ފޮރިން މިނިސްޓަރު އާސިމާއި އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދާއި ފޮރިން މިނިސްޓްރީގެ އިސްވެރިންނާ އެކު އިންޑިއާގައި --ފޮޓޯ/ފޮރިން މިނިސްޓްރީ
10 ޖެނުއަރީ 2018 - 20:01
ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެެއްގެ ގޮތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިއަދު އިންޑިއާ އަށް ވަޑައިގެންފި އެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑު ފެތުރިފައި ވަނިކޮށް، އާސިމް މިއަދު އިންޑިއާއަށް ވަޑައިގަތީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރަން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖްއާ އާސިމް މާދަމާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވި ކަމަށް މިފަހަރު އަޑު ފެތުރުނީ ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ރާއްޖެއިން ސޮއި ކުރުމުންނެވެ. އެކަމަކު ރާއްޖެއިން ބުނެފައިވަނީ އެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.
އިންޑިއާ އިން ވެސް ބުނެފައިވަނީ ރާއްޖެއަކީ އަބަދުވެސް އިންޑިއާގެ ފުރަތަމަ އެކުވެރިޔާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ގުޅުން ދަމަހައްޓާނެ ކަމަށެވެ. ރާއްޖޭގެ މައްސަލާގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވެސް އެ ގައުމުގެ ފޮރިން މިނިސްޓަރާ ވަނީ ސުވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލެޖް އިކޮނޮމިސްޓް
11 January 2018
ޖަޕާނު ފޮރިން މިނިސްޓަރާއި ރައީސް ބައްދަލު ކުރީވެސް ނުރަސްމީ ހެދުމުގައި. މިއީ ވެސް ޖަޕާނުގެ މިނިސްޓަރުގެ އަގު ވައްޓާލާ ޖަޕާނު ދެރަކުރަން ކުރިކަމެއްގެ ގޮތުގައި ބެލިދާނެ. ދެން ތަރުޖަމާނުން ތައް ބުނާނީ ހެދުން އަޅައިގެން ތިބޭނެ ގޮތް އޮންނަނީ ކުރިން ވާހަކަ ދައްކާ ހަމަޖައްސާފައޭ. ވީމަ ގަދަރު ކުޑަކުރީކަމަކަށް ނުބެލޭނެއޭ. ހަގީގަތަކީ ވާހަކަ ދައްކައިގެން ކުރިއަށް މައުލޫމާތު ދީގެން ކޯޓު ނުލައި ހުންނާނެ ކަން ބުނުމަކީ ގަސްދުގައި ދަށްކޮށްލުން ކަމަށް މާބޮޑަށް ބެލުމުގެ ޖާގަ އެބައޮތް.
އާޝާ
11 January 2018
ކޯޓް ނުލުމަކީ ޤަދަރު ކުޑަކުރުމެއްކަމަކަށެއް ނުބެލެވޭނެ. ހެދުމަކީ ވަގުތާއި މާޙައުލާ ގުޅޭގޮތަށް އަޅަންޖެހޭ އެއްޗެއް.
އެނގޭތަ
11 January 2018
ޖަޕާނު މީހުންނަކީ ތިޔަ ކަހަލަ ކުދި ކަންކަމާ އޮފެންޑްވާ ބައެއްނޫން. އެއަށްވުރެ މާ ހިތްތިރި ބައެއް. ގަސްދުގައި ދައްކޮށްލަނީއޭ ދެރަކުރަނީއޭ ... މިހިރަ މިހިރަ ކަހަލަ ކަންކަމަކީ ދިވެހިން ބަލާ އުޅޭ ބޯދާ ގޮތްތަކެއް. ފެންނަހާ މަންޒަރެއް ހިތުހުރިހާ ގޮތަކަށް މާނަ ނެރުމަކީ ދިވެހިންގެ ހަރުލާފަހުރި ހުތުރު އާދައެއް.
އަޖައިބު
10 January 2018
ގުޅުން އޮތްލެއް ވަރުގަދަ ކަމުން ދެއްތޯ؟
ވާވާ
10 January 2018
ކޮއްމެ ސަރުކާރެއް އަޔަސް އަސްލު މި ތިބެނީ އެއްބްއެއްތާދޯ.. ވާވާ..
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
10 January 2018
މިސަރުކާރާއި އެކު “ދިވެހި ދައުލަތް ދުނިޔޭގެ ޤައުމު ތަކުގެ ސަފުން ބާކީވެ އެކަހެރިވެއްޖެ” ކަމަށް ދެކެވޭ ވާހަކައިގެ ތެދުކަން ލިއުމުގައިވާ ފޮޓޯއަށާއި އަދި އެފޮޓޯ ނޫހަށް ލިބިފައިވާގޮތަށް ބަލާލުމުންވެސް ވިސްނޭބަޔަކަށް އިގޭނެ. ޑިމޮކްރެޓިކް ޖުމްހޫރީ ރައްޔިތުންގެ ވެރިކަން އޮންނަ ޤައުމު ތަކުގައި ރައީސުލް ޖުމްހޫރީއްޔާ ނަގާފައި ނައިބް ރައީސަށް ވުރެންވެސް ބޮޑަށް ޤައުމު ތަކުން ޤަދަރުކޮށް އިހްތިރާމް ކުރާފަރާތެއް ޤައުމު ތަކުގެ ހާރިޖީ ވަޒީރުންނަކީ. ޔާމީން އަބުދުލް ޤައްޔޫމް ސަރުކާރުގެ ހާރިޖީވަޒީރު ފުރަމާނަ ދަތުރުފުޅެއް ނިއުޑެލްހީ އަށް ކުރެއްވުމުން އިންޑިޔާ ސަރުކާރުން ފުރިހަމަ އިތްޒަތާއި ޤަދަރު ދެއްވާފައި ނުވާކަމުގެ ހެއްކެއް ލިއުމުގައިވާފޮޓޯ އަކީ. ހީއެއްނުވޭ އިންޑިޔާގެ ބޮޑުވަޒީރު އަދި ރައީސް އާއި ބައްދަލު ކުރުމުގެ ފުރުސަތު ވެސް ލިބިދާނެ ހެން.
ޥާލުސޮރު
11 January 2018
ދުނިޔޭގެސަފުން ބާކީ ވަނީ ރީދޫން ކުދިން ގެ ވިސްނުމުން
ނުކުރާނެ
11 January 2018
ޚާރިޖީ ވަޒީރުން ނުކުރާނެ ފުރަމާނަ ދަތުރުފުޅެއް. ޑރ ން ގެ ސިޓީގެ ތަރުޖަމާނު ކޮންތަނަކުން ހޯދި މައުލޫމާތެއްތޯ؟
ރަބަރު
10 January 2018
އެއްވެސް ލޮޅުމެއް ނައަރައޭ ދިވެހި ސަރުކާރުން ބުނާ އަޑު އިވޭ. އެކަމަކު އަޑުއަޑު އިވޭ. ވިސާގެ އުނދަގޫ އެކިއެކި އުނދަގޫ ދަތިތައް މިކަހަލަ އަޑުއިވެނީ.
ކްރޯޑް
11 January 2018
ޢެމީހުން ބޭނުންހާ ގޮތެއްހަދައިގެން އުޅޭކަށް ނުޖެހޭ ތޯއްޗެ.އަންނި އެމީހުން ބުނާހާގޮތެއް ހަދައިގެން އުޅޭތީ އަންނިއަށް ސަޕޯރޓްކުރަނީ