ހައްޖަށް ގޮސްތިބި ދިވެހި ހައްޖުވެރިންތަކެއް ބަހަކަށް އަރަނީ. އިތުރު 300 މީހުން މާދަމާ ފުރާނެ.
26 އޯގަސްޓް 2017 - 20:33
ހައްޖަށް ގެންދަން ރާއްޖެއަށް ފަހު ވަގުތު ލިބުނު 1،000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މާދަމާ 300 މީހުން ފުރުވާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ 1000 ޖާގައިގެ ތެރެއިން އެ ކުންފުންޏަށް ލިބުނު 500 ޖާގަޔަށް 450 މީހުން ނަން ނޯޓު ކުރި ކަމަށެވެ. ނަމަވެސް ވަގުތު ކުޑަވުމުން ދެވޭ ގޮތްވީ 300 މީހުންނަށް ކަމަށާއި އެ މީހުން މާދަމާ މެންދުރު ސައުދީ އެއާލައިންގެ ހާއްސަ މަތިންދާބޯޓެއްގައި ފުރުވާލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާދަމާ ފުރަން ޖެހޭ އެންމެންގެ ވިސާ ވެސް ހަމަޖެހިފައި ވަނީ. ހުރުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައި. އަޅުގަނޑުމެންނަށް މިކަންކުރެވުނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަހު ވަގުތު ދާން ނިންމި 300 މީހުން ގެންދަން ނިންމާފައި ވަނީ އެއްފަހަރާ ކަމަށެވެ. އަދި އެ މީހުން ވެސް 30 ދުވަހު ސައުދީ އަރަބިއްޔާގައި މަޑުކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ވޭތުވެދިޔަ ތިން އަހަރު ރާއްޖެއިން 2،000 މީހުންނަށް ޖާގަ ދެމުން އައި ނަމަވެސް މި އަހަރު ކަނޑައަޅާފައި އޮތީ 1،000 ޖާގަ އެވެ. އިތުރު 1،000 ޖާގަ ރާއްޖެ އަށް ދިނީ މި އަހަރު ރާއްޖެ އިން ހައްޖަށްދާ މީހުން މައްކާގައި ތިއްބަ އެވެ.
ހައްޖު ކޯޕަރޭޝަނުން 300 މީހުން ގެންދަން ނިންމި ނަމަވެސް، ރާއްޖެ އަށް އިތުރުކޮށްދިން 1،000 ޖާގަ އަށް މީހުން ހައްޖަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ދަތިތަކެއް ކުރިމަތިވެ 500 ޖާގަ ވަނީ ބާކީވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތްފުނާ
26 August 2017
500 ކޯޓާ ބާކިވުން އެއީ ދެރަ މައްސަލައެއް.ފައިސާ ހުއްޓަސް އާންމުކޮށް ޖާގަ ނުލިބެގެން ށަކުވާ ކުރަނީ.
ސާމިޔާ
27 August 2017
ތީކީ ޖާގަ ލިބުމެއްނޫން ކޮއިފުޅާ! ޙައްޖަށްދާ ގިނަމީހުންނަކީ ޢުމުރުން ދުވަސްވީ މީހުން. އެމީހުންނަށް ތަކުލީފަކަށް ނުވާގޮތަށް ތިކަންވެސް ކޮށްދެވެންޖެހޭނެ. ފަހުން ލިބުނު 1000 ކޯޓާގެ ތެރެއިން 300 މީހުން ދާން ތިބިއިރު 700 ޖާގައަށް މީހުން ނުލިބުން އެއީ މިބުނާ ވާހަކައަކީ. ރާއްޖޭގައި ޙައްޖަށްދާން ބޭނުންވާ މީހުން ނެތީއެއްނޫން. އަދި ފައިސާ ދައްކާފަ ތިބި މީހުންވެސް ނެތީއެއްނޫން. އެކަމަކު މިހާ ލަހުން ކުއްލިޔަކަށް ޖާގަ ލިބުނީމަ ތެޅިފޮޅިގެން ދާން ބޭނުންނުވަނީ. ކުރިން ދިޔަމީހުން 10 ވަރަކަށް ދުވަސް މައްކާގައި ހޭދަކޮށްފަވާއިރު ޙައްޖު ނިމުމާއެކު އޮންނާނީ އަންނަންވެފައި. އެއްވަރަކަށް ފައިސާ ދައްކައިގެން ދާ މީހުން، އެއްބަޔަކު ވިއްސަކަށް ދުވަސް މައްކާގައި ހޭދަކުރާއިރު އަނެއްބަޔަކަށް ލިބޭނީ އަށެއްކަ ދުވަސް. މިހާގިނަފައިސާ ދައްކައިގެން ދަނީ ޙައްޖުވުމުގެ އިތުރަށް ޢުމްރާވުމާއި، ޙަރަމްފުޅުގައި ކުރާ ނަމާދުގެ ސަވާބު 100000 ދަރަޖަ މަތިވެރިކަމަށް އަންގަވާފައިވާތީ އެގޮތުންވެސް ގިނަ ސަވާބު ހޯދުމުގެ ބޭނުމުގައި.