ޑްރޮގްބާގެ ދަރިފުޅު އިސާކް (ވ) ގުއިންގެމްޕުގެ ޖާޒީ ދައްކާލަނީ.
20 ފެބުރުއަރީ 2018 - 11:42
ޕެރިސް (ފެބްރުއަރީ 20) – ޗެލްސީ އާއި އައިވަރީ ކޯސްޓުގެ ކުރީގެ ފޯވާޑް ޑިޑިއާ ޑްރޮގްބާގެ އުމުރުން 17 އަހަރުގެ ދަރިފުޅު އިސްކާ ޑްރޮގްބާ ފްރާންސް ލީގުގެ ގުއިންގޭމްޕާ ގުޅިއްޖެ އެވެ.
ބައްޕަ ގޮތަށް ފޯވާޑަކަށް ގުޅޭ އިސާކް މިހާތަނަށް ކުޅެމުން އައީ ޗެލްސީގެ ޔޫތު އެކަޑަމީ އަށެވެ.
ގުއިންގެމްޕް އަށް 2002 އިން 2003 އަށް 50 މެޗު ކުޅެދީ 24 ގޯލް ޖަހައިދީފައިވާ ޑްރޮގްބާ އިންސްޓަގްރަމްގައި ކުރި ޕޯސްޓެއްގައި ބުނީ ދަރިފުޅު ދެކެ މިއަށް ވުރެ ވަކި ބޮޑަށް ފަހުރުވެރިނުވެވޭނެ ކަމަށެވެ.
ޑްރޮގްބާއާ އެކު ޗެލްސީ އަށް ކުޅުނު ފްރޭންކް ލަމްޕާޑާއި ޖޯން ޓެރީ ވަނީ އިސާކް އަށް މަރުހަބާކިޔައިފަ އެވެ.
"މަރުހަބާ! އަހަރެން އިސާކް ހަނދާން ހުންނަނީ މަޑުމައިތިރި ކުޑަކުއްޖެއްގެ ގޮތުގައި. މިހާރު ބޮޑުމީހެއް!" ލަމްޕާޑް ބުނެފައިވެ އެވެ.
ޑްރޮގްބާ 2015 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ބުނީ ފްރާންސަށް އުފަން އިސާކް ކުޅެން ބޭނުންވަނީ އިންގްލެންޑަށް ކަމަށެވެ.
ފްރާންސްގެ ލެ މަންސް އިން ސީނިއާ ކެރިއަރު 1998 ވަނަ އަހަރު ފެށި ޑްރޮގްބާ 2004 ވަނަ އަހަރު ޗެލްސީއާ ގުޅުނީ ފްރާންސް ގުއިންގެމްޕުގެ އިތުރުން މާސޭ އަށް ވެސް ކުޅެފަ އެވެ.
ޑްރޮގްބާ ވަނީ ޗެލްސީއަށް 2004 އިން 2012 އަށް 341 މެޗުން 157 ގޯލް ޖަހައިދީފަ އެވެ. އޭނާ އެ ޓީމާ އެކު ޕްރިމިއާ ލީގު ހަތަރު ފަހަރު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކުރި އެވެ. އޭގެ ފަހުން ޗައިނާގެ ޝަންހާއީ ޝެންހުއާ އާއި ތުރުކީގެ ގަލަތަސަރާއީ އަށް ކުޅުމަށް ފަހުން އަލުން ދުވަސްކޮޅަކު ޗެލްސީ އަށް ކުޅުނެވެ. އުމުރުން 39 އަހަރުގެ ޑްރޮގްބާ އެމެރިކާގެ ފީނިކްސް ރައިސިން އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޑަންލީ ކުއްލިައަކަށް
20 February 2018
އިރުކޮޅަކަށް ހީވި ޑްރޮގްބާއަށް ލިބުނީ ދޮން ދަރިއެއްބާއޭ