ކުޅިވަރު / ސޮބާހު މުހައްމަދު (ސޮބާ)

މާޒިޔާއަކީ އަދިވެސް އެންމެ ވަރުގަދަ ޓީމު: ސޮބާ

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފާއިތުވި މެޗުތަކުގައި މާޒިޔާގެ ނަތީޖާ އެހާ ރަނގަޅު ނުވިޔަސް އެ ޓީމަކީ އަދިވެސް އެސްޓީއޯ މާލޭ ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށް އެ ޓީމާ ދެކޮޅަށް މާދަމާ ހަވީރު ނުކުންނަ ގްރީން ސްޓްރީޓްސްގެ ކޯޗު މުހައްމަދު ސޮބާހު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

މާޒިޔާ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ 12 މެޗުން 26 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިއު އޮތީ 12 މެޗުން 25 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އީގަލްސް އާއި ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 12 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ.

ސޮބާ ބުނީ ސީޒަނާ ކުރިމަތިލިއިރު ވެސް މިއީ ވަރަށް ބޮޑު ޗެލެންޖެއް ކަން އެނގޭ ކަމަށާއި މިހާ ހިސާބަށް ކުރެވުނު މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"ފުރަތަމަ ނުކުތްއިރު ވެސް އަޅުގަނޑު ބުނިން ވަރަށް ބޮޑު ޗެލެންޖަކަށޭ މި ނުކުންނަނީ. އާ ޓީމެއް ވީމަ. ދެން މިހާތަނަށް ނުކުތް މެޗުތަކަށް ބެލީމަ އިނގޭނެ. އެއްކަލަ ގަދަ ހަތަރެއްގައި އޮންނަން ޖެހޭނެއޭ ކިޔާ ޓީމުތަކެއް އެބައުޅޭ. ހަގީގަތުގައި އެ ޓީމުތަކަށް ގަދަ ހަތަރަކަށް ނުވަދެވިގެން މި އުޅެނީ ގްރީން ސްޓްރީޓްސް އޮތީމަ،" ސޮބާ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ޔުނައިޓެޑް ވިކްޓަރީ އަތުން 3-0 އިން ލިބުނު މޮޅާ އެކު ޓީމުގެ ހާލަތު ރަނގަޅުވެއްޖެކަން ސޮބާ ވަނީ ފާހަަގަ ކޮށްފަ އެވެ.

"ވިކްޓަރީ މެޗުން ބަލިވެފައި ޔޫވީ އަތުން މޮޅުވުމަކީ ޓީމަށް ލިބުނު ހިތްވަރެއް. ރަނގަޅު ގޭމެއް ކުޅެ ރަނގަޅު ނަތީޖާއެއް ނެރެވުމަކީ މާޒިޔާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު ޓީމުގެ ކޮންފިޑެންސް ރަނގަޅުވާނެ ކަމެއް،" ސޮބާ ބުންޏެވެ.

ލީގުގެ ފުރަތަަމަ ބުރުގެ ހުރިހާ މެޗަކުން މާޒިޔާ މޮޅުވި ނަމަވެސް ދެ ވަނަ ބުރުގައި އެ ޓީމު ވަނީ ދެ މެދުން ބަލިވެފަ އެވެ. އެއީ ގްރީން ސްޓްރީޓްސްއާާ އެންމެ ގާތުން ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ އީގަލްސް އާއި ވިކްޓަރީ އަތުންނެވެ.

ސޮބާ ބުނީ މި މެޗަށް ނުކުންނައިރު އެޑްވާންޓޭޖެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ދެ ބައްޔެއް ވެފައި އޮތް ނަމަވެސް އަދިވެސް އެންމެ މޮޅު ޓީމަކީ މާޒިޔާ. މިސާލަށް އޭއެފްސީ ކަޕާއި އެހެން މެޗުތައް ގާތްގާތުގައި ކުޅުމުން ރިކަވަރީ އަށް ވަގުތު ނަގާނެ. އެކަމަކު އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް ވިސްނަންވީ މިއީ މުޅިން އާ މެޗެއް ކަން،" ސޮބާ ބުންޏެވެ.

ގްރީންގެ ރިޒުހާން (ވ) ކައިރިން ނިއުގެ ނުހާދު ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަސަދުﷲ އާއި ކޮވަސެވިޗް ނެތުމަކީ އެޑްވާންޓޭޖެއް ނޫން. އެއީ އެތަނަށް ބަދަލުގައި ކުޅެން އަރާނީ ގައުމީ ޓީމު ފެންވަރުގެ ކުޅުންތެރިއެއް. އެ ކުޅުންތެރިއަކު ބޭނުންވާނެ ކޯޗުގެ އިތުބާރާ އެކު ފުރަތަމަ އެގާރައިން ޖާގަ ދަމަހައްޓަން ވެސް މޮޅަށް ކުޅެން."

މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ވަނީ ގްރީން ސްޓްރީޓްސްގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިން އެބަތިބި ކަމަށާއި މި ހާތަނަށް ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު އެ ޓީމަކީ އާދައިގެ ޓީމެއްގެ ގޮތުގައި ނުދެކޭ ކަމަށް ބުނެފަ އެވެެެ. ސޮބާ ބުނީ އޭނާ ޓީމު އެކުލަވާލިއިރު ތަޖުރިބާހުރި ކުޅުންތެރިން ގެނައީ ވެސް އަލަށް ވާދަކުރާ ޓީމަކަށް އޭގެ މުހިއްމުކަން ބޮޑުވުމުން ކަމަށެވެ.

"އަޅުގަނޑު ޓީމު އެކުލަވާލިއިރު ވެސް ވިސްނިން ތަޖުރިބާ ހުރި ކުޅުންތެރިންނަށް. މިސާލަކަށް ބާކީވެފައި ތިބި ކުޅުންތެރިންނަށް. އެ ކުޅުންތެރިން ހިމަނައިގެން ޓީމު އެކުލަވާލުމުން އެ ކުޅުންތެރިންގެ ހިތްވަރުން ސާބިތުކޮށްދީފި އެ ކުޅުންތެރިންގެ ފެންވަރު. އަޅުގަނޑު ހައިރާނެއް ނުވާނެ މިހާރު މިސާލަކަށް އައްމަޑޭ އެ ހުރި ލެވެލްގައި ގޮސް މާޒިޔާގައި މޮޅަށް ކުޅުމަކުން. އެއީ އެ ހިތްވަރު އެ ކުޅުންތެރިން ދައްކައިފި،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ ގަދަ ހަތަރަކުން އެ ޓީމަށް ޖާގަ ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އެކަން ހާސިލްނުވެ ދިޔަސް ކުރެވުނު މަސައްކަތާ ބަލާ މާޔޫސްނުވާނެ ކަމަށެވެ.

"މި ހިސާބުން ގްރީން ސްޓްރީޓްސް ކައްސާލި ނަމަވެސް ހަމަ ގައިމުވެސް ގްރީން ސްޓްރީޓްސްއާ މެދު ދެކޭ ގޮތް ތަފާތު ވެއްޖެ. ހަގީގަތުގައި ސީޒަން ފެށުނު އިރު ގްރީން ސްޓްރީޓްސް ރޭންކްކުރީ ހަތް ވަނަ ޓީމުގެ ގޮތުގައި މީޑިއާ އިން ވެސް. އެކަމަކު މިހާރު އެހެން ނޫން ކަންނޭނގެ. އެއީ އެފްއޭ ކަޕް ކަހަލަ މުބާރާތެއްގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެނަމަ ފަސޭހަކޮށް ނުނަގާނެ އެއް ޓީމަކުން ވެސް،" ސޮބާ ބުންޏެވެ.

ފުރަތަމަ ބުރުގައި މާޒިޔާ އަތުން ގްރީން ސްޓްރީޓްސް ބަލިވީ 3-0 އިންނެވެ. އެ މެޗުގައި ތިން ލަނޑު ވެސް މާޒިޔާ އިން ޖެހީ ދެ ވަނަ ހާފްގަ އެވެ. ސޮބާ ބުނީ އެ މެޗު ގެއްލުނީ ހެދުނު ކުދިކުދި ގޯސްތަކަކުން ކަމަށާއި މިއަދުގެ މެޗަށް ނުކުންނާނީ އެކަންތައްތަކަށް ވިސްނުމަށް ފަހު ކަމަށެވެ.

މާޒިޔާ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ ހަވީރު 4 ޖަހާއިރު އެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިއުދަކިންގް

13 July 2017

ހިތުން ނިއުއަށް ދެރަކުރާނަމޭ ހިތާ ދޯ ތިހެން ތިޔަ ބުނީ... ހާހެއެް ނުވޭ ތިހެން އުޅުނު ސުޒޭނުވެސް ކުރިން ނިކަން ބަލާބަލަ މިހާރު ނިއުއަށް ވުރެއް ގާތް ޓީމެއް އޭނާއަށް ނޯންނާނެ ވިކްޓަރީ ނަގާފަ.. ސޮބާމެން ވެސް އަދި ހަމަ ބިމަށް އަންނާނެ.. ކޮންމެ އެއްޗެއް ކިޔަސް މިރާއްޖޭގެ އެންމެ ކަމިޔަބު ޓީމަކީ ނިއު އަދިވެސް..

The name is already taken The name is available. Register?

އީދު ޖަމީލާ

12 July 2017

ނިއު. މާޒިޔާ. އީގަލުސް. ވިކުޓަރީ. ފްރެމިޔާލީގު ކުޅޭނެ ޓީމްތައް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454