އީޔޫގެ ވަފުދުން އިދިކޮޅު ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރަނީ. --ފޮޓޯ:
08 ފެބުރުއަރީ 2018 - 13:11
ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރުމަށް ފަހު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ސަފީރުން ހިމެނޭ އިސް ވަފުދެއް ރޭ ރާއްޖެ އަތުވެއްޖެ އެވެ.
މި ވަފުދުގައި، އީޔޫގެ ސަފީރުގެ އިތުރުން ޖަރުމަނާއި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގެ ސަފީރުން ވެސް ހިމެނިވަޑައިގަންނަވާ ކަން އެނގިފައި ވެ އެވެ.
މި ބޭފުޅުން މިއަދު ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކާ ބައްދަލުކޮށް، އެ މީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައިފަ އެވެ. މި ވަފުދުން ސަރުކާރުގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ޖަލު ހުކުމުގައި ތިއްބެވި އިދިކޮޅު ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން ރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރުނު، އަމުރު ސަރުކާރުން ތަންފީޒު ނުކޮށްގެން ކަންބޮޑުވުން ފާޅުކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި ސްރީ ލަންކާ އާއި އެމެރިކާ އާއި ޖަރުމަނާއި އިނގިރޭސި ވިލާތް ހިމެނެ އެވެ. މީގެ އިތުރުން އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީ އާއި އެމްނެސްޓީ ފަދަ ޖަމާއަތްތައް ވެސް ހިމެނެ އެވެ.
އެއްވެސް ޝަރުތެއް ނެތި، އެ ހުކުމް ތަންފީޒު ކުރަން ގޮވާލަމުން ދަނިކޮށް، ސަރުކާރުން ދެން އަމަލުކުރި ގޮތާ މެދު ވެސް ބައެއް ގައުމުތަކުން ހިތްހަމައެއް ނުޖެހެ އެވެ.
އެއީ، ކުއްލި ހާލަތު އިއުލާން ކުރައްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އަދި އާންމުންގެ ބައެއް ހައްގުތައް ހަނިކުރުމެވެ. އެ ދެބޭފުޅުންގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވެސް ފުލުހުން ކުރަނީ ރިޝްވަތުގެ ތުހުމަތެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކުރުމަށް ކުރިން ކުރި އަމުރު، ތިން ފަނޑިޔާރުންގެ މަޖިލީހުން ވަނީ ބާތިލްކޮށްފަ އެވެ.
މި ފިޔަވަޅުތަކާ ހެދި ސަރުކާރަށް ކުރިމަތިކުރާ ޕްރެޝަރު ވަނީ އިތުރަށް ބޮޑުވެފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާންކުރުން އީޔޫގެ ބައެއް ގައުމުތަކުން ސިފަކުރަނީ "ޑިމޮކްރަސީ އަށް ދިން ހަމަލާއެއް"ގެ ގޮތުގަ އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުތަށް ތަބާނުވެ، ފަނޑިޔާރުންތަކެއް ހައްޔަރުކުރި މައްސަލާގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރުހާދު
08 February 2018
މުސްލިމުންނަށް ހަމަޖެހޭ އުފާވެރި ދިރި އުޅުމެއް އުޅެވޭ ގައުމެއްވީމަ މިތަނަށް އައިލެއް އަވަހެންނު ދުނިޔޭގަ މުސްލިމުންނާ ދޭތެރޭ ލާ އިންސާނީ އަމަލުތައް ހިންގާ ތަންތަން މިމީހުންނށް ފެނިގެން ފިޔަވަޅެއް ނާޅަނީ ކީއްވެ.
ޢައްސަދު
08 February 2018
ޑިމޮކުރަސީއަށް ހަމަލާ ދީގެންވެސް މިގައުމު ހަމަ މަގަށް އެޅުއްވުން ބޭނުމަކީ. ޢިނދިކޮޅު މީހުން ކޮންމެހެނެއް ހެދިޔަސް އެނުވޭތަ ޑިމޮކުރެސީއަށް ހަމަލާ ދިން ކަމަކަށް
ދިކާބު
08 February 2018
ދެންމެ އެމީހުން ޓްވީޓްކޮށްފި ސަރުކާރުން ބައްދަލުނުކޮށްގެން https://twitter.com/GermanyinSL/status/961548778280046592
ބޯގޯސް
08 February 2018
ވެރިކަމައް ދަހިވެތި ވެފައިވާ މީހެއްގެ އަތުން، ވެރިކަމެއް ލިބިފައިވަނިކޮށް ހޯދުމަކީ އެއްގޮތަކައްވެސް ފަސޭހަކަމެއް ނޫން. ދޫނުކުރަން ކުރެވެން އޮތްހުރިހާ ކަމެއް ކުރާނެ. ކުރަންމުން ކިޔާނެ "ރައްޔިތުންނޭ، ދީނޭ، ޤަޢުމޭ" އެކަމަކު މީ ދޮގެތް. އެހެންވީމަ ތިމީހުން ކިތައްމެ ގިނައިން ބައްދަލު ކުރިޔަސް ދޮގުހަދަން ދަންނަ މީހުން ސިޔާސީ މީހުންނަކީ އެމީހުން ކިޔަނެ "ޤައުމޭ، ރައްޔިތުން"
ޢަސްލުމީހާ
08 February 2018
ރޮހިންޏާ މުސްލިމުން ކޮޝާ އަޅަމުން ދިޔައިރު ތިބުނާ ވަފުދު އޮތީ ކޮންތާކު
ޑޭންޖުރެސް
08 February 2018
އީޔޫގެ އިސް ވަފުދެއް ރާއްޖެ އަތުވެއްޖެ ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ އީޔޫ އެކަކަށްވެސް ރިޔާސީ އިންތިޚާބުގައި ވޯޓް ލެވޭތޭ ނުލެވޭ ދޯ. އީޔޫ މަހަށް ދޭބަލަ އީޔޫން ވަކި ވާންވީއޭ އީޔޫ އިން ވަކި ވިނަމަވެސް މިރާއްޖެ އަށް ޓޫރިސްޓުން އަންނާނެއޭ އިންގްލެންޑް ވެސް ވަނީ އީޔޫ އިން ވަކި ވެފައި ނޫންތޭ. އީޔޫ ގައި ތިބެނީ ކޮރަޕްޓް އެއްޗެހި ތަކޭ ދޭ އާރ ނޯ ޑޭމް ގުޑް ފޯރ ދަ ވޯލްޑް ދޭ އާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް...
ގަޓު
08 February 2018
ގަޓުހުރެގެންްއެއްވެސްގައުމަކުން ފުރާޅުންޓިނުނަގައިގެން ނުވަންނާނެ އެއީގަޓުނެތީމަ ހުރިނަމަކުރާނީކުރަންއޮންނަރީތިގޮތައް
އެޑްމުންޑޯ
08 February 2018
މިހިރަ ކޮމެންޓްތަކަށް ބަލާފައި ހާދަ ހިނިއާދޭ ، މީހަކު ގައިގެ ޖަހާ ވައްޓލީމާ ތެދުވެ މިބުނަނީ ދެންނިކަންޖަހާބަލާށޭ ދެންޖެހީމާވެސް ހަމަވެއްޓުމުން މިބުނަނީ ދެންނިކަންޖަހާބަލާށޭ ، ހަމަ އެގޮތަށް ޔާމީނު ބޭނުންގޮތަކަށް ވެރިކަން ކޮށް ދައުރު ނިމޭއިރުވެސް މިސިޔާސީ މީހުންނާއި ކޮމެންޓް ކުރާމީހުން މިބުނަނީ ބޭނުންހާގޮތެއް ނެހެދޭނެޔޭ ، .ޔޫރަޕޭ އިންޑިޔާއޭ އަނެކެއްޗެކޭ ، ކީކޭ ބުނާނީ ހަމަދިވެހިން ގަމާރީ
ސސސސ
08 February 2018
ރެސްޓް އިން ޕީސް ޓުއަރިޒަމް އިންޑަސްޓްރީ. މަހަށް ދޭ މަޓީ. އަދިވެސް ބަންގާޅިން ލައިގެން ރައްޔިތުްނ ގަނަ ތަޅުވައިގެން އުޅޭތި. ރައޔްިތުން ގަނަ ނުތެޅޭނަމަ މިހާޜު އެމީހުން މީތި ނިންމައިފީސް. އެކަމަކު އެމީހުންތިބީ ހާންތިވެފައި. ޝުކުރިއްޔާ މަޓީ.
ހޯރަ
08 February 2018
ސަރުކާރަށް ޑަރުވެސް ހީވޭ