ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމް ހިންގާ އިމާރާތް: އެތަނަށް އިންޒާރުކޮށްދިން ކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ވަނީ ހުށަހަޅާފައި.
04 މާޗް 2018 - 19:32
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އަށް ޓެރަރިޒަމްގެ އިންޒާރުދީފައިވާ ކަމަށް ބުނެ އެ ސްޓޭޝަނުން ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަމާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް އެމްޑީޕީގެ މިލަންދޫ ދާއިރާގެ ރައީސް އަހުމަދު ނިޔާޒު މިއަދު ބުނެފި އެވެ.
ޕީއެސްއެމުން ރޭ ބުނިގޮތުގައި ނިޔާޒު ވަނީ އެ ސްޓޭޝަނާއި ޗެނަލް 13ގެ ސެޓަލައިޓް ހިދުމަތްތައް ކަނޑާލާނެ ކަމަށް ބުނެ، ޓްވީޓަކުން އިންޒާރު ދީފަ އެވެ. އެހެންވެ މައްސަލަ ތަހުގީގުކުރަން ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެތަނުން ބުނެފައި ވެ އެވެ.
ޕީއެސްއެމުން އެހެން ބުނި ނަމަވެސް ނިޔާޒުގެ ޓްވީޓްގައި، ސެޓެލައިޓް ހިދުމަތްތައް މެދު ކަނޑާލާނެ ވާހަކައެއް ބުނެފައެއް ނުވެ އެވެ. ނިޔާޒުގެ ޓްވީޓްގައި ބުނެފައިވަނީ "ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޓީވީއެމް އަދި ޗެނަލް 13ގެ ސެޓެލައިޓް ހިދުމަތްތައް މެދުކަނޑާލާނެ" ކަމަށެވެ.
ޓެރަރިޒަމްގެ އިންޒާރުދިން ކަމަށް ބުނެ ނިޔާޒްގެ ވާހަކަ ޕީއެސްއެމްގެ ރޭގެ ހަބަރުގައި ގެނެސްދިނީ އޭނާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯއަކާއެކު އެވެ. އެކަމަކު އޭނާ ކުރި ޓްވީޓް ދައްކާފައެއް ނުވެ އެވެ.
އެމްޑީޕީ އެކްޓިވިސްޓް ނިޔާޒް: ޕީއެސްއެމާއި ޗެނަލް 13އަށް އޭނާ ޓެރަރިޒަމްގެ އިންޒާރު ދީފައިވާ ކަމަށް ޕީއެސްއެމުން ބުނޭ
"މިހާރު"އާ ވާހަކަ ދައްކަމުން ނިޔާޒް ބުނީ ދައުލަތުގެ މީޑިއާއިން ގެނެސްދީފައިވަނީ ދޮގު ހަބަރެއް ކަމަށާއި އެ ޓްވީޓްގެ މާނަ އޮޅުވާލާފައިވާ ކަމަށެވެ. އަދި އޭނާގެ މަގްސަދަކީ މީޑިއާއަށް ގެއްލުން ދިނުން ނޫން ނަމަވެސް، މި ފަދަ ހަބަރުތަކުގެ ސަބަބުން އޭނާގެ އަބުރަށް ހުތުރުކަން ލިބޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ނޫސްވެރިން ފަތުރާ މިފަދަ ހަބަރުތަކުގެ ސަބަބުން މީހުންގެ އަގުވެއްޓެޔޭ. އެހެންވެ، ޕީއެސްއެމުން މި ގޮތަށް ވާހަކަ ފަތުރާނަމަ އެ މީހުންނާ ދެކޮޅަށް އަޅުގަނޑު އަބުރުގެ ދައުވާ ކުރާނަން،" ނިޔާޒް ބުންޏެވެ.
އޭނާ ބުނީ ޕީއެސްއެމްގެ ހަބަރުގައި އޭނާގެ ޓްވީޓް ގެނެސްދީފައި ނުވަނީ ހަގީގަތް އޮޅުވާލަން ކަމަށާއި އެކަމަކު އެކަން، މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ޗެނަލް 13ގެ ނޫސްވެރިއަކަށް ކުރި ފުރައްސާރައާ ގުޅުވާލާފައިވާތީ ހިތާމަ ކުރާ ކަމަށެވެ.
ޕީއެސްއެމުން ވަނީ ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް އެ ސްޓޭޝަނަށާއި ޗެނަލް 13 އަށް، އިދިކޮޅު ފަރާތްތަކުން ޖެއްސުން ކުރަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.
ދައުލަތުގެ މީޑިއާ ނަމަވެސް ޕީއެސްއެމުން އިދިކޮޅު އެއްވެސް ހަރަކާތެއް ކަވަރެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ޕީޕީއެމުން ބާއްވާ ހަރަކާތްތައް ވަގުތުން ވެސް ގެނެސްދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބީފާނު
05 March 2018
މިހާރުއްސުރެ ފަނޑު ފޮށި ބަހައްޓަނީ މި. އަވަހަށް އދ. އަށް ހުށަހަޅާ.
ދދދދދދދ
05 March 2018
އޭނ ކީކޭ ކަލޭގެވެސް އަބުރު އޮވޭ!! ދެން މަ ހީނ ހީނ ހީނ
ކަތްދާނިކެ
05 March 2018
މަތިހަށި ނަގާފަ އަބުރޭ ކޮމްމެ މީހަކު ވިދާޅުވާއިރު އެއީ ކޮންއެއްޗެކަން މިވެރިންނަށް ނޭގޭ
ހޮޓްކިންގ
05 March 2018
އަބުރެއް އޮތްނަމަތާ އަބުރުގެ ދައުވާ ކުރެވޭނީ.
ނިޔާމަ
04 March 2018
ތިޔަކަލޭގެ ތިއުޅެނީ ހަމަބިމަށް ތިރިނުވެވިގެން ބަލަ އަހަރުމެންނަށްވެސް ކަންކަން އެނގެޔޭ އެކަމަކު ގައުމާދޭތެރޭގައި ވަރަށް ވިސްނަން
ގުއިއްޒު
05 March 2018
ނިޔާމަ އަށް މާބޮޑަށް ގައުމާ މެދު ވިސްނެނީ. މިހެން މިބުނީ ވާނުވާ ނޭގޭހެން ހީވާތީ.
ގަދަމީހާ
04 March 2018
ނިޔާޒަކީ ސިޔާސީ ރޯނު އެދުރެއް
ޢަހަރެން
04 March 2018
ނަމުގަ "ޕަބްލިކް ސަރވިސް މީޑިއާ". އެކަމަކު ޕީޕީއެމް ޕްރޮމޯޓް ކުރުމުގަ "ޗެނަލް 13" އަށް ވުރެން މާ ކުރީގަ އުޅެނީ. ވަރަށް ހަޑި
ެއެދުރު
04 March 2018
ކަލޯ ނިޔާޒޫ ތިތިބީ ސައިޒު އޮޅިފަ ދެން ހުރިހާތާކަށްވެސް ބޭނާނެ، އެމްޑީޕީގެ މިލަންދޫ ދާއިރާގެ ރައީސް އަކަށް ވެވުނީމަ ދެން ތިޔަ ހީފުޅުކުރައްވަނީ ތިތިބީ މާމަތީ ހަރުފަތަކަށް އެރިފައޭ އެހެންވީމަ ކިޔޭނުކިޔޭ ނޭނގޭނެ. އެކަމާ ރައްޔިތުން ހައިރާނެއްނުވޭ.
މާލޭ މީހާ
04 March 2018
މީނާ މައްޝޫރުވާންވެގެން ޖެއްސި ސްޓަންޓްއެއް ކަމަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތުދޭ. ( އއ )
އަޖޭ
04 March 2018
ސާބަސް ނިޔާޒް..ނިޔާޒްއަށް ސަޕޯޓްކޮށް އަދި ހިތްވަރުދިނުމުގެ ގޮތުން ހުރިހާ ފަރާތްތަކުންވެސް ޓުވީޓްކުރަންވީ.."ކުރިއަށް އޮތް 48 ގަޑިިއިރު ތެރޭގައި ރައީސް ޔާމީން އާއި ކެބިނެޓް އިސްތިއުފާދޭނެ" މިހެން ލިޔެފަ.