ޔާމީން ރަޝީދުގެ މަރާ ގުޅިގެން އިންސާފުވެރި ތަހުގީގެއް ކުރުމަށް ގޮވާލައި ތައްޔާރު ކުރި ޕެޓިޝަންގައި މީހަކު ސޮއި ކުރަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
28 އެޕްރީލް 2017 - 20:13
ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނު، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުރާ ތަހުގީގަކީ އިންސާފުވެރި ތަހުގީގެއް ކަން ކަށަވަރު ކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އިސް ނަގައިގެން ޕެޓިޝަނެއްގައި މިއަދު ސޮއި ކުރަން ފަށައިފި އެވެ.
ޓްރާންސްޕޭރަންސީގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވިދާޅުވީ ފުލުހުންނަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ޕެޓިޝަންގައި ގިނަ ބަޔަކު ސޮއި ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ޕެޓިޝަން މަޖިލިހަށާއި ފުލުހުންނަށް ހުށަހަޅާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޕެޓިޝަންގައި ސޮއި ކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތް. ގިނަ އަދަދެއްގެ ބަޔަކު ޕެޓިޝަންގައި ސޮއި ކުރި ކަމަށް ޓްރާންސްޕޭރަންސީން ބުނޭ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
ތޮލާލް ވިދާޅުވި ގޮތުގައި ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި އޮތީ ތިން ކަމެކެވެ.
އެއީ ޔާމީންގެ މަރާ ގުޅިގެން ކުރާ ތަހުގީގަކީ އިންސާފުވެރި ތަހުގީގެއްކަން ކަށަވަރު ކުރުމުގެ އިތުރުން މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަބްދުﷲ އާއި އަވަހާރަކޮށްލާފައިވާ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަަށާއި ޔާމީނަށް މަރުގެ އިންޒާރު ލިބެމުން ދިޔަ އިރު، އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އިންޒާރު ލިބޭ މީހުން ހިމާޔަތް ކުރެވޭނެ ގާނޫނީ އޮނިގަނޑެއް ތައްޔާރު ކުރުމަށް ގޮވާލުމެވެ.
ޔާމީން މަރާލުމުގެ ކުރިން އޭނާ ކުރި ބައެއް ޓުވީޓުތައް ހިމެނޭ ޕޯސްޓަރުތަކެއް. - ފޮޓޯ: ނިޝާން އަލީ/ މިހާރު
މީގެ އިތުރުން މީހުންނަށް ދޭ އިންޒާރުގެ މައްސަލަތަކާއި އެކި މައްސަލަތައް ނުބަލައި ފަރުވާ ކުޑަކޮށްފައި ހުރުމާ ގުޅިގެން ކަމާ ބެހޭ ފަރާތްތައް ޒިންމާދާރު ކުރަން ޕެޓިޝަންގައި ގޮވާލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތުގައި ޓްރާންސްޕޭރެންސީގެ އިތުރުން ޔާމީންގެ އާއިލާ އާއި ރައްޓެހިންނާއި ހެޔޮއެދޭ ފަރާތްތަކުންނާއި މަދަނީ ޖަމިއްޔާތަކުން ބައިވެރިވެ އެވެ.
އެ ގޮތުން ޕެޓިޝަންގައި ސޮއި ކުރުމަށް އާޓިފިޝަލް ބީޗުގައި މިއަދު ވަނީ ހާއްސަ ހަރަކާތެއް ބާއްވައި، ޔާމީނަށް އިންސާފު ހޯދައިދިނުމަށް އެކި މީހުން ވަނީ ޝުއޫރު ފާޅުކޮށްފަ އެވެ. އަދި ޔާމީން މަރާލުމުގެ ކުރިން ޓުވިޓާ މެދުވެރިކޮށް އޭނާ ކުރި ބައެއް ޓުވީޓުތައް ހިމެނޭ ޕޯސްޓަރުތައް ވެސް ވަނީ ދައްކާލައިފަ އެވެ.
ޔާމީން މަރާލުމުގެ ކުރިން އޭނާ ކުރި ބައެއް ޓުވީޓުތައް ހިމެނޭ ޕޯސްޓަރުތަކެއް. - ފޮޓޯ: ނިޝާން އަލީ/ މިހާރު
ސޯޝަލް މީޑިއާގައި އިސްކޮށް ހަރަކާތްތެެރިވާ އަދި އަމިއްލަ ބްލޮގެއް ހިންގާ ޔާމީންގެ މަރަށް ފަހު ގިނަ އަދަދަކަށް ފުލުހުން މަގުމައްޗަށް ނެރެ، އެކި ހިސާބުތަކުގައި ދަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
ގެއްލުވާލާފައިވާ ރިލްވާންގެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ޔާމީން، 29، ރަހުމް ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރެއިން މިދިޔަ ހޮނިހިރު ދުވަހުގެ މެންދަމެވެ. ޔާމީންގެ މަރަށް ހަފުތާއެއް ވާން ކައިރި ވެފައިވާ އިރު، އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރިއަސް، ޔާމީން މަރައިލި މައްސަލައިގައި ބައިވެރިވިކަމުގެ ތުހުމަތުކުރެވޭ ދެ މީހެއްގެ ފޮޓޯ ފުލުހުން ވަނީ ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
30 April 2017
މައްސަލައަކީ ފުލުހުންނަށް އިތުބާރުކުރުމާއި ނުކުރުމެއްނޫނެވެ. މައްސަލައަކީ މާތްރަސްކަލާންގެ ހުރުމަތްތެރިކުރެއްވި ފުރާނައެއް ހައްގަކާނުލާ މަރާލުމެވެ. ކިތަންމެ ސިރިއްޔާތުގައި ތިބެގެން ކަމެއްކުރިނަމަވެސް މާތްރަސްކަލާންގެ ތިބާގެ އަމަލްތައް ދެކެދެނެވޮޑިގެންވެއެވެ. އަދި އައްސަވާ ވޮޑިގެންވެއެވެ.މީސްތަކުންކުޅަ އަމަލުތަކުގެ ހިސާބު ބައްލަވާ ދުވަހު ތިމާގެ ހަށިގްޑުގެ ގުނަވަނަތައް ހެކިބަސްދޭ ދުވަހު،ޖަރީމާހިންގާފައި ފިލްނަދާނެތަނެއް ފުރައިގެންދާނެ ގައުމެއްވެސް ނޯންނާނެއެވެ. އަދި ހިމާޔަތާއި ރައްކާތެރިކަންދޭނެ މީހަކުވެސް ނުހުންނާނެއެވެ.އެހެންކަމުން ގައުމަށްޓަކައި މިގައުމުގެ ދަރިންނަށްޓަކައި ވިޔާނުދާ އަމަލުތައް ހިންގުމުން އެއްކިބާވަމާހިގާށެވެ.
މަ
30 April 2017
ޔާމިނަށް އިންސާފު ލިބޭނެ ދުވަހެއް އެބައޮތް. އެދުވަހުން އެންމެ އިންސާފުވެރިިކޮށް ނިޔާ ކަނޑައެޅޭނެ. މި ދުނިޔެމަތީ އިންސާފު ހޯދަން މަސައްކަތް ކުރުމަކީ ފޫނެތްފަޔަށް ފެންފުރުން ކަހަލަ ކަމެއް! އެހާވެސް ކޮރަޕްޝަނާއި ފަސާދަ ބޮޑު.
ބުރޯ
29 April 2017
2012 ވަނަ އަހަރު ޑިއުޓީގައި ހުރި ފުލުހެއް ގަޔަށް ވަޅިހަރާ މަރާލާފަވޭ އަދި 2013 ވަނައަހަރު ޑިއުޓީގަ ހުރި ފުލުހެއް ގައިގަ ގަސްތުގަ ސއިކަލުން ޖައްސާ މަރާލާފައިވޭ، އަދި މީގެ އިތުރުން ގޭންގް މާރާމާރީ ތަކާ އެހެންވެސް ހަމަނުޖެހުން ތަކުގަ އިނޮސެންޓް ކިތައް ފުރާނަ މިދުނިޔެއާ ވަކިވެފާ ވޭތޯ؟ޓްރާންސްޕޭރަންސީ މޯލްޑިވްސް އާ އަލިފް ދާލް އާ ހިއުމަންރައިޓްސް ކޮމިޝަނުން މިދެންނެވި މަރުތަކަށް އިންސާފް ހޯދައިދޭން ތެޅި ނުފޮޅެނީ ކީއްވެތޯ
އަލީ
29 April 2017
ޓްރާސްޕޭރެންސީ އަކީ ކޮންބަޔަކު ހަރަދުކޮސްގެން ހިންގާ ތަނެއްކަން ބުނެވިދާނެތޯ.
ޢާދަނު
29 April 2017
ނުކުރާނަން ސޮއެއް.
ޢިބޫ
29 April 2017
ސޮއި ނުކުރާނަން. ފުލުހުންނަށް އިތުބާރު ކުރަން
ދެކަން
29 April 2017
ދެކަންތައް އެއްވަރު ކޮއްލީދޯ. ސޮއި ނުކުރަނީ ސިމްބޮލިކްކަންތަކަށް ތަރުހީބު ނުދޭންވެގެން. އެއީ ޓައިމް ވޭސްޓް. އަދި ބުނަން. ތިޔަ ޓްރާންސްޕޭރެންސީ ތިޔަމެނަކީ މިސަރުކާރުގެ ފުރަތަމަ ދުވަހުގޮސް ޕޮލިހުންނާއިއެކު އެމްޔޫއޯއެއްގައި ސޮއިކޮއް ފުލުހުން އެންޑޯޒްކޮއްގެން ތިބިބައެއް. ޕްރޮޕެގެންޑާ ފަތުރާ އެއްގޮތް ނުވެސް ގުޅޭ ދެކަމެއް އެއްވަރުކޮއްގެން. "ޕެޓިޝަނުގައި ސޮއި ނުކުރަނީ.. ކަލޭތިއީ ޔާމީންދެކެ ރުއްޅިއަންނަމީހެއް... ކަލޭތީ ފުލުހުންނަށް ސަޕޯޓުކުރާ މީހެއް " މިއީ ލަދުގަންނަވައިގެން މީހުން ލައްވާކަންތައް ކުރުވަން އުޅުން
އަހައްމަދު އަހައްމަދޭ
29 April 2017
އިންޒާރުލބޭ މީހުންނަށް ހިމާޔަތައި ރައްކަތެރިކަން ލިބޭތަން ފެނޭ ( އެކަމަކު) އެއީ ވަކިބަޔަކަށް ކަން އެބަ އެނގޭ އޭގެ އެއްމިސާލު ފަނޑިޔާރަކަށް އިންޡާރު ދިންކަމަށް ބުނެ ވަޒީފާގެއްލި މިވަގުތު ބަންދުގައި ތަހުގީގެއްހިނގަމުންދާ މައްސަލައަކަށް ބަލައިލުމުން ، އެހެންވީމަ ކަށަވަރު ކުރަންވީ އިހުމާލު ވަނީ ކޮން ސަބަބަކާ ހެދިތޯ ކޮންކަހަލަ ހަމަހަމަ ފުރުސަތެއްތޯ ދިވެހިރައްޔަތުންނަށް މިއޮތީ
ޢީންސާން
29 April 2017
ތިޔަ ޕެޓިޝަނަކުން ވާނީ ކޮންކަމެއް. އިންސާފުގެ މަގުގައި އާރުލާކަމެއް ކުރެވެން އޮތިއްޔާ ކުރަންވީ. ތިޔަކަހަލަ ސިމްބޮލޮޖީކަންތަކުން ޕީއާރް ލިބޭނީ ޓްރާންސްޕޭރެންސީއަށް ޔާމީނުގެ ތަހުގީގަށް އިންސާފަށް ލިބޭނެކުރިއެރުމެއްނެތް.
ބަތްކައްކާ
29 April 2017
ސިޓީތަކުގަ ތިކަހަލަ ކަމެއް ބާއްވަބަލަ.
މެންޓަލިސްޓް
29 April 2017
އިންސާނީ ކަރާމާތް ގެއްލުވައިލުމަކީ ޖާހިލުންގެ ޒަމާނަށް ދިއުންކަހަލަ ކަމެށް ،،، އަދި ޔާމިންރަޝީދުއަކީ އަބަދުވެސް ހައްގުގޮތުގައި ކަންކަމާޢި ކެރިގެން ކުރިމަތިލައިގެން އުޅުނު ޒުވާނެއް ،، މުސްލިމެއް ،، ކިޔަވައިގެން ހުރި މޮޅު ގައުމީ ދަރިއެއް ،،، އޭނާޔަށް ކަނޑިނޭޅި މަރުގެ އިންޒާރުފާޅުގައި ދެމުން ދިއައިރު " ޓްސާރވްއެންޑްޕްރޮޓެކްޓް " ޖަހައިގެން ތިބި ދިވެހި ފުލުހުންކަމަށް ބުނާ މުއައްސަސާއިން އަޅާލާފައިކައި ނެތް ،، އޭނާޔަށް ޕޮލިސް ޕްރޮޓެކްޝަންދީފަކައި ނެތް ،،،، ވީމާ މިކަމީ ސަރުކާރުގެ ވަރަށްބޮޑު އިހްމާލްއޮތްކަމީ ހަމަބުއްދި ހުރި ކޮންމެއިންސާނަކަށްވެސް ގަބޫލްކުރެވޭނެކަމެށް ،،، އަދި އަމްދުން އޭނާަޔަށް މަރުގެ އިންޒާރު ދެމުން ގެންދިޔަފަރާތަކީ ވެރިކަންކުރާ ޕާޓިގެ މީހަކަށްވެފައި އޭނާޔަށް މިހާތަނަށް އެޅިފިޔަވަޅެއްވެސް ނެތުމަކީ ގައުމުގެ ވަލިއްޔުލް އަމްރްގެވެސް އިހްމާލުން ވެފައިއޮތްކަމެށް ،،، ވީމާ ދެންއޮތީ ޔާމިންރަޝީދުއަށް ދުއާކުރުން ،،، އޭނާޔަށް އުފާވެރި ނުމުމެއްނެތް ދުނިޔޭދެއްވުމަށް އެދި ﷲ ގެ ހަޒްރަތުގައި ދެންނެވުން ،،،، ރިލްވާންވެސް ދިއަހެން އޭނާވެސް ދިއައީ ،،، ވަރަށްވެދުން