11 ޖޫން 2017 - 11:08
ޓްރިޕޮލީ (ޖޫން 11) - ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދެ ވަނަ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ އަފޫއާއްމެއްގެ ދަށުން މިނިވަންކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ގައްޒާފީ އަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ސައިފް ވޭތުވެދިޔަ ހަ އަހަރެއްހާ ދުވަހު ހިފަހައްޓާފައި ވަނީ ޒިންޓާން ޓައުނުގައި ހަނގުރާމަވެރި ޖަމާއަތަކުންނެވެ. އަބޫބަކްރު އަލް ސިއްދީގު ބެޓެލިއަން އިން ބުނީ ހުކުރު ދުވަހު ސައިފް މިނިވަންކޮށްފައިވާ ކަމަށެވެ. އެކަމަކު އާއްމުންނަށް އޭނާ އަދި ފެނިފައެއް ނުވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ސައިފް މިހާރު ހުންނެވީ އިރުމަތީގެ ބޭދާ ސިޓީގަ އެވެ.
ސައިފް ހިފެހެއްޓި ޖަމާއަތުން ބުނެފައި ވަނީ އޭނާ މިނިވަން ކުރީ ލީބިއާގެ "ވަގުތީ ސަރުކާރުގެ" އެދުމުގެ މަތިން ކަމަށެވެ. ލީބިއާގެ އިރުމަތީގައި ގާއިމްކޮށްފައިވާ ސަރުކާރުން ވެސް ސައިފަށް ވަނީ މައާފް ދީފަ އެވެ. ނަމަވެސް ލީބިއާގެ ހުޅަނގުގައި ގާއިމްކޮށްފައިވާ ސަރުކާރުން ވަނީ ސައިފްގެ ޣައިރު ހާޒިރުގައި އޭނާ އަށް މަރުގެ ހުކުމް އިއްވައިފަ އެވެ.
ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް: ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އިން 2008 ވަނަ އަހަރު ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ކަމަށްވޭ. --ފޮޓޯ:ރޮއިޓާސް
ސައިފް ދޫކޮށްލި ކަމަށް މީގެ ކުރިން ހާމަކުރި ރިޕޯޓްތައް ފަހުން ވަނީ ދޮގުކޮށްފަ އެވެ.
ސައިފް ހައްޔަރުކުރީ ނޮވެމްބަރު 2011 ގައި ނައިޖަރަށް ވަޑައިގަންނަވަނިކޮށް ސަހަރާގެ ތެރޭންނެވެ. އަދި ފަހުން ވަނީ އޭނާގެ އިނގިލިތައް ބުރިކޮށްލާފައި ވަނިކޮށް ފެނިފަ އެވެ. އޭނާ ހައްޔަރުކުރީ ގައްޒާފީގެ ވެރިކަން ވެއްޓުނު ފަހުން ފިއްލަވައިގެން އުޅުއްވާތާ ތިން މަސް ފަހުންނެވެ.
އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަވާފައިވާ ކަމަށް ބުނެ ސައިފަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ވެސް ހޯދަން ބޭނުންވެފައިވާ މީހެކެވެ. އިންސާނިއްޔަތާ ޚިލާފު އަމަލުތައް އޭނާ ހިންގަވާފައި ވަނީ ލީބިއާ ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު ހިންގި ހަރަކާތްތަކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިންސާނިއްޔަތު
11 June 2017
އިންސާނިއްޔަތާ ޚިލާފު އަމަލުކުރަނީ އަރަބިންނެވެ. މުސްލިމުންނެވެ. މިނިވަންކަމަށް ޖިހާދުކުރާ މީހުންނެވެ. ކާފަރުން ޔަހޫދީން އެމެރިކާ މީހުން އެތައް ހާސް މުސްލިމުންނެއް އަނިޔާވެރިގޮތުގައި މަރަމުންދާއިރު އެއީ ހައްގެވެ. އިންސާނިއްޔަތެވެ. ގައްޒާފީ އާއި ސައްދާމު އަދި ބަޝީރު މެން އިންސާނިއްޔަތާ ޚިލާފުވަނީ މިބުނި އިންސާނިއްޔަތު ހާމަކުރާތީއެވެ.
ދިސްވޭ
11 June 2017
ލީބިޔާގެ ރައީސް ގައްޒާފީގެ ވެރިކަން ވައްޓާލުމުގެ ފަހަތުގައި ވެސް ތިބީ އެއީ އިރާނޭ މެންނެވެ. އަދި މިހާރު ލީބިޔާ ގައި ޑިވިޜަންސް ތައް އުފައްދާ އެކި ސަރަހައްދުތަކުގައި އަމިއްލަ މަގޫ ދަނޑި ސަރުކާރު އެކުލަވާލައިގެން އުޅޭ ކްރޭޒީ ޖަމާއަތް ތަކަކީ އެއީ މުޅިން ވެސް އިރާނަށް ނިސްބަތްވާ އިރާނުގެ ރިޕަބްލިކަން ގާރޑުން ފައިސާ އާއި ހަތިޔާރު ލިބޭ ޖަމާއަތް ތަކެވެ. މިކަމަށް ފެސިލިޓޭޓް ކުރަނީ ގަތަރުގެ ތެރޭން ނެވެ. ދެން ކޮބާ އިރާން ރަނގަޅު ވެފައި އަދި ގަތަރު ރަނގަޅު ވެފައި.
ނ
11 June 2017
ކަލޭ މޮޔަނުގޮވާ