އަލްބޭނިއާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
21 ޖޫން 2016 - 14:07
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ރޫމޭނިއާ އަތުން 1-0 އިން މޮޅުވެ، ބައިނަލްއަގްވާމީ މުބާރާތެއްގައި އަލްބޭނިއާ ހޯދި ފުރަތަމަ މޮޅާ އެކު އެ ޓީމުގެ ކޮންމެ ކޮންމެ ކުޅުންތެރިޔަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރަން އަދި މުޅި ޓީމަށް އެއް މިލިއަން ޔޫރޯ ދޭން އެ ގައުމުގެ ރައީސް ނިންމަވައިފި އެވެ.
އެ މޮޅާ އެކު އަލްބޭނިއާ ގްރޫޕް އޭ ގެ ތިން ވަނައިގައި އޮތްއިރު، ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމުގެ ތެރޭ ހިމެނި ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
އަލްބޭނިއާގެ ރައީސް ވިދާޅުވީ ޓީމުގެ ކުޅުންތެރިންނަކީ އެ ގައުމުގެ އެމްބެސެޑަރުން ކަމަށާއި އެ ކުޅުންތެރިންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ. ސަރުކާރުގެ އިސް އޮފިޝަލުންނަށް ދޫކުރާ ޑިޕްލޮމެޓިކް ޕާސްޕޯޓާ އެކު، ދަތުރުކުރާއިރު ބޮޑެތި ފަސޭހަތަކެއް ލިބޭނެ އެވެ.
މުޅި ޓީމަށް ދޭ އެއް މިލިއަން ޔޫރޯގެ ބޯނަސްއާ އެކު ޓީމުގެ ކޮންމެ މެމްބަރަކަށް ހަތް ލައްކައެއްހާ ޔޫރޯ (1.3 މިލިއަން ރުފިޔާ) ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭމް
21 June 2016
ޜޯދަޔަށް ތިބެ މޮޔަ ނުވެބަލަ! 1 މިލިޔަން ޔޫރޯ އެއަކީ ބޯނަސް. ބޯނަސް އާ އެއްކޮށް މުސާރަޔާ އެއްކޮށް 700،000 ލިބޭ ވާހަކަ އެއޮތީ. ރަނގަޅަށް ކިޔާފަ ކޮމެންޓު ކޮށްބަލަ!
މޭސްތިރި
21 June 2016
1 މިލިއަން ޔޫރޯ މުޅި ޓީމަށް ބެހީމަ ކޮންމެ ކުޅުންތެރިޔަކަށް 7 ލައްކަ ޔޫރޯ ލިބެންޔާ ތިޓީމްގައި ތިބީ ކިތައް ކުޅުންތެރިންތޯ ސުވާލު އުފެދޭ
ނާފިޢު
21 June 2016
ހަތް ލައްކައެއްހާ ޔޫރޯ (1.3 މިލިއަން ރުފިޔާ) ތޯ؟؟؟؟؟ ހިސާބު ކުލާހުން ފާސްނުވާހެން ހީވަނީ.