ޒޫނާ: އޭނާ އަށް މިހާރު ޑައިވިން އިންސްޓްރަކްޓަރުންގެ ފެންވަރަށް މީހުން ތަމްރީނު ކުރެވޭނެ.
15 ސެޕްޓެމްބަރ 2017 - 14:30
ޕުރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓެކްޓާ (ޕަޑީ) ކޯސް ޑައިރެކްޓަރުކަން ލިބުނު ފުރަތަމަ ދިވެހި އަންހެން ޑައިވަރަކަށް ވުމުގެ ޝަރަފު ޒޫނާ ނަސީމް ހޯދައިފި އެވެ.
ޑައިވިން ކޯސް ޑައިރެކްޓަރަކަށް ކުޅަދާނަ ޑައިވަރު ޒޫނާ ވުމާއެކު، ޑައިވިން އިންސްޓްރަކްޓަރުން އޭނާ އަށް ތަމްރީނު ކުރެވޭނެ އެވެ.
ރާއްޖޭގައި މިހާތަނަށް ޑައިވިން ކޯސް ޑައިރެކްޓަރެއްގެ ގޮތުގައި ހުރި ހަމައެކަނި މީހަކީ ސެންޑީ ހުސެން ރަޝީދެވެ.
ޑައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނިގޮތުގައި ޑައިވިން ކޯސް ޑައިރެކްޓަރަކަށް ޒޫނާ ވުމަކީ ދިވެހި އަންހެނުންނަށާއި ޑައިވް ކުރާ މީހުންނަށް ލިބުނު ފަހުރެކެވެ.
ޑައިވް ކުރާތާ 20 އަށް ވުރެ ގިނަ އަހަރުވެފައިވާ ޒޫނާ އަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އަންހެން ޑައިވް އިންސްޓްރަކްޓަރެވެ.
އޭނާ ފުރަތަމަ ފީނީ ނުވަދިހައިގެ އަހަރުތަކުގައި މާލޭގައި ހިންގަމުން ދިޔަ ސަން ޑައިވިން ސްކޫލްގެ ރިސެޕްޝަނިސްޓަކަށް އުޅެމުންނެވެ.
އުމުރުން ކިރިޔާ 18 އަހަރު ފުރުނު ތަނާ ޕަޑީގެ ޑައިވް މާސްޓާ ސެޓްފިކެޓް ހާސިލްކޮށް، ފީނައިގަތް ގޮތަށް ޒޫނާ ހަމަނޭވާ ލީ ރާއްޖޭގެ މުހިއްމު ޑައިވް ސްޕޮޓްތައް ދަސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު
16 September 2017
މިއީ ޔާމިން ސަރުކާރަށް ލިބުނު ކުރިއެރުމެއް@ އަވަހަށް މެޑެލްޖަހާ
ހުސައިން ރަމީޒް އިބްރާހީމް
16 September 2017
މަރްހަބާ ޒޫނާ! ތިވަރުގެ ބޮޑު ޝަރަފެއް ލިބުނީމާ، އަންގައިގާ ރަހައެއް ލައްވާލުމަކީ ނެތްކަމެއްނޫން! ޒޫނާ ތިޔަހޯދި ބޮޑުޝަރަފުން މަވެސް މިހުރީ ވަރަށް ވަރަށް އުފާވެފާ! އަސްލު ޒޫނާގެ ތިޔަހިތްވަރަކީ ފިރިހެނަކަށްވެސް ނުކުރެވޭވަރުގެ ހިތްވަރެއް! ކަމެއްގާ ކުރިއަރާދާނީ ފިސާރި ކެރިގެން ހިތްވަރާއެކު މަސައްކަތް ކޮށްގެން! އެކަންކަން ޒޫނާގެ ފަރާތުން އަބަދުވެސްފެނޭ! ޒޫނާއަކީ މީހުނަށްހެޔޮ، އުފާވެރި މޫޑެއްގެ ވެރިއެއް! ޒޫނާގެ ރަހްމަތްތެރިން ގިނަވާނެ! ބޮޑާކަމެއް އަމުދުން އެއްވެސްވަރަކަށް ނުހުންނާނެ! މިޒާޖުގާ ސަކަގޮތެއް ހުއްޓަސް، ކޮންމެ ކޮންމެ ގޮތެއް ވަރިހަމައެއް ނުވާނެ! އަސްލު ޒޫނާއަކީ ނަމޫނާއަކަށް ބަލާވަރުގެ ޝަޚުސިއްޔަތެއް! ދެގޮތެއްނުވާ އެކުވެރިއެއް! އެކުގާ ނޫޅެވުނަސް، ގާތުގާވާ ގާތުގާވާ ކަނބަލެއް! ހަމަ ފިސާރި ކަނބަލެއް! އަހަރެންނާ އަހަރެންގެ އާއިލާއިން ޒޫނާއަށް އެދެނީ އަދިވެސް ބޮޑެތި ކާމިޔާބީ! އާން! އާން ޒޫނާއަށްވާނެ! އިންޝާﷲ!
ޢަލް
16 September 2017
ހޫނު މަރުހަބާ އެއް.
އެނޯނިމަސް
16 September 2017
މަރުހަބާ ކޯސްޑައިރެކްޓޯ ޒޫނާއަށް، މިޢީ ޒުވާނުންނަށް ރަންގަޅު މިސާލެއް. ކުދިންނޭސަމާލުވޭ.
ކުޑަކަމަނަ
15 September 2017
ތިބުނީ ހަމަ ތެދެއް ނިއުމާ... ޒޫނާ އަކީ ވަރައް މީހުނާ ގުޅޭމީހެއް. އެހެންމީހުންގެ އިހްސާސް ތައް ދަނެގެންއުޅޭ ވަރަށް ރަނގަޅު މީހެއް ޒޫނާއަކީ. އޭނައާއެކު ދުވަސްކޮޅަކު އުޅުނީން ފުޓުބޯޅަ ކުޅެން ގައުމީ ޓީމުގަ. ވަރަށްހިތްހެޔޮ މަޖާމީހެއް އެއީ..
kalow
15 September 2017
ދިވެހި އަންހެން ކަނބަލުން ކުރިޔަށް. ވަރައް އުފާވެރި ހަބަރެއް.
ގާޒީ
15 September 2017
މަރުހަބާ ޒޫންތަ.
އާމިނަ
15 September 2017
ކަމަކު ނުދެ ތި އުޅޭ ގޮތެއް
މީމަށޭ
15 September 2017
ޖޭ ވީ
ޔޯލޯ
18 September 2017
ކައެ ހިތް ހަމަޖައްސައިދޭކަށް ނޫން މީހުން އުޅެނީ
ނިއުމާ
15 September 2017
މަރުހަބާ ޒޫނާ. ތީ މީހުންނާ ވަރަށް ގުޅޭ އެކުވެރި މީހެއް. ޒޫނާ އަށް ކާމިޔާބީއަށް އެދެން އަބަދުވެސް
ކޮމެންޓް ތުއްތު ބެ
15 September 2017
ކަނބުލޯ އަށް މަރުހަބާ