ކުޅިވަރު

އޮސްޓްރޭލިއާގެ ވަރުގަދަ ކްލަބާ އެކު ހަސަން ތަމްރީނަށް

މެލްބަން ރެނެގޭޑްސްގެ ކޯޗާ އެކު ހަސަން (ވ) އަދި އޭނާ މާލޭގައި ޓްރެއިނިން ހަދަނީ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރިކެޓް ލީގު ކަމަށްވާ އޮސްޓްރޭލިއާގެ ބިގް ބޭޝްގައި ވާދަކުރާ މެލްބަން ރެނެގޭޑްސްއާ އެކު ތަމްރީން ހަދައި ރާއްޖޭގެ ޒުވާން ކްރިކެޓް ކުޅުންތެރިޔާ ހަސަން އިބްރާހިމް އޭނާގެ އުއްމީދުތަކަށް ވާސިލްވުމަށް، ކުރިއަށް ބޮޑު ފިޔަވަޅެއް އަޅައިފި އެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޕްރިމިއާ ލީގުގައި ކާލްޓަން ކްރިކެޓް ކްލަބަށް މި ވަގުތު ކުޅެމުން އަންނަ ހަސަނަށް މި ފުރުސަތާއި އަދި ރެނެގޭޑްސްއާ އެކު ތަމްރީން ހެދުމުގެ ފުރުސަތު ހޯދައިދިނީ އޭނާގެ ޕާސަނަލް ކޯޗު އޮސްޓްރޭލިއާގެ ޑީން ވުޑްފޯޑެވެ.

ކްރިކެޓުގެ އެންމެ މަތީ ފަންތީގެ ކްލަބަކާ އެކު ޓްރެއިނިން ހެދި ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ހަސަން ބުނީ ޓީވީން އަބަދު ފެންނަ ކުޅުންތެރިންނާ އެކު ޕްރެކްޓިސްކޮށްލެމުން ކުރެވުނީ ވަރަށް އުފާވެރި އިހުސާސެއް ކަމަށާއި އެންމެ ސެޝަނަކުން ވެސް ވަރަށް ގިނަ ކަންތައްތައް ދަސްވެއްޖެ ކަމަށެވެ.

"އެ ކުޅުންތެރިން ތައްޔާރުވާ ގޮތާއި އުޅޭގޮތާއި މި ފަދަ ވަރަށް ގިނަ ކަންތައްތަކެއް މިހާރު ވެސް ދަސްވެއްޖެ. އެހާ ޕްރޮފެޝަނަލް ޓީމަކާ އެކު އުޅެލުމުން ޓެކްނިކަލް ބައިގެ އިތުރުން ކުޅިވަރުގެ ވަރަށް ގިނަ އެހެން ކަންތައްތައް ވެސް ދަސްވާނެ،" ހަސަން ބުންޏެވެ.

އޮސްޓްރޭލިއާގެ ވަންޑޭ ޓީމުގެ އޯޕަނިން ބެޓްސްމަން އާރޮން ފިންޗް ފަދަ ބައިނަލްއަގްވާމީ ތަރިން ހިމެނޭ ރެނެގޭޑްސްގެ ކުޅުންތެރިން ކިޔާފައިވަނީ ހޫނު މަރުހަބާއެކެވެ. އެ ކުޅުންތެރިންނަށް ރާއްޖެ އެނގެ އެވެ. އެކަމަކު ކުޑަކުޑަ ގައުމެއްގެ ކުޅުންތެރިޔަކު ކްރިކެޓް ކުޅެން އައުމުން ލިބުނީ ހައިރާންކަމެކެވެ.

"ހުރިހާ ކުޅުންތެރިން ވެސް ވަރަށް ވެލްކަމިން. ކާލްޓަން އަށް ކުޅެމުން އަޔަސް އަދި ވެސް އިތުރު ސެޝަންތައް ކުރިއަށްގެންދާނަން ރެނެގޭޑްސްއާ އެކު،" އޮސްޓްރޭލިއާ ގައުމީ ޓީމަށް ޓެސްޓް މެޗުކުޅެފައިވާ އެންޑްރޫ މެކްޑޮނަލްޑް ކޯޗުކޮށްދޭ ރެނެގޭޑްސްއާ ބެހޭގޮތުން ހަސަން ބުންޏެވެ.

ހަސަން މި ވަގުތު ކާލްޓަންއާ އެކު ގަވާއިދުން ޕްރެކްޓިސްކުރަމުން އަންނައިރު އޭނާ ވަނީ އެ ޓީމަށް 50 އޯވަރުގެ މެޗެއް ކުޅެދީ އަދި ޓޫޑޭ މެޗެއްގެ ފުރަތަމަ އިނިންގްސްގައި ކުޅެފަ އެވެ. ފުރަތަމަ މެޗުން ކާލްޓަން މޮޅުވީ ހަސަން ނެގި ވިކެޓަކުންނެވެ. އެ ޓީމުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ތިބޭތީ އޯޕަނިން އިން ފުރުސަތު ނުލިބުނަސް، ހަސަން ވަނީ ލިބުނު ފުރުސަތުގައި އޭނާގެ ފެންވަރު ދައްކާލައިފަ އެވެ.

"ވަރަށް ރަނގަޅަށް ފެށުން ދިޔައީ،" ނިއު ރޭޑިއަންޓަށް ކުރިން ފުޓްބޯޅަ ކުޅުނު އިބްރާހިމް ރަޝީދު (ލޯންގޭ) ގެ ދަރިފުޅު ބުންޏެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ބާރު އުކުންތެރިޔާގެ އުއްމީދަކީ ދުނިޔޭގެ ބޮޑު ފްރަންޗައިސް ކްރިކެޓް ލީގެއްގައި ކުޅެލުމެވެ. އިންޑިއަން ޕްރިމިއާ ލީގު ނޫނީ އޮސްޓްރޭލިއާގެ ބިގް ބޭޝް ލީގުގެ ޓީމަކަށް އެރުމަކީ އޭނާ ދެކޭ ހުވަފެނެވެ.

ރާއްޖޭން ބޭރުގެ ޓީމަކަށް ކުޅުނު ދިވެހި ފުރަތަމަ ކްރިކެޓް ކުޅުންތެރިޔާގެ ގޮތުގައި މެލޭޝިއާގެ ސްޓޭޓް ލީގުގެ ޕިނޭންގް ޓީމަށް މި އަހަރު ކުޅުނު ހަސަނަށް އެންމެ ބޮޑު އެހީތެރިކަމެއް ދެނީ އޭނާގެ ޕާސަން ކޯޗު ޑީން އެވެ.

"އޭނާ ފެންނަނީ ވަރަށް ބޮޑަށް ކުރިއަރަން ބޭނުންވާ ކުޅުންތެރިއެއްގެ ގޮތުގައި. ހަގީގަތުގައި އަހަރެން އެ ފުރުސަތެއް ހޯދައިނުވެސް ދޭނަން އެ ކުޅުންތެރިއެއްގެ އަޒުމެއް ނެތިއްޔާ. އޭނާގެ ކިބައިގައި އަމާޒެއް އެބައޮތް އަޒުމެއް އެބައޮތް. އެހެންވެ މި ފުރުސަތު ހޯދައިދެނީ،" ބަންގްލަދޭޝް، ޒިމްބާބްވޭ އަދި އަފްގާނިސްތާން ގައުމީ ޓީމާއި ޕާކިސްތާނާއި އޮސްޓްރޭލިއާ ކްރިކެޓް ލީގުގެ ކްލަބްތަކާ އެކު މަސައްކަތްކޮށްފައިވާ ޑީން ބުންޏެވެ.

ކްރިކެޓް ބޯޑުން 2000 ވަނަ އަހަރު ފެށި "2000 ކްރިކެޓް އެންޑް ބިޔޯންޑް" ޕްރޮގްރާމުގެ ތެރެއިން މި ކުޅިވަރުގެ ތެރެއަށް ވަދެ އުމުރުން 15 އަހަރުގައި 2006 ވަނަ އަހަރު ގައުމީ ޓީމުން ޖާގަ ހޯދި ހަސަން ވަނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އާއި 2010 އަދި 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ގައުމީ ޓީމަށް ކުޅެފަ އެވެ. އޭނާ އަކީ 2010 ވަނަ އަހަރުގެ އޭސީސީ ޗެލެންޖް ޓްރޮފީ ކާމިޔާބުކުރި ކްރިކެޓް ޓީމުގެ މެމްބަރެކެވެ.

"އެ ކާމިޔާބީތަކާ މެދު ފަހުރުވެރިވޭ. މިހާރު މި އުއްމީދުކުރަނީ އަނެއްކާ ވެސް ރާއްޖެ އަށް ފަހުރުވެރި ނަމެއް ހޯދައިދެވޭތޯ. ކިތަންމެ ކުޑަ ގައުމެއް ވިޔަސް ކުރިއަށްދެވިދާނެކަން ސާބިތުކޮށްދޭން ބޭނުންވަނީ،" ކުޅިވަރުގެ ރޮނގުން އޮސްޓްރޭލިއާގައި މަތީ ތައުލީމް ހާސިލްކޮށްފައިވާ ހަސަން ބުންޏެވެ.

3 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޤައުމުގެ ދިރުން

20 December 2017

ހަސަންއަސް ސާބަސް ކިޔަން. ތިފަތަ ޒުވާނުން މިއަދު ބޭނުންވަނީ. ހާއްސަ ކޮށް ކުރިކެޓް ފަދަ ކުޅިވަރަކުން ކުރިޔަށް ދާތީ ވަރަށް ފަހްރުވެރިވޭ. އުންމީދު ކުރަން ދިވެހި ކްރިކެޓް ޓީމްވެސް އުސް ސަފައް ޖެހިލާ. ދުނިޔޭގެ ބޮޑެތި ގައުމުތަކާއި އެކު ވާދަކޮށް އިތުރު ރަންވަނަ ތަކެއް ހޯދާނެ ކަމަށް. ހަސަން ޤައުމުގައިވެސް މިފަދަ ހިދުމަތް ކޮށްދޭނެ ކަމަށް އުންމީދު ކުރަން.

The name is already taken The name is available. Register?

ދޮން އާމިރު

20 December 2017

ތިއޮތީ މިދުނިޔެ ލިބިފައެވެ.

The name is already taken The name is available. Register?

މުހައްމަދުމ

20 December 2017

ޙަސަން އަށް މަރްޙަބާ! ލޯންގޭ އަށް ސާބަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454