ލައިފްސްޓައިލް

މި މީހާއަކީ އޭނާގެ އެއްމާބަނޑު ކުއްޖާ

އެއްމާބަނޑު ދެބެއިންނަށް އެ ކުދިންގެ މެދުގައި ޚާއްސަ ގުޅުމެއް އޮންނަ ކަމުގެ އިހްސާސް ކުރެވެ އެވެ. ނަމަވެސް އެމެރިކާގެ ކެލިފޯނިއާގެ މި އަންހެންމީހާ އަށް މިކަން އަދި މާ ހާއްސަ އެވެ. ސަބަބަކީ އޭނާއަކީ އޭނާގެ އަމިއްލަ އެއްމާބަނޑު ކުއްޖާ އަށް ވުމެވެ.

ޒުވާން މި އަންހެންމީހާގެ ނަމަކީ ޓޭލާ މުލް އެވެ. އޭނާ އަކީ ލަވަކިޔުންތެރިޔެކެވެ. ޓޭލާ އަށް ދިމާވެފައިވާ މައްސަލައަކީ ކައިމެރިޒަމް ކިޔާ ހާލަތެކެވެ. މާނައަކީ އޭނާގެ ހަށިގަނޑުގައި ޑީއެންއޭގެ ދެ ސެޓް ވެ އެވެ. ކޮންމެ ސެޓެއްގައި ވެސް ޖެނެޓިކް ކޯޑެއް ވާތީ އޭނާއަކީ ވަކި މީހަކަށް ވެއެވެ. މާނައަކީ އޭނާގެ ހަށިގަނޑުގައި ދެ މީހެއްގެ މައުލޫމާތު އެކުލެވިގެންވެ އެވެ.

މަދުން ނޫނީ ދިމާނުވާ މި ހާލަތަކީ ދަރިފަނި ގަރުބަގަންނަ ދުވަސްވަރު ދިމާވާ ކަމެކެވެ. ޓޭލާގެ ކޭސްގައި އޭނާއަކީ އެއްމާބަނޑު ފިރިހެން ކުއްޖަކާއެކު އުފެދިފައިވާ ކުއްޖެކެވެ. ރަހިމުގެ ތެރޭގައި މި ފިރިހެންކުއްޖާ ވަނީ ޓޭލާގެ ހަށިގަނޑުގެ ތެރެއަށް އޮބިގެން ގޮސްފަ އެވެ.

ޕީޕަލްސް މެގަޒިންއަށް ޓޭލާ ކިޔައިދިން ގޮތުގައި އޭނާގެ ބަނޑުގެ އެއް ފަޅީގައި ބޮޑު ލަފެއް އިން ސަބަބު އޮޅުންފިލީ އޭނާގެ ހާލަތު އޮޅުންފިލުމުންނެވެ. އޭނާގެ ހަށިގަނޑުގެ އެބައިގެ ހަމުގައި ހުންނަނީ ތަފާތު ކުލައެކެވެ. މިހެން ދިމާވެފައި ވަނީ އޭނާގެ އެއްމާބަނޑު ކުއްޖާގެ ޑީއެންއޭގެ ސަބަބުން ކަން އެނގުނީ މާ ފަހުންނެވެ.

ޓޭލާ ބުނި ގޮތުގައި އޭނާގެ ހާލަތު ދެނެގަނެވުނު ފަހުން އޭނާއަށް މާ ބޮޑަށް މިނިވަންކަން އިހްސާސް ކުރެވެ އެވެ. ސަބަބަކީ އޭނަގެ ބަނޑު ތަފާތު ކުލައެއްގައި ހުންނަނީ ކީއްވެކަން އޮޅުން ފިލީމަ އެވެ.

"އޭގެ ކުރިން ކޮންމެ ޑޮކްޓަރަކު ވެސް ބުނަނީ އަހަރެންގެ ބަނޑުގައި އިނީ އުފަންލަފެކޭ. އެންމެފަހުން މިހެން ދިމާވެގެންއުޅޭ ހަގީގީ ސަބަބު އެނގިއްޖެ،" ޓޭލާ ބުންޏެވެ.

ޓޭލާގެ ހުންނަނީ ކައިމޭރިޒަމްގެ ވައްތަރެއް ކަމަށްވާ ޓެޓްރާގެމެޓިކް ކައިމޭރިޒަމް އެވެ. މިއީ ތަފާތު ދެ ބިހުގައި ތަފާތު ދެ ސްޕާމް އާއި ދެ ޒައިގޯޓްސް ދަރިމައިވެ އެ އެއްޗެހި އެކަތި އަނެކައްޗާ ގުޅިގެން އުފެދޭ އެންމެ އިންސާނަކަށް ބޭނުންކުރާ މެޑިކަލް ޓާމެކެވެ. މިފަދަ އިންސާނުންގެ ގައިގައި އޭނާގެ ޓުވިންސްގެ ސެލްތަކާއި އަމިއްލަ ސެލްތައް ހުރެ އެވެ. މިއީ އެމްބްރިޔޯއެއްގެ ގޮތުގައި ވަރަށް ޅަފަތުގައި ދިމާވާ ހާލަތެއް ކަމަށް މިއާމީގެ ނިކްލޮސް ޗިލްރަންސް ހޮސްޕިޓަލުގެ ކްލިނިކަލް ޖެނެޓިސިސްޓް ޑރ. ބްރޯޗާ ޓާޝިޝް ވިދާޅުވި އެވެ. ޓޭލާގެ ކޭސްގައި ޑރ. ބްރޯޗާގެ އެއްވެސް ބައިވެރިވުމެއް ނެތެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައިމޭރިޒަމް ހުންނަ ގިނަ މީހުން އެކަން ހުރިކަން ނޭނގި ދުނިޔޭގައި އުޅެ މަރުވެގެން ދެއެވެ. ސަބަބަކީ ބައޯމެޑިކަލް ޓެސްޓްތަކެއް (ޖެނެޓިކް ޓެސްޓް) ހަދައިގެން ނޫނީ މިކަން ދެނެގަނެވޭނެ ގޮތެއް ނެތީމަ އެވެ.

މިކަމާ ގުޅޭ ގޮތުން 2009 ގައި ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ކައިމޭރިއާ ދެނެގަތުމަކީ ޑޮކްޓަރުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ވަކި ބައިތަކެއްގެ ހަމުގެ ކުލަ ތަފާތުވުން ނުވަތަ ދެ ލޮލުގައި ދެ ކުލައެއް ހުރުން ފަދަ ގޮތަކުން މިފަދަ ކުދިން ދެނެގަނެވިދާނެ އެވެ. ބައެއް ފަހަރަށް ކައިމޭރިޒަމް ދެނެގަނެވެނީ އެ މީހެއްގެ ގައިގައި ތަފާތު ދެ ވައްތަރެއްގެ ލޭ ހުރެގެންނެވެ.

މިގޮތަށް ދިމާވެފައިވާ ގިނަ މީހުންގެ ޑީއެންއޭ 50-50 އަށް ބެހުމުގެ ބަދަލުގައި ހުންނަނީ ޑީއެންއޭގެ އެއް ސެޓެވެ.

ނަމަވެސް ސެކްސް ކްރޮމޮޒޯމްސްގެ ތަފާތު ސެޓެއް އެކްސްއެކްސް އާއި އެކްސްވައި އެއް ހުރެއްޖެ ނަމަ އެ މީހެއްގެ އެތެރެ އާއި ބޭރުގެ ޖިންސީ ބައިތަކަށް އަސަރު ކުރާނެ އެވެ. ނަތީޖާއެއްގެ ގޮތުން އެއީ ކޮން ޖިންސެއްގެ ކުއްޖެއްގައި ދެނެގަންނަން އުނދަގޫވެދާނެ އެވެ. ޓޭލާ ކައިރީ ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އޭނާގެ ދެ އިމިއުން ސިސްޓަމް ނުވަތަ ދިފާއީ ނިޒާމް ވާ ކަމަށެވެ. އަދި ދެ ބްލަޑްސްޓްރީމް ވެސް ވެ އެވެ. މާނައަކީ އޭނާގެ ދިފާއީ ނިޒާމުގައިވާ ސެލްތަކުގަ އާއި ލޭގައި ޑީއެންއޭގެ ދެ ސެޓް ހިމެނެ އެވެ.

ޓޭލާގެ ކައިމޭރިޒަމްގެ ސަބަބުން އޭނާއަށް އޮޓޯއިމިއުން ހާލަތެއް ވަނީ މެދުވެރިވެފަ އެވެ. މިހެން ދިމާވަނީ އޭނާގެ ޓުވިންގެ ޑީއެންއޭ އަކީ ހަށިގަނޑަށް ބޭރުން ވަދެފައިވާ ފޮރިން އޮބްޖެކްޓެއްގެ ގޮތުގައި އޭނާގެ ދިފާއީ ނިޒާމަށް ބަލައިގަނެވުމެވެ. އެހެންވެ އޭނާގެ އަމިއްލަ ދިފާއީ ނިޒާމުން އޭނާގެ ހަށިގަނޑަށް ހަމަލަތައް ދެނީ އެވެ. މީގެ ސަބަބުން ވަރަށް ގިނަ ވައްތަރުގެ ކާ އެއްޗިއްސަށް އޭނާ އެލާޖިކެވެ. އަދި ބޭހާއި ސަޕްލިމެންޓްގެ ތެރޭގައި ވެސް އޭނާ އެލާޖިކް އެއްޗެތި ބައިވަރެވެ. އަޅާ ގަހަނާގެ ތެރޭގައި ވެސް އެލާޖިކް އެއްޗެހި ހުރެ އެވެ. އަދި މަދިރި ފަދަ ދިރޭ ސޫފި ކަށި ޖެހުމުން ވެސް އެލާޖިކްވެ އެވެ.

ޓޭލާގެ ކައިމޭރިޒަމް ހުރިކަން ޔަގީންވީ 2009 ގަ އެވެ. ނަމަވެސް އޭނާއަށް މި މައްސަލަ ކުރިމަތިވެފައިވާކަން ހާމަކުރީ މިދިޔަ އަހަރު އެވެ. މިކަމާ ހެދި އޭނާއަށް ޖެހިފައިވަނީ ކެއުމާއި ބުއިމާއި ދިރިއުޅޭ ގޮތަށް ވަރަށް ފަރުވާތެރިވެގެން އުޅޭށެވެ.

ޓޭލާ ނޫނަސް ކައިމޭރިޒަމްގެ ބައެއް ކޭސްތައް ފެނިފައި އެބަހުއްޓެވެ. މީގެ ތެރެއިން އެކަކީ ކަރެން ކީގަން ކިޔާ މީހެކެވެ. އޭނާގެ މި މައްސަލަ ހުރިކަން އެނގުނީ 2002 ގައި ކިޑްނީ ޓްރާންސްޕްލާންޓެއް ހަދަން ޖެހުމުންނެވެ. ކިޑްނީ ހަދިޔާކުރަން އާއިލާގެ މީހުން ޓެސްޓްކުރަމުންދިޔައިރު އޭނާ ވިހާފައިވާ ތިން ދަރިންގެ ތެރެއިން ދެ ދަރިންނަކީ އޭނާގެ ދަރިން ނޫންކަން ޓެސްޓްތަކުން ދެއްކި އެވެ. އެހެންވެ މިކަން ވާ ގޮތެއް ބެލުމަށް ކުރި ޓެސްޓްތަކުން އެނގުނީ ކީގަން އަކީ ވެސް ކައިމޭރާ އެއް ކަމެވެ. އޭނާގެ ލޭގެ ސެލްތަކުގައި ހުރި ޑީއެންއޭ ސެޓާއި ހަށިގަނޑުގެ އެހެން ބައިތަކުގައިވާ ޓިޝޫތަކުގައި ހުރި ޑީއެންއޭ އާ ތަފާތެވެ.

1 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 42%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތާނީ،

02 March 2018

މަގޭ ކަނާތްފަޅިއާއި ވާތްފަޅީގެ ކުލަ ތަފާތު. އެކަހަލަ ކަމެއްބާ....!؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454