ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ގްރީން ބަލިކޮށް ނިއު އަށް ފަސް ޕޮއިންޓުގެ ލީޑެއް

ލަނޑު ޖެހުމަށް ފަހު ނިއުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

20 އޮކްޓޯބަރ 2017 - 23:51

10 comments

މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ގްރީން ސްޓްރީޓްސްގެ މައްޗަށް 3-0 އިން ކުރިހޯދައި ނިއު ރޭޑިއަންޓް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް މިރޭ ނަގައިފި އެވެ.

ނިއު އެއް ވަނައިގައި އޮތީ ނުވަ މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް އަށް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، މި ދެ ޓީމު މާދަމާރޭ ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ނިއުގެ ލީޑު ދެ ޕޮއިންޓަށް ކުޑަވާނެ އެވެ. އެއްވަރުވެއްޖެނަމަ ނިއު އަށް ހަތަރު ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.

މި މެޗުން ބަލިވުމުން ގްރީން ސްޓްރީޓްސް އަށް ވަނީ ހަތަރު ވަނަ ގެއްލުމުގެ ބިރު ބޮޑުވެފަ އެވެ. އެއީ އެ ޓީމަށް ނުވަ މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، މާދަމާ ހަވީރު ދ.ކުޑަހުވަދޫ އަތުން ގދ. ތިނަދޫ މޮޅުވެއްޖެނަމަ އެ ޓީމަށް ހަތަރު ވަނަ އަށް އެރޭނެ އެވެ. ތިނަދޫ ހަތަރު ވަނައިގައި އޮތީ އަށް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ.

އެންމެ ފަހުން ކުޅުނު މެޗުގައި މިލަންދޫ ކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ނިއުގެ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. ގްރީން ސްޓްރީޓްސް އަށް މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ކާޑު ހަމަވުމުގެ ސަބަބުން އެ ޓީމުގެ ޔޫކްރޭނުގެ ޑިފެންޑަރު ކޮވަލްޗަކް ޕެޓްރޯ ސަސްޕެންޑުވެފައިވުމެވެ.

މެޗު ފަށައިގެން ދެ މިނިޓް ތެރޭ ނިއުގެ ސްޕެއިނު ފޯވާޑް އެޑްރިއަން ގަލާޑޯ ވަނީ ހަމަލާއެއް ފޮނުވާލައިފަ އެވެ. އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގަލާޑޯ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

އޭގެ މިނިޓެއް ފަހުން ނިއުގެ ކީޕަރު އިމްރާން މުހައްމަދު ކުރިއަށް ޖެހި ހުރި ވަގުތު ގްރީން ސްޓްރީޓްސްގެ ސްލޮވާކިއާ މިޑްފީލްޑަރު ވިލިއަމް މެކޯ ހާފްގެ މެދުތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލު މަތިން ގޮސް ހުރަސް ދާގަނޑު މައްޗަށެވެ.

ގްރީން ސްޓްރީޓްސްގެ ޝާފީ (މ) އާއި ސާއިފް (ވ) ކައިރިން ނިއުގެ ދަގަނޑޭ ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގައި ގްރީން ސްޓްރީޓްސް އަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ ހަ ވަނަ މިނިޓްގައި އެ ޓީމުގެ ޒުވާން ކުޅުންތެރިއާ އަލީ ޝާމިސް (ތޮއްޕޭ) އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ތޮއްޕޭ އަށް ރަތް ކާޑު ދެއްކީ ނިއުގެ ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.

ގްރީން ސްޓްރީޓްސްގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި މެޗުގެ 14 ވަނަ މިނިޓްގައި ނިއު އަށް ލީޑު ނަަގައިދިނީ ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ގަލާޑޯ އަރިމަތިން ނަގައިދިން ބޯޅަ ހަމްޕު ވަނީ ބޮލުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ 29 ވަނަ މިނިޓްގައި ނިއުގެ ލީޑުފުޅާކުރަން އޭރިއާ ތެެރެއިން ގަލާޑޯ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

ފުރަތަމަ ހާފުގައި ނިއުގެ ރިލްވާން ވަހީދު (ރިލޭ)ގެ ފަރާތުން ގިނަ ފައުލުތަކެއް ފެނުނު ނަމަވެސް އޭނާ އަށް މެޗުގެ ރެފްރީ މުހައްމަދު ޖާވިޒް ކާޑެއް ނުދައްކާތީ ގްރީން ސްޓްރީޓްސްގެ އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ޝަކުވާކޮށްފަ އެވެ.

ގްރީން ސްޓްރީޓްސް އިން ދެ ވަނަ ހާފަށް ނުކުތީ ބަދަލަކާ އެކު އެވެ. ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ)ގެ ބަދަލުގައި ޒުވާން ކުޅުންތެރިއާ މުހައްމަދު ނައްޒާމް ވަނީ ކުޅެން އަރުވައިފަ އެވެ.

މި ހާފް ފަށައިގެން 50 ވަނަ މިނިޓްގައި ސެންޓޭ ނަަގައިދިން ހުރަހަކުން އޭރިއާ ތެރެއަށް ހުސްކޮށް އަރައި އިބްރާހިމް ފަޒީލް (އޮއްޕޮ) ވެއްޓިގެންފައި ބޮލުން ފޮނުވާލި ބޯޅަ ފެނުގައި ޖެހިފައި ދިޔައީ އަރިމަތިން ބޭރަށެވެ.

ނިއު އަށް ދެ ވަނަ ލަނޑު ޖަހައިދިނީ މެޗުގެ 64 ވަނަ މިނިޓްގައި ސެންޓޭ އެވެ. އޭރިއާ ބޭރު ރޮނގުކައިރިން ދަގަނޑޭ ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ޖަޕާން ކީޕަރު ޖުން ކޮޗީ އަތުގައި ޖެހިފައި ލިބުނީ ގޯލު ކުރިމަތީގައި ހުރި ސެންޓޭ އަށެވެ. އޭނާ ވަނީ އެ ބޯޅަ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސް އިން ވަނީ މެޗުގެ ފަހު 20 މިނިޓަށް ރިޒްކޯގެ ބަދަލުގައި މުހުތާރު ނަސީރު (ޓޫކިލޯ) އާއި ވިލިއަމްގެ ބަދަލުގައި އަހުމަދު ނިޒާމް (ނިޒާމްބެ) ކުޅެން އަރުވައިފަ އެވެ. މި ދެ ބަދަލާ އެކު ގްރީން ސްޓްރީޓްސް އިން ކުޅުން ރަނގަޅުކުރި އެވެ. އެހެން ނަމަވެސް ނިއުގެ ގޯލަށް ނުރައްކާކުރެވޭ ވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ.

ނިއު އަށް ތިން ވަނަ ލަނޑެއް ޖެހުމަށް މެޗުގެ 76 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އޭރިއާ ތެެރެއިން ދަގަނޑޭ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ލަނޑު ޖެހުމަށް ފަހު ނިއުގެ ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ތިން ވަނަ ލަނޑު މެޗުގެ 85 ވަނަ މިނިޓްގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް މުހައްމަދު ރަޝީދު (ހޮކޭ) އެވެ. ނިއު އަށް ލިބުނު ކޯނަރަކުން އޭރިއާ ތެރެއިން ކުޅުންތެރިއަކު ގައިގައި ޖެހިފައި ލިބުނީ ހުސްކޮށްހުރި ހޮކޭ އަށެވެ. އޭނާ ވަނީ ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމަކުން ގްރީން ސްޓްރީޓްސްގެ ސޮބޮލް އިލިއާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑިކައިިރިން ބޭރުންނެވެ.

މެޗަާ ބެހޭގޮތުން ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ މެޗަކަށް ފަހު މެޗެއް އެ ޓީމުން އަންނަނީ ކުޅުން ރަނގަޅުކުރަމުން ކަމަށާއި މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"އަހަރެމެން މިހާރު މިދަނީ މެޗަކަށް ފަހު މެޗެއް ރަނގަޅުކުރަމުން. މި ލެވެލްގައި ހިފަހައްޓައިގެން ބޭނުންވާ ހިސާބަށް ދެވޭނީ. ކުޅުންތެރިން އަހަރެން ބޭނުންވި ގޮތަށް ކުޅެފި. ނަސީބު ވެސް ވަރަށް ރަނގަޅަށް ދިމާވީ މެޗު ފަށައިގަނެގެން އުޅެނިކޮށް އެ ޓީމުގެ އެއް ކުޅުންތެރިއަކު މަދުވުމުން އަހަރެމެންނަށް ފަސޭހަ ވެގެން ގޮސްފި،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ ލީގުގެ އެއް ވަނައިގައި ލީޑެއް ލިބުނަސް އަދި ފަސޭހަ ނުކޮށްލާނެ ކަމަށާއި ބޭނުންވަނީ ކޮންމެ މެޗެއް ވެސް ކާމިޔާބު ކުރުމަށް ކަމަށެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވި ކަމަށެވެ.

"މެޗު ގާތްގަނޑަކަށް މި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށް. ދެން ހަގީގަތުގައި މާޅޮސް އަތުން ބަލިވުމުން ކުޅުންތެރިން ވަރަށް މޯރަލީ ދަށްކޮށް ތިބީ. މި މެޗުގައި ނިއު އިން ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސްނުކުރޭ. ކުޅުންތެރިއަކު މަދުވުމުން އަލުން މެޗުތެރެއަށް ވަންނަން އުނދަގޫވީ،" ސޮބާ ބުންޏެވެ.

މި މެޗުން ބަލިވުމުން ގަދަ ހަތަރެއްގެ ޖާގަ ގެއްލުނު ނަމަވެސް އަދި މާޔޫސްވާން ނުޖެހޭ ކަމަށާއި ކުރިއަށް ބައިވަރު މެޗުތަކެއް ހުރުމުން އުއްމީދު ބޮޑު ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެން ނުކުތީކީ ހަތަރު ތަށި ހޯދާކަށެއް ނޫން. އެކަން ކުރާނަމޭ ވެސް ނުބުނަން. ޓާގެޓަކީ އިރާދަކުރެއްވިއްޔާ ލީގު ނިމޭއިރު ގްރީން ސްޓްރީޓްސް ގަދަ ހަތަރެއްގައި އޮތުން،" ސޮބާ ބުންޏެވެ.

މާލޭ ލީގުގެ ދެ ވަނަ ހޯދި ގްރީން ސްޓްރީޓްސް އަށް ޕްރިމިއާ ލީގުގައި އަދި އެންމެ ރަނގަޅު ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފަ އެވެ.

10 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 0%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަޑޭ!

22 October 2017

السلام عليكم ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، ﷲއިރާދަފުޅުކުރެއްވިއްޔާ ދުވަހަކުވެސް ދެރަ ގޮތެއްވުމަކައް އެއްވެސް ބަޔަކައް ނުވަތަ އެއްވެސް އިންސާނަކައްވެސް ނޭދެން ، އަޅުގަނޑައް ބައްދުވާއެއް ކުރެފިފައެއް ނޯއްނާނެ ވެފައޮތް ކަމެއް ބުނެލާފަ އޮންނާނީ ، ކުށެއް ވާނަމަ މާފައް އެދެން ، إن شاء الله ، أمين ،،،،،!.

The name is already taken The name is available. Register?

ނިމިފަ،،

22 October 2017

ﷲއިރާދަފުޅުކުރެއްވިއްޔާ ދުވަހަކުވެސް ދެރަގޮތެއްވުމަކައް ބޭނުމެއްނުވޭ އެއްވެސް މަހުލޫގަކައް އަދި ބައްދުއާ އެއް ވެސް ހިތަކު ނުބާއްވަން ، ވެނިފަވާ ކަަމަކައް ވެފަ އޮތް ކަމަކައް ގޮތެއް ބުނީމަ ނަބީބޭކަލުން އބަސް ވިދާޅުވުމުން ލޮލައް ފެނުނު ކަމުގަ ވިޔަސް ބަލައި ނުގަންނަ ގަބޫލުނުކޮއް ހަޖަމް ނުކުރެވޭ އިންސާނުން ފަހުޒަމާނުގެ އަލާމާތެއް ގޮތުން ފެންނާނެ ކަމައް ވޭ ! އިނަސާނަކު ވެނިމފަ އޮތް ކަމެއްގެ ބަހެއް ބުނުމުން އެއީ ބައްދުއާ އެއް ބާ؟ އާމީން !،،،

The name is already taken The name is available. Register?

އަލީސުލޭމާނުލާމުތުނޑި

21 October 2017

ތޮއްޕޭއަކީ ހިތްވަރުލާ ޒުވާން އަރަމުން އަންނަ ތަރިއެއް...އެކަން އެނގެނެ އެންމެ ތިރީގަ އޮތް ކޮމެންޓުންވެސް... ގައުމަށް ފައިދާއެއް ނުކޮށްދެވޭ ބޭރު ފަރަންޖީއަކަށް ވުރެން މަށަށް ތޮއްޕޭ މާ ރަނގަޅު

The name is already taken The name is available. Register?

ހައިކަލް

21 October 2017

ކާކު 4 ތަށި ހޯދާށޭ ކިޔާ ނުކުތީ... މައްސަލަ އަކީ ތިމާ އަދިވެސް ކޯޗެއްގެ ފެންވަރަށް އަހްލާގީ މިންގަޑު ނާދޭ...

The name is already taken The name is available. Register?

ވިސްނާލީމާ

21 October 2017

ރީތި މޮޅުކުޅުމެއް ނުފެނުނަސް، ރީތިޗާލު 3 ޕޮއިންޓް އަތުޖެހުމުން ދެން ހަމަ އޯކޭ! ކުރީގެ ބޭބޭފުޅުން ބުނާހެން ކިތަންމެ ރީތިކޮށްކުޅެފާވެސް ބަލިވީމަ އެދެން ވަރަށް ހަޑި! އަދި އެކަމެއް ތާރީޚަކުން ނުފެންނާނެ! ކިތަންމެ ހުތުރު ދެރަކުޅުމެއް ކުޅެފާވެސް ބޭނުންވާ އަސްލު 3 ޕޮއިންޓް ލިބުނީމަ އެވާހަކަ ތާރީޚުގެ ތެރެއަށް ވަންނާނެ! ރޭގެ މެޗުން ގްރީންސްޓްރީޓުގެ މައްޗަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ކާމިޔާބީ ހޯދިވާހަކަ އޮންނާނެ! އެއީ އަސްލަކީ! މަރްހަބާ ނިއުރޭޑިއަންޓް! -އިބްރާހީމް-

The name is already taken The name is available. Register?

ކކކ،!

21 October 2017

السلام عليكم ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ( މެޗަާ ބެހޭގޮތުން ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ މެޗަކަށް ފަހު މެޗެއް އެ ޓީމުން އަންނަނީ ކުޅުން ރަނގަޅުކުރަމުން ކަމަށާއި މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.) ރަންގަޅު ވާަކައެއް ކޯޗެއްކަމަކު އެބުނީ 14 ކުޅުންތެރުންނާ އެކު މެޗް ތިން ބައިކޮއްފަ ދެބާ 14 ކުޅުންތެރިންނާއެކު ދެން އެހެންވީމަ ޓީމް ރަންގަޅުވާކަމައް ފާހަކަ ކުރެވޭނެ މޮޅުވެސް ވެވޭނެ ، ދެން ގިނަ ސަޕޯޓަރުން ބުނާހެން މިރޭ ގްރީން އާކުޅުނުއިރު ނުކެރުނު ނިލަންދޫ ، މާޅޮސް އަދި ތިނަދޫ ޓިމް ކުޅުންތެރިން ކާރިކުޅުނުހެން ގްރީން ޓީމް ކުޅުންތެރިން ކާރިކުޅޭކައް ނުކެރުނު އެބުނާ މޮޅެއްނުދެއްކުނު އެބުނާ ފިޒިކަލީ ފިޓް ކަމެއްވެސް ނުދެއްކުނު ދެން ބުނާނީ ކިޔާނީ އޭނަ ފިޓެއް ނޫނޭ އިންޖަރީއޭ ދަގޭ ކިތަންމެ ފިޓައްސް ފިޒިކަލީ ރަންގަޅަސް ދަގޭ ކުލޭހެން ބޯޅަޔާ ނުކުޅެ ފުރަތަމަ ކުޅުންތެރިޔާއާ ކުޅެންޔާ ދަގޭ އަްވެސް ނުކުޅެވޭކަން މިރޭފެންނާނެ އެއީ އަކީ މޮޅުކުޅުމެއް ނޫން ، إن شاء الله ، أمين ،،،،،!.

The name is already taken The name is available. Register?

އަބުދުﷲ7

21 October 2017

‎ކަލޭ ދެތަލިން ކުޅުހިކޭވަރަށް ނިއުރޭޑިއަންޓާ، އަސްފާގާ ޖައްސާލާފަ ހުއްޓަކަސް 2013 ނިއުރޭޑިއަންޓް ހޯދިވަރުގެ ކާމިޔާބީއެއް ހޯދުނު ބަޔަކު އަދި ނެތް. ރާއްޖޭގެ މުބާރާތް ތަކުގަ ބަލި ނުވެ އެއްވަރު ނުވެ ކުޅުނު ހުރިހާ މެޗަކުން ހަމަ އެކަނި މޮޅުވުމުގެ ފަހުރުވެރި ރެކޯޑް އޮތީ ކަލޭތިޔަ ހަސަދަވެރިވާ ނިއު އަތުގަ...އޭރުވެސް ކަލޭ ކުރީ ބަދުދުޢާ.....ހަމަ އަސަރެއް ކުރާނީ ކަލެއަށް...

The name is already taken The name is available. Register?

ހުންގާނު

21 October 2017

السلام عليكم ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ކިޔާފަ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބާއި ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅުކުޅުންތެރިޔާއަށް ބަދުދުޢާކޮށް ކޮމެންޓްކުރަން ލަދުކޮބާ؟ ދަގޭ ކުޅެނީ ބޯޅަޔާ، ދަގޭ ބޯޅަހިފައިގެން ދެމިގަތީމަ މައިިތިރި ނުކުރެވިގެން އޭނަ ވަށާލާ ބައިގަނޑު ދގޭ އަށް ފައުލް ކުރީމަ މި ބޭފުޅާއަށް މިފެނިލައްވަނީ އޭގެ އިދިކޮޅަށް ދަގޭ މީހުންނާކުޅޭތަން. إن شاء الله ތިބޭފުޅާގެ ބަދުދުޢާ ދުވަހަކުވެސް ކާމިޔާބުނުވާނެ. އަދި އިރާދަކުރެއްވިއްޔާ ތިބަދުދުޢާ ތިބޭފުޅާއަށް ޖެހޭނެ... أمين

The name is already taken The name is available. Register?

އެމްބާޕޭ

21 October 2017

ރަސްގެފާނު ސޮބާ އައް ފެނިފަ ހުންނާނީ. ތޮއްޕޭ މެދައްލީ ނިއުގެ ކަންޑެލާ ހުއްޓުވަންށޯ. ލޮލް. ސޮބާ ސައިޒް ނޯޅެއްޗޭ.

The name is already taken The name is available. Register?

ހުންގާނު

21 October 2017

ކުޅުމުގެ ތެރޭން ކަންޑެއްލާ ނުހުއްޓުވުނީމަ ދެންގަސްތުކުރީ ސީދާ އޭނަ ދުއްވާލަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454