ނިއުގެ ކޯޗު އޮސްކާ (ކ) އެ ޓީމުގެ ސެންޓޭއާ އެކު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 ޑިސެމްބަރ 2017 - 12:30
އެފްއޭ ކަޕް ފައިނަލުގައި ރޭ ފުރަތަމަ 25 މިނިޓް ތެރޭ ޓީސީ ސްޕޯޓްސް ކްލަބުން ދެ ލަނޑު ޖަހާފައި ވަނިކޮށް ނިއު ރޭޑިއަންޓް ފަހަތުން އަރާ އެއްވަރުކޮށް އަދި އިތުރު ވަގުތުގައި އެ ނަތީޖާ ހިފަހައްޓާ އެންމެ ފަހުން ޕެނަލްޓީން މޮޅުވުމަކީ ކުޅުންތެރިންގެ ހިތްވަރު ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.
ނިއު މޮޅުވީ ދެ ވަނަ ހާފުގައި ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށް އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަހައިގެން 6-4 އިން މޮޅުވެގެންނެވެ.
ފައިނަލުގެ ކުރިން ނިއު އިން ވަނީ ޖެހިޖެހިގެން 14 މެޗުން މޮޅުވެފަ އެވެ. ނިއުގެ މޮޅުވުމުގެ މި ސިލްސިލާ އަށް ހުއްޓުމެއް ގެނެވޭނެ ކްލަބެއްގެ ގޮތުގައި އޮސްކާ ކުރިން ވެސް ސިފަކުރީ ޓީސީ އެވެ. އެހެން ނަމަވެސް ރޭގެ މެޗުން މޮޅުވެގެން ނިއު ބަލިނުވެ 15 މެޗު ހަމަކުރިއިރު، މިއީ މި އަަހަރު ޓީސީ އަތުން ހޯދި ފަސް ވަނަ މޮޅެވެ.
"މި މެޗު ވަރަށް އުނދަގޫ އަހަރެމެންނަށް. އާންމުކޮށް އަހަރެމެން މެޗު ފަށާ ގޮތަކަށް ނޫން މި މެޗު ފަށަން ޖެހުނީ. 2-0 އިން. މެޗުގެ ކުރިން އަހަރެމެން ވިސްނުން ހުރީ ދެ ހާފުގައި ވެސް ކުރީގައި އޮންނަން އެކަމަކު ދެ ވަނަ ހާފުގައި އަހަރެމެންނަށް އެކަން ކުރެވުނީ،" ނިއު އަށް 12 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދޭން އެހީތެރިވި ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން ބުންޏެވެ.
ނިއު އިން ވަނީ ދެ ވަނަ ހާފު ފެށުނުތަނުން އަހުމަދު އަބްދުﷲ (ލިލީ) ގެ ބަދަލުގައި މުހައްމަދު ރަޝީދު (ހޮކޭ) ކުޅެން އަރުވައިފަ އެވެ. އަދި ރިލްވާން ވަހީދު (ރިލޭ)ގެ ބަދަލުގައި ހަސަން އަދުހަމް (ސަޑޭ) ކުޅެން އެރުވި އެވެ. މި ދެ ބަދަލާ އެކު ނިއު އިން މެޗުގެ ކޮންޓްރޯލް ހޯދައިގެން ރަނގަޅަށް ކުޅުނެވެ. އަދި ޕެނަލްޓީ އަށް ދިއުމުގެ ކުރިން މެޗުން މޮޅުވާން ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެކަމަކު ކާމިޔާބެއް ނުވީ އެވެ.
"ދެ ވަނަ ހާފު ފެށުނުތަނުން ލަނޑެއް ޖެހުމުން އުއްމީދު އާ ވެއްޖެ. އެ ހިސާބުން މެޗުގެ ކޮންޓްރޯލް ވެސް އަހަރެމެންނަށް ލިބިއްޖެ. ދެން އެ ހިސާބުން އެނގިއްޖެ އެންމެ ކުޑަމިނުން މެޗު އެއްވަރުކޮށްލެވޭނެކަން. ދެން 120 މިނިޓް ތެރޭގައި ވެސް އަހަރެމެންނަށް މި މެޗުން ނަތީޖާ ނުނެރެވި ދިޔަ. ދެން ޕެނަލްޓީ އަށް ދިޔައީމަ ތަފާތު ފެނުނީ މި ޓީމުގެ ކުޅުންތެރިންގެ ކޮންފިޑެންސް އިން،" އޮސްކާ ބުންޏެވެ.
މިދިޔަ އަހަރުގެ ރަނަރަޕްގެ ހައިސިއްޔަތުން މި ފަހަރުގެ އެފްއޭ ކަޕް ގުރުނެގިއިރު ޓީސީ އަށް ވަނީ ސެމީ ފައިނަލުގެ ސީދާ ޖާގައެއް ދީފަ އެވެ. އެއީ މުބާރާތުގައި ޓީމުތަކުން ބައިވެރިވި އަދަދު މަދުވުމުންނާއި އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ ނުކުޅޭތީ އެވެ.
ނިއުގެ ދަގަނޑޭ (ވ) ކައިރިން ބޯޅަ ހޯދަން ޓީސީގެ ހަތަރު ކުޅުންތެރިއަކު މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނިއު ފައިނަލުން ޖާގަ ހޯދީ ކުއާޓާގައި އީގަލްސް އަދި ސެމީ ފައިނަލުގައި ގްރީން ސްޓްރީޓްސް ބަލިކުރުމަށް ފަހު އެވެ. ޓީސީ ފައިނަލުން ޖާގަ ހޯދީ ސެމީގައި މާޒިޔާ ބަލިކޮށްފަ އެވެ.
"ކޮންމެ ތިން ދުވަހަކުން މެޗު ކުޅުމަކީ އެއްވެސް ބަޔަކަށް ފަސޭހަކަމަކަށް ނުވާނެ. މި މުބާރާތުގައި ކޮންމެ 72 ގަޑިއިރަކުން މެޗެއް ކުޅެފިން. މި މެޗުގައި ވެސް ފެނުނު ޓީސީ ފްރެޝްކޮށް އޮތްވަރު. އެ ވެސް ތަފާތެއް. އެކަމަކު އެމީހުން ދެއްކި މޮޅު ކުޅުން ވެސް ފާހަގަކުރަން،" އޮސްކާ ބުންޏެވެ.
ސެމީ ފައިނަލުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއު އިން އަލީ އަޝްފާގު (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) ނުކުޅުވަ އެވެ. އޮސްކާ ބުނީ އެއީ ފައިނަލަށް އެ ދެ ކުޅުންތެރިންގެ މުހިއްމުކަން ބޮޑުވުމުން ކަމަށާއި އޭގެ ފައިދާ ވެސް ކުރި ކަމަށެވެ. ރޭގެ މެޗުގައި ނިއުގެ ފުރަތަމަ ލަނޑު ޖެހީ އޮއްޕޮ އެވެ. އެއްވަރުކުރި ޕެނަލްޓީ ހޯދައިދިނީ ދަގަނޑޭ އެވެ.
"ސެމީ ފައިނަލުގައި އެމީހުން (އޮއްޕޮ އާއި ދަގަނޑޭ) އެންމެ މިނިޓެއް ވެސް ނުކުޅުވުމުގެ ފައިދާ މި މެޗުގައި ފެނިއްޖެ. މި މެޗުގައި އެމީހުން ކުޅެފި 120 މިނިޓް. އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އެ ދެ ކުޅުންތެރިން ވެސް އެ ތަފާތު ދަައްކައިފި،" އޮސްކާ ބުންޏެވެ.
އޭނާ ބުނީ މޮޅުވުމުގެ ސިލްސިލާ ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި ކުރިއަށް އެއް މުބާރާތް އެބައޮތް ކަމަށެވެ. ދެން އޮތީ ޕްރެޒިޑެންޓްސް ކަޕެވެ. އެ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ހޮނިހިރު ދުވަހު ހަވީރު ބައްދަލުކުރާނީ ނިއު އާއި ޓީސީ އެވެ. މޮޅުވާ ޓީމަކަށް ފައިނަލަށް ދެވޭނެ އެވެ. ބަލިވާ ޓީމެއް ޖެހޭނީ އެރޭ މާޒިޔާ އާއި ގދ. ތިނަދޫ ކުޅެ މޮޅުވާ ޓީމަކާ އެކު ތިން ވަނަ ސެމީ ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔާލު
09 December 2017
ކޮބާ ޕްރެޒިޑެންޓް ކަޕު ގެ އަޕްޑޭޓް
ހިހި
08 December 2017
ކޮބާތަ ޕްރައިޑް އޮފް ހެންވެއިރު؟؟
ހޯރަ
08 December 2017
ޕްރައިޑް އޮފް ހެންވޭރަކީ ނިއުރޭޑިއަންޓް، ޕްރައިޑް އޮފް މަސްވެރިންނަކީ ނިއުރޭޑިއަންޓް، ޕްރައިޑް އޮފް ދިވެހިރާއްޖެ އަކީވެސް ނިއުރޭޑިއަންޓް، ޕްރައިޑް އޮފް މޯލްޑިވިއަން ފްޓްބޯލްއަކީވެސް ނިއުރޭޑިއަންޓް
ގޮތްކުޑަ
08 December 2017
ނިއުގެ ލަދުކޮބާ ރާއްޖޭގެހުރިހަާ މޮޅެތިކުޅުންތެރިންލައިގެން ކޯޗެއްތިހެދުނީ .ބަލަގަ އިހަކައްދުވަހަކު އަލައްދަނޑައް ނިކުތް ޓީމެކޭ ޓީސީ އަކީ'''''
ޓީސީޓީސީ ހެއް
08 December 2017
ޙުރިހާ މޮޅެތި ކުޅުންތެރިން ގިނާސްގެން ޓީސީ އަތުން ކިރިޔާ ދޮވެނުލެވުނީ...ތެދައް ތެބެނީ ހަމަ ބޮނޑޮކޮށް ލަދުގަންނަން ޖެހޭހައް..!!!!! ވީ އާ ޕްރައިޑް އޮފް ހެންވޭރު ސްޓިލް....ޓީސީ އިޒް ގޮނަ ޗޭންޖް ދަ ފުޓްބޯލް އޮފް މޯލްޑިވްސް ވަންސް އެންޑް ފޮ އޯލް...
ޗެކް
08 December 2017
ރާއްޖެ ތިބި ހުރިހާ މޮޅެތި ކުޅުންތެރިން ތިބީ ނިއު އަކު ނޫން. މޮޔަ ހައްދަން ނޫޅޭ. ފޭދޫ އިއްބެ ދާދު އަޑުބަރޭ އުމެއިރު ބަކާ އެންޑީ ޝާފީ އަސަދުﷲ މެސީ ރިޒޭ މީވެސް ނިއުގެ ކުޅުންތެރިތަ؟ ގިވް ކްރެޑިޓް ވެން އިޓްއިޒް ޑިޔު.
ޒާއްކޮ
07 December 2017
ފުޓްބޯޅާފައި ރަސްގެފާނޭ ބުނަނި ސަބަބުތަކެއް ނެތިގެންނެއް ނޫން. މަރުހަބާ ނިއު. ތިހޯދާ ކާމިޔާބުތަކުގެ ސިއްރަކީ އެއްބައިވައްތަ ކަން. ޓީމެއްގޮތުގައި ކުރާމަސައްކަތް.
އަހްމަދު
07 December 2017
ފުޓުބޯޅައިގަ އުސޫލަށް ބަލާއިރު މި މެޗު ބެލެވޭނީ އެއްވަރު ވި މެޗަކަށް. ޕެނަލްޓީ ޖަހަނީ ބަޔަކު މޮޅު ކުރަން ޖެހޭތީ. އެކަމަކު ރިކޯޑްތަކުގައި ލިޔެވެނީ ކުޅެގެން ނުކުންނަ ނަތީޖާ.
ޢަހްމަދު
07 December 2017
ބްރޯ ހަޖަނުވަންޏާ ޖުއްލާބު ގުޅަޔެއް ކާލާ
ހޯރަ
07 December 2017
ފުޓުބޯޅައިގަ އެއްވެސް އުސޫލަކަށް ބަލައިގެން މި މެޗު އެއްވަރުވި ކަމަކަށް ނުބެލެވޭނެ، މިއީ ނޮކްއައުޓް މެޗެއް، އެއްވެސް ނޮކްއައުޓް ފުޓްބޯޅަ މެޗެއް އެއްވަރު ވެގެންނެއް ނުނިމޭނެ. މިސޮރުމެން ހަމަ ފުޓުބޯޅައަށް އަލީ
ޓޮޓީ
07 December 2017
ނިޒާމްބެ ގަތް ލަދުން ނުކެރުނި އިންޓަވިއެއް ވެސް ދޭން. އެހެންތާ ވާނި ފަހަތުން އަރާވިންޔާ ތަށި ހިފާގެން ދަނޑްން ފޭބީ ނިއު ކީހާ ކަނޑަ ވާނެ..
ޢަހްމަދު
07 December 2017
މަ ނަމަވެެސް ކަޑަވާނޭ ކެކެކެ
ާއާރީ
07 December 2017
ގަލާޑޯ ނެތްނަން ވަރަށް ދެއްކި ރޭގަ މެޗުގަ. ފަހުން އަދުހަމް އެރުވީމަ އެޓޭކިން ވަރުގަދަވި.
ޤާދިރު
07 December 2017
މި މެޗާމެދު ނިޒާމުގެ ބަހެއް ވެސް ބޭނުންވޭ. ކީކޭބާބުނާނީ
ހުއްޓި
07 December 2017
ދެންވެސް ޓީސީ ބަލިކޮށްފަ ގައުމީ މުބާރާތް ނަގާނި. ނިޒާމްބެ ހުންނާނެ ބޮނޑާ ދައްކާފަ މެޑަލް ބަލާ ނުގޮސް
ހޯރަ
07 December 2017
ސާބަހޭ ނިއުރޭޑިޔަންޓް. ޓީސީ ފަހަރެއްގާވެސް ހީނުކުރެ ތި މަންނަމެން މި ކުޅެނި ދިވެހި ފުޓްބޯޅާގައި ރަސްގެފާނާ ދެކޮޅަށޭ. ދެން ބޮނޑާ ހާކާފަ ކުޅުންތެރިންނާ ސަލާން ނުކޮށް މެޑަލްބަލާ ނުގޮސް. މިދެން ބޮނޑްވަރު..