ކުޅިވަރު / މާލޭ ލީގް 2017

ނިއު އަތުން ހޯދި ބޮޑު މޮޅާ އެކު ގްރީން ސްޓްރީޓްސް ތިން ވަނަ އަށް

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ނިއު ރޭޑިއަންޓް 3-0 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ ތިން ވަނަ މަގާމަށް ގްރީން ސްޓްރީޓްސް މިރޭ އަރައިފި އެވެ.

ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ގްރީން ސްޓްރީޓްސް އިން 17 ޕޮއިންޓާ އެކު ތިން ވަނަ އަށް އެރިއިރު، ދެ ވަނައިގައި 18 ޕޮއިންޓާ އެކު ނިއުއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. އެއް ވަނައިގައި 21 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ މާޒިޔާ އެވެ. ކުރިން ތިން ވަނައިގައި 14 ޕޮއިންޓާ އެކު އޮތް ޓީސީ ސްޕޯޓްސް ކްލަބް ވަނީ ހަތަރު ވަނަ މަގާމަށް ވެއްޓިފަ އެވެ. ފަސް ވަނައިގައި 14 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ވިކްޓަރީ އެވެ.

ސަސްޕެންޝަނުގެ ސަބަބުން ގޯލްކީޕަރު އިމްރާން މުހައްމަދާއި މިޑްފީލްޑަރު ޖަމީލް ލީފްލޭންގް އަދި ފޯވާޑް އެޑްރިއަން ގަލާޑޯ ނުލާ ނިއު އިން ކުޅުނުއިރު ފުރަތަމަ ހާފުގައި އެ ޓީމުގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނެވެ. އެ ޓީމުގެ އަތުގައި ކޮންޓްރޯލް އޮތް ނަމަވެސް މި ހާފުގައި ގްރީން ސްޓްރީޓްސް އިން ވަނީ ލިބުނު ހަމައެކަނި ދެ ފުރުސަތުގައި ގޯލް ޖަހައިފަ އެވެ. ދެ ލަނޑު ވެސް ޖަހައިދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ޑަނޯފް ޑިމިޓްރޯ 22 ވަނަ މިނެޓުގައި ނެގި ހުރަސް ގޯލް ކުރިމަތީ ހުހަށް ހުރެ އައްމަޑޭ ގޯލަށް ވައްދާލިއިރު، ދެ ވަނަ ލަނޑު 28 ވަނަ މިނެޓުގައި ވައްދާލީ އަރިމަތިން ނެގި ހުރަހެއް ބޮލުން ޖަހަ އެވެ.

ނިއު އިން ދެ ވަނަ ހާފު ފެށީ ވަރަށް ވަރުގަދަކޮށެވެ. ހާފުގެ ކުރީކޮޅު ނިއު އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އަކްރަމް އަބްދުލްގަނީ ދިން ބޯޅަ އަށް މާކޮވިޗް ސްޓެވާން ހުހަށް އެރި ނަމަވެސް ފައިގައި ލައްވާލާ ގޮތެއް ނުވި އެވެ. އޭގެ ފަހުން ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ހިލޭ ޖެހުމަކުން ޖައްސާލި ބޯޅަ ޖަޕާން މިޑްފީލްޑަރު ކެއިސޫކޭ އޮގާވާ އޭރިއާ ތެރެއިން މުޅިން ހުހަށް ހުރެ ޖެހުމުން ދިޔައީ ގޯލް މަތިންނެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ދެއްކުމުން ނިއު އިން އަށް ފަސޭހަވާނެ ކަމަށް ބެލެވުނެވެ. އެކަމަކު އެ ޓީމު ކުރިއަށް ޖެހިފައި އޮއްވާ 65 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސް އިން ވަނީ ތިން ލަނޑު ޖަހައި ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ. އައްމަޑޭ ހުރަސްކުރި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ އަހުމަދު ހަސަނެވެ. އޭގެ ފަހުން ވެސް ނިއު ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަދި ނިއުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ މިއީ ފުރަތަމަ މިނެޓުން ފެށިގެން ފަހު މިނެޓާ ހަމަޔަށް ކުޅުންތެރިން އޭނާގެ ޕްލޭނާ އެއްގޮތަށް ޑިސިޕްލިންއާ އެކު ކުޅުމުގެ ނަތީޖާ ކަމަށެވެ.

"ޕޮއިންޓް ޓޭބަލް ވަރަށް ޓައިޓްކޮށް އޮތީ. އެހެންވެ އެއްވެސް ޓީމަކާ ދެކޮޅަށް، ނިއު ވިޔަސް މާޒިޔާ ވިޔަސް ރިލެކްސްކޮށްލެވެން ނެތް އަޅުގަނޑުމެންނަށް. ޓީސީއާ އެއްވަރުވި މެޗަށް ފަހު ކުޅުންތެރިން ގާތު ބުނަމުން މި އައީ މި މެޗު ނަގަން ޖެހޭ ކަމަށް. އެގޮތުން ކުޅުންތެރިންގެ ބުރަ މަސައްކަތް މިއީ. ހުރިހާ ކްރެޑިޓެއް ދޭނީ ކުޅުންތެރިން. ރަނގަޅު ވަގުތު ގޯލް ވެސް ޖެހުނު އަޅުގަނޑުމެން ޓީމަށް،" ސޮބާ ބުންޏެވެ. "ނަމަކުން ކުރާނެ ކަމެއް ނޯންނާނެ. މީގައި އޮންނާނެ ބުރަކޮށް މަސައްކަތްކުރުން."

ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނީ މިއީ ގްރީން ސްޓްރީޓްސް އަށް ހައްގު މޮޅެއް ކަމަށާއި އެ ޓީމުން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފި ކަމަށެވެ.

"ފުރަތަމަ ހާފުގައި އިދިކޮޅު ޓީމަށް ވުރެ އަހަރެމެން ގިނަ ވަގުތު ބޯޅަ ގެންއުޅުނު. އެކަމަށް އެއަށް ވުރެ ރަނގަޅު ކުރެވެން ޖެހޭނެ. ދެ ވަނަ ހާފުގައި ފުރުސަތު ލިބުނު އެކަމަކު ނަސީބު ވެސް އެހީ ނުވީ. އަހަރެން ބޭނުމެއް ނޫން ސަސްޕެންޝަނުގައި ތިބި ކުޅުންތެރިންގެ ވާހަކަ ދައްކަން. އަހަރެމެންނަކީ ޓީމެއް. އެހެންވީމާ ވަކި ކުޅުންތެރިއަކު ނެތިގެން ބަލިވީއޭ ނުބުނާނަން. އަހަރެމެންނަށް މިއަށް ވުރެ ރަނގަޅު ކުރެވޭނެ،" ޓަވަރޭސް ބުންޏެވެ.

މިރޭގެ މެޗަށް ފަހު ލީގުގެ ކުޅުން ވަނީ މެދުކަނޑާލައިފަ އެވެ. އޭއެފްސީ ކަޕުގައި މާޒިޔާ ކުޅޭ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗަށް ފަހު ލީގު އަލުން ފަށާނީ އަންނަ މަހުގެ 19 ވަނަ ދުވަހުގެރެ އެވެ. ބައްދަލުކުރާނީ މާޒިޔާ އާއި އީގަލްސް އެވެ.

31 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 25%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަދު އިބްރާހިމް

28 May 2017

ނިއުއިން މިހާރު ތި ބޯ ބޮނޑިއަކީ ހަމަ އަސްލުވެސް ބޯން ޖެހޭ ބޮނޑިއެކެވެ. ވާނުވާ ނޭގޭ އެހާ ފޮނި، ބޮޑާ މީހަކަށް ކްލަބެއް ނުހިންގޭނެ ކަން އެބަޖެހޭ އެނގެން.

The name is already taken The name is available. Register?

ނަސްރުﷲ

28 May 2017

ނިއުރޭޑިއަންޓް ހީވަނީ ވަރަށް ތާހިރު ގޮތަކަށް ނިމޭނެހެން މި އަހަރު. ތި ޓިމްގެ ހެޑް ކޯޗަކަށް ލާންވީ ޓެޑް އޭނާ ވަރަށް މޮޅުވާނެ ނަތީޖާ ނެރެން

The name is already taken The name is available. Register?

މޮހޮދޭ

27 May 2017

މި އަހަރު ނިއުއިން ކުޅެމުން އަންނަނީ ފަހުގެ ތާރީޚެއްގައި ނިއުއިން ކުޅޭ އެންމެ ހަޑި، އެންމެ ފޫހި ކުޅުން. ހުސް ބޮޑު ބޯޅަ. ވަރުގަދަ އާ މެނޭޖްމެންޓާއެކު ހީކުރެވުނީ ޓީމް ވަރަށް ވަރުގަދަ ވާނެ ކަމަށް. އެހެންނަމަވެސް މި ފެންނަނީ ހީކުރި ގޮތާ މުޅިން ޚިލާފަށް ވަރަށް ވަނދުކޮށް. ޓީމް ރޫހެއްވެސް ނެތް، ކުޅުމެއްވެސް ނެތް ހަމަ އެއްކަމެއްވެސް ނެތް. ސަމްޕަތު ކޯޗު ބުނީ ހަމަ ހެޔޮކޮށް، ތިޔަ ޓަވާރޭޒް ލައިގެނެއް ނުވާނެ މި ކަމެއް

The name is already taken The name is available. Register?

ވަރަށް ވާހަކަ މީ

27 May 2017

ފުޓްބޯޅައިގެ އެއްވެސް އެއްޗެއް ނޭނގޭ މީހަކު އަތަށް ލާރި ދީފަ ޓީމް ހަދާށޭ ބުނީމަ ވާނެ ވަރުތީ. ޒިޔާދުއަށް ވިސްނޭނެ ކަމަށް އުއްމީދު ކުރަން މި ބުނި އެއްޗެއް. ފައިސާ އަދި ހަމަ ތެޅިއަކަސް ނުވާނެ. ސަމްޕަތު ދެއްކި ވާހަކަ މިއޮތީ އައިސަ

The name is already taken The name is available. Register?

ނައިސް!،

27 May 2017

السلام عليكم ورحمة الله وبركاته ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، ކޮން ގޮތަކުން ބާ ؟ (އަދި އެއަށް އިތުރަށް އުފާވެރިކަން އާދޭ އޮއްޕޮ އާއި ސެންޓޭ އަކުރަމު ހޮކޭ މިއެންމެން ނިއުގައި އެއްކޮށް ކުޅޭތީ. މާޒިއާގެ ސްކޮޑަށް ވުރެ ތަންކޮޅެއް ވެސް ދަށެއްނުން.) ތިޔަ ބުނީ ކޮން ގޮތަކުން (މާޒިއާގެ ސްކޮޑަށް ވުރެ ތަންކޮޅެއް ވެސް ދަށެއްނުން) ރަނގަޅު ސޮކޮޑް ދަށެއް ނޫން އެކަމަކު ތިބުނާ މާޒިއާ ގްރީން ސްޓްރީޓްއާ ކުޅެގެން ބައްޔެއްނުވޭ އަދި މާޒިއާ އައްވުރެ ސްކޮޑް ރަންގަޅުއިރު މިހާ ބޮޑު ތަފާތެކުން ތިވަރު ސްކޮޑް އޮއްވާ ބަލިވީމަ ؟ އަދި އަޅުގަނޑު ބުނާނަން ވާހަކައެއް ދަގަނޑޭގެ 11 ، އޮއްޕުގެ 11 ސެންޓޭގެ 11 ،ހޮކޭ 11 އަދި 11 އަކުރަމް ހަމަކޮށްގެން ވެސް މިކަހަލަ ނަތީޖާއެއް ދެންވެސް ނުފެނިއްޖިއްޔާ ރަނގަޅުވާނެ ކަމަށް ! އެކަމަކު އެހެން ނަތީޖާއެއް ނުވަތަ ކާމިޔާބަކާ ހަމައަށް ދިޔުން ތި ނިއުރޭޑިއަންޓަށް ވަރަށް ނާދިރު ކަމެއް މިބުނީ މީގެން ކޮންމެ ކުޅުންތެރި އަކުވެސް އެވަރު ބޮޑު ތަފާތެއް ދެއްކި ކަމުގަ ވިޔަސް ތިގޮތުގަ އޮވެގެން ތިމަގުގަ އޮވެގެން ކާމިޔާބަކާ ހަމައައް ދިއުން ވަރަށް ނާދިރު ދެވުނިއްޔާ ނުޏީ ދެވޭނޭކޭ ބުނާކައް ނެތިން މިހާރުވެސް ކޮންމެ ވެސް ވަރަކައް އިހްސާސް ކުރެވޭނެ ކަމަށް ލަފާކުރެވޭ މިކަމުގެ އިހްސާދެއް ނުކުރެވުނަސް މިމެޗް ކުޅުމުގެ ކުރިންވެސް މިވާހަކަ ކޮމެންޓެއްގަ ލިޔެފަ އޮއްވާ ފެނުނު ، އަޅުގަނޑު މުސްކުޅިން ކިޔާ އުޅޭއަނޑު އަހަން މަހައްގޮސް މަސް ނުބޭނުނީމަ ކަނޑު ގޯހޭ ކަނޑު ނުބައި ކުރި އިންސާނުން ތަކެއްވެސް މިދިވެހިރާއްޖޭގަ އުލުނޯ އުޅެއޯ ހަމަ އެގޮތައް ކޯޗް ގޯސް ކޮއް ދެވެސް އެހެނިހެން ކަންތައް ގޯސް ކުރާނެ އެކަމަކު ގޯސް ކުރިޔަސް ދެން 2ވަނަބުރުގަ ގްރީންސްޓްރީޓް އާކުޅުނު މެޗުން މޮޅުވިކަމަކައް ނުނިއްނޭމެ ، ، إن شاء الله ، أمين ،،،،،!.

The name is already taken The name is available. Register?

މާދަމާ އެއް ނެތް!،

27 May 2017

السلام عليكم ورحمة الله وبركاته ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، ކޮން ގޮތަކުން ބާ ؟ (އަދި އެއަށް އިތުރަށް އުފާވެރިކަން އާދޭ އޮއްޕޮ އާއި ސެންޓޭ އަކުރަމު ހޮކޭ މިއެންމެން ނިއުގައި އެއްކޮށް ކުޅޭތީ. މާޒިއާގެ ސްކޮޑަށް ވުރެ ތަންކޮޅެއް ވެސް ދަށެއްނުން.) ތިޔަ ބުނީ ކޮން ގޮތަކުން (މާޒިއާގެ ސްކޮޑަށް ވުރެ ތަންކޮޅެއް ވެސް ދަށެއްނުން) ރަނގަޅު ސޮކޮޑް ދަށެއް ނޫން އެކަމަކު ތިބުނާ މާޒިއާ ގްރީން ސްޓްރީޓްއާ ކުޅެގެން ބައްޔެއްނުވޭ އަދި މާޒިއާ އައްވުރެ ސްކޮޑް ރަންގަޅުއިރު މިހާ ބޮޑު ތަފާތެކުން ތިވަރު ސްކޮޑް އޮއްވާ ބަލިވީމަ ؟ އަދި އަޅުގަނޑު ބުނާނަން ވާހަކައެއް ދަގަނޑޭގެ 11 ، އޮއްޕުގެ 11 ސެންޓޭގެ 11 ،ހޮކޭ 11 އަދި އަކުރަމްގެ ކުޅުންތެރިން ހަމަކޮށްގެން ވެސް މިކަހަލަ ނަތީޖާއެއް ދެންވެސް ނުފެނިއްޖިއްޔާ ރަނގަޅުވާނެ ކަމަށް ! އެކަމަކު އެހެން ނަތީޖާއެއް ނުވަތަ ކާމިޔާބަކާ ހަމައަށް ދިޔުން ތި ނިއުރޭޑިއަންޓަށް ވަރަށް ނާދިރު ކަމެއް.

The name is already taken The name is available. Register?

ރެޑްބުލް

27 May 2017

ބްރޯ، ލާރި ހުއްޓަކަސް އަދި މޮޅެއް ނުވާނެ. ނިއުއިން ކުރަނީ ހުސް ބޭކާރު ޚަރަދު، މޮޅުވާން ކުރަން ޖެހޭ ކަންތައް ނޫން އެހެން ހުރިހާ ކަމެއްވެސް ނިއުއިން ވަރަށް ފުރިހަމައަށް ކުރޭ. އެންމެ ރީތި ޖަރޒީ، އެންމެ އަގުބޮޑު ޖާރޒީ، މެޗުގެ ކުރިން ޓީމް ކެެއުން އނއ ބެޓްލް ޕްރިޕަރޭޝަން- އަގުބޮޑު ދަބަސް، މެޗު ނިންމާފަ ސޭންޑްވިޗާ ދޮންކޭލާ ޕިއްޒާ ޑްރެސިންގ ރޫމްގަ، އެންމެނަށް ބޮޑު މުސާރައާ އެޕާޓްމެންޓް ދީފައި. އެކަމަކު ކުޑަކުޑަ ކަންމަތީ ޓީމެއްކަމަށްވާ ގްރީން ސްޓްރީޓްސް އަތުންވެސް މެޅުނީ.

The name is already taken The name is available. Register?

ޢަހްމަދު

27 May 2017

ބްރޯ އެއީ މައްސަލައެއް ނޫން . ދުނިޔޭގަައި ކުޅޭ ނަން މައްޝޫރު ބޮޑެތި ޓީމުތައް ރެއަލް މެޑްރިޑް،ބާސާ ފަދަ ޓީމުތައް ލީގްގައި ކުޅޭ އާދައިގެ ޓީތަކާ ކުޅެގެން ބަލިވޭ.

The name is already taken The name is available. Register?

ސޮބާ

27 May 2017

ބޯޅަނެތިސް ނިއުގެ ކުޅުންތެރިއަކަށް ފަރޭ ހަމަލާދިން .އެމަންސަލަ ބަލާ އެފްއޭއެމުން ފިޔަވަޅު އަޅާނެބާ

The name is already taken The name is available. Register?

ބޮސާ

27 May 2017

ތީނ މާނ ބޮނޑު މަންސަނލަ އެންނޫން

The name is already taken The name is available. Register?

87555444

27 May 2017

ނުބަލާނެ... އެއްވެސް އަދަބެއް ނާންނާނެ

The name is already taken The name is available. Register?

އުފާކުރޭ

27 May 2017

ގުރީންސުޓްރީޓުން އުފާކުރަށް ހަންގު. ފުޓްބޯޅައި ރަސްގެފާނު ވިއްޔާ ބަލިކޮށްލީ އެވެސް 3 ސުމަކުން. ނިއުގެ ކޯޗު މީ ކިހިނެއްބަލައިގެން ގެނައި ކޯޗެއްތޯ ނިއުގެ މެނޭޖްމަންޓާ ސުވާލު ކޮށްލަށް ބޭނުން? ގެނައި ކުޅުންތެރިން ވެސް ތިބީ އިންޖަރީގަ މިދެން ބޮނޑްވަރު

The name is already taken The name is available. Register?

ިބޭކާރޭ

27 May 2017

އޭ ! އިންޖަރީގަތޯ ސަސްޕެންޝަނުގަތޯ؟؟؟

The name is already taken The name is available. Register?

ޢަހްމަދު

27 May 2017

ސަސްޕެންޑުގަ ތިބީ.ބްރޯ ވާނުވާ ބަލާފަ ކޮމެންޓް ކުރޭ.

The name is already taken The name is available. Register?

މުލޭ

27 May 2017

މިދިޔައަހަރު މުސާރަނުދީ ބޯލާނެ ފެންފޮދެއްނުދީ ޓީމްގެންގުޅުނި އިރު މިހާރަށްވުރެ 100 ގުނަ ރަގަޅު ރީތި ފުޓްބޯޅަ ކުޅޭ ކުޅުންތެރިން މޮޅުވަން މަސައްކަތް ކުރޭ. ތި ކޯޗު ދައްކައްނި މޮޅުވާހަކަ އަބަދުވެސް .ސަންފަތު ވެސް ތި ކޯޗަށްވުރެ ރަގަޅުވީސް ބެހެއްޓިނަމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454