ލޯ އިންސްޓިޓިއުޓުން ނެެރުނު ދެ ފޮތުގެ ތެރެއިން އެއް ފޮތް މުއިއްޒު ނެރެ ދެއްވަނީ
11 ޖުލައި 2017 - 13:21
ރާއްޖޭގެ ބިމާ ބެހޭ ގާނޫނާއި ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނާ ބެހޭ ގޮތުން މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ދެ ފޮތެއް ރޭ ނެރެފި އެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ލިޔުއްވާފައިވާ "ދިވެހި ރާއްޖޭގެ ބިމާ ބެހޭ ތަރުތީބު" ނެރެ ދެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ. މަރިޔަމް މަނާލް ޝިހާބް ލިޔުއްވާފައިވާ "މޯލްޑިވްސް އެމްޕްލޮއިމެންޓް ލޯ" ނެރެދެއްވީ ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.
ސުއޫދު ވިދާޅުވީ ބިމާ ބެހޭ ގާނޫނާ ބެހޭ ގޮތުން ލިޔުއްވި ފޮތުގައި ރާއްޖޭގެ ބިމާ ބެހޭ ކަންކަމުގައި އަމަލު ކުރަމުން ދިޔަ ގޮތްތައް ބެލުމަށް، ކުރީގެ އެކި ރަސްރަސްކަލުން ލިޔުއްވާފައިވާ 800 އެއްހާ ފަތްކޮޅު ދިރާސާކޮށް، ނެންގެވި މައުލޫމާތު ހިމެނުއްވި ކަމަށެވެ. އަދި ބިމާ ބެހޭ އެކި ކަންކަމުގައި ކޯޓުތަކުން ނިންމާފައިވާ ހާހެއްހާ ގަޒިއްޔާގެ މައުލޫމާތު ވެސް އެ ފޮތުގައި ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
ލޯ އިންސްޓިޓިއުޓުން ނެެރުނު ދެ ފޮތުގެ ތެރެއިން އެއް ފޮތް ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ނެރެ ދެއްވަނީ
"ގާތްގަނޑަކަށް 10 ވަރަކަށް އަހަރުގެ މަސައްކަތެއް މި ފޮތަކީ. ޖުމްލަ 42 ޗެޕްޓާގެ މައްޗަށް އެކުލެވޭ މި ފޮތުން ރާއްޖޭގެ ބިމާ ބެހޭ ކަންކަމުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ،" ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަނާލް ލިޔުއްވި "މޯލްޑިވްސް އެމްޕްލޮއިމެންޓް ލޯ" ގައި ވަޒީފާ އަދާކުރާ ފަރާތުގެ ހައްގުތަކާއި ވަޒީފާ ދޭ ފަރާތުގެ ހައްގުތަކާއި އެ ފަރާތުގެ މަސްއޫލިއްޔަތުތަކާއި ވަޒީފާއާ ބެހޭ ގޮތުން ރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތައް ވެސް ހިމެނޭނެ އެވެ.
އެ ދެ ފޮތް މޯލްޑިވްސް ލޯ އިންޓިޓިއުޓުން ދަނީ ވިއްކަމުންނެވެ.
މީގެ ކުރިން ވެސް ލޯ އިންސްޓިޓިއުޓުން ވަނީ އެކި ކަންކަމުގައި ގާނޫނީ މައުލޫމާތު ހިމެނޭ ފޮތްތައް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖައިންޓް
12 July 2017
ވަރަށް މުހިއްމު ފޮތެއް ޝުކްރިއްޔާ
ބަދަލުވަނީ..
11 July 2017
ކަލޯ "މޯލްޑިވްސް އެމްޕްލޮއިމެންޓް ލޯ" ގައި ވަޒީފާ އަދާކުރާ ފަރާތުގެ ހައްގުތަކާއި ވަޒީފާ ދޭ ފަރާތުގެ ހައްގުތަކާއި އެ ފަރާތުގެ މަސްއޫލިއްޔަތުތަކުގެ ވާހަކަ ހިމެނެންޏާ ތި ފޮތް މީރާ ކުދިން ކިއުން މަނާވާނެ. މީރާއަށް ތިފޮތް ވެއްދުންވެސް މަނާކޮށްފާނެ. އެމީހުންނަކަށް ނޯވޭ ވަޒީފާ އަދާކުރާފަރާތުގެ ހައްގެއް ވަޒީފާ ދޭ ފަރާތުގެ މަސްއޫލިއްޔަތެއްވެސް.. މިވާހަކަ އެތާ އިސްވެރިއެއްކައިރީ ދެއްކީމަ ބުނީ ކެނޑިގެން ގާނޫނާ އެއްގޮތަށް އުޅޭތަނަކަށް ދާންވީނޫންހޭ.. ސިވިލް ސާރވިސްއަށް ދާންވީނޫންހޭ.. މިހިރީ ހާލަތު
އިބްރާހިމް ނަފީސް، ސ. ހިތަދޫ
11 July 2017
ރާއްޖޭގައި ޓޫރިސްޓް ރިސޯޓު ހެދުމަށް ފަޅުފަޅުން ބިންހިއްކުމަކީ އެއްވެސް ގާނޫނަކުން ހުއްދަދޭ ކަމެއް ނޫން ކަމަށް ލިޔެފައިވޭ. އަދި މި ބޮޑު ފޮތުގައި އެއްވެސް އިނގިރޭސި ބަހުގެ ލަފުޒެއް ނެތް. ފޮތް ލިޔެފައިވަނީ ފުރިހަމަ ދިވެހި ބަހުން.
Gan Island
11 July 2017
މަޝްހޫރު ޤާނޫނީ ވަކީލު ހުސްނު އަލް ސުޢުދު ލިއުއްވާފައިވާ ފޮތުގައި ''ދައުލަތުން ދިރިއުޅުމަށް ދޫކޮށްފައިވާ ބިން'' ލާ ޖެއްސޭނެ އުސޫލު އަދި ޓެކްސް ޤާނޫނަށް ފުރަގަސް ދިނުމަށް ގޯތި ލާޖެއްސުމަކީ މަނާ ކަމެއްނަމަ އެކަމުގެ ތަފުސީލް ހަމަނުއްވާފައި ވާނެ ކަމަށް ހީކުރަން.
ސަލީމު
11 July 2017
ހިމަނާފައިވޭ!