26 އޮކްޓޯބަރ 2017 - 12:39
ސަރުކާރުން ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު 39 ވޯޓާ އެކު މިއަދު ފާސްކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓު ފާސްކުރީ ހަމައެކަނި ޕީޕީއެމް އާއި އެމްޑީއޭ މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނެގި ވޯޓުގައި ބައިވެރިނުވާން އިދިކޮޅު ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ. އިދިކޮޅު ގިނަ މެމްބަރުން ކޮމިޓީގައި ބަޖެޓުގެ ބަހުސް މަރުހަލާގައި ވެސް ބައިވެރިއެއް ނުވެ އެވެ.
ބަޖެޓު ދިރާސާކުރި ކޮމެޓީގައި ބަޖެޓް ފާސްކުރަން ޕީޕީއެމް އާއި އެމްޑީއޭ މެމްބަރުން ހިމެނޭ ގޮތަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފާއި ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އޭޑީކޭ އަހުމަދު ނާޝިދު ވޯޓު ދެއްވި އެވެ. އެކަމަކު ތަޅުމުގައި ބަޖެޓް ފާސްކުރަން ވޯޓު ނުދޭން އިދިކޮޅު ފަރާތްތަކުން ނިންމުމުން އެ ވޯޓުގައި ދެ ބޭފުޅުުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ސަޕްލިމެންޓަރީ ބަޖެޓުގައި އެންމެ ބޮޑަށް ހަރަދު ވާނެ ކަމަށް ބުނެފައިވާ ސިއްހީ ދާއިރާއަށް އެކަނިވެސް 330 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އިންޝިއުރަންސް ސްކީމަށް 300 މިލިއަން ރުފިޔާ ކަނޑައެޅިއިރު، ސިއްހީ ދާއިރާއާ ގުޅުން ހުރި ވަސީލަތްތައް ހޯދުމަށް 30 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
- އައިޖީއެމްއެޗް އަދި ހެލްތު ދާއިރާ (30 މިލިއަން ރުފިޔާ)
- ސިއްހީ އިންޝުއަރެންސްގެ ނިޒާމު، އާސަންދަ (300 މިލިއަން ރުފިޔާ)
- މޯލްޑިވްސް ޕޮލިސް ސާވިސް (50 މިލިއަން ރުފިޔާ)
- އިލެކްޝަން (26 މިލިއަން ރުފިޔާ)
- ރީޖަނަލް އެއާޕޯޓްސް (40 މިލިއަން ރުފިޔާ)
- އެޑިއުކޭޝަން މިނިސްޓްރީ (47 މިލިއަން ރުފިޔާ)
މީގެ އިތުރުން އާމްދަނީ ހޯދިދާނެ ގިނަ ކަންތައްތަކެއް ސަޕްލިމަންޓްރީ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން މި އަހަރުގެ ނިޔަލަށް 268 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ލިޔުންތަކުގެ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނަށް ގެންނަ އިސްލާހުން ލިބޭނެ ކަމަށް ބެލެވޭ އަށް މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ތުރެޝޯލްޑް އުވާލުމަށް ޖީއެސްޓީގެ ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން، މި އަހަރު ތެރޭގައި އިތުރުވާނެ ކަމަށް ބެލެވޭ 29 މިލިއަން ރުފިޔާ އެވެ. މި ގާނޫނަށް ގެންނަނީ ކޮން ކަހަލަ ބަދަލުތަކެއް ކަމެއް ސަޕްލިމެންޓްރީ ބަޖެޓްގައި ހިމަނާފަައެއް ނުވެ އެވެ.
މީގެ އިތުރުން ބައެއް ރިސޯޓުތަކުގެ މުއްދަތު 49 އަހަރަށް އިތުރުކުރުމަށް، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ތިން ފަރާތަކުން ދައުލަތަށް ދައްކާ ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) އިން، 231 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ސަޕްލިމަންޓްރީ ބަޖެޓަކީ މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުވާނެ ކަމަށް ބެލެވޭތީ ގާނޫނުއަސާސީގެ ދަށުން ސަރުކާރުން ހުށަހެޅި ބަޖެޓެކެވެ. މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު، މި އަހަރުގެ ޖުމްލަ ބަޖެޓު 27 ބިލިއަން ރުފިޔާއަށްވުރެ އިތުރު ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަަނީ ވިދާޅުވެފަ އެވެ. މުނައްވަރު ވިދާޅުވީ 27 ބިލިއަން ރުފިޔާ އަށް ބަޖެޓު އެރުމާއެކު، 1.5 މިލިއަން ރުފިޔާގެ ޑިފިސިޓެއް ވާނެ ކަމަށާއި މި އަހަރުގެ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 2.3 އިންސައްތައިގައި ހިފަހެއްޓޭނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުން
26 October 2017
މަހައިރާންވެއްޖެ ތިމަޖްލިހަށް ތިފާސްކުރާށޭކިޔާފަ ހުށަހެޅީމަވަވެސް. ކީއްވެބާ ދަރުބާރުގޭން ތިނިންމާނުލީ!
މެންޓަލިސްޓް
26 October 2017
ސްޕްލިމެންޓަރީ ކީމަކާ ގިނަމީހުންނަކަށް ނޭންގޭނެ ،،، ޙަރަދުކުރާނެ ފައިސާހުއްވެގެން ،،، ފައިސާއަށް ވީގޮތެއްނޭންގިގެއްލިގެން އަލުން ފައިސާ ދައުަލަތް ހިންގަންވެގެން ހޯދަން ފާސްކުރިފާސްކުރުމެށް އަސްލަކީ ،،، ތިޔަފާސްކުރި ހުރިހާ ފައިސާއެއްވެސް ވާނީހުސް ،،، ދުވަސްކޮޅަކުން ނެރޭ އޯޑިޓްރިޕޯޓްތަކުގައި ހުންނާނެ މިވެނި އޮފީހަކުން 40 މިލިއަނަށް ވީގޮތެއްނޭންގެޔޭ ،،، މިވެނިތާކުން ޑޮލަރުގަންނަން ދިން 17 މިލިއަންއަށް ޑޮލަރެއްނުލިބޭ ،،، އެހެންވީމައި ރައްޔަތުންގެ ފައިސާ ނުބެލެހެއްޓޭބަޔަކަށް ފައިސާ ދޭކަށްނުވާނެ ،، ހަވާލުކުރާކަށް ނުވާނެ ،، މިސާލަކަށް ފިހާރައިގެ ވިކްރާއަށް ނޫނީ ޕެޓީކޭޝްއަށް ވާނުވާ ނޭންގިގެއްލޭކަމުގައި ވަނީނަމަ ފިހާރައިގެ ސޭޓޫން ޖެހޭނީ ބަދަލުކުރަން ،، އެމީކާޢި ހަވާލުކުރާވަރަކަށް ފިހާރަ ހުލިވެގެން ދާނީ ،،، ވަރަށްވެދެުން
މަރީނު
26 October 2017
ކޮބާ މިމީހުން ބޭނުންވި ގޮތައް ކަންތައްތައް ނިމުނީ އެންނު، ޤާނޫނެއް ޤަވައިދެއް ބެލުމެއްނެތް.. ހުސް ވަގުން
ހަސަން ސަީދު
26 October 2017
ރައްޔިތުނުންނަށް ބޭނުންވާ ބަޖެޓް ފާސް ކުރަން ވޯޓު ނުދޭ ބަޔަކީރައްޔިތުންގެ މެމްބަރުންނެއް ނޫން
ލާލް
26 October 2017
2018 ޔަގީން އިރަދަކުރައްވާށި.
މޮހޯ
26 October 2017
ކަރެޕްޓު ވެފަ އިންވަރު ވިސްނާލަބަލަ އަހަރު ނިމެން އެންމަހައްވީ ޑިސެންބަރު މަސްނިމުމުގެކުރިން 2018 ވަނަ އަހަރު ބަޖެޓު ފާސްކުރަން ޖެހޭ މިކުޑަދުވަސްކޮޅު އެހާބޮޑު ބަޖެޓެއްފާސް ކުރުމުގެބޭ ނުމަކީކޮބާ ވިސްނާފިކުރުކުރި މީހަކައްއިގޭނެ މިސަރު ކާރުގެ އިހުލާސްތެރި ކަން ދެން އައި ޖަހާ ދެން އައި ޖަހާ،
ތަމް
26 October 2017
އެންމެ ފަހުން ސަޕްލިމެންޓަރީ ބަޖެޓެއް ހަދަންޖެހުނީ ސުނާމީ ކާރިސާއާއި ގުޅިގެން... ޔާމީނު ސަރުކާރަށް މިއޮތީ ކޮރަޕްޝަން ކާރިސާ އައިސްފަ.
ލަންޑަނުސޮނިބެ
26 October 2017
އިދިކޮޅު މީހުން ވާތާވެއްޖެ ހަބަރެއް ދަބަރެއްނުވޭ މިހާރަކު އަހަރެމެންގެ ގަޓުރައިސްޔާމިނު ކިހާމޮޅު ދެންވެސް ވައްވައް ނުޖަހަ މަޑުންތިބޭ ތީކަމެއްވާނެ ކަމެއްކުރަން އެނހޭނެ ބައެއްވެސްނޫން އަހަރެމެންނައް އެނގޭނެ ސަރުކާރު ވައްޓާލަންވެސް ވައްޓާފަ އޮންނާނީވެސް
މޮޅު
26 October 2017
ހިޓްލަރުވެެސް މޮޅު، ބައްޝާރުވެސް މޮޅު. ނޯތްކޮރެއާގެ ޒައީމްވެސްމޮޅު، އަންސަންސޫކީގެ ބަރުމާވެސް މޮޅު، އުޞޫލެއް ހަމައެއް ލަމައެއްނެތި ބާރުގެ ބޭނުންކޮށްގެން ކަންކަން ޙާޞިލް ކުރާ މީހުންނަކީ މޮޅު މީހުން ކަމަށްވާނަމަ، ޖަންގަލީގައި އުޅޭ ބިޔަ ސިންގާ އަކީ އެންމެ މޮޅު އެތި. އެކަމަކު ސިންގާއާއި އެއްފެންވަރަށް އިންސާނުންދާކަށްނުޖެހޭނެ. ބައްޝާރުވެސް މޮޅުކަމުން ރައްޔިތުންތައް މަރުވެ ނުކުޅެދޭމީހުންނަށްވެ ޤައުމު ހުސްވިއިރުވެސް އެހުރީ ހަމަ އަރިހުގައިވާ މީހުންގެ ހިމާޔަތާއެކު ރައީސްކަމުގަ. ކިހާމޮޅު.
އުމަރު
26 October 2017
މިއީ ބޮޑު ޖަރީމާއެއް، މިމަޖިލިހުން މިހާރު ނިންމާ އެއްވެސްކަމެއް ރަނގަޅެއްނުވާނެ، އިދިކޮޅު މީހުންގެ ގޮނޑި ގެއްލުވާފައިއޭ ކިޔައިގެން އެމީހުން މަޖިލިހަށް ނުވައްދައި، ރައީސް ޔާމީނުގެ ފެކްޗަނުން ހިންގާ ބޮޑު ޖަރީމާއެއް، މިކަމުގައި ބައިވެރިވި 39 މެންބަރުންނަށް ހައްގު އަދަދުދޭންޖެހޭނެ، އެދުވަސް ދެކެން އަހަރެން ބޭނުންވޭ
ހިލިހިލާ
26 October 2017
އަހަރެން މީނީ ކޮމެންޓެއް ކުރަން ފަށާނެ ގޮތްވެސް ނޭގިފަ. ގާނުނުތަކާ ގަވާއުދުތަކަށް ހިތު ހުރިގޮތެއް އެހަދާލަނީ. ގެން މިގައުމު ހަމަޔަކަށް އެޅޭނީ އުތީމް ތިންބޭންނާއި އަލިރސްގެ ފާނުފަދަ ބޭފުޅުންތަކެއް ކުރިޔަށް ނިކުމެގެން. ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް ފެންނަމުން މިދަނީ ގާނޫނީ ސަރުކާރެއް ގާނޫނުން ބޭރުން ވައްޓާލުމުގެ ހިތިރަހަ. މިހާރު އެހިތިރަހަ އެކަން ކުރި މީހުންނަށްވެސް ނުފިލުވިގެން ދާތަން މިފެންނަނީ.