ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންތަކެއް. - ފޮޓޯ: މަޖިލިސް
24 އޮކްޓޯބަރ 2017 - 12:29
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު، މި އަހަރުގެ ޖުމްލަ ބަޖެޓު 27 ބިލިއަން ރުފިޔާއަށްވުރެ އިތުރު ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ބަޖެޓްގެ ގޮތުގައި ފާސްކޮށްފައިވާ އަދަދަށް ވުރެ އިތުރަށް މި އަހަރު ހިނގާނެ ކަމަށް ބެލެވޭ ހަރަދުތައް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހެޅީ 493 މިލިއަން ރުފިޔާ އެވެ. މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އިދިކޮޅު މެމްބަރުންގެ ހަޅޭއްލުވުމުގެ ތެރޭގައި ބޭއްވި މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުނައްވަރު ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް ފެންނަމުން އަންނަނީ ރާއްޖޭގެ އިގްތިސާދަށް ފަހި އަހަރެއްގެ ގޮތުގަ އެވެ.
މުނައްވަރު (މ) މިއަދު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅުއްވަނީ. - ފޮޓޯ: މަޖިލިސް
އެގޮތުން އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ ކުރީ އަހަރުގެ އެ މުއްދަތާ ބަލާއިރު 5.9 ޕަސަންޓު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި މުއްދަތުގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ވަނީ 8.8 ޕަސަންޓު އިތުރުވެފައިވާ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި ފާއިތުވެދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް މި އަހަރު ވެސް އިމާރާތް ކުރުމުގެ ސިނާއަތަށް ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ. އަދި މި އަހަރުގެ ނިޔަލަށް ރާއްޖޭގެ އިގްތިސާދީ ދުވެލި 6.9 ޕަސަންޓަށް ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަ ކުރުމުގެ ގޮތުން ހުށަހަޅާފައިވާ ބައެއް ކަންކަމަކީ ރައްޔިތުންނާ ގުޅުން ހުރި، ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް ބުރޫ އަރާފާނެ ފަދަ ނިޒާމީ ބަދަލުތަކެއް ގެންނަން ޖެހޭ ކަންތައްތަކަށް ވާތީ ބައެއް ހަރަދުތައް ފާސްކޮށްފައިވާ މިންވަރަށް ވުރެ އަހަރު ނިމޭއިރު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންވެ، ސަޕްލިމެންޓްރީ ބަޖެޓާއެކު މި އަހަރުގެ ޖުމްލަ ބަޖެޓުގެ އަދަދު 27.3 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 268 މިލިއަން ރުފިޔާ ހޯދުމަށް ވަނީ އަމާޒު ހިފައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ރެވެނިއު ސްޓޭމްޕް ގާނޫނު އިސްލާހު ކުރަން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ޓެކްސްގެ ނިޒާމުގައި ހުރި ފޫނުބެއްދޭ ކަންކަން ބޭނުންކޮށްގެން ޓެކްސް ދައްކަން ޖެހޭ މިންވަރު މަދު ކުރަން ބައެއް ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓުވައި ޓެކުހުގެ ގާނޫނުތައް ހަރުދަނާކުރުމަށް ޓެކުހާ ބެހޭ ގާނޫނުތައް އިސްލާހު ކުރުމަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އިސްލާހުތައް ގާނޫނުތަކަށް ގެނެވިއްޖެ ނަމަ، ޓެކްސްގެ ނިޒާމުގެ އެފިޝިއެންސީ އިތުރުވެ، ދައުލަތުގެ އާމްދަނީ އިތުރުވެގެން ދާނެ. އެހެންކަމުން މި ދެންނެވުނު ގާނޫނީ އިސްލާހުތައް ތިޔަ އިއްޒަތްތެރި މަޖިލީހުން ދިރާސާ ކުރައްވައި އަވަސް ގޮތެއްގައި ފާސް ކޮށްދެއްވުމަށް އަޅުގަނޑު އެދެން،" މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ 27 ބިލިއަން ރުފިޔާ އަށް ބަޖެޓު އެރުމާއެކު، 1.5 މިލިއަން ރުފިޔާގެ ޑިފިސިޓެއް ވާނެ ކަމަށާއި މި އަހަރުގެ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 2.3 އިންސައްތައިގައި ހިފަހެއްޓޭނެ ކަމަށެވެ.
މި އަހަރުގެ ތެރޭގައި އާ ކަންތައްތަކުން ދެ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓު ކުރެވިފައިވީ ނަމަވެސް މި އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ 592 މިލިއަން ރުފިޔާ އެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި މަޖިލީހުގެ ބައި އިލެކްޝަންތައް ބޭއްވުމަށް 26 މިލިއަން ރުފިޔާ، ސިއްހީ ދާއިރާއަށް 330 މިލިއަން ރުފިޔާ، ކާޑެއްދޫ އެއާޕޯޓަށް ބޭނުންވާ 40 މިލިއަން ރުފިޔާ، ޑިޖިޓަލް ސްކޫލް ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ 47 މިލިއަން ރުފިޔާ އަދި ފިއުލްގެ ގޮތުގައި ބޭނުންކުރެވޭ ތަކެއްޗާއި އިންޖީނު ތެޔޮ ފަދަ ތަކެއްޗަށް ބޭނުންވާ 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢުމުރުމިގޮތަށް
24 October 2017
27 ބިލިއަން ކީއްކުރަން 54 ބިލިއަންވެސް ފާސްކުރަންވީ ފާސްކުރާނީ ހުސް އަދަދު އައިޓަމްތަކަށ. ޢެފައިސާއެއް ނުވަންނާނެ
ކިބުރޭ
24 October 2017
މިއަހަރު އެކަނި 27 ބިލިއަން. އެކަމަކު 5 އަހަރުގެ ދައުރެއް ނިމޭއިރު އައްޑުއަށް 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފީމޭކިޔާ ރައްޔިތުން އެއްކޮއްގެން ފޮނިކަނޑަނީ.
ފޫހި
24 October 2017
ތިޔައީ ނަޝީދުގެ ވެރިކަމުގެ ތިންއަހަރުގެ ބަޖެޓް. ތިޔަހުރިހާ ފައިސާއިން ކީއްތަ ތިޔަކުރަނީ. އަހަރެމެންގެ ޖީބަށް ފަސްލާރިވެސް މި ހަތަރު އަހަރުތެރޭ އިތުރަކަށް ނުވަދޭ. ބޮޑެތި މަސައްކަތްތައް ތިޔަކުރަނީ ލޯނުން. ދެން ކޮން ތަރައްޤީއެއްތަ؟
ފޫނެތްއޮޑި
24 October 2017
އަމާޒު ލާހޫރޭ ބޮޑު މުސީބާތެއް !
އަނީސް
24 October 2017
މާލިއްޔަތާބެހޭ ވަޒީރު އެއޮއް ވިދާޅުވަނީއޭ 2017 ވަނަ އަހަރަށް 27 ބިލިއަން ރުފިޔާ އަރާނެ ކަމަށް. ދެން ފަހެ މި ލިންކް (https://www.mira.gov.mv/reports/September_17.pdf) ބަލާލީމާ އެނގި ފަހުމުވެއޭ މިއަހަރުގެ، ޔައުނީ، 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުޅި ދައުލަތަށް ލިބިފައިވަނީ 11.9 ބިލިއަން ރުފިޔާކަން. އަދި ހަމަ ނޭވާ ކުރުނުކޮށް އެއްކަލަ މުނައްވަރު އެބަ ވިދާޅުވެޔޭ "27 ބިލިއަން ރުފިޔާ އަށް ބަޖެޓު އެރުމާއެކު، 1.5 މިލިއަން ރުފިޔާގެ ޑިފިސިޓެއް ވާނެ ކަމަށް". ހިސާބު ޖަހާމީހުން ހިސާބު ޖަހާށެވެ. މި އަހަރު 1.5 މިލިއަން ރުފިޔާގެ ޑެފިސިޓެއް ވާން އޮންނާނެ ހަމައެކަނި ގޮތަކީ މި އަހަރުގެ، ޔައުނީ، 2017 ވަނަ އަހަރުގެ ބާކީ މިއޮތް 3 މަސް ދުވަހު ދައުލަތަށް 15 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިގެންނޫންތޯއެވެ. އަހަރުގެ 9 މަސް ދުވަހު ނުލިބުނު އެއްޗެއް 3 މަސް ދުވަހުން ލިބޭނެކަމަށް ހީކުރާ މީހަކު މާލިއްޔަތާ ބެހި، ކުޅެ، މޮޑެ، ހަދާނެ އެއްޗެއް ހަދަން ދޫކުރަން ފެނޭހެއްޔެވެ.!
ޕޕއމ
24 October 2017
ކަލޯގެޔާ!
ކަލޭނޭފާސް
24 October 2017
ތިޔަ އެތި ފާސްނުކޮށްދީވެސް ނުވާނެ. ފާސް ކޮށްދިނަސް ޚަރަދުކުރާނީ ވަން ޕާޓީ ކެމްޕެއިން ސިސްޓާމަށް. ދެން އެކަނި ޖަލްސާ ބާއްވައިގެން އަރާތިބެ، 27 ބިލިޔަން ބަޖެޓް ކައިގެން ކުރާ ކަންކަންވެސް އަޅުވައިކިޔާނީ 1 ބިލިޔަން ޒަމާނުގެ އަހަރުތަކާ
ހަބޭސްބބބބ
24 October 2017
ކިހާފަހި 9 މަސް ދުވަހަށް ދައުލަތަށް ލިބުނީ 11.8 ބިލިޔަން ؟ އަހަރުނިމޭއިރު ޚަރަދު 27 ބިލިޔަން . ފަހިވާނީ ތިވަރަށް
ފޮނިކަލޯ
24 October 2017
ނާޗަރަންގީ ޝޯދައްކާލުމުގައި