އެމީ ޔޯގަޓަކީ ސުވިޒަލޭންޑްގެ މަޝްހޫރު ޑެއިރީ އުފެއްދުމެއް.
28 ޖެނުއަރީ 2018 - 19:50
ރާއްޖޭގެ ރިސޯޓްތަކަށް ފިނިކުރި ކާނާގެ ބާވަތްތައް ސަޕްލައި ކުރުމުގައި ކާމިޔާބުކަން ހޯދާފައިވާ ޔުނައިޓެޑް ފުޑް ސަޕްލައި (ޔޫއެފްއެސް) ރާއްޖެއަށް އެތެރެކުރާ "އެމީ ޔޯގަޓް"ގެ ރަހަ ބެލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސުވިޒަލޭންޑްގެ މަޝްހޫރު ޑެއިރީ އުފެއްދުމެއް ކަމަށްވާ އެމީ ބްރޭންޑްގެ ޔޯގަޓްގެ ރަހަ ދެއްކުން ކުރިއަށް ގެންދާނީ މާދަމާގެ ނިޔަލަށެވެ. ޔޫއެފްއެސްއިން އިންޕޯޓްކޮށް މާކެޓްކުރާ އެ ޔޯގަޓްގެ ރަހަ ދެއްކުން އޮންނާނީ މާލޭގެ ތަފާތު ސަރަހައްދުތަކުގަ އެވެ.
އެމީ ޔޯގަޓްގެ ރަހަ ދެއްކުން މިއަދު އޮންނާނީ، ބުރުޒުމަގު މެގްނާ މާޓްގަ އެވެ. ހެނދުނު 11:00 އިން މެންދުރު 2:00 އަށް އަދި ހަވީރު 4:00 އިން 6:00 އަށް ރަހަ ދެއްކުން އެތަނުގައި ކުރިއަށް ގެންދާނެ އެވެ. އޭގެ އިތުރުން ރޭގަނޑު 8:00 އިން 10:00 އަށް ވެސް އެ ހަރަކާތް ކުރިއަށް ދާނެ އެވެ.
އެ ހަރަކާތް މާދަމާ އޮންނާނީ ސީރާޒީ ގޯޅީގައި ހުންނަ ރެޑްލީފްގަ އެވެ. ރަހަ ދެއްކުން މާދަމާ އޮންނާނީ، މެންދުރު 2:00 އިން 5:00 އަދި ރޭގަނޑު 8:00 ން 10:00 އަށެވެ.
ޔޫއެފްއެސް އަކީ ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއްގެ ކާބޯތަކެތި އެތެރެކޮށް، ރިސޯޓް މާކެޓް އަދި ލޯކަލް މާކެޓަށް ހޯލްސޭލްކޮށް އަދި ރީޓެއިލް ކުރަމުން އަންނަ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެޓުފިކެޓު
28 January 2018
ތިޔަ ހަލާލުތޯ ޔަޤީން ކޮށްދެވޭނެ ފެންވަރުގެ މީހަކު އެބަހުރިތަ؟ ވިޔަފާރިވެރިން ވަރަށް ނުބަލާ މިހާރު އެކަހަލަ ކަންކަން
ހަލާލު
29 January 2018
ޔޯގަޓް ހަލާލުވާންޖެހޭތަ؟ ހަމަ އަހާލީ.
އަޑުއިވޭ
28 January 2018
އަޑުއިވޭ ރާއްޖެއިން ލިބެންހުރި ހަމައެކަނި ރިއަލް ޔޯގަޓް ކަމަށް. ޓްރައި ކޮށްލަން ވާނެ