ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު
08 މާޗް 2018 - 17:04
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންގެ ގަޔަށް ބަޑި ޖަހަން ނާންގާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް މި މޭރުމުން ވާހަކަ ދެއްކެވީ، ސަރުކާރު ދިފާއު ކުރުމަށް ރައީސް ޔާމީން "ބަޑި ވެސް ޖައްސަވާނެ ކަމަށް" ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ގަޔަށް ބަޑި ޖެހީ ރައީސް ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނުގެ އޯޑަރަށް ކަމަށެވެ. އަދި އެ މަނިކުފާނަށް ލަފާ ދެއްވަން އޭރު ތިއްބެވީ ސިޔާސީ ބޭފުޅުންތަކެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ކާކުބާ މިކަން ކުރީ؟ އަޅުގަނޑުމެން ދުށީމު 6 ފެބްރުއަރީ 2012 ވަނަ ދުވަހުގެރޭ ފަތިހުގެ ވަގުތެއްގައި ރަބަރު ވަޒަންލީ ބަޑި ދިވެހި ފުލުހުންނާއި ސިފައިންގެ ތެރެއަށް ރައީސް ނަޝީދުގެ އޯޑަރަށް ޖެއްސެވި ތަން. ކޮން ބައެއްތޯ ކައިރީގައި ލަފާ ދެއްވަން ތިއްބެވީ؟" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އޭރުގެ ފޮރިން މިނިސްޓަރަކަށް ހުންނެވި ބާޣީ ކެރަފާ ނަސީމާއި ދާންދޫ ރިޔާޒް ކިޔާ މީހެއް. ބައި ގަޑިއިރެއްހާއިރު ލަސްވި ނަމަ، ހަގީގީ ވަޒަންލީ ބަޑި އެ މީހުން ޖެހީސް. މި ސަރުކާރުން އެކަމެއް ނުކުރާނެ،"
ރައީސް ޔާމީނަށް "ކައްޕިއެއްގެ" ލަގަބު ދެއްވައި، އަބްދުއްރަހީމް ވިދާޅުވީ ރައީސް ނަޝީދަކީ ގައުމީ ނައު ހަވާލުކުރީމަ، އަމާން އައްސޭރިއަކަށް ދަތުރު ނުކުރެއްވުނު ބޭފުޅެއް ކަމަށެވެ. އަދި "އަޅުގަނޑުމެންގެ ނައުގެ ފަޅުވެރިންނަކީ" ވަރަށް ހީވާގި ބައެއް ކަމަށާއި ފަޅުވެރިން ތިބީ ކައްޕިއާއެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށް ވިދާޅުވެ، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވަނީ ނަޝީދު ތެދު ބަހުން ދެއްކެވި ވާހަކައެއް ވިދާޅުވެ ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި އަލީ އާރިފް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012 ގައި ނިމުމަކަށް އައީ، އެމަނިކުފާނާ ދެކޮޅަށް ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ނިކުތުމާ ގުޅިގެންނެވެ. އޭގެ ކުރިން، އޭރުގެ އިދިކޮޅު ފަރާތްތަކުން ނަޝީދުގެ ސަރުކާރާ ދެކޮޅަށް މެދުކެނޑުމެއް ނެތި މުޒާހަރާތައް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސީ
10 March 2018
އދރ!. ކލ އަދިވެސް ކަލޭގެ އަމަލުތަކުގެ ރަނގަޅު ނުބައި ބަލަން ގެންގުޅެނީ އެހެން މީހުން ކޮށްފަ ހުންނަ ނުބައި ކަންތައް ދޯ! އެއީ ކލއަށް ބޭނުންހާ ކަމެއް ކުރުމަށްލިބޭ ހުއްދައެއްނޫނޭ!. ކލ ކުރިޔަސް އެހެން މީހަކު ކުރިޔަސް ކުށްވާނީ ކުށަކަށް.
ނުރައްކާ
09 March 2018
މިހެންބުނީތަ އެހެން ވިއްޔާ މިއީ ވަރައްބިރުވެރި ވާހަކައެއް... ތިއޮތީ ކޮއްފަ ބޯދަމާގަތުމުގެ މަޅިއެއްޖަހާފަ
ފޫހި
09 March 2018
މިޢީ ހަމަ ނުބައިމީހެއް.
އެއްލިތަކުރު
09 March 2018
ހާދަކަންބޮޑުވެފައި އިންފޮޓޮއެއްހެންހީވޭ ވެދާނެބާރުކެނޑޭހެން ހީވާތީ ކަންބޮޑުވަނީކަމަައް އެހެންނުވާނީ41ގައުމުން މިއެއްޗެއްއުވާލަން ގޮވީމަ މިމީހުންނާކޮންބެހޭކަމެއް ދޯ.
ރަބަރު
09 March 2018
ތިބުނީ ބަޑިޖަހާނެވާހަކަ. ސިޔާސީ މީހުންގެ ބަހުރުވައިގެ މާނަ އެކުލެވޭ ޑިކްޝަނަރީ ހިތުން ދަހެވެ.
މަންސޫރު
09 March 2018
ޔާމީނު ދޭނެ އޯޑަރެއް އަދުރޭއަކަށް ނޭނގޭނެ. އިނގިއްޖެ!
ކުރާނެ
09 March 2018
ނުކުރާނަމޭ ބުނެފިތަ؟ ވީއިރު އެކަމެއް ކުރާނެކަމީ ޔަގީން ކަމެއް.
ސިޔާބު
09 March 2018
މީ އަޅެފަހެ ހުރިހާ މުއައްސަސާ އެއްގެ ތަރުޖަމާނުތަ؟ ނޫނީ ކޮމާންޑަރ އިން ޗީފުތަ؟ މިހާރު އޮޅިއްޖެ. އެމްއެންޑީއެފް ގަ ނެތީތަ އިސް ތަރުޖަމާނެއްވެސް މީނަ ހުރިހާ ތަނަކަށް މި އުދުޅި ބާނައިގެން ހަލުވަނީ. ހާދަ ފޫއްސޭ ދެން މިލިޓަރީ ވާހަކަ ދައްކަންޏާ މި އަދުރޭމެން ހުން
ޙަނާ
09 March 2018
ޢަބަދުވެސް އަދުރޭ ބުނާނީ އިދިކޮޅައް؟
އަލީ!
09 March 2018
ރަބަރު ވަޒަނަށްވުރެން ވޭންގަދަ ތިޖަހާ ޕެޕަސުޕްރޭ. އެއީ ކާކު ޖަހާއެއްޗެއް؟؟