އެސްބީއައިގެ މޮބައިލް ބޭންކިންގެ ހިދުމަތް ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ބައިވެރިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
06 ޖުލައި 2017 - 22:19
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ރާއްޖޭގައި މޮބައިލް ބޭންކިންގެ ހިދުމަތް މިރޭ ތައާރަފް ކޮށްފި އެވެ.
ރާއްޖޭގައި ހިންގާ އެންމެ ގިނަ ދުވަސްވީ ބޭންކުން މޮބައިލް ބޭންކިންގެ ހިދުމަތް ތައާރަފް ކުރުން އޮތީ މިހާރު ކުރި އަށް ދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގަ އެވެ. އެ ހިދުމަތް ތައާރަފް ކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ.
އެ ބޭންކުގެ އިސް އޮފިޝަލަކު "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ބޭންކުން ތައާރަފްކުރި ހިދުމަތް މެދުވެރިކޮށް އެ ބޭންކުގެ ކަސްޓަމަރުންނަށް އެސްބީއައިގެ ކޮންމެ ކަސްޓަމަރަކަށް ވެސް ފައިސާ ފޮނުވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ ކޮންމެ ބޭންކެއްގެ އިތުރުން އިންޑިއާގައި ހުންނަ އެސްބީއައިގެ ކޮންމެ ބްރާންޗެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ވެސް ފައިސާ ފޮނުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ކަސްޓަމަރުންނަށް ވަރަށް ފަސޭހައިން ފައިސާ ފޮނުވުމުގެ އިތުރުން އެކައުންޓް ބެލެންސާއި އިތުރު ހިދުމަތްތައް ވެސް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ހިދުމަތެއް. މިހިދުމަތުގެ އެޕްލިކޭޝަން އެޕް ސްޓޯރުގެ އިތުރުން ގޫގުލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑު ކުރެވޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެސްބީއައިގެ މޮބައިލް ބޭންކިން މެދުވެރިކޮށް ދުވާލަކު 10،000 ޑޮލަރު (154،200ރ) އަށްވާ ފައިސާ ޓްރާންސްފާ ކުރެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަަސަން
07 July 2017
ބަލަގަ އިންޓްރެސްޓް ރޭޓެެއް ނޫނޭ ދަށް ކުރަންވީކީ! ދަށް ކޮށް ނުވަތަ އުވާލަންވީ ތި ފުރަތަމަ ނަނގާ %20 އެއީ މައްސަލަ އަކީ!
އިބްރާހީމް
07 July 2017
ހުސްދޮގު ތިިިިީވަރަށް ޚިދުމަތުގެ ފެންވަރުދައްތަނެއް އަހަރެންގެ ޗެކްފޮތްހުސްވެގެން އުޅޭތާމިހާރު 4މަސްދުވަސް އަދިލިބޭނެދުވަހެއްނޭނގޭ ސަހުލާ3323751 މިނަންބަރައްގުޅީމާ ލިބޭނޭބުނަނީ ދުވަހަކުވެސް ޖަވާބެއް ނުލިބޭ އަދިވެސް މީހުންގެލޮލުގާ މަކަރާ ހިލަތުގެ ފޭރާމުން އޮޅުވާލާ
އުދުހޭ
07 July 2017
އަދި ތަންކޮޅެއް އަވަހެއްނޫންތޯ؟ ލޮލް
ހަހުރަ
06 July 2017
އުފާވެރި ޚަބަރެއް!! މިހާރު ދެން މިއުފުލާ ބުރަޔާއި ތުރާތައް ތަންކޮޅެއް ލުއިވެގެންދާނެ!! އެކަމަކު މީގެ ހަގީގީ ކޮލިޓީ ފެނިގެންދާނީ މިއެޕް ބޭނުންކުރަން ފެށީމަ! މިއީ ރާއްޖޭގަ މާލެ ފިޔަވައި އެހެން ރަށްރަށުގައި ތިބި ފަރާތްތަކަށް ލިބިގެންދިޔަ ފަސޭހައެއް!! ޚާއްސަކޮށް މާމިގިއްޔާ މާމިގިލި ކައިރީގާވާ ރަށްތަކާ ރިސޯޓުތަކުގައި ތިބި ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް މީ!! އިރުއިރުކޮޅާ އޮފް ނަގައިގެން މުސާރަ ކޮޅު ނަގާށާ ކާޑުޖަހައިގެން ބެލެންސް ބަލަން ބޮޑު ފަޅެއް ހުރަސްކުރުމުގެ ބުރަކަން ލުއި މިވީ!!
މުހައްމަދު
07 July 2017
އެސްބީ އައިން އިންޓަނެޓް ބޭންކިން ޙިދްމަތް ދޭތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާ އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސްފާ ކުރެވޭ. ބީއެމްއެލް އަށް ވެސް.،
ޗާލާ
06 July 2017
އެަހެން ދާ ރަނާ..