މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

"40 ޕްލަސް" ގެ ކޮންސެޕްޓްގައި އާދަޔާހިލާފު ކަމެއް ހުންނާނެ: ޔޫއްޕެ

ސީޒަން އާއި ޝިފާ ފިލްމް "+40" ގެ ޝޫޓިން ތެރޭގައި.

ހުރިހާ ރަހަތަކެއް ހިމަނައިގެން ބެލުންތެރިންނަށް މިދިޔަ އަހަރު ގެނެސް ދިން ކާމިޔާބު ފިލްމް "ނޯޓީ 40" ގެ ދެވަނަ ބައި "+40" ގެ ކޮންސެޕްޓްގައި އާދަޔާހިލާފު ކަމެއް ހުންނާނެ ކަމަށް ފިލްމް ލިޔެ، ޑައިރެކްޓް ކުރި އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެފި އެވެ.

ތ. ބުރުނީގައި ފިލްމްގެ ޝޫޓިން މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައިލުމަށް ފަހު އިއްޔެ މާލެ އައިސް (ޔޫއްޕެ) ބުނީ ފިލްމްގެ ހަތަރު ލަވަ ފިޔަވައި އެހެން ހުރިހާ މަންޒަރެއް ބުރުނީގައި ނަގައިފައިވާ ކަމަށެވެ.

"ފިލްމްގެ ހަތަރު ލަވަ ފިޔަވައި އެހެން ހުރިހާ މަންޒަރެއް ނަގައި، އެޑިޓް ވެސްކޮށްގެން މާލެ މިއައީ. އެހެންވީމާ ބާކީ ދެން ބޮޑު މަސައްކަތްތަކަކަށް އޮންނާނީ ހަތަރު ލަވައިގެ ޝޫޓިން އާއި ޑަބިން އާއި ބެކްމިއުޒިކް،" ޔޫއްޕެ ބުންޏެވެ.

އޭނާ ބުނީ ލަވަތައް ނަގާނީ މާލެ ކައިރި ތަނެއްގައި ކަމަށެވެ.

"ކުރީ ފަހަރު ބުނިހެން މި ފަހަރު ބޭނުމެއް ނޫން ހުރިހާ ރަހައެއް އެކުލެވޭ ފިލްމެކޭ ބުނާކަށް. އެކަމަކު ފޯޓީ ޕްލަސްގެ ކޮންސެޕްޓްގައި ވަރަށް އާދަޔާހިލާފު ކަމެއް ހުންނާނެ،" ޔޫއްޕެ ބުންޏެވެ. "ދެން ބަލާލާފައި އޯޑިއަންސް މީގެ ހުރި ފެންވަރެއް ޖަޖް ކުރާނީ. އަހަރެމެން ކޮންމެ ފަހަރަކު ވެސް މަސައްކަތް ކުރަނީ ކުރިން ކޮށްފައި އޮންނަ މަސައްކަތަށް ވުރެ ރަނގަޅަށް ފަހުން ހަދާ އެއްޗެއް ހެދޭތޯ."

ފިލްމް "+40" ގެ ޝޫޓިންގެ ތެރެއިން.

އޭނާ ބުނީ ބޮޑު ޓީމަކާ އެކު ފިލްމްގެ މަސައްކަތް ބުރުނީގައި ނިންމައިލީ ވަރަށް ހަމަ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

"މިއީ އަސްލު މުޅި ޓީމް ވޯކްގެ މަސައްކަތް. ވަކިން ހާއްސަކޮށް ފާހަގަކޮށްލަން މީގެ އެކްޝަން މަންޒަރުތައް ނަގަން ސީޒަންގެ ފަރާތުން ލިބުނު އެހީތެރިކަން،" މި ފަހަރު ވެސް ދަބަ ކެމެރާކޮށްފައިވާ ފިލްމާ ބެހޭ ގޮތުން ޔޫއްޕެ ބުންޏެވެ. "ނޯޓީ ފޯޓީ އަށް ވުރެ މީގެ މަސައްކަތް ބުރަކޮށް ދިޔައީ. އެކަމަކު ހަމަ އެންމެ ބޭނުންވި ގޮތަށް މަސައްކަތްތައް ދިޔައީ. އަދި ފިލްމްގެ ސިނަމަޓޯގްރަފީ ވެސް މި ފަހަރު މާ ރީތި ވާނެ."

"ނޯޓީ 40" އާ އެއްގޮތަށް "+40" ގެ ވެސް މައިގަނޑު ތަރިންނަކީ ޔޫއްޕެ އާއި ސީޒަނާއި އަހުމަދު ސައީދާއި މުހައްމަދު މަނިކެވެ. ޕްރިކްއެލްގެ ބައެއް ތަރިން ސީކްއެލް އިން ނުފެނުނު ނަމަވެސް، އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ) ފަދަ ތަރިން ދެވަނަ ބައިން ވެސް ފެނިގެން ދާނެ އެވެ.

ފިލްމް "+40" ގެ ކާސްޓުން ފޮޓޯއަކަށް އެތުރިގެން.

ފިލްމްގެ ކާސްޓާ އަލަށް ގުޅުނު ތަރިންގެ ތެރޭގައި ޝީލާ ނަޖީބް، މުހައްމަދު ފައިސަލް އަދި އަންނަ މަހުގެ 6 ގައި އަޅުވާ "ދެވަންސޫރަ" އިން ތައާރަފުވާ ބަތަލާ މަރިޔަމް ޝިފާ ހިމެނެ އެވެ.

މީގެ އިތުރުން "+40" އިން ފިލްމީ ދާއިރާ އަށް އާ ފަސް މޫނެއް ތައާރަފު ވެސް ކުރާނެ އެވެ. އެއީ ހުނޭޝާ އާދަމް، އައިމިނަތު ޝަމްއާ، އިރްފާނާ އިބްރާހީމް، އައިމިނަތު ޒިޔާދާ އަދި ބައްސާމް އަހުމަދެވެ.

ޔޫއްޕެ ބުނީ ގިނަ އާ އެކްޓަރުންތަކާ އެކު ކުރެވުނު ތަޖުރިބާ ރަނގަޅު ކަމަށާއި ފިލްމް ބަލައިލުމުން އެ މީހުން ލައްވައި ކުރުވި މަސައްކަތްތައް ވެސް ފާހަގަ ކުރެވޭނެ ކަމަށެވެ. އަދި "+40" އަކީ ބެލުންތެރިންނަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.

"+40" ގެ މޯޝަން ޕޯސްޓަރެއް.

"+40 ސިނަމާ" އަށް ގެންނަން މިހާރު ވިސްނާފައި އޮތީ އަންނަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

"ރޯދައިގެ ކުރިއަކުން މިހާރު ނެތް ރަނގަޅު ޑޭޓެއް ލިބޭކަށް. އެހެންވެ މި ބަލަނީ އޮގަސްޓް ހިސާބުގައި ފިލްމް އެޅުވޭތޯ،" ޔޫއްޕެ ބުންޏެވެ.

1 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 22%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖޯން

24 January 2018

ސާބަހޭ ޔޫޢްޕޭ މިތިބީ އިންތިޒާރުގަ، އަނެއްކާ ބަޔަކު ބަނޑު ކައްކާނެ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454