ރިޕޯޓް / ސުޕްރީމް ކޯޓް

ގާނޫނުއަސާސީ މިއަދު ބިންމަތީގައި!

ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހު، ރައީސް ޔާމީންގެ އިންތިޒާރުގައި: ދެ ބާރު މިހާރު އޮތީ އެކުވެ މަސްހުނިވެފައި

ރައްޔިތުންގެ މަޖިލިހުގެ އެތެރޭގެ ކަމެއްގައި، އަދި މުހިންމު ވޯޓަކާ ދިމާކޮށް، ސުޕްރީމް ކޯޓުން އެ ހުކުމް ނީންވި ނަމަ މިއަދަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ބޮޑު ދުވަހެކެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ރައްޔިތުންގެ މަޖިލިސް މިއަދު މިވަނީ "ރޫޅާލައިފަ" އެވެ. މެޖޯރިޓީގެ ބާރު ކަނޑުވާލައި، މައިނޮރިޓީ އަށް ބާރު ލިބިފަ އެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމުގައި، އެ ބާރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު މިއަދު ނުބޭއްވުނީ ދެ ވަނަ އެހެން ސަބަބެއް އޮވެގެންނެއް ނޫނެވެ؛ ސަރުކާރުން ބޭނުންވުމުން ސުޕްރީމް ކޯޓުން ހުކުމަކާ ހަމައަށް ގޮސް، މެޖޯރިޓީ މެމްބަރުން މައްސަލައެއް ހުށަހެޅުމުން، އެކަމާ މެދު ގޮތެއް ނުނިމި ލަސްވުމެވެ.

ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވި މިސްރާބުން މަސީހު އަނެއްކާވެސް މިއަދު ސަލާމަތްވެވަޑައިގެންފި އެވެ. އެކަމަކު މަޖިލިހުގެ އަމީންއާންމު ކުރިން ނެރުއްވި ނޯޓިސްއާ އެއްގޮތަށް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ނުބާއްވަން ނިންމި ނިންމުމާއި އޭގެ ކުރި އާއި ފަހުން ހިނގައިދިޔަ ހުރިހާ ކަމެއް، ރާއްޖޭގެ ތާރީޚުގައި ލިއެވޭނީ، އަދި ލިއަން ޖެހޭނީ، ގާނޫނުއަސާސީ އާއި ބައެއް ގާނޫނުތަކާއި ރައްޔިތުންގެ މަޖިލިހުގެ ގަވާއިދާ ވެސް މުޅިން ޚިލާފު ކަމެއްގެ ގޮތުގައި ކަން ސާބިތުވާ ވަރުގެ ހެކި އެހުރީ ފެންނާށެވެ.

މަސީހާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ނުކުތުމަކީ މަޖިލިހުގެ އެތެރޭގެ މައްސަލައެކެވެ. އެއީ އެހެން ބާރުތަކުން ބެހެން ޖެހޭ ކަމެއް ނަމަ، ސުޕްރީމް ކޯޓުން ބަލާ ވަކި މައްސަލައަކާ ގުޅުވައިގެން، އެ ޝަރީއަތެއްގެ ތެރޭގައި، ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް ވެސް އުޅެވިދާނެ އެވެ. އެކަމަކު އެ ގޮތަށް މަޖިލިހުން ކަން ކުރާ ނަމަ އެ އަމަލް ފެތޭނީ ޝަރުއީ ނިޒާމުގެ މިނިވަންކަމުގެ ތެރެއަށް ވަނުމާ އެވެ. އެއީ ގާނޫނުއަސާސީގައި ބާރުތައް ވަކިކޮށްފައި އޮތް އޮތުމާ ޚިލާފު ވާނެ ފިޔަވަޅެކެވެ.

މަސީހުގެ ފަހަތްޕުޅުން މެޖޯރިޓީ މެމްބަރުން އުޅެން ނުޖެހޭކަން ކަނޑައެޅުމުގެ އިޚުތިޔާރާއި މިނިވަންކަމާއި ބާރު ވެސް އެ މެމްބަރުންނަށް ލިބިގެންވެ އެވެ. އެކަހަލަ މަސައްކަތެއް ނާކާމިޔާބުކުރައްވަން މަސައްކަތްކުރެއްވުމުގެ އިޚުތިޔާރާއި މިނިވަންކަން ވެރިކަން ހިންގާ ބާރަށް ވެސް އެބަ އޮތެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އެކަން ކުރެއްވޭނީ އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުންގެ އެހީތެރިކަމާއި އެހެން މެމްބަރުންގެ ވިސްނުން ބަދަލުކުރައްވައިގެންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށެވެ. ގާނޫނުއަސާސީ އާއި ގާނޫނުގައި ނެތް ހައްލެއް ނުހޯއްދެވޭނެ އެވެ.

އެކަމަކު ޖުލައި 3 ގައި 45 މެމްބަރުން (މި ދައްކަނީ ދެތިން މެމްބަރުންގެ ވާހަކައެއް ނޫނެވެ. ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތަށް ވުރެ ގިނަ މެމްބަރުންގެ ވާހަކަ އެވެ) ގެ ސޮޔާ އެކު މަސީހުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ވެއްދުމާ އެކު، ސަރުކާރުން މަސައްކަތް ފެށީ ގާނޫނުއަސާސީގެ އިމުން ބޭރުންކަން އެނގެ އެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަޑައިގަތީ ސުޕްރީމް ކޯޓަށެވެ. އޭނާގެ ފަހަތްޕުޅުން، ޖުލައި 6 ގެ ދަންވަރު (މިއީ ސުޕްރީމް ކޯޓަށް މީހުން ވަންނަ ގަޑި ހެއްޔެވެ؟) ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝިޔާމް ވެސް ވެންނެވިކަން ފަޅާއެރި އެވެ. އެކަން އެމްއެންޑީއެފުން ނުވަތަ ޝިޔާމް ވެސް ދޮގުކުރައްވާފައެއް ނެތެވެ.

ރައްޔިތުންނަށްޓަކައި ޝިޔާމް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހެ އެވެ. ރައްޔިތުންނަކީ ހަމައެކަނި ސަރުކާރެއް ނޫނެވެ. ރައްޔިތުންނަކީ ހުރިހާ ދިވެހިންނެވެ.

ރައްޔިތުންގެ މަޖިލިހަށް ގާނޫނުއަސާސީގައި ދީފައިވާ ބާރު މިއަދު އޭގެ ގޮތުގައި ފުރިހަމަ އަށް ބޭނުންކުރެވޭ ނަމަ ޝިޔާމް މިހާރު އިންނަވާނީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ ނުވަތަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ކުރިމަތީގައި، އެ މައްސަލާގައި ޖަވާބުދާރީ ވެވަޑައިގަންނަވާށެވެ.

އެންމެ މެމްބަރަކަށްޓަކައި

ސަރުކާރުން މިއަދުގެ ވޯޓު ނާކާމިޔާބު ކޮށްލިޔަސް، ގާނޫނުއަސާސީގައި ބުނާ އެއްޗެއް ވަރަށް ސާފުކޮށް ދިވެހިންނަށް އެނގެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމަކީ ފަހުގެ ނިންމުން ކަމަށް އޮންނަ އޮތުމަކީ، އެއްޗެކޭ ނުބުނެ ތިބުމެއް ނޫނެވެ. ދައުލަތުގެ ކޮންމެ ވެރިޔަކާ، ކޮންމެ ބާރަކާ، ކޮންމެ މުއައްސަސާއަކާ އަދި ކޮންމެ މުވައްޒަފަކާ ބެހޭ ގޮތުން ވެސް، ދިވެހިންނަށް ވާހަކަ ދައްކައި، ޚިޔާލު ބަދަލު ކުރެވޭނެ އެވެ. ދިވެހި ރައްޔިތުންގެ ފައިސާ އިން މުސާރަ ދެންޏާ އެއީ ދިވެހިންގެ ޚާދިމުންނެވެ.

އިންތިހާބުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރި މެމްބަރަކު އެ ޕާޓީއަކުން ކެނޑުން، ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ގޮނޑި ގެއްލޭނެ ކަމަށް [ގާނޫނުއަސާސީގައި ނެތް ޝަރުތެއް] ކަނޑައަޅައި، އަދި އޭގެ ފަހުން އެ ހުކުމްގެ ފުރިހަމަ ތަފްސީލެއް ސުޕްރީމް ކޯޓުން ނެރުނެވެ. ދެން ފެނުނީ ސުޕްރީމް ކޯޓުގެ އެ ހުކުމަށް ބިނާކޮށް ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ބައި އިލެކްޝަން އިއުލާން ކުރި ތަނެވެ. ސަރުކާރުގެ މައިނޮރިޓީ މެމްބަރުން "ހިސޯރުކޮށްފައި" އޮތް ރައްޔިތުންގެ މަޖިލީހުން އޭގެ ފަހުން އެ ނިންމީ 45 ސޮއި، 41 އަށް ތިރިވެއްޖެ ކަމަށެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް ބޭނުންވަނީ 42 ވޯޓެވެ. އެހެންކަމުން މިއަދުގެ ޖަލްސާ ނޯންނާނެ ކަމަށް، މައިނޮރިޓީ މެމްބަރުން ކަނޑައެޅީ އެވެ.

ރޭ ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒްގައި ބޭއްވި އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން --ފޮޓޯ/ހުސެން ވަހީދު - މިހާރު

އެކަމަކު އޭގެ ކުރިން އެ ހަތަރު މެމްބަރުން ވަނީ އެ ބޭފުޅުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދަވައިފަ އެވެ. ސުޕްރީމް ކޯޓުގެ ނިންމުމަކީ ކޮބައިތޯ އެވެ؟ މިއަދުގެ ކުރިން އެ މައްސަލައާ މެދު ގޮތެއް ނިންމުމަކީ މަތީ ކޯޓުގެ ޒިންމާއަކަށް ނުވޭތޯ އެވެ؟ ސަރުކާރުން ވައްދާ ކޮންމެ މައްސަލައަކަށް، ސަރުކާރުން ބޭނުންވާ ވަގުތެއްގައި ގޮތްތައް ކަނޑައަޅައިދޭ އިރު އެހެން ދިވެހި ރައްޔިތުންގެ ހައްގުގައި އެ ގޮތަށް މަސައްކަތް ކުރައްވަން އޮތީ ކޮން ހުރަހެއްތޯ އެވެ؟ ހަތަރު ދާއިރާއެއްގެ ރައްޔިތުން އިންތިހާބުކޮށްފައިވާ ވަކީލުންގެ ގޮނޑިއަކީ ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ގެއްލޭ އެއްޗެއްތޯ އެވެ؟

އިއްޔެ އޮތް ނޫސްވެރިންގެ ބަައްދަލުވުމުގައި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒު ވިދާޅުވި ގޮތަށް އެކަހަލަ މައްސަލައެއްގައި ގޮތެއް ކަނޑަނާޅައި ސުޕްރީމް ކޯޓަށް ލަހެއް ނުކުރެވޭނެ އެވެ. ހޭލައި ތިބެގެން ނަމަވެސް އެ މައްސަލައިގައި އަވަސް ނިޔާއެއް އިއްވުން މުހިންމޭ އޭނާ ވިދާޅުވީ ހަމަ ހެޔޮކޮށެވެ.

ގާނޫނުއަސާސީގެ ހިމާޔަތުގައި މިއަދު ވާހަކަ ދައްކަނީ އިދިިކޮޅު ފަރާތްތަކުން އެކަންޏެއް ނޫނެވެ. ސިޔާސީ ވަކި ފިކުރެއް ނެތް ދިވެހިން ވެސް މެ އެވެ. އެ މީހުންނަށް ސިޔާސީ ވަކި ޕާޓީއެއް މުހިންމެއް ނޫނެވެ. އެ މީހުންނަށް މުހިންމީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހުރިހާ ކަމެއް ހަމަ އެ ގޮތަށް ކުރިއަށް ގެންދާ ތަން ފެނުމެވެ. އިންސާފު ގާއިމް ކުރުމެވެ. އެކަމަކު ދިވެހިންނަށް މިއަދު ފެންނަ މަންޒަރު ވަރަށް ސާފެވެ. ސަރުކާރާ ދެކޮޅު ކޮންމެ މީހަކަށް ވަރަށް ފަސޭހަ އިން ދައުވާކޮށް، ހުކުމްކުރާ ތަނެވެ. މިއީ އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ދައްކާ ވާހަކައެއް ނޫނެވެ. މިއީ ދިވެހި ރައްޔިތުންގެ ލޯ މަތިން ފެންނަ މަންޒަރުތަކެވެ.

އެންމެ ރަނގަޅެވެ. މިއަދު ވެރިކަމުގައި އެމްޑީޕީ އޮވެފައި އިދިކޮޅުގައި ތިބީ ޕީޕީއެމް ނަމަ، "މުލަކު ދާއިރާގެ މެމްބަރު" އަބްދުﷲ ޔާމީން އާއި އެ މަނިކުފާނުގެ އަރިސް މެމްބަރުން ދައްކަވާނީ ކޮން ވާހަކައެއް ހެއްޔެވެ؟ ސުޕްރީމް ކޯޓު ރަނގަޅު ކުރާނީ ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހުގެ "އެމްޑީޕީ ރިޔާސަތަށް" ތައުރީފްކުރާނީ ހެއްޔެވެ؟ މަޖިލިހުގެ މިނިވަންކަމާއި ބާރު ކަނޑުވާލީކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް ނުކުންނަވާނީ ހެއްޔެވެ؟

ގޯހެއް ނަމަ އެއީ ގޯހެއްކަން ކޮންމެ މީހަކަށް ވެސް އެނގެ އެވެ. މިއަދު މި ފެންނަނީ ހަމައެކަނި ގޯހެއް ނޫނެވެ. ރާއްޖޭގެ ތާރީޚުގައި ވެސް ގާނޫނުއަސާސީ އަށް އެންމެ ބޮޑަށް "ފައިން އަރާފައި" އެވަނީ މިއަދު އެވެ. ރައްޔިތުންގެ މަޖިލީހުގެ އެންމެ މެމްބަރަކު (އަބްދުﷲ މަސީހު) ސަލާމަތް ކުރަން ދައުލަތުގެ އެހެން ހުރިހާ ބާރެއް އެކުވެ، "ހަތިޔާރު ނެގީ" އެވެ.

އެކަމަކު ދެން ވެސް ބުނަން ޖެހޭނީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަކީ ރައްޔިތުންގެ މަޖިލީހުގެ އެތެރޭގެ މައްސަލައެއް ކަމަށެވެ. ރައީސް އޮފީހުގައި ރައީސް ޔާމީން ކުރަައްވާ ކަންކަމުގެ ތެރެ އަށް ސުޕްރީމް ކޯޓުން ވަދޭ ހެއްޔެވެ؟ ނުވަތަ އެއިން ކަމެއް ހުއްޓުވަން ބްރިގޭޑިއާ ޖެނެރަލް ޝިޔާމް، އެހެން ބާރުތަކާ މަޝްވަރާ ކުރައްވާ ހެއްޔެވެ؟ ނޫނެކެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިީހުގެ އެތެރޭގެ ޑިމޮކްރަސީއާ ވެސް ކޮންމެ ކޮންމެ ގޮތަކަށް ކުޅެވިގެން ނުވާނެ އެވެ. އެކަން ކުރާ ނަމަ ފުރަތަމަ ބަދަލު ގެންނަން ޖެހޭނީ ގާނޫނުއަސާސީ އާއި ގާނޫނުތަކަށެވެ.

34 ކޮމެންޓް, 95 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 6%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަސީބު

25 July 2017

އިއްޔެ ބުނި ގާނޫނު އަސާސީއެއް ނެތެ. މިހާރު ބިންމަތިން ފެނުނީތަ؟ ނަސީބެއްނު. ކާކަށްތަ ފެނުނީ އަަޅެ؟

The name is already taken The name is available. Register?

ސިޔާން

24 July 2017

ސަޅި ލިޔުމެއް

The name is already taken The name is available. Register?

ނަސީރާ

24 July 2017

ގާނޫން އަސާސީއާއީގެން ކަލޭމެން ތީޔަ ގަނަތެޅޭވަރައް ކީރީތީގުރުއާންނާއީ ހުރެ އުޅޭނަމަ މީގައުމުހާދަތަފާތުތަނަކައްވީސް ހެވެ.

The name is already taken The name is available. Register?

ކަމަނަ

24 July 2017

ވަރަށް ފުރިހަމަ ލިޔުމެއް

The name is already taken The name is available. Register?

އައިތިންކް

24 July 2017

އެންމެ މީހަކާހެދި ގޮތްދޫނުކުރަން މި ހިފަހައްޓާ ހިފެހެއްޓުން އެއީ އެޅޭ ވަރަށް ބޮޑު ޅައެއްޗެއް. މިދިޔަ ހުރިހާ ދުވަހު ކަންކަން އަމިއްލައަށް ބޭނުންވާ ގޮތަށް ނިންމިއަސް މިހާރު ގޮތްދޫނުކޮށް ހިފަހައްޓައިގެން މިއުޅޭ މަޖްލިހުގެ ރިޔާސަތުގެ މައްސަލައިގައި ގޮތުގައި ހުންނަނަމަ އަމިއްލަ ރިޔާސަތު ގެއްލުން ކައިރީ.

The name is already taken The name is available. Register?

މާރިއްޔާ

24 July 2017

ތިޔަ މަސީހު ލޮލަށް ފެނުނަސް ބޮލަށް އުނދަގޫވެ. މި މަސީހެއްގެ ކިބައިން ސަލާމަތްވި ގޮތެއްވެސް ނެތޭ. މޫސަމެން ލިޔެލާ މިޒާތުގެ އާޓިކަލް ކިޔާލީމަ ޤައުމާމެދު ފިކުރުކޮށްލާ ހިތްދަތިކަން އިހުސާސްވެ.

The name is already taken The name is available. Register?

ނަޝީދު

24 July 2017

އަސުލު ތެދު ވާހަކައެއް ޤާނޫނުއަސާސީއަށް ފައިންއެރި މީހުން ނިކުމެ ޤާނޫނުއަސާސީ ހިމާޔަތްކުރަން އުޅޭތަން މިފެންނަނީ، މިމީހުން މިހެން އުޅުނީމަ އަންނަނީ ހަމަ ހިނި!!!!

The name is already taken The name is available. Register?

އިބްރާހިމް

24 July 2017

ތާރީހްގައި މަސީހްގެ ނަން ލިޔެވިދާނީ އަންނި ފަދަ ޔާމީން ފަދަ ހުދުމުހްތާރު މީހެއްގެ ގޮތުގައި!

The name is already taken The name is available. Register?

ޒެޑްސް 1

24 July 2017

ސުޕްރީމް ކޯޓުން ހަމަ މިއަދު (24 ޖުލައިގައި އެ ކަނޑައެޅީ ދިއްދޫ ދާއިރާގެ މެންބަރު ލަތީފުގެ ގޮނޑި ނުގެއްލޭކަމަށް. އެހެންވީމަ މެންބަރުންގެ އަދަު އަނެއްކާވެސް 41 ން 42 އަށް އެރީ އެވެ. އެހެންވީމަ، ދެން މިއަދު މަޖިލީހުގެ ޖަލްސާ ނުބާއްވަންވީ ކީއްވެ؟

The name is already taken The name is available. Register?

ޒެޑްސް 1

24 July 2017

ސުޕްރީމް ކޯޓުން ސަރުކާރު ބޭނުންވުމުން ވަގުތުން މައްސަލަ ބަލައި ހުކުމް ކުރިއަސް، ބައެއް ފަހަރު މަޖިލީހުގެ މެންބަރުންގެ ހުކުމް ކުރަނީ މަޖިލީހުގެ ދައުރު ބަދަލުވެ، ގާނޫނު އަސާސީ ބަދަލުވެ، ސަރުކާރު ވެސް ބަދަލުވެ އާ ސަރުކާރެއް އައުމުން. މިސާލު. މަޖިލީހު ގެ ރައީސް ގެ 8 މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމި ގޮތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454