އިމިގްރޭޝަންގެ މުވައްޒަފުންތަކެއް: އެތަނުގެ ޔުނިފޯމް ގަވާއިދު މިހާރު ބުނާގޮތުން ތުނބުޅި ދިގު ކުރުމާއި ފައި ކުރި ކުރު ކުރުމަކީ މަނާ ކަމެއް --ފޮޓޯ/އިމިގްރޭޝަން
22 ޖޫން 2017 - 13:22
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ތުނބުޅި ދިގު ކުރުމުން އެ މީހުން ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން އެ މުވައްޒަފުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
އިމިގްރޭޝަންގެ ހަތަރު މުވައްޒަފަކު މިދިޔަ ޖެނުއަރީ މަހު ވަޒީފާ އިން ވަކިކުރީ މިދިޔަ ސެޕްޓެމްބަރު މަހު އަމަލު ކުރަން ފެށި އިމިގްރޭޝަންގެ ޔުނިފޯމް ގަވާއިދުގެ ދަށުން، ތުނބުޅި ދިގު ކުރުމާއި ފަޓުލޫނުގެ ފައިކުރި ކުރު ކުރުން މަނާކޮށްފައި ވަނިކޮށް އެ މުވައްޒަފުން އެކަން ކުރުމުންނެވެ. އެ ގަވާއިދު އައުމާ އެކު ސެޕްޓެމްބަރު މަހު އެ މުވައްޒަފުންނަށް ވަނީ އެ މީހުން ވަކިކުރާނެ ކަން އަންގައިފަ އެވެ.
އެ މައްސަލަ އެ މުވައްޒަފުންގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅުމުން، އެ މުވައްޒަފުން ވަކިކުރީ ރަނގަޅަށް ކަމަށް ޓްރައިބިއުނަލުން ނިންމީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން އެ މުވައްޒަފުންގެ ފަރާތުން ހުށަހެޅީ އިއްޔެ އެވެ.
ޓްރައިބިއުނަލްގެ ނިންމުމުގައިވަނީ ސިވިލް ސާވިސްގެ ގަވާއިދުތަކާ ޚިލާފްވުމަކީ ވަޒީފާ އިން ވަކި ކުރެވިދާނެ ސަބަބެއް ކަމަށް ސިވިލް ސާވިސް ގާނޫނުގައި ބުނާ ކަމަށާއި އެ މުވައްޒަފުން ވަކިކުރީ ރަނގަޅަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުމަދު
23 June 2017
ދީނީ ގޮތުން ހުކުން އޮންނަ ގޮތް ނޭގެންޔާ އޮޅުން ފިލުވާނީ...ކޮމެންޓް ކުރާއިރު ތިކިޔާ އެއްޗެތި ރައްދުވަނީ ރަސޫލު ﷲ ގެފާނަށް ނޫންބާ...
ޑރ
23 June 2017
ފިތުރީ ސުންނަތާއި ޝަރުޢީ ސުންނަތުގެ ތަފާތު ޝަރުޢީ ޙުކުމްތައް އެނގޭ އިލްމުވެރިޔަކު ސާފުކޮށްދީބަލަ!
ޚި
23 June 2017
ސޯޓާ ޓީޝާޓު މިނީ ސްކާޓް މޫނުބުރުގާ ޕަޓާނީ ކުރުތާ ލައިގެންވެސް ދެވެންޖެހޭނެތާ.
ޢަބްދުﷲނާފިޒު
23 June 2017
ފޮޓޯގެ ކުރީސަފުގަ ހާދަ ފަސްބައި ހުތުރު ބަޔަކު އެބަ ތިއްބޭ،
ކާކު
22 June 2017
ތުނބުޅިހެއްޓެންޖެހޭ. ފައިކުރިވެސް ކުރުކުރެވޭނެ. ނޭގޭކޮންމެ ކަމަކީ ނެތްކަމަކަށް ނުވާނެ. ދެންއޮތީ ކޮންމެގޮތަކުން ބެލިއަސް ތިޔައޮތީ ބައެއްގެ ހައްގަކަށް އަރައިގަނެވިފަ.
ސަންގު
23 June 2017
ތުނބުޅި ބަހައްޓަން ޤަވާއިދުގަ ބުނޭ މިންވަރެއް. ފަޓުލޫނުގެ ފައިކުރިވެސް ބަހައްޓަން ޤަވާޢިދުގަ ބުނެފަ އޮވޭ ފައިކުރިވެސް ހުންނަންޖެހޭ ވަރު. ކުރިން އުޅުނީ ތުނބުޅި ބަހައްޓަން ހުއްދަ ނުލިބިގެން. ހުއްދަ ލިބުނީމަވެސް ޝުކުރު ނުކުރެވިގެން ނުފުދިގެން ހައްދުން ނެއްޓީމަ ކީއްތޯކުރާނީ!!!!
އާނދޮގޭ
22 June 2017
ދެންވެސް މަޑުންތިބޭވޭތޯ ބަލާތި. ދިވެހިރައްޔިތެއްކަން އަންގާދޭ ކާޑާ ޕާސްޕޯރޓާ ވެސް އަތުލަފާނެ.
ނިކަމެތި
22 June 2017
ފަޓުލޫނުގެ ފައިކުރި މި ބުރިކުރަނީ ކީއްވެތަ؟ ޢަދި ތުންބުޅި ދިގުކުރަނީ ކީއްވެތަ. މިވެސް ހަބަރުގަ އަންގައިދޭން ޖެހޭ ބައެއް.
ނަޖާހު
22 June 2017
ސާފު ތާހިރު ކުރަންވެސް އުންދަގު ވާނެ ބޮޑެތި ތުންބުޅި ބެހެއްޓީމަ، ކޮންމެހެން ހާބީ ހެދިގެން ވަޒީފާޔައް ނުދިޔަކަސް ކޯކޭ.
ބުރޯ
22 June 2017
ޔުނީފޯމް ގަވާދައް އިހްތިރާމް ނުކުރެވޭނަމަ ކެޑިގެން ދާންވީ
ރަދީފް
22 June 2017
އަޅާނެ ގޮތަކަށް ހެދުން އަޅައިގެން މާލޭގެ މަގުމަތީގަވެސް އަދި ''ބައެއް އޮފީސް'' ތަކިގަވެސްއުޅެވޭ. ނަމަވެސް ކީރިތި ރަސޫލާގެ ސުންނަތުގަ ހިފީމަ ވަޒީފާއިން ވަކިކޮށްފަގެއަށް. 100 ޕަސެންޓް ދިވެހިރާއްޖެއަށް މަރުހަބާ. .ވވެދުން
އަލީ
23 June 2017
މިއީ 6 ވަނަ ގަރުނުތަ؟
އަލި އަސް
23 June 2017
މިދީން ފުނުއްވި އިރުގައި އަންގަވާފައވާ ގޮތަށް މިއަދުވެސް އުޅެން ޖެހޭނީ. ޖާހިލުންގެ ޖާހިލުކަން. މިމިީހުންނށް ރަނގަޅަށް ސޫރަތުލްފާތިހާ ކިޔަން ނޭނގޭ ބަޔެކޭ ތުނބުޅު ބެހެއްޓީމަ އެއްޗިސް މިކިޔނީ