ޚަބަރު / ކުޅުދުއްފުށި ހޮސްޕިޓަލް

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގާ ކުންފުނިން ތުހުމަތުތަކަކާ އެކު ރައީސަށް ޝަކުވާ

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުންޏާއި ހެލްތު މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން އިންޑިއާގެ ނިމްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ނުދެވޭ މައްސަލައިގައި، އެ ހޮސްޕިޓަލުގެ ވެރިންގެ ގޮތުގައި ކަނޑައަޅާފައިވާ ދިވެހިންނަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ރައީސް އަބްދުﷲ ޔާމީނަށް ޝަކުވާ ހުށަހަޅައިފި އެވެ.

ނިމްސް ހޮސްޕިޓަލް ހިންގާ، ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ ޖޫން، 19، 2017ގަ އެވެ. މަލްޓި ސްޕެޝަލިޓީ، ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށް ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުދާތީ، މިދިޔަ މަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ވަނީ އެ ހޮސްޕިޓަލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެފަ އެވެ.

މި މައްސަލައިގައި ޝަކުވާ ބޮޑުވެފައި ވަނިކޮށް، ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ޚާން ވަނީ އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ލަސްވާން ދިމާވި މައްސަލައިގެ "ހަގީގަތް" ހާމަކޮށް ރައީސް ޔާމީނަށް 14 ސޮފްހާގެ ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި، ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގައި އެ ކުންފުންޏަށް ދިމާވެފައިވާ ބޮޑެތި ދަތިތަކުގެ ތަފްސީލް ވެސް ރައީސް ޔާމީނާ ހިއްސާ ކުރައްވާފައިވެ އެވެ.

އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަން:

- އެކި ދާއިރާތަކުން ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ސުޕަސްޕެޝަލިސްޓު ޑޮކްޓަރުންގެ ހިދުމަތް ދިނުން.

- ޑައިގްނޯސްޓިކް ހިދުމަތްތައް/ ލެބޯޓްރީ ހިދުމަތާއި ސީޓީ ސްކޭން އަދި އެމްއާރުއައި ސްކޭންގެ ހިދުމަތް ދިނުން.

- އެއްބަސްވުމުގައި ސޮއިކުރާތާ އެއް އަހަރާއި ހަތަރު މަސް ތެރޭގައި 50 އެނދުން 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުން.

- މަލްޓި ސްޕެޝަލިޓީގެ އިތުރުން ޖެނެޓިކް ޑިސްއޯޑާސްގެ ދާއިރާ އަށް ހާއްސަކުރުން. އޭގެ ތެރޭގައި ތެލެސީމިއާގެ މައްސަލަތަކާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހިމެނުން.

ކުޅުދުއްފުށީ ހޮސްޕިޓަލް. އެތަން މިހާރު ވަގުތީ ގޮތުން ހިންގަމުން އަންނަނީ ހެލްތު މިނިސްޓްރީން. -- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ނިމްސް އަށް ކުރިމަތިވި ވަކިވަކި މައްސަލަތަކުގެ ތަފްސީލުު ސިޓީގައި ހިމަނާފައިވާ އިރު، ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ތިއްބެވި ދިވެހިންނާ މެދު ފައިސާގެ ބޮޑެތި ތުހުމަތުތަކެއްކޮށް، އެ މައްސަލަތަކުގައި ފިޔަވަޅު އަޅައިދޭން ވެސް އެދިފައިވެ އެވެ.

އެ ސިޓީގައިވާ ގޮތުން، ރާއްޖޭގައި އެ ކުންފުނީގެ ބޭންކް އެކައުންޓެއް ހުޅުވުން ލަސްވެ، ފައިސާ ޓްރާންސްފާ ކުރަން ޖެހެނީ ޑައިރެކްޓަރުންގެ ގޮތުގައި ކަނޑައަޅާފައިވާ ދިވެހިންގެ އެކައުންޓްތަކަށެވެ. ވޭތުވެދިޔަ ހަ މަސް ތެރޭގައި އެކި ފަހަރު މަތިން 130،000 ޑޮލަރު (ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ) އެ އެކައުންޓްތަކަށް ފޮނުވާފައިވާއިރު އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.

ހޮސްޕިޓަލަށް ފޮނުވާ އަގު ބޮޑު މެޝިންތައް ކަސްޓަމުން ނެރުމުގައި ވެސް ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުގައި، ކުޅުދުއްފުށީ ހޮސްޕިޓަލަށް ނޮވެމްބަރު، 12، 2017 ގައި އަގު ބޮޑު ސިޓީ ސްކޭން މެޝިނެއް ފޮނުވާފައިވާ އިރު، ހުއްދަތަކެއް ނުލިބިގެން ކަމަށް ބުނެ ކަސްޓަމްގައި އެ މެޝިން "ތާށިވެފައި" ހުންނަތާ ދެ މަސް ވެދާނެ އެވެ. ސީޓީ ސްކޭނާއި އެހެން ވެސް އަގު ބޮޑު މެޝިންތައް ނުނެރެ ލަސްކުރަނީ ގަސްތުގައި ކަމަށް ވެސް އެ ކުންފުނިން ޝައްކުކުރެ އެވެ.

ހޮސްޕިޓަލަށް ފޮނުވާ މިފަދަ މެޝިންތައް ކަސްޓަމްގައި ގިނަ ދުވަސް ވުމަކީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް އެ ކުންފުންޏަށް ވެސް ކުރިމަތިވާނެ ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ނޫރުލް އިސްލާމް ކުންފުނިން ބުނެފައި ވަނީ، ބޭސް އެތެރެ ކުރުމާއި އެ ނޫން ވެސް ސިއްހީ ޚިދުމަތްތަކާ ގުޅޭ އެކި ހުއްދަތައް ހޯދަން ވެސް ދަތިތަކެއް ކުރިމަތިކޮށްފައިވާ ކަމަށެވެ. ސިޓީގައި ބުނެފައިވާ ގޮތުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން، ނޫރުލް އިސްލާމް ކުންފުންޏާއެކު ކުރަމުން އައި މުއާމަލާތްތައް މެދުކެނޑި ޑޮކްޓަރުން ހޯދައިި ރަޖިސްޓްރީ ކުރުމާއި އިމްޕޯޓް އެކްސްޕޯޓް ލައިސަންސް ލިބުން ލަސްވުމާއި އެތަނުން ކަނޑައަޅާ ޑޮކްޓަރުންނަށް ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވުން ފަދަ މައްސަލަތައް ހިމެނެ އެވެ.

ނޫރުލް އިސްލާމްގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް: އެއްބަސްވުމާ އެއްގޮތަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ޚިދުމަތް ދޭން ލަސްވާ މައްސަލަތައް އޭނާ ވަނީ ރައީސް ޔާމީންގެ ސަމާލުކަމަށް ގެންނަވާފައި. --ފޮޓޯ/މިހާރު

ނޫރުލް އިސްލާމް ކުންފުނީގެ ސިޓީގައި ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޚިދުމަތް ދިނުމާ ގުޅޭ ނިންމުންތައް ނިންމަން ޖެހެނީ އެއްބަސްވުމުގައިވާ ގޮތުން އެ ކުންފުނީގެ ހުއްދައާ އެކުގައި ކަމަށެވެ. ނަމަވެސް ބައެއް ކަންކަން، ލަފާ ވެސް ނުހޯދައި ދިވެހި ޑައިރެކްޓަރުން ނިންމާފައިވާ ކަން ކަންބޮޑުވުމާއެކު ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ ތެރޭގައި، ޑައިރެކްޓަރުންގެ ނުފޫޒާއެކު ހޮސްޕިޓަލުގެ އެކި މަގާމްތަކަށް މީހުން އައްޔަންކޮށްފައިވާ ކަމަށް ސިޓީގައިވެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ނޫރުލް އިސްލާމް ކުންފުނިން ފޮނުވި މުވައްޒަފުންނާ މެދު ވަރަށް ބޭއަދަބީ އަދި އިހާނާތްތެރިކޮށް އަމަލުކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. މިއީ، ވެސް ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

ނޫރުލް އިސްލާމް ކުންފުންޏަށް ދަތިތައް ކުރިމަތި ކުރަނީ، ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމުގެ ގާބިލްކަން އެ ކުންފުނީގައި ނެތް ކަމަށް ދައްކައި، އެއްބަސްވުން ބާތިލްކުރަން ކަމަށް ވެސް އެ ކުންފުނިން ތުހުމަތުކޮށްފައިވެ އެވެ.

ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ހުރިހާ ޚަރަދެއް ވެސް ކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ނޫރުލް އިސްލާމް ކުންފުނިންނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމާ ނިމްސް އިން ހަވާލުވި ފަހުން، އެ ތަނުގެ ހިދުމަތްތަކުގެ ފެންވަރު ދަށްވާ މައްސަލައިގައި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. ހިނގަހިނގާ ހުރި ހޮސްޕިޓަލެއް ނިމްސްއާ ހަވާލުކުރުމުން އެ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމަށް ކަމެއް ނުކުރެވުނު ތާނގައި އެތަން ހިންގަމުން ދިޔަ ފެންވަރުގައި ވެސް ހިންގާ ނުލެވުނު ކަމަށް ބުނެ އެއްބަސްވުން އުވާލަން އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

47 ކޮމެންޓް, 108 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 23%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮޅުވާކުން

07 January 2018

ސަރުކާރުން ވަރަށް ރަގަޅަށް ތިމައްސަލަ ބަލަން ފެނޭ، އުސައިދު ވެސް ފައިސަލް ހާން ވެސް ދޮގުތަކެއް ހަދާކަމަށް ފެނޭ ، ދެފަރާތުން ގުޅިގެން އޮޅުން ބޮޅުން ކޮއްލުމުގެ ބެނުމުގައި އުޅޭކަމަށް ބޮޑަށް ލަފާކުރެވެނީ، ޙިޔާނާތުން މިއިން އެއްބަޔަކުވެސް އިސްތިސްނާވާނެހެނެހެނެހިއެއްނުވޭ،

The name is already taken The name is available. Register?

އައިޖޭ

05 January 2018

ތިޔަ މެޝިނެއް ނުނެރެވި 2މަސް ވީ އިރު، ބޭސް ހުއްދަ ނުލިބި 2މަސްވީ އިރު، ވިސާ ނުލިބު 3 މަސް ވީއިރު، ތިޔަ ކުްނފުނިން މިނިސްޓްޜީ އަށް މެއިލް ގަނޑެއްވެސް ނުފޮނުވުނު؟ ކުރިީދުހު ނޫހުގައި އޮތް، އެމްޕީ ނަޝީދާއި ހަވާލާދީފައިވާ ގޮތުން، މި ނުރުލްއިސްލާމް ފައުންޑޭޗަނަކީ އިްނޑިޔާ އިން ބޭރުގައި ވިޔަފާރި ކުރުމުގެ ހުއްދައ އޮތް ފަރާތެއް ނުން ކަމުން ޖެހިގެން އުޅޭ މައްސަލަ ތަކެއްލަމަށްވެސް.. ދެނޯ؟؟

The name is already taken The name is available. Register?

ގަސްތުގައި

07 January 2018

ދެފަރާތުން އުފެއްދި ކުންފުނީގައި އުސައިދުގެ %20 ހިއްސާ އޮތްއިރު ، ނުރުލްއިސްލާމް ފައުންޑޭޗަނަކީ އިންޑިޔާ އިން ބޭރުގައި ވިޔަފާރި ކުރުމުގެ ހުއްދައ އޮތް ފަރާތެއް ނޫން ކަންނޭގޭ ކަމައްވަންޔާ، މިކަހަލަކަމަކަށް އުސައިދުވެސް ތަސައްރަފު ނުފުދޭ،

The name is already taken The name is available. Register?

ކުޑައަލީ

04 January 2018

ކުޅުދުއްފުށީ މީހުންނަށް ކިހާބޮޑު ދެރައެއް ތިޔަލިބުނީ އެމީހުންގެ އާމްދަނީގެ އެންމެބޮޑު ހިއްސާއަށް ތިޔަލިބުނީ ފޫނުބެދޭވަރުގެ ގެއްލުމެއް. އަދިވެސް ފަރިވަޅު ހިފައިގެން ރަތްލިބާސް ލައިންގެން ބޯމަތީގައި ތަށިބަހައްޓައިގެން މަޤާމުމަގުން ހިންގާފާ ޖައްރާފާކައިރިއަށް.

The name is already taken The name is available. Register?

ޗިޕް

04 January 2018

ތިތަނާ ތިހަވާލް ވީ ބަޔަކު ދުވަހަކުވެސް ބަލި ނުވާނީ ކަންނޭގެ, އާދައިގެ ބަލި މީހުންގެ އިހަސާސް ނޭގެނީ. ލައަކަ ލާރި ވާ ކެވިއްޖެ އެއްނު. ތީވެސް މި ވޯޓށް ހޯދާ ފައިސާ ކަންނޭގެ. ސަހަލު ގޮތަކަށް ކަމެއްނުކުރާނެ. ކެޔޮކޭވަރު އިނގޭނީ ބިތުފަންގި ނެގީމައޭ ބުނަނީ އެހެންވެ, މިހޢރު ދެން އިންޑޔޢއަށްވެސް އިނގޭނެ މީ އަހުދެއް ވައުދެއް ހިފެހެއްޓޭ ވަރުގެ ބައެއް ނޫންކަން. ތި ލާރިގަނޑު ކާލައިގެން ރައްޔިތުން ނިކަމެތި ކުރާ މީހުންނަށް ހެޔޮވިސްނުން ދެއްވާށި.

The name is already taken The name is available. Register?

އަހްމަދު

03 January 2018

ތިއީ ހަމަ ސަރުކާރާ ގުޅިގެން ހިންގާ ބޮޑު ގޭސްގަނޑެއް. ތިޔަ ބުނާ ކުންފުންޏާ ތިޔަ ހޮސްޕިޓަލް ހަވާލުކުރިއިރު އެންމެ ކުޑަމިހުން ޑިއުޑެލިޖެންސްއެއް ހަދާލިނަމަވެސް އެނގޭނެ ތިއީ ތިކަން ކުރެވޭ ވަރުގެ ބައެއް ނޫންކަން. ތިކަމުގެ ދިވެހިންގެ ގޮތުގަ ބައިވެރިވެގެން އުޅޭ މީހުންގެ ކަންކަން ބަލާލުމުންވެސް އެނގޭނެ އެއީ ކިހާވަރެއްގެ ބައެއްކަން. އެހެންވީމަ، ތި ހޮސްޕިޓަލްގެ ކަންކަން މިހާ ހިސާބަށް ދިއުމުގަ ސަރުކާރުގެ އިހްމާލުވެސް ބޮޑުކަމަށް ފެންނަނީ.

The name is already taken The name is available. Register?

އައްޑޫ ރަދުން

03 January 2018

ނިމްސްއިން ދެން ތިކަމާ ދެރަވެގެން ރައީސްއަށް ޝަކުވާކުރުމުގެ މަނައެއްނެތް.މަކަރާ ހީލަތުގެ ގޮތުން މިސަރުކާރު ޖަހާލާފަ ދެވިދާނެ ކަމަށް ހީކުރުމަކީ ނިމްސް މީހުނަށް ހެދުނު ވަރަށް ބޮޑު ގޯހެއް...ދެން އެމް އެމް ޕީ އާރު ސީ އާއި ހަވާލު ކުރި ޑޮލަރަށް ވީގޮތް އެނގި ތިބެ ނިމްސްއިން ތިޔަ ބުނާ ޑޮލަރު އެވެރިންނާއި ހަވާލު ކުރުން އެއީ ކަުރަން ހެޔޮވާވަރުގެ ކަމެއްނޫން....

The name is already taken The name is available. Register?

ކޮކްޓެއިލްރައީސް

03 January 2018

ކެޔޮކޭވަރު އިނގޭނީ ފަންގި ނެގީމާކަން އެންމެންވެސް ދަނޭ، ތިކަހަލަ ހާދަ ޖަރީމާއެއް ހިންގާފަ ހުންނާނެޔޭ.

The name is already taken The name is available. Register?

މަހަށް

03 January 2018

ކުޅުދުއްފުށީ ހޮސްޕިޓަލާއި ގުޅޭ ބޮޑެތި ތުހުމަތު ތަކެއް ކޮށްފައި އިންޑިއާގެ ނިމްްސް ހޮސްޕިޓަލުން އެކަން ކަން ކުރި ނަމަވެސް އެއީ ތެދެއް ނޫނޭ އެއަށް ވުރެން މައްކާރު ވެފައި ދޮގު ހަދާނެއޭ އިންޑިއާ މީހުން. އިންޑިއާ މީހުން އަދި ލަންކާ މީހުން ކަމަކީ މީހުން ބްލޭމް ކުރުމޭ އެނޫން ކަމެއް އެމެން ނުކުރެއޭ އިންޑިއާ މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

The name is already taken The name is available. Register?

އަބްދުއްﷲ

03 January 2018

ތިހާ ޜޭސިސްޓް ނުވިޔަސް އޯކޭ ވާނެ... މީހާ ގޯސްވަނީ އުޅޭގައުމަކުން ނޫން...

The name is already taken The name is available. Register?

falaku ain

03 January 2018

މަޖިލީހުގެ ކުޅުދުއްފުށީ ދާއިރާގެ މެމްބަރު އޭނާގެ ބްލޮގް ގައި ލިޔެފައިވާ ބައެއް ޢިބާރާތް ދޭހަވާނަމަ ނޫރުލްއިސްލާމް ނުވަތަ ނިމްސްގެ ބޮލަށް ތިކަމެއް ކަނޑައެއް ނުލާނެ. ނަޝީދު ލިއުއްވުމުގައި ފާހަގަ ކުރައްވާފައި އެބައޮތް އެއްބަސް އުވާލަން އެންމެ ފަސޭހަވާނީ ނިމްސް އަށް ކަމަށް. މާނައަކީ ސަރުކާރު އެއޮތީ މަޅިއެއްގެ ތެރެއަށް ފެތިފަޔޭ. ދެންއޮތް އަނެއްކަމަކީ ނިމްސްއިން ގެންނަ ތަކެތި ފަސޭހައިން އެތެރެވާގޮތް ހަދައިދިނުމަކީ ސަރކާރުން ކުރަންޖެހޭ ކަމެއް. 100 ޕަސެންޓް ދަރަންޏަށް ޒިންމާ ނަގަންޖެހޭ އާސަންދައަކަށް ބިލްކުރަން ހެލްތު މިނިސްޓްރީން އެއްބަސްވި ބޭސިސްއަކީ ކޮބާ؟ ދައުލަތުން އުފުއްލަންޖެހޭ ޒިންމާ ނުއުފުއްލޭނަމަ ތިބާވަތުގެ އެގްރިމެންޓް ނުހަދައި ތިބެންވީ.ދައުލަތުގެ ފައިސާއަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަނީ ކޮންބައެއްކަން އެނގޭބަޔަކު އެބަތިބިބާ؟ ޔާމީނަށް އެނގިވަޑައިގެން ތިހާ ޅައެއްޗެއް ބޮޑުތިލަދުންމަތި ގުނބޯ ހައްދަން ކުރާނޭ ކަމަކަށް ނުބެލެވޭ.

The name is already taken The name is available. Register?

ރައްޒާން

03 January 2018

ދެން އެނގޭނު ދިވެހިންތަކެއްލީމަ ވާނެގޮތް، ހޮސްޕިޓަލް ހުންނަތާ ހުންނާނީ ވަޅުގަނޑެއް ކަން،

The name is already taken The name is available. Register?

ރައީސްކީއްވެ

03 January 2018

ޤައުމެއްގެ ސަރަހައްދީ ހޮސްޕިޓަލް އެއްގެ މައްސަލާގަ ސީދާ ޤައުމުގެ ރައީސަށް ސިޓީ ލިޔަންޖެހެނީ ކީއްވެބާ. މިއީ ޞިއްޙީ ދާއިރާއާ ގުޅޭ ކަމެއް. އެތާނގައި ހުންނާނެ ހޮސްޕިޓަލްތައް ބަލަހައްޓާ ޑިޕާރޓްމެންޓް، ހުއްދަދޭ ޑިޕާރޓްމެންޓް އަދި ނުވިތާކަށް މިނިސްޓަރެއްގެ އިތުރުން އެކި ފެންވަރުގެ ވެރިން. ސީދާ ރައީސާ މިވަރުކަމެއްގަ ލިންކް އެޅުންވެސް އެއީ ބޮޑު ގޯހެއްދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454