާޑުކީމަތޯ ނުވަތަ ނޫންތޯ؟ މިސާލަކަށް މީގެ ކުރިން ފާރިޝް މައުމޫނު މިސަރުކާރަށް ބަހެއް ނުބުނެ ހުރިއިރު އެ ބޭފުޅާގެ މައްޗަށް ދައުވާކުރި މައްސަލައަކި އުފަންނުވެ އޮތްކަމެއްތޯ؟ މިހާރު ދައުވާކުރީ ކީއްވެތޯ މިއީ ކުޑަކުޑަ މިސާލެއް؟ މިއަށް ޖަވާބެއް ބޭނުމޭ

The name is already taken The name is available. Register?

ފާރިސް

02 May 2017

ޓެރަރިޒަމް އާ އެއްވަރަކަށް މާލެގަ ކުރަފި ވެސް ގިނަ. ނުބައިކަމެއް އާލާ ކުރުމަށް ބޭނުންވާ މާހައުލެއް އުފެއްދީމަ އެ ނިޒާމާ ގުޅޭ ހުރިހާ ބާވަތެއްގެ ބަޔަކު(ސޫފި) އުޅޭނެ. ކޮކާ އަދި ގްރާސް ހޮޕަރ އެއް ނުފެންނާނެތާ މި މާހައުލުން. ކީކޭ ބުނަނީ؟ މިހާރު ހަދާންވަނީ ދިވެހި އޮބްޒާވަރޭ ކިޔާ އެއްޗެއް. ދެންވެސް ގްރާސް ހޮޕަރ އުފެދޭނެ ގޮތެއް ހޯދާ. އޭރުން ޖަވާބު ލިބޭނެ. ރޯދަ މަހުގެ އެކަން ކުރެވިދާނެ. މީހުންގެ މޫނު މަތިން އުފާވެރިކަމުގެ ނިޝާނެއް ވެސް ނުފެނޭ. ކޮންމެވެސް ޒަމާނެއްގެ ބަޔަކު ލެވި ހަޅޭކެއްގެ ވިހަ މާއްދާ އަދިވެސް ވައިގެ ތެރޭގަ ހުރީމަ ޖެހިގެން އުޅޭ މައްސަލައެއް. މިކަހަލަ މާހައުލެއް އޮއްވާ ރޯދަމަހުގެ އުފާވެރިކަން އަހަރުމެންނަށް އަންނާނެ ބާ؟

The name is already taken The name is available. Register?

އެމެންނޭ

02 May 2017

އެމެން ހީކުރަނީ ކުރިން ޑީއޯ އުފައްދައިގެން އެމެން ފެތުރި ޕްރޮޕެގެންޑާ ފެތުރި ގޮތަށް މިހާރު ވެސް ޕްރޮފޭ ފަތުރައިގެން އެކަން ކުރެވޭނެ ކަމަށެވެ. ނުވާނެ އެކަމެއް. އެކަން ޖެހޭނީ ހަނދާން ނައްތާލަން އެވެ. ދިވެހިންނަށް އެމެންގެ ހަގީގީ މަގްސަދު ވަރަށް ސާފުކޮށް އިނގެއެވެ. އެމެން އެއުޅެނީ އިންޑިއާ އަށް މިރާއްޖެ ވިއްކާލަން އޭ މަމެން ބުނަން ނެތީމު ދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454