ކުޅިވަރު / ވެޓަރަންސް ކަޕް

މާޒިޔާ ބަލިކޮށް ނިއު އިން ވެޓެރަންސް ކަޕް ދިފާއުކޮށްފި

ނިއުގެ ކުޅުންތެރިން މުބާރާތުގެ ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެޓެރަންސް ކަޕްގެ ފައިނަލުގައި މިއަދު މާޒިޔާގެ މައްޗަށް 2-1 އިން ކުރިހޯދައި ނިއު ރޭޑިއަންޓުން މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

މިއީ ނިއު އިން މި މުބާރާތް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ނިއު އަށް ލީޑު ނަގައިދިނީ މި މުބާރާތުގައި އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ހުރިއްޔާގެ ކުރީގެ ކުޅުންތެރިއާ ހުސްނީ އަބްދުއް ރަހްމާން އެވެ. މާޒިޔާ އަށް އެއްވަރުކޮށްދިނީ އަހުމަދު ނާޝިދު (ނާދު) އެވެ.

ދެ ޓީމުގެ ފަރާތުން ވެސް މި މެޗުގައި މާ ގިނަ ހަމަލާތަކެއް ފެނިފައިނުވެ އެވެ. ދެ ޓީމުން ވެސް މަސައްކަތްކުރީ މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން އެޓޭކުކުރުމަށެވެ. ނިއު އަށް ދެ ވަނަ ހާފްގައި ލީޑުނަގައިދޭން އެ ޓީމުގެ ކެޕްޓަން އަލީ ޝަމީމް (އައްޔަ) ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް މާޒިޔާގެ ގޯލްކީޕަރު އަދި އެ ޓީމުގެ ކެޕްޓަން މުހައްމަދު ޝިނާން (ނާނި) ވަނީ މަތަކޮށްފަ އެވެ.

އެހެން ނަމަވެސް އޭގެ ފަހުން އައްޔަ ވަނީ ނިއު އަށް އަލުން ލީޑުނަގައިދީފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަބްދުﷲ ވަހީދު (ބިންމާ އައްލޯ) ނަގައިދިން ހިތްގައިމު ހުރަހަކުން އައްޔަ މި ލަނޑު ޖެހީ ބޮލުންނެވެ.

ނިއު އިން ލީޑުނެގުމުން މާޒިޔާ އިން ކުރިއަށް ޖެހިގެން ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އެ ޓީމުގެ މެދުތެރެއިން އަހުމަދު ނާޒު (އާކޭ)ގެ ފަރާތުން ގިނަ ބޯޅަތަކެއް ކުރިއަށް ގިނަ ބޯޅަތަކެއް ކުޅުނުއިރު އިސްމާއިލް މުހައްމަދު (އިއްސޭ) އާއި މުހައްމަދު ޝާޒްލީ (ޝާޒް) އަށް އޭގެ ބޭނުން އެންމެ ފުރިހަމަ އަށް ނުހިފުނެވެ.

މެޗަށް ފަހު ނިއުގެ ކެޕްޓަން އައްޔަ ބުނީ މުބާރާތުގެ ފެށުން ދަށްވި ނަމަވެސް ކުރި ހިތްވަރުން ޗެމްޕިއަންކަން ލިބުމުން ކުރެވޭ އިހުސާސް އެތައް ގުނައަކަށް ބޮޑުވާ ކަމަށެވެ.

ފައިނަލް މެޗުގެ ޝަރަފްވެރި މެހުމާން ކުރީގެ ކުޅިވަރާ ބެހޭ މިނިސްޓަރު ޒާހިރު ހުސެއިން (ކ.3) އަށް މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ނިއުގެ އައްޔަ (ވ.2)އާ ޓްރޮފާ ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ހަގީގަތުގައި އެހާ ޕްރެކްޓިސްއެއް ނެތި މުބާރާތަށް ނުކުތީ. އެހެންވުމުން ފުރަތަމަ މެޗުތައް ގެއްލުނީ. ދެން ޕްލޭއޮފުން މޮޅުވި ހިސާބުން އަޒުމްކަނޑައެޅީ ދެ ވަނަ ބުރުގެ އެއް ވަނަ ހޯދައިގެން ދެން ކުރިއަށްދާން. ދެން ފުރަތަމަ ސެމީ އަށް ނުކުތްއިރު ވަރަށް އަނިޔާގެ މައްސަލަ ދިމާވެފައި އޮތީ. އެކަމަކު އެންމެ ފަހު ވަގުތާ ޖެހެންދެން ހިތްވަރުއެލުވާ ނުލައި ކުޅެގެން މިއޮތީ ކާމިޔާބުވެފައި،" އައްޔަ ބުންޏެވެ.

އެހެން އަހަރުތަކެކޭ ހިލާފަށް މި ފަހަރު މާޒިޔާ އިން މި މުބާރާތަށް ނުކުތީ ވަރުގަދަ ޓީމަކާ އެކު އެވެ. އެ ޓީމުގެ ކެޕްޓަން ނާނި ބުނީ ތަށްޓަށް އަމާޒުކޮށްގެން މި ފަހަރު ނުކުމެގެން ޖުމްލަކޮށް އެ ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"ވެޓެރަންސްގައި ދުވަހަކު ވެސް ވަރުގަދަ ނުކުރާވަރަށް މާޒިޔާ މި ފަހަރު ނުކުތީ ތައްޔާރުވެގެން. އަސްލު ބޭނުންވީ ތަށި ހޯދަން އެގޮތަށް ތައްޔާރުވީ ވެސް. ހަގީގަތުގައި ފައިނަލުގައި ދަށްކޮށް މިދިޔައީ. އެކަން ގަބޫލުކުރަން ޖެހޭ. ދެން ކުޅިވަރުގައި އޮންނާނީ މޮޅާއި ބަލި. ދެން އޮތީ ހިތްވަރުކޮށްގެން އަންނަ އަހަރު ވެސް ނުކުތުން،" އޭނާ ބުންޏެވެ.

މާޒިޔާގެ އިއްސޭ (ކ) އާއި އާފިއު (ވ) ކައިރިން ނިއުގެ އިއްޝާގު (މ) ބޯޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ މިދިޔަ އަހަރުގެ މުބާރާތުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ނިއުގެ އައްޔަ އެވެ. އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ ކޯޗު ހަސަން ހަމީދު (ޑަކޭ) އެވެ. ފެއާ ޕްލޭ ކުޅުންތެރިއަކީ މާޒިޔާގެ ނާދު އެވެ.

މުބާރާތުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކީޕަރަކީ ނާނި އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ނިއުގެ އަލީ ރިޒާ ހޮވުނުއިރު، އެންމެ މޮޅު މިޑްފީލްޑަރަކީ މާޒިޔާގެ އާކޭ އެވެ. އެންމެ މޮޅު ފޯވަޑަކީ ނިއުގެ އައްޔަ އެވެ.

ފަންސާސް އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެލެންސިއާގެ ޑިފެންޑަރު އަބްދުލް ރައްޒާގު އިބްރާހިމް އެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވުނީ މާޒިޔާ އެވެ.

ކުރިން އެފްއޭއެމުން މި މުބާރާތް ބޭއްވި ނަމަވެސް ފަހަކަށް އައިސް މި މުބާރާތް ބޭއްވީ އެކި ފަރާތްތަކުންނެވެ. މީގެ ކުރިން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފާއިތުވި ދެ އަހަރު ބާއްވާފައިވަނީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެލެންސިއާ އެވެ. އެ ޓީމު ވަނީ މި މުބާރާތުގެ ތަށި ހަތަރު ފަހަރު އުފުލާލައިފަ އެވެ.

3 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަފޯޓަރ

24 June 2017

އެހެންވެ މަބުނަނި ނިއުއަކީ ތަފާތު ޓީމްކޭ. މަ އޭރުވެސް ބުނީ މެންނު މި ފަހަރު ޗެންފިއަންކަށް ނަގާނި ނިއު އޭ. ވެލެންސިޔާ ކިތައްމެ ބައިވަރު މަންސޫރު ކުޅުންތެރިން ލައިގެން ނިކުތަސް އޯކޭއޭ. އެހެން ނަކުން ނޫންތަ މިވީ އީސާ އަޅެ ބުނެބަލަ ..އިންތިފާގުން ނަމަވެސް މި އޮތީ ދިމާވެފަ..

The name is already taken The name is available. Register?

މުލޭ

24 June 2017

ކޮބާތަ ތިބިހާ ބަޔަކު ވިއްޔާ ލައިގެން ތަށި ހޯދަށް ނިކުން ވެލެއްސިޔާ. މާގާމް ގަޑެއްވެސް ނުލިބުނި ދޯ.

The name is already taken The name is available. Register?

އާރީ

24 June 2017

ސާބަހޭ ނިއުގެ ލިޖެންޓުންނަށް. ކަމޯން ހާދަ އުފާ ވެއްޖޭ. ސުކުރިއްޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454