އިމިގްރޭޝަންގެ މުވައްޒަފުންތަކެއް: އިިމިގްރޭޝަންގެ އާ ޔުނިފޯމް ގަވާއިދު ބުނާގޮތުން ތުނބުޅި ދިގު ކުރުމާއި ފައި ކުރި ކުރު ކުރުން މަނާ ކުރުމަކީ މަނާ ކަމެއް
06 ޖޫން 2017 - 14:17
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ތުނބުޅި ދިގުކުރި މައްސަލާގައި އެ މީހުން ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން މިއަދު ނިންމައިފި އެވެ.
އިމިގްރޭޝަންގެ ހަތަރު މުވައްޒަފަކު މިިދިޔަ ޖެނުއަރީމަހު ވަޒީފާ އިން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އަމަލުކުރަން ފެށި އިމިގްރޭޝަންގެ ޔުނިފޯމްގެ ގަވާއިދުގެ ދަށުން ތުނބުޅި ދިގު ކުރުމާއި، ފަޓުލޫނުގެ ފައި ކުރި ކުރު ކުރުން މަނާކޮށްފައި ވަނިކޮށް އެކަން ކުރުމުންނެވެ. އެ ގަވާއިދު އައުމާ އެކު ސެޕްޓެމްބަރުމަހު ވަނީ އެ މީހުން ވަޒީފާ އިން ވަކިކުރާނެ ކަން އަންގައިފަ އެވެ.
އެ މައްސަލަ އެ ހަތަރު މީހުންގެ ފަރާތުން ހުށަހެޅުމުން ޓްރައިބިއުނަލުން މިއަދު ނިންމި ނިންމުމުގައި ވަނީ އެ މީހުން ވަކިކުރީ އިމިގްރޭޝަންގެ ޔުނިފޯމް ގަވާއިދާ ޚިލާފަށް، ތުނބުޅި ދިގު ކުރުމާއި ފައި ކުރި ކުރުމުން ކަމަށް ވާއިރު ސިވިލް ސާވިސްގެ ގަވާއިދުތަކާ ޚިލާފު ވުމަކީ ވަޒީފާ އިން ވަކި ކުރެވިދާނެ ސަބަބެއް ކަމަށް ސިވިލް ސާވިސް ގާނޫނުގައި ބުނާ ކަމަށެވެ.
އެހެންވެ، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް އެ މައްސަލަ ބެލި ތިން މެމްބަރުންގެ ތެރެއިން ދެ މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ނިންމައިފަ އެވެ.
އެ މައްސަލަ ހިނގަމުންދާތީ، އެ ހަތަރު މީހުން އަދާކުރި ވަޒީފާތަކަށް އިތުރު މީހަކު ނުނަގަން ޓްރައިބިއުނަލުން އޮތީ އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސައިން
08 June 2017
ޤާނުނާއި ޤަވާއިދުތައް ދީނާ ޚިލާފަށް ހަދާ ފާސްކުރާ މީހުނައް އަދަބު ދޭނެ ގޮތެއް އެގެނީ ކާކަށް ތޯ؟
ހަސަނު
07 June 2017
ވަރަށް ރަނގަޅު ނިންމުމެއް...
ހަލީފާ
07 June 2017
ސިވިލް ސަރވިސްގެ ގަވާއިދަކު ނޯންނާނެ ތުނބުޅި ދިގު ނުކުރެވޭނެއެކޭ އަދި ފައިކުރ ކުރު ނުކުރެވޭނެއެކޭ. ސިވިލް ސަރވިސް ގެ ކުރީގެ ގަވާއިދުގައި އޮތް ހެދުން އަޅަންވީ ގޮތާ ބެހޭގޮތުން ޗެޕްޓަރ އެއް. އެކަމަކު މިހާރަކު ނޯންނާނެ އެ ޗެޕްޓަރއެއް. އޭގެ ބަދަލުގައި އޮންނަނީ އެ އޮފީހަކުން ކަނޑައަޅަން ދޫކޮށްލާފަ. އެހެންވީމަ ސިވިލް ސަރވިސްގެ ގަވާއިދާ ހިލާފުވީ ކަމަކަށް ނުބުނެވޭނެ. އެގަވާއިދު އެއޮތީ އިމިގްރޭޝަނުން ހަދާފަ. ދީނުގެ ސުންނަތަކާ އެއްގޮތަށް އުޅެންނާ ވަޒީފާ އިން ވަކިކުރެވޭނެ ކަމަކަށް ކަނޑައަޅާ އެމީހުނަށް އެފަދަ ގަވާއިދެއް ހެދޭނެ ކަމަކަށް ނުދެކެން.
ޝަހީމް
07 June 2017
ކެނެރީގޭ ނަޝީދުގެ ސަރުކާރުން ނިންމި ނިމުމެއްނަމަ ގައުމުގަތިބި ދީނީ އެންމެން ކެކިއަރާނެކަން ޔަގީން. ހުރިހާ ޝޭހުންނަށް ވަރަށް ސަލާމް ކެއްތެރި ކަމާއެކު އަނގަމަޑުންލައިގެން ތިއްބަވާތި
ޑިމޮކްރެސީ
07 June 2017
ޓްރައިބިޔުނަލުން ނިންމީ ރަނގަޅަށް! ދީނި ގޮތުން ހައްދު ފަހަނާ އަޅާ ދިޔުމާއި ޓެރަރިޒަމަށް އަހަރެން އިދިކޮޅު ހަދަން...
މުހައްމަދު
07 June 2017
ހިނި އަންނަނީ.. ދީނަކީ ކޮބައިކަން ނޭނގޭ މީހުން ގިނަވި ވަރަކަށް މިހެން ވާނެ.. އަދިވެސް އިތުރަށް ތިކަހަލަ މީހުން ގިނަވާނެ.. ކަންކަން އެނގޭނެ ދުވަހަކަށް ކެތްތެރިވޭ
ޒެޑު
07 June 2017
ދީނަކީ ޕާސަނަލް ކަމެއް. ތުނބުޅިއަކީ ދީނުގައި ބަހައްޓަންޖެހޭ އެއްޗެއްތޯ ނޫންތޯ ނިންމުން އެއީ ޒާތީ ކަމެއް. އެއްބަޔަކު ދެކޭނީ ދީނީ ކަމެކޭ. އަނެއްބަޔަކު ނޫންކަމަށް. ގަވާއިދުގައި އޮތީ ތުނބުޅި ނުބެހެއްޓޭނެކަމަށް. އެހެންވީމާ ތުނބުޅި ބެހެއްޓޭ ޖޮބަކަށް ދިއުން ބުއްދިވެރި.
ކެނެޑީ
07 June 2017
ސުންނަތަށް ނޫޅެވިގެންނޭ ކިޔާފަ މަސައްކަތް ނުކޮށް އަނބިދަރިން ބަނޑަށްޖެހުނީމަ އެވީ ދެން ކޮން ސުންނަތަކަށް؟
ދޫ
07 June 2017
ކޮބައިތޯ އަންދަލުސް ؟
އަހުމަދުބެ
07 June 2017
ބަޔަކު ރުހުނަސް ނުރުހުނަސް ތުނބުޅިބެހެއްޓުމަކީ ސުްނަތެކެވެ.
މަ
07 June 2017
ދީން އެއްފަރާތްކޮށްފަ މި ބުނާ ގޮތަށް ވިސްނާލަބަލަ!!! ހުކުމްގަ ވަނީ ސިވިލް ސާވިސް ގަވައިދާ ޚިލާފުވެއްޖެ ނަމަ ވަކި ކުރެވިދާނޭ ވަޒީފާއިން!!! އެގަވައިދު ނުވާތަ އޭގް އެ މާއްދާއެއް ކިތައްމެ ދޯހަޅިޔަށް އޭގެ މާނަޔަކީ އެގޮތަށް އަމަލު ނުކޮށްފިނަމަ ވަކިކުރެވިދާނޭ!!! މީ ކިހާ ނުރައްކާތެރި ކަމެއްތޯ!!!!! މިސާލަކަށް މާދަން ސަރުކާރުން އެގަވައިދުގައި ހިމެނީ އޯ "އެވެނި މީހަކަށް " ވޯޓު ނުލާ" އެންމެން ވަޒީފާއިން ވަކިކުރާނަމޭ. އެހެންކަމުން އެހާލަތުގައި ވެސް މުވައްޒަފު ޖެހޭނީ އެމީހަކަށް ވޯޓު ދޭންތޯ ވަޒީފާ ބޭނުންނަމަ؟؟؟ ނޫނީ ވޯޓު ނުލީމަ ވަޒީފާއިން ކަނޑާލުން އެއީ އިންސާފުތޯ؟؟؟ ވިސްނާލަ ބަލަ އެ ވަޒީފާ އަދާކުރުމާއި ނުގުޅޭ ކަންކަން ގަވައިދުގައި ހުރެގެން ނުވާނެ. މިސާލަކަށް މާދަމާ ވެރިކަމަށް އަންނަ މީހުން ގަވައިދުގަ ލިޔަންވީދޯ ސިވިލް ސާވިސް މުވައްޒަވުންގެ ޔުނީފޯމް ކުލަޔަކީ ރީނދޫ ކުލަޔޭ، މީގެ ފަހުން އެންމެ އެކުލައިގެ ހެދުމެއްގައޭ ވަޒީފާއަށް ނިކުންނަން ވާނީ؟؟!!!! ދެން މިއާ ޚިލާފު ވީމާ އެވީ ވަޒީފާ އިން ކަނޑާލަން؟؟!! ހަމަ ޖެހޭ އުސޫލެއް ނޫނަ ދޯ މިއީކީ!
އަލީ
07 June 2017
ޤާނޫން އަސާސީގައި އޮންނަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އެއާ ހިލާފަށް ރާއްޖޭގަ ގާނޫންތަށް ނުހެދޭނެކަމަށް. އެހެންވީމަ ޓްރިބިއުނަލްއަކަށް ވެސް ތިގޮތަށް އަމުރު ނުކުރެވޭނެ